ޚަބަރު / ކޮވިޑް-19

ދުވަސްވީ މީހުންނާ އެކީ އެހެން މީހުން ބޭރަށް ނުދާން އެދެފި

މާލެ- މޭއި 31، 2020: ސަރުކާރުން އުމުރުން 60 އަހަރުން މަތީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ބޭރަށް ނުކުމެ އުޅުމުށް ދިން ހުއްދައާއެކު އުމުރުން ދުވަސްވީ މީހުން ހިތްފަސޭސަކޮށްލަން ނިކުމެ މަގުމަތީގައި --. ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އެ މީހުންނާއެކު އެހެން އުމުރުތަކުގެ މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވޭ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި 8:00 އާ ދެމެދު ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުތުމުގެ ފުރުސަތު ދޭއިރު ކޮންމެ މީހަކަށް ވެސް ދުވާލަކު ދޮޅު ގަޑިއިރު ބޭރުގައި އުޅުމަށް ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އަދި އެކަނި ބޭރަށް ނުކުމެ ނޫޅެވޭ ދުވަސްވީ މީހުންނާއެކު، އެހީތެރިއެއްގެ ގޮތުގައި އިތުރު މީހެއް ބޭރަށް ނުކުތުމުގެ ހުއްދަ ދެ އެވެ. ހުކުރު ދުވަހުން ފެށިގެން އެ ހުއްދަ ދޭން ފެށުމާއެކު ކަސްރަތު ކުރުމަށާއި ހިނގާލުމަށް ދުވަސްވީ ގިނަ ބަޔަކު ނުކުމެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދުވަސްވީ މީހުންނާ އެކު ކުޑަކުދިންނާއި އެހެން މީހުން ވެސް ބޭރަށް ނުކުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Umurun dhuvasvee meehunnah konme dhuvahaku ves beyrah dheveyne

Umurun dhuvasvee meehunnah konme dhuvahaku ves beyrah dheveyne

The most trusted news source in the Maldives

Mihaaru

އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދާން ހުއްދަ ދޭން ނިންމުން

"އެއީކީ އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ހުއްދަ ލިބިގެންވާ ކަމެއް ނޫން. އަދި އެއީ ރައްކާތެރި ކަމަކަށް ވެސް ނުވާތީވެ ރަނގަޅުގޮތަކީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް ކަސްރަތު ކުރުމަށް ވަޑައިގަތުން،" އަފްޒަލް ވިދާޅުވި އެވެ.

ފުއްޕާމޭގެ މައްސަލަތައް ހުންނަ އުމުރުން ދުވަސްވީ މީހުން، ކަސްރަތު ކުރާއިރު މާސްކް އެޅުން ރައްކާތެރި ނޫން ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔަކަށް ނުވާތީ ދުރުދުރުގައި ތިބޭ ނަމަ މާސްކް ނާޅައި އުޅުމަކުން ނުރައްކަލެއް ނެތް ކަމަށެވެ.

"އެބޭފުޅުން ވެސް ގައިދުރުކަން ބަހައްޓަވަން ޖެހޭނެ މަދުވެގެން ތިން ފޫޓްގެ ދުރުމިން. އަދި އެ އުމުރުގެ ބޭފުޅުންގެ ކިބައިން މާސްކް އެޅުމާ މެދުގައި އެބައޮތް މައްސަލަ. މާނަ އަކީ ބައެއް ކަހަލަ، ފުއްޕާމޭގެ ބަލިތައް ނުވަތަ ނޭވާލާން އުނދަގޫ ބޭފުޅެއް ހާއްސަ ގޮތެއްގައި މާސްކް އަޅައިގެން އުޅުން،" އަފްޒަލް ވިދާޅުވި އެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ މަރުހަލާގައި މި ދެ ހަފްތާ އަށް ފަހު ކޮންމެ ދުވަހަކު ހެނދުނު ކުޑަކުދިންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭން އެންއީއޯސީން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވުނަސް އެހެން ގޭގެޔަށް ދިއުން މަނަލެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންކަމުން އެ އުމުރުގެ މީހުންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން، އެޗްޕީއޭ އިން ތަކުރާރުތައް އަންނަނީ އެދެމުންނެވެ.

