ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް: ފޮޓޯ: މަޖިލިސް
23 މެއި 2020 - 13:32
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވާއިރު، މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރޭތޯ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފި އެވެ.
ޔާމީންގެ 61 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓުތަކެއް ނަޝީދު ވަނީ ރީ-ޓުވީޓް ކުރައްވާފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
Yameen ekani jalah lumuge insaafeh nuvisney: Nasheed
The most trusted news source in the Maldives
Mihaaru
ޔާމީން އެކަނި ޖަލަށް ލުމަކުން އިންސާފު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި
ނަޝީދު އެހެން ވިދާޅުވެފައި ވަނިކޮށް، ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރައީސް ނަޝީދަށް ތައުރީފު ކުރައްވާ މޭރުމަކުން ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން، މެނިފެސްޓޯއަކާއި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސިޔާސަތުތައް މި ސަރުކާރުގައި ތަންފީޒު ވޭތޯ ޝިޔާމް ވަނީ އެ ޕާޓީގެ މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.
"އެންމެ ބާރަށް ދެއްކީ ވައްކަމާއި އަނިޔާވެރިކަމާއި އިންސާފުގެ ވާހަކަ. މިއަދު އަޅުގަނޑު އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތައް މި ވެރިކަމުގައި ތަންފީޒު ކުރެވޭތޯ؟" ޝިޔާމްގެ ޓްވީޓުގައި ވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާއިރު، ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވެސް ވަނީ ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކޯލިޝަންގެ ސަބަބުންނެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެހެން ބައެއް ގޮތްގޮތުން، ކޯލިޝަގައި ތިއްބަވާ އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެމްޑީޕީގެ މެމްބަރުން ފިއްތުންތައް ކުރިމަތި ކުރަމުންދާ މަންޒަރު ދޭތެރެދޭތެރެއިން ފެނެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށްލާފައި ވާތީ ނަޝީދުގެ ކަންބޮޑުވުން މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
MDP verikamah aee RN ge photofulhu dhakkaigen manifesto aka siyasathuthakeh vikkaigen. Emme baarah dhekkee vakkama aniyaverikama insaafuge vahaka. Miadhu alhugandu MDP ge lobuvethi memberunna kollan beynunva suvaalakee MDP ge siyasathuthah mi verikamugai eba thanfeezu kureveytho?
— Ahmed Shiyam (@Shiyamaldives) May 23, 2020
ޝިޔާމް ކުރެއްވި ޓްވީޓް
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޔާމީންގެ އެންގެވުމުގެ މަތިން ހިޔާނާތްތެރިވި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.
ނަޝީދު އިއްޔެ ލިޔުއްވި ނޯޓެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރުން ދެން ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވެވުމެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލު ކުރާ ގޮތްތަކަށް ވެސް މި ފަހުން ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެ ބައްޔާ ގުޅިގެން، ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ ދޭތެރޭ ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
Alhugandah ves kei kureveynee vaki min varakah: Nasheed
The most trusted news source in the Maldives
Mihaaru
ކެތްކުރެވޭނީ ވަކިވަރަކަށް ކަމަށް ނަޝީދު ވިދާޅުވުން
މެމްބަރުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުންތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މެމްބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެންދާ މަންޒަރު އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން ނާޅާ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނިންމުމުގެ ބާރު މަޖިލީހަށް އެބައޮތް ކަން ފާހަގަ ކުރައްވައި، އެކަމަކު މިވަގުތު އެއީ މަޖިލީހުގެ އަމާޒު ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާއިނާން
26 May 2020
ހޮވީ އިބޫ. އަންނިއެއް ނޫން. ފަސްއަހަރު ހަމަވަންދެން މަޑުކޮށްލާ!
ސަންދޯކުމަތުފިލާ
24 May 2020
ރައްޔިތުން ވޯޓު ދިނީ ފޯޓޯ އަކަށް ނޫން. މީހާއަށް. އެމީހަކީ އިބްރާހިމް މުހައްމަދު ސޯލިހް. އޮޅިވަޑައިގެން ނޫޅުއްވާ.
އިހްލާސް
24 May 2020
ގައުމުގައި ހެޔޮވެރި ކަމެއްކުރާ ކަމުގެ އިހްސާސް މިއަދު ކުރެވޭ, ތަރައްގީއަށްވުރެ ރައްޔިތުންގެ ހިތްހަމަ ޖެހުމާއި އުފާވެރިކަން މާއަގުބޮޑެވެ.
