ޚަބަރު / ގުޅިފަޅު

ގުޅިފަޅު އެއްކޮށް ހިއްކައި ނިމޭއިރު 1.8 ބިލިއަން ރުފިޔާ ޚަރަދުވާނެ

މާސްޓަޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ފަޅުން ބޮޑު ބައެއް މިހާރު ހިއްކަން ފަށާފައި ވަނީ ކޮމާޝަލް ޕޯޓް ބަދަލުކުރުމަށެވެ. ބީލަމަށް ނުލައި އެ މަސައްކަތް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ ބޮސްކާލިސްއާ އެވެ. ގުޅިފަޅުން ހަ މިލިއަން އަކަ މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނައިރު، ފަރުތަކަށް ގެއްލުންވަމުންދާ ކަމަށް ބުނެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Bidah nulai Gulhifalhu bin hikkan 53 million dollar ah Boskalis ah dheefi

Bidah nulai Gulhifalhu bin hikkan 53 million dollar ah Boskalis ah dheefi

The most trusted news source in the Maldives

Mihaaru

ބިޑަކަށް ނުލައި ބޮސްކާލިސްއާ މަސައްކަތް ހަވާލު ކުރުން

ބޮސްކާލިސްއާ 53 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓާ ގުޅޭގޮތުން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މަޝްރޫއުގެ އަގާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އެންމެ އަގު ބޮޑު ރޭޓުން ބަލާ ނަމަ 120 މިލިއަން ޑޮލަރު އަރަ އެވެ. ނަމަވެސް ތަންކޮޅެއް ކައިރިން ވެލި ނެގޭ ނަމަ އެ އަގު 100 މިލިއަން ޑޮލަރަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު މުޅި ޕްރޮޖެކްޓްގެ އަގާ ގުޅޭގޮތުން ސުވާލު އުފެދުނެވެ.

އެކަން އޮޅުން ފިލުވައި ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގުޅިފަޅު ހިއްކުމަށް މިހާރު ކުރާ މަސައްކަތުގެ އަގަކީ 53 މިލިއަން ޑޮލަރު ކަމަށެވެ. މިނިސްޓަރު ވިދާޅުވާ 120 މިލިއަން ޑޮލަރަކީ މާސްޓާ ޕްލޭނާ އެއްގޮތަށް އެ ފަޅުން ހިއްކަން ނިންމާފައިވާ ހިސާބު އެއްކޮށް ހިއްކުމުގެ އަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފޭސް ވަންގެ އަގަކި 53 މިލިއަން ޑޮލަރު. އެއީ މިހާރު ފަށައިފައިވާ މަސައްކަތް. މާސްޓާޕްލޭނުގައިވާ ގޮތަށް އެއްކޮށް ހިއްކުމުގެ އަގު 120 މިލިއަން ޑޮލަރަކީ،" އޮފިޝަލް ވިދާޅުވި އެވެ.

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

Mihaaru

ތިމާވެއްޓަށް ގެއްލުން ވިޔަސް އެ ޕްރޮޖެކްޓް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވުން

މިހާރު ހިއްކަން ހަވާލުކޮށްފައިވާ ހަ މިލިއަން އަކަމީޓަރުގެ ބިމުގެ އިތުރުން ދެން ހިއްކަނީ ކިހާ ސަރަހައްދެއް ކަމެއް އަދި ނޭނގެ އެވެ. އެ މަސައްކަތް ފަށާނެ ދުވަހެއް ވެސް އަދި ނުނިންމަ އެވެ.

