ޚަބަރު / ށ. މިލަންދޫ

މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކަށް ދީފި

ތިނަދޫގެ މިސްކިތެއްގައި އިއްޔެ ހުކުރު ނަމާދުކުރަނީ. ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތައް މިހާރު ވަނީ ހުޅުވާލައިފައި.

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ މިރޭ ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިސްކިތްތައް ހުޅުވައިލަން ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިން އަށް ލާފައިވާ ރަށްރަށާއި ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ރަށްތައް ކަމަށެވެ.

އެގޮތުން މިހާރު ހުއްދަ ނުދީ އޮތީ މިހާރު ވެސް ލޮކްޑައުންކޮށްފައިވާ މާލެ އާއި ށ.ނަރުދޫ އަދި ނ.މަނަދޫގެ މިސްކިތްތަކުގެ އިތުރުން މޮނިިޓަރިން އުވައިލުމަށް ފަހު 14 ދުވަސް ނުވާތީ ހއ. ތަކަންދޫ، ށ.މިލަންދޫ، ކ.ހިންމަފުށި އަދި ކ. ތުލުސްދޫގަ އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ 25 ރަށެއްގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފަ އެވެ. އެއީ މޮނިޓަރިން އުވައިލިތާ 28 ދުވަސް ހަމަނުވާ ރަށްތަކަށް ހުއްދަ ނުލިބޭ ގޮތަށެވެ. އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ރަށްރަށުން ޝަކުވާކޮށްފައިވެ އެވެ.

މިސްކިތްތައް ހުޅުވައިލި ރަށް ރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގައި ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭވައި މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.

ކޮވިޑް-19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އޭގެ ކުރިން ވަނީ މިސްކިތްތަކުގެ ކާޕެޓުތައް ނަގައިފަ އެވެ.

9 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސަންބޭ

24 May 2020

މިސްކިތްތައް ހުޅުވިއަސް ޖަމާޢަތް ހަދަނީ އަދި ރަނގަޅަކަށްނޫނެވެ. ސަފުތަކުގައި މީހުންތިބެނީ މާސްކްވެސް ނާޅައި ފިތިބާރުވެގެންނެވެ. ސަޖިދައަށް ދާއިރު ކުރީސަފުގައިހުންނަ މީހާގެ ފައިގައި ބޯޖެހޭހިސާބު ސަޖިދަކުރަންޖެހެނީ.

ވިލްނޮޓްޔޫ

24 May 2020

ވިލްޔޫ މެން ބޭނުންވަނީ މާލެ ވީހާބޮޑަކަށް ހުޅުވާލައިގެން އޮބިނޯންނަވަރަށް ބަލިޖެހޭމީހުން ގިނަވާން. އޭރުން އޮންނާނެނު ސަރުކާރަށް ބަވަން. ޥެރިކަމުގެ ދަހިވެތިކަމުގަ ބަޔަކު މަރައިގެންވިޔަސް ތަމެންނަށް ހެޔޮދޯ ދޯ

އަހު

24 May 2020

ހަނދާން ނައްތާލާ ނުލާތި މަޖިލީހުން ލޮކްޑައުން އުވާލުމަށް ބާރު އަޅާނީ ކުޑަ ފައިސާ ކޮޅަކަށް ރައްޔިތުންގެ ފުރާނަ އަގު ކޮއްފައި... ނަޝީދު އަދި އެމްޑީޕީގެ މެންބަރުން މަތިން ހަނދާން ނައްތާލާ ނުލާތި

ރަދީފްް

24 May 2020

ތިއީ އެންމެ ރަނގަޅު ގޮތެއްނޫން. މާލޭގައި ކޮންމެ އަވަށަކުން މަސުވެގެން 4 މިސްކިތް ހުޅުވާފައި ބަހައްޓަންޖެހޭ! މާލޭގައި މުޅިންހެން ޕޮސިޓިވް ވެފައިއެތިބީ މާލޭގެ ރައްޔިތުންނެއްނޫން. އެއީ އެކިރަަށްރަށުގެ މީހުން. އެމިހުން އެމީހުންގެ ރަށަށް ގެންގޮސްގެންނަމަވެސް މާލޭގެ މިސްކިތް ހުޅުވަން ގޮވާލަން.

އަލީރާޖާ

24 May 2020

މާސްކު ނާޅާ އެއްވެސް ބޭނުމަކު އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުކުތުން މަނާ ނުކޮށްފި ނަމަ މީގެ އަގު ދައްކަންޖެހޭނެ! މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.

ހާލަތު

24 May 2020

ބައެއް މީހުން ދެކޭގޮތުގައި ޢާއްމު ދިރިއުޅުމަކަށް ދާންވީ އެކަމަކު ހެޔޮނުވާނެ އަދި އެންމެން ތަންތަނަށް އެއްވާކަށް 1819 ވަނަ އަހަރު ސްޕެއިން ފުލޫގައި ދެވަނަ ރާޅުގައި ދުނިޔޭގެ 500 މިލިއަން މީހުން ބަލިވެ 50 މިލިއަން މީހުން މަރުވި. ކަރަންޓީން އުވާލީމަ ވީގޮތް ހެޔޮނުވާނެ އަދި ލޮކްޑައުންގަ ތިބެން ހިނގާ. ސިޔާސީ މީހުން މި ރޯގާ ކުޅިވަރަކަށް ނުހައްދަވާ

ކިޔަވާ

24 May 2020

މާސްކުނައަޅާ މީހުންބޮޑުއަދަދަކުން ޖޫރީމައިނާ ނުކުރެވޭގޮތަށް ލުއިދީފިނަމަ އަނެއްކާވެސް ބަލިފެތުރުމުގެ ފުރުސަތުބޮޑު މާލެއަކީދިވެހިންނާ ބޭރުމީހުންނާވަރަށްބޮޑައް މައްސުނިވެގެން އުޅެމުންދާތަނަކައްވުމާ ގުޅިގެން ބަލިއިތުރައް ފެތުރެންފަށާފިނަމަ ގައުމުގެ ހާލަތުއަތުނުޖެހޭހިސާބައްް ހިނގާދާނެތީ

ވިލްޔޫ

24 May 2020

މަމެން ދެން އުއްމީދު ކުރަމޭ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތައް ވެސް މިހަފްތާ ގައި ހުޅުވިގެންދާނޭ ކަމަށް ހޯލްޑް މީ ލައިކް ޔުއަރ އޯން ޗައިލްޑް މަމެން ނަށް ރަނގަޅު ގޮތް ތައް ހޯދާ ދޭން ދެން ވެސް ސަރުކާރުން ފެއިތް ކުރިއަށް ނެރެގެން މަސައްކަތް ކުރާނޭ ކަމަށޭ މަމެން މިދެކެނީ ވިލްޔޫ ބީ ދެއަރ ފޯރ މީ...

ވައިރަސް

24 May 2020

އުއްމީދަކީ މިސްކިތުގަ ނަމާދުކުރެވޭނެ ދުވަހެއް އަވަހަށް މިންވަރުވުން އެކަން މާލެ ސަރަހައްދުގައި މިއޮތް ޙާލަތުގައި މިސްކިތްތަށް ޖަމާތުގައި ކުރުމަކީ އެހާ ރަގަނޅު ކަމެއްހެން ހިއެއްނުވޭ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454