ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. މިރޭ ވެސް ޖަލްސާއެއް އޮންނާނެ
27 މެއި 2020 - 15:38
ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ބަހުސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އެމަނިކުފާނު އިއުލާނު ކުރެއްވީ މިރޭ 9:00 ގައި ޖަލްސާއެއް އޮންނާނެ ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކުރި ފަހުން ވާޗުއަލްކޮށް ޖަލްސާތައް ބާއްވަމުން އައިސް، އިއްޔެއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމަށެވެ.
މިދިޔަ މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ނުބޭއްވުނީ ކޮވިޑް ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު އެއްވެ އުޅުން މަނާވުމުންނެވެ. އެ އިންތިހާބު ނުބޭއްވި އޮތް އިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ނިމޭނެ އެވެ. އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ހުށަހެޅި ސަަންސެޓް ގާނޫނެއް މިހާރު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ކައުންސިލަރުންގެ ދައުރަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ މުއްދަަކަށް ވާތީ އެ މުއްދަތަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެެ.
މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވާ އިރު މައިގަނޑު ދެ މަސައްކަތެއް އެބައޮތެވެ. އެއީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހަޅާފައި އޮތް ހުށަހެޅުމާއި އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ހުށަހެޅުއްވި ގަރާރުގެ މަސަައްކަތެވެ.
ކައުންސިލަރުންގެ ދައުރު ދަަންމައިލުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ފާސްކުރި އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 13 މެމްބަރަކު އެ ގޮތަށް ފާސްކުރާކަށް ވޯޓެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީން، ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށް ލިބުނީ 42 މެމްބަރުންގެ ވޯޓެވެ. އެ ހުށަހެޅުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓް ދެއްވި އިރު، ހަތަރު މެމްބަރަކު ތިއްބެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ. އެެމްޑީޕީގެ 65 މެމްބަރުން ތިއްބެވިޔަސް، އޭގެ ތެރެއިން 13 މެމްބަރުން ވޯޓު ނުދެއްވައިފި ނަމަ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމުގެ ގަރާރެއް ޣަފޫރު ހުށަހެޅުއްވީ މިހެންވެ ކަމަށް ބެލެވެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ޚިޔާލުފާޅުކުރެއްވީ އެގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯކާބ
28 May 2020
ވަކިމީހަކައް ވަކި ގޮތެއް ނުހެދޭނޭ ނައްސްލަކައް ކުލަޔަކައް ރަށަކައް މިގާނޫނު ފެންނަ ކިތަން މެންބަރުންތޯ ތިއްބެވީ މިމާލޭގެ ރައްޔިތުން ކައިރީގައި އާދޭސްކޮއްގެން ވޯޓް ހޮދައިގެން ރައްރަށުގަ ބިންކާފަވެސް ގޯތިދެވޭ މިމާލޭގެ ނިކަމެތި ރައްޔިތަކައް ނުދެވޭ މީގާނޫނު އަސާސީޔާ ޙިލާފައް ހިންގަވާ ނަސްލީ އިމްތިޔާޒެއް ނޫންތޯ ޙުދުތިމާޔާ ތިމާގެ މާމަ ދަރިންނާ ދަރިންގެ ގާނޫނީ ހައގްތައް ކޮބާތޯ ވޯޓް ހޯދަންވީމަ މަލޭރައްޔިތުމީހާ ދިރިއުޅޭނެ ބިންކޮޅެއް ދޭންވީމަ ނުލިބޭ ކީކޭ
ޑޫދ
28 May 2020
ތިދޭ ސަބްސިޑީގެ ބަދަލުގައި އަހަރެމެން މިއޮށްދައްކާ ޓެކްސްތަކޯ. ޢަނެއްކާ ތިޔަ ސަބްސިޑީގެ ސަބަބުން ދިވެހިން އަޅުވެތިވެ ކަންނެތްވެއްޖެ.
ޣޣ
27 May 2020
ކީއްތޯ ވާނީ ލޮކްޑައުން ކުރި މުއްދަތު ހަމަ ވަންދެން މަޑު ކުރެއްވިނަމަ؟ އެއިރުން މަޖުލީހުގެ ރައީސް ވެސް ލޮކްޑައުން އަށް ރެސްޕެކްޓް ކުރެއްވިކަން ހުރިހާ ރައްޔިތުންނަށް ހާމަ ވާނެ.... ޔޫކޭގަ ވެސް އޮންލައިންކޮށް ޕާލިމެންޓް ބާއްވަނީ.... ވަކި ފެންވަރެއްގެ ބޭފުޅުންނަށް ވީތީ ވަކި ގޮތެއް އޮވެގެން ނުވާނެ... ކޯވިޑް އަކީ ހަމަ އެކަނި ވަކި ފެންވަރެއްގެ ބޭފުޅުންނަށް އެކަނި ޖެހޭ ބައްޔެއް ނޫން... މަޖުލީހުގަ އުމުރުން މަތީ މެމްބަރުން ވެސް ތިއްބަވާ....
