ދ.ކުޑަހުވަދޫ ބަނދަރު ސަރަހައްދު. އެރަށުގައި މިއަދު ވިހޭ އެއްމާބަނޑު ދެކުދިން ވަނީ މަރުވެފައި.
05 ޖޫން 2020 - 19:02
ދ. ކުޑަހުވަދޫގައި މިއަދު ސިޒޭރިއަން ހަދައިގެން ނެގި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ސައުދު "މިހާރު" އަށް ވިދާޅުވީ ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދ. މީދޫން ގެންދިޔަ އެ މީހާގެ ސިޒޭރިއަން ހަދައި ދެ ކުދިން ނެގިއިރު، ބަނޑަށް ވީ ހަ މަސް ކަމަށެވެ.
ކުއްލި ގޮތަކަށް މިއަދު ހެނދުނު ސިޒޭރިއަން ހަދައިގެން، އެ ދެ ކުދިން ނަގަން ޖެހުނު ސަބަބެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ. އެހެންވެ. އެކަން ހިނގައިދިޔަ ގޮތެއް ރަނގަޅަކަށް އޮޅުމެއް ނުފިލަ އެވެ.
އާއްމު ގޮތެއްގައި ހަަ މަސް ނުވަތަ ހަތް މަހުގައި ސިޒޭރިއަން ހަދަނީ މައިމީހާ އަށް ނުވަތަ ދަރިފުޅަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ހާލަތްތަކުގަ އެވެ.
ސައުދު ވިދާޅުވިގޮތުގައި، އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ މަރުވީ މިއަދު މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ދެވަނަ ކުއްޖާ މަރުވި މެންދުރު ފަހު އެވެ.
އެ ދެ ކުދިން މަރުވީ މާލެ އަށް ގެންނަން މަސައްކަތް ކުރަނިކޮށް ކަަމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަން ލަސްވި ކަމަށް ބައެއް މީޑިއާތަކުގައި އޮތް ނަމަވެސް، އެފަދަ ގޮތަކަށް ކަންތައް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
"ބަލި މީހަކު އިމަޖެންސީކޮށް މާލެ އަށް ގެންދަން ޖެހޭ ހާލަތްތަކުގައި އާއްމު ގޮތެއްގައި ރަށު ކައުންސިލް ވެސް އެކަމުގައި ޝާމިލްވާނެ. އެކަމަކު މި ކޭސްގައި އަޅުގަނޑުމެންނަށް އެފަދަ މައުލޫމާތެއް ލިިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައުސލަތު
06 June 2020
ވަރަށް ދެރަ ހަބަރެއް. 5 މަހުގައި ކުއްލިގޮތަކަށް ކުއްޖާ ނަގަން ޖެހުމުންވެސް އެނގޭ ދެން އިތުރު ގޮތެއް މައިންބަފައިންނަށް ނެތްކަން. ހިތާމައަކީ މިފަދަ ދަނޑިވަޅެއްގައިވެސް މިކަން ސިޔާސީކޮށް މިކަމުން ސިޔާސީ މަންފާ ހާސިލުކުރަން އުޅޭ މީހުންވެސް ތިބިކަން. ކުއްޖާގެ މައިންބަފައިންނަށް ﷲ ކެތްތެރިކަން މިންވަރު ކުރައްވާށި.
މޯލީ
06 June 2020
ރާއްޖޭގައި ކުޑަ ކުދިން މަރުވާ ސަބަބު އަދި ވެސް ސަރުކާރުން ހާމަނުކުރޭ. ވަރަށް ދެރަކަމެއް. ކޮއްމެ ދުވަހެއްގެ އެއްމެ އުފާވާ ކަމަކީ އަލަށް ދުނިޔެއަށް އުފަންވާ ކުދިންގެ ފުރާނަތައް ސަލާމަތުން އެކުދިން ފެއްނަތަން.