ތިލަފުށީގައި ކުރިން އަޅަން ނިންމި ޕޯޓް ގުޅިފަޅަށް ބަދަލުކޮށްފައިވާއިރު ގުޅިފަޅަކީ ދުނިޔޭގައި ވެސް އާންމުކޮށް ނުހިއްކާ ވަރުގެ ފުން ފަޅެއް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އެނގިފައިވާ ގޮތުގައި ގުޅިފަޅުން މިހާރު ހިއްކާ ސަރަހައްދުގެ ފުންމިނުގައި އެވްރެޖްކޮށް 20 މީޓަރު (60 ފޫޓު) ހުރެ އެވެ. ރާއްޖޭގައި އާންމުކޮށް ހިއްކާފައިވާ ފަޅުތަކުގެ ފުންމިން އުޅެނީ އެވްރެޖްކޮށް ތިން މީޓަރާއި ފަސް މީޓަރާ ދެމެދުގައި ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވެސް ހިއްކާ އެންމެ ފުން ފަޅެވެ. އެހާ ފުން ތަނެއް ހިއްކަން ޖެހުމަށް އެކަމަށް ބޭނުންވާނެ ވެއްޔާއި ހަރަދު ބޮޑުވެ އެވެ.

Gulhifalhu: Dhuniyey gai ves hikkaa emme fun eh falhu

Gulhifalhu: Dhuniyey gai ves hikkaa emme fun eh falhu

The most trusted news source in the Maldives

Mihaaru

ގުޅިފަޅު: ދުނިޔޭގައި ވެސް ހިއްކާ ފުން އެއް ފަޅު

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް އިން ބުނާ ގޮތުގައި ގުޅިފަޅު ހިއްކުމުގެ މުޅި ޕްރޮޖެކްޓްގައި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ފުރަތަމަ ފަހަރަށް ހިއްކިއިރު ވެސް ހިއްކާފައިވަނީ އެ ފަޅުގެ ތިލަ ހިސާބެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ މިފަދަ އެހެން ޕްރޮޖެކްޓަތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މިއީ އިގްތިސާދަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަށް އެ ފަޅު ވާތީ އެވެ. ތިލަފުށީގައި އެކަން ނުކުރީ އެއީ ކުރިއްސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވެފައި ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށް ވިދާޅުވި އެވެ.

ގުޅިފަޅު ބިންހިއްކަން ފަށައިފައިވާއިރު، ގުޅިފަޅުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.

63 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 1%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯޑަން

09 June 2020

ތިޔަ ޕުރޮޖެކްޓުގެ މައްސަލައަކީ ފުންގަނޑެއް ހިއްކާކަން .. އެ ފުންގަނޑަށް އަޅާވެލިން ގުޅިފަޅު އަދި ތިލަފުށީގެ ތިލަބައި އެއްކޮށް ހިއްކާލެވޭނެ މިއީ ވަރަށްވެސް ބޮޑު އިސްރާފެއް

The name is already taken The name is available. Register?

ޝައްފާފު.

09 June 2020

ތިތަން ހިއްކަން ދާލާރި ލިބެނީ ބޮސްކާލިސް ކިޔާ ބޭރު ކުންފުންޏަކައް.. އަދި އޭގެ އެއްބައި ޕާޓީ ކުދީންނައް ހަދިޔާގެގޮތުގަ. ރައީސް ޔާ މީން ނަ މަ ދޯ މަހާޖައްރާފާއަށް ތި މަސައްކަތް ދީފަ ގައު މުގައި ފައިސާ ހަރުލާގޮތައް ކަންކަން ކުރައްވާނީ. މިހާރު އޮތް ސަރުކާރަކީ ބޭރުބަޔެއްގެ އެޖެންޓުކަން ކުރާ ދިވެހީންތަކެއް އުޅޭ ސަރުކާރެއް. މިއީ ތޯތޯ ވާހަކައެއްނޫން.

The name is already taken The name is available. Register?

ކުޅުދުއްމޭން

09 June 2020

90 ރުފިޔާއަށް އަކަފޫޓެއް އެ ޖެހެނީ އެކަމަކު ވިއްކާނީ 1000 ރުފިޔާއަށް އަކަފޫޓެއް މުއްސަނދިންނަށް އެކަނި ގަނެވޭނީ އާންމު މީހަކަށް ނުގަނެވޭނެ އެ އަގަކު ، މުއްސަނދިން މުއްސަނދިކޮށް އާންމުން ނިކަމެތި ކުރުން ބޭނުމަކީ.

The name is already taken The name is available. Register?