މިއަދުގެ އިރު އޮއްސި 6:00 އަށް ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1,773 އަށް އަރައިފަ އެވެ. އަދި މިހާތަނަށް 453 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

8 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 55%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބުރީ

01 June 2020

"ދުވަސްވީ މީހުން" ބަދަލުގައި އުމުރުން ދޮށީ ބޭފުޅުން މިހެން ކިހިނެއްވާނެތޯ .. ޕްލީސް ސަމް ރެސްޕެކްޓު އަވަރ ސީނިއަރ ސިޓިޒަންސް

The name is already taken The name is available. Register?

ހަސްކޯ

01 June 2020

ބާޒާރު މަތީކިޔާތީ އަޑުއިވެނީ ދުވަސްވީމީހުން މަރުވާވަރު ބަލަންށޯ އުމުރުން ދުވަސްވީމީހުން ބޭރައްނިކުންނައް ހުއްދަދިނީ ކަސްރަތުކުރާށޯ ކިޔާފަ

The name is already taken The name is available. Register?

ޖަސްކޯ

01 June 2020

ބަޔަކު ކިޔާހާ އެއްޗެއް އަޑުއަހައި މިތާ ޕްރޮމޯޓްކުރަންޖެހޭތަ ތެދެއްކަން ނޭނގޭއިރު؟

The name is already taken The name is available. Register?

ހުސެން

01 June 2020

ލޮކްޑައުން އުވާލަންވީނޫންތޯ، ޕީކް އަރާތޯ ކިހާވަރަކަށްތޯ އަރަނީ، އޮބިނޯންނަވަރު ވާހެން ހީވަންޔާ ލޮކްޑައުން އަލުން ކުރާނީ، ރަޖާލައިގެން އަބަދު ލޮކްޑައުންވެގެން ތިބުމަކީ ހައްލެއްކަމުގައި ނުފެނޭ! ސަބަބަކީ ފެންނަމުންދާ ޕޮޒިޓިވްކޭސްތަކުގެ 99 ޕަސެންޓަކީ ބަންގާޅިން ކަމަށްވެފައި އޭގެތެރެއިން ގިނަމީހުންނަކީ ހޭލުންތެރިކަން ކުޑަ އަދި ބަންގާޅިން ދިރިއުޅޭ މާހައުލުވެސް ދިވެހިންއުޅޭ މާހައުލާ ތަފާތުވީމަ ލޮކްޑައުން އުވާލިޔަސް މެނޭޖްކުރެވޭނެކަމަށް ފެންނާތީ

The name is already taken The name is available. Register?

ހަސަބު

01 June 2020

ޕޮލިސް ޕާރމިޓު ފޯމުފުރުން ވަރަށް ދަތި. ގޮނޑީގަތިބޭމީހުނަށް މީހުން އުޅޭހާލަތު ނުވިސްނޭނެ. އޮންލައިން ޚިދުމަތަށް އެދި ދިރާގު، އިސްޓެލްކޯ، އެމްޑަބްލިޔޫއެސްސީ މީޑިއާނެޓް ގެ ފޯމުފުރައި ޚިދުމަތް ލިބުން ނުލާހިކަ ފަސޭހަ. މީހާގެ ނަން މިހާރުގެ އެޑްރެސް އައިޑީ އުމުރު އެނގުމުން ހުއްދަދެވެންޖެހޭ.

The name is already taken The name is available. Register?

ފެނުކައްކާބޮލި

01 June 2020

މިހާރު މިދާގޮތުން ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން ރައްޔިތުން އިސާހިތަކު ނިންމަން ފަށާނެ ކަމަށް ލަފާކުރެވޭ. ތިޔަ ފެންނަނީ އޭގެ ކޮޅުމަތި.

The name is already taken The name is available. Register?

ކޮރަލް

01 June 2020

ހިނގަން އުނދަގޫ ބަލި މީހުނާ އެކު އެކަކު އެހީތެރި އަކަށް ދިއުމަކީ މައްސަލަ އެއް ނޫނެވެ.

The name is already taken The name is available. Register?

ާަބޫލޫބޭ

31 May 2020

ލުއިދިނީމަ ވަރަށް ފަރުވާކުޑަކުރަންފަށައިފި،ރާނބާ ރެސްޓޯރަންޓް ކައިރީގަ ހުންނަ ލަކުޑިވިއްކާ ތަނުގެ ކުރިމަތީގަވެސް މާސްކުނާޅާ ގުރޫޕް ހަދާލައިގެންވެސް އާއްމުކޮއް ގިނަމީހުން އެބަތިބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454