ބޮޑުމީހާ
06 June 2020
ރާއްޖެތެރޭގެ ސިއްޚީ ހާލަތު ހުރިވަރު! ދިވެހިންނޭ ހޭއަރާ، މަރުކަޒީކުރުމާއި މާލެ ތޮއްޖެސުމާއި ދެކޮޚަށް ވަރުގަދަ މުޒާހަރާކުރަންވީ ވަގުތު. 40 މިލިއަން ހޭދަކޮށްފަ ހޮސްޕިޓަލެއް ކުރިމަތީ ހޮސްޕިޓަލެއް އަޅާނިންމައިފި. ކަޑުހިއްކައި 2 ވަނަ ބުރިޖު އެ އަޅަނީ. ހިކިފަސް ބިޔަ ރަށްތައް ހުއްޓާ މާލެ ސަރަހައްދު ހުރިހާ ފަޅެއް ހިއްކައި މިތަނަށް މީހުންޖަމާކޮށް ކުލީ އަޅުންނަށް ހަދައިފި
Solah
06 June 2020
އެއްވެސް މީހަކު މަރުވެގެން ނުވާނެދޯ؟
ހާލުގެ ދުލުން
06 June 2020
ތިޔައީ އިންސާފުން ކޮށްފައި އޮތް ކޮމެންޓެއް ނަމަ މާލެ ތޮށްޖެހުމުގެ ވާހަކަ މިއަދު ވެރިން ބޮލުގައި ނައަޅުވާނެ. މާލެ ތޮއްޖެއްސުމުގެ ފަލްސަފާއަކީ އެތަށް ޒަމާނެއްވީ އަޅުވެތިކަން، އަނިޔާވެރިކަން.
މޯޑޭ
06 June 2020
ކޮޮވިޑަށް ޓެސްޓް ކުރެވޭ ވަރު މަދުވަނީ ކީއްވެހޭ. ކޮންކަމެއް ސިއްރު ކުރަނީ. 3 ދުވަސް ވީ ނޫސްކޮށްފަރެސް ނުބާންވާތާ. މީތަ އޯގާތެރި ސަރުކާރުން ކަން ކުރާ ގޮތަކީ. 800 މިލިޔަން ކޮންތާކަށް ތި އެޅީ. މެސިނު ހަލާކުވިޔަސް އެވާހަކަ ބުނާށޭ.
3344
05 June 2020
މާބަނޑު އަދި ވިހަންކައިރިވެފެތިބޭ މީހުންނަށް ހާއްސަ ސަމާލުކަމެއްދީބަލަ ކޮވިޑުއުޅުނަކަސް..
ތެދުު
05 June 2020
އޮޅުވާލަން ކޮންމެ ވާހަކައެއްވެސް ދައްކަންވީ އެކަމަކު ކޮވިޑްއާ މިކަމަކާ އެއްވެސް ގުޅުމެއް ނެތްކަން އެނގޭ އޮޕަރޭޝަން ކުރަން ޖެހުނު ވަގުތު އެކަން ވަގުތުން ކުރެވުނީމަ.
ކައްމަތިން
05 June 2020
މިހާރު އުޅެނީ މާފަހަތުގައި.
ޕޮގުބަ
05 June 2020
ސަރުކާރުގެ އިހުމާލު
ނަރުސް.
05 June 2020
ކޮންމެ ކަމެއްވެސް ހަމަ ސިޔާސީ ކުރެވޭތޯ. ކީކޭ ބުނާނީ.
ރަދީފްއޮފިޝިއަލް
05 June 2020
ވެރީ ޕެއިންފުލް.ސިންސިއަރ ކޮންޑޮލެންސް.
ލަމް
05 June 2020
ޒިންމާދާރު ގޮތަކީ ކުއްޖާގެ އާއިލާގެ ބަހެއްވެސް ހޯދުން. ސިޔާސީ ވެރިން ހިންގާ ސިޔާސީ މީޑިޔާތަށް އެބައުޅޭ. މިހާރު ނޫހަކީ އަަހަރުމެން އެންމެ އިތުބާރު ކުރާ އެއް ނޫސް. މިފަދަ ހަބަރެއް ގެނެސްދޭއިރު ދެކޮޅުގެ ބަހެއް އޮތުންވެސް ވަރަށް މުހިންމު.