މިވަރެއްނެތް
27 May 2020
އެމްޑީޕީ ގެ ސަރުކާރު، މަޖިލީހުގެ ސުޕަމެޖޯރިޓީ، ކޯޓުތައް، އެމްއެމްއޭގެ ގަވަރުނަރު، ސިޓީކައުންސިލުތައް، %80 ކައުންސިލުތައް، އެކަމަކުވެސް ކޮވިޑު މެނޭޖްނުކުރެވުނު، ދައުރުހަމަވާއިރު ކައުންސިލު އިންތިޚާބު ބާއްވާނީތޯ ނުވަތަ ފަސްކުރާނީތޯ ނުނިންމުނު، ކޮރަޕްޓް ފަނޑިޔާރަކު ވަކިނުުކުރެވުނު، ކޮރަޕްޝަނާއި މަރުގެ މައްސަލަތައް ބަލަން ހެދި ކޮމިޝަނަށް ކަމެއްނުވި! ކިތަންމެ ބާރެއްލިބުނަސް ކަންކަމާއި ވެރިކަން ކުރަންނޭގޭކަމަށް އެއްބަސްވާންވެއްޖެ ނޫންތޯ؟ ޓޮޓަލް ފެއިލިއަރސް
ޝަބާސް
27 May 2020
ވެރިކަން ނުލިބިގެން މީހަކު ތެޅިފޮޅެނީ
ސަންޕަދަރި
27 May 2020
ކީއްތަކުރަނީ ތިޔަތާ? ރައްޔިތުންނަށް ވާއެއްވެސް ކަމެއްނެއް ތިތާތިބެ ފޯވެ ގިރިގެންގޮސް ވެއްޔަށް ވާއިރުވެސް.
ތިލަފަޅު
27 May 2020
ދިވެހިންގެ ހަގުތައް އަބުރާ ހޯދުމަށްޓަކައި ފާއިތުވީ 18 އަހަރުތެރޭ ހިލޭ ބޭސްފަރުވާ ހިލޭ ފޮތްލިސްޓް އެކަނިވެރި މައިން ގެ އެތިކޮޅު ކާފަ މާމަ ދޮށީއުމުރު ޕެންސަން މިހެންގޮސް ގުނާ އަދަދު ކުރެވޭހާ ބަދަލުތައް ނަސީދު ހިއްވަރުން ރާއްޖެއަށް ދިވެހި ނިކަމެތިން ގެ ޖީބުތަކަށް ދަނީ ވަންނަމުން . ނަސީދަކީ ހިއްވަރު ގަދަ ލީޑަރެއް.
ޖަމަލު
27 May 2020
އޭގެ ކައްފާރައަކީ ގައުމު ހަލާކުކޮށް ކައި ހުސްކުރަން މީނަ އަށް ދޫކޮށްލުން؟ ނަޝީދު ޖީބަކުން ނޫން ތިހަރަދެއް ކުރަނީކީއެއް އެހެން ނޫނަސް
ކާފަ
27 May 2020
ރަށްއިތުންގެ ހައްގުގަ ކޮންކަމެއް ތި ކުރެވެނީ. އަގުލަބިންޔަތު އޮވެ ތި އޮތީ ބޮޑްތަނުން ފެއިލުވެފާ.
ވަިއަނގަ
27 May 2020
ފުރަތަމް ރައްޔިތުންގެ ޚަޒާނައިން ތިނަގާހާ ބައިވަރު ކުޑަކޮށްބަލަ. ރައްޔިތުން ބަނޑަށްމަރުވާއިރުވެސް ތަޅުމުގަ ހުސްއަނގަތެޅޭތޯ.
މޯޑް
27 May 2020
65 މެންބަރުންގެ އަގުލަބިންޔަތު އޮވެމެ އެއްވެސް ގޮތެއް ނުނިމި ދިގުދެމިގެން ދާތީ ލަދުގަނެބަލަ. ތި އުޅެނި ހަދާނި ގޮތް ހުސްވެގެން. ކޮބާތަ ތި މަސްހޫރު ގާނޫނީ ވަކީލުންނާއި ލަފާދޭ މީހުން.