ާަަނަސްރު
24 May 2020
ނަޝީދުގެ މިހާރުގެ ވިސްނުން އެމްޑީޕީގެ އާންމު މެމްބަރުންނާއި ގިނަ ދިވެހިންގެ ވިސްނުމާވެސް ދިމައެއް ނުވެއެވެ. މި ވެރިކަން ދައުރު ހަމަނުވަނީސް ބަދަލު ކުރަން ކުރަމުންދާ މަސައްކަތަކަަށް ތާއީދެއް ނެތެވެ. ކޯލިޝަނާ އެކު ވެރިކަން ދެމެހެއްޓުމުން އިބޫގެ މަގުބޫލް ކަން އިތުރު ވެދާނެތީ މޭކަރަނީއެވެ.
ޢިބުނަ
24 May 2020
އަހަރުމެން ވޯޓުދިނީ އިބޫ ސޯލިހަށް އަންނިއަކަށް ނޫން.
ފައްލަންބޭ
23 May 2020
އެއްމެން ރައީސް ނަޝީދުއާއި ޖައްސާލައިގެން މިއުޅެނީ ކީއްވެބާ؟؟ ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދުއެއް ނޫން؟؟؟
ގަބޫލެއްނުކުރެވޭ
24 May 2020
ވެރިކަމުގައި ހުރި މީހަކު ނޭނގޭ ވަރަށް އޭނަގެ އުނދުޅި ދިގުވެގެން އެވާހަކައެއް ނޫންތަ ނުދައްކަނީ ؟
ޑައޮން377
23 May 2020
ކުހިނެއްތަ ހަދަންވީ. ރ ނަސީދު އެއީ މާޒީ. ޜ ޔާމިން އެއީ މާޒީ. މައުމޫނު ފޮޓޯ ވެސް ބޭނުން ކުރި. ޢެކަމަކު ރ މައުމޫނަކީ ވެސް މާޒީ. ޢަހަރެއްމަޒީ ތެރޭގަ އުޅޭގަ ބޭނުމެއް ނުވޭ. މީނަ އެވެނިކަމެއް. އޭނަ އެވެނެކަމެ. ބޭނުންވަނީ ގޮއިމައް ދިވާވެފަ ހުރި އިޖުތިމާއީ ކަންތަ. ބަންގާޅިން. މުއްސަންދިންނާ ފަގީރުން ތަފާތު ކުޑަކުރުން. ޢަހަރުން ބޭނުންވަނީ ޕޮލިސީ އަދި ތަންފީސް ކުރުން. މީހުން މުހިންމެ ނޫން.
ތަކުރުބެ
23 May 2020
ޝިޔާމް ބްރޯ، ނަޝީދުގެ ފޮޓޯއަށް ބަލައިގެން ބުރޯ ލައްޒަތު ހޯދާ. އެ މީހެއްގެ ޝަޚުސު އެތަނެއްގައި ނުވިކޭ މީހެެއްގެ ފޮޓޯއެއް ވިއްކަނީ ކިހިނެއް؟ ދާއިރާގެ ދެތިން ކުއްޖަކު ވޯޓުލާން ގަޑިއަށް ހޭލިނަމަހީ، އެ ސޮރަށް މަޖިލީހުގެ ގޮނޑިވެސް ނުލިބުނީސް. ޢަހަރެން ވޯޓު އިބޫއަށް ދިނީ ގައިމުވެސް މައުމޫނުގެ ފޮޓޯފުޅަށް ބަލާފަ. ހެހެ ދެން ލަލަ...
މުހައިމީ
23 May 2020
ޔާމީނާއި ނަޝީދު އާއި އިމްރާނު ޖަލައް ލެވުނީ ޝަރީއަތްކޮއް ސާބިތުވެގެން ކަމައްވާތީ މި އެންމެންނައްވެސް ކުރެވިފައިވާ ހުކުމް ތަންފީޒު ކުރުމައް ޖަލުގައި ބައިތިއްބަންޖެހޭ. އެހެން ނޫނީ ރާއްޖޭގައި ދެން ޝަރީއަތް ކޮއް ކުށް ސާބިތުކުރުމާއި ހުކުމް ކުރުން ހުއްޓާލާ..
ޗަކޮއި އަދި ވެސް ޅަ
23 May 2020
ކޮން އިރަކުތަ ޔާމީނު ދެން މިރާއްޖޭގެ ވެރިކަން ކުރަނީ؟ ހާދަ ހީނުވެޔޭ އެދުވަސް އަންނާނެ ހެން. ޝިޔާމު ކުދިން މިޔަވެފާތަ؟