ހަސަނު1

09 June 2020

" އެނގިފައިވާ ގޮތުގައި ގުޅިފަޅުން މިހާރު ހިއްކާ ސަރަހައްދުގެ ފުންމިނުގައި އެވްރެޖްކޮށް 20 މީޓަރު (60 ފޫޓު) ހުރެ އެވެ".. މިހާރުން އަލުން ޗްކްކޯށްލުން އެދެން.،. އެންމެ ފުންތަނުގައި ހުންނާނީ 18 މީޓަރު ކަމަށް މަޖިލީހުގައި ވަނީ މައުލޫމާތުދީފައި. ވެބްސައިޓްގައި ހުރި ރިޕޯޓް ތަކުން ފެންނަނީ 1.5 މީޓަރާއި 18 މީޓަރާ ދެމެމު ސަރަހައްދު ތަކެއް. އެހެން ވީމައި އެވްރެޖް 20 މީޓަރޭ ބުނުމަކީ ގޯސް އަދަދެއް.

The name is already taken The name is available. Register?

ހަސަނުބެއްޔާ

09 June 2020

ރާްޖޭގެ ރަށްތައް ތަރައްގީ ކުރާނަމޭ ކިޔާފަ ބިލިޔަނުން މާލޭ ސަރަހަށްދަށް ހަރަދު ކުރީމަ ރާްއްޖޭގެ ރައްތަކުގައި އެންޑިޕީ އަށް މަރުދަންޖެހިގެން ވޯޓް ބޯކޮއް އެޅި ކުދިން ކޮޑުހުޅު ނެއްޓެންދެން އަތްޖެހުން އެދެމެެވެ.

The name is already taken The name is available. Register?

ޟާއިނ

09 June 2020

މީ ކޮންބަޔަކަށް ދޭން ހިއްކާތަނެއްބާ؟

The name is already taken The name is available. Register?

ކަންއޮތްގޮތް

09 June 2020

ބަލަ ކުދިންނޭ މިގައުމުގަ ހުރިވެރިމީހާ ހުވަފެނުންވެސް ނުދެކޭނެ ވެރިކަން ލިބުމާހަޔަށް އޭނައަށް މިގައުމުގެ ވެރިކަން ލިބޭނެކަމަކަށް އެމްޑީޕީއަކީ ވެރިކަމަށް ކުފޫހަމަވާ މީހަކުހުރި ޕާޓީއެއްނޫން އެހެންކަމުން މުޅިންވެސް މިޖެހެނީ ފަހުވަގުތު ކޮންމެސް މީހަކު ދަމާނެރެ ވެރިޔަކަށް ލާން އަހެންނޫންތޯ އަންނި އަށްވެސްވީ އެހެންކަމުން މިހެންލިބޭ 5 އަހަރު ހެދުނުއެއްޗެއް ނަހަދާ ނުހުންނާނެކަން ރައްޔަތުނަށް ނޭނގުމަކީ އެދެން މުޅިން އެހެންކަމެއް

The name is already taken The name is available. Register?

ނަރީމާ

09 June 2020

ޖަޒީރާ ރާއްޖެ، އެޖެންޑާ 19 މަހަށް. ދެން ލަލަލާ.... ތޮއްޖައްސާ، ބިއްޖައްސާ ވާހަކައެއް ވިދާޅުވާނެ މީހަކު ނެތް. މެކުނުބާނާ ސައިޒްގެ ހިމަ ރޯލެއްހެން، ސަރުކާރު މިވަނީ އޮޅުންބޮޅުން ވެފައި. ކަށިކުނބުރު ޖަންގައްޔެއްގައި ތާށިވެފަ. ވަދެވޭކަށް ނެތް. ނުކުމެވޭކަށް ނެތް.

The name is already taken The name is available. Register?

ސަލާހު

09 June 2020

ރާއްޖެ ހުހާރަށެއްގަ ފެނާނަރުދަމާ ޢަޅަން ވައުދުވެފަ ރައްޔިތުނައް އޮޅުވާލީ ދެއްތިނަސީދު ބޫނާމީހަކައް ވޯލާނެ ބަޔަކުނުވާނެ

The name is already taken The name is available. Register?

ރަށްއިތުމީހާ

09 June 2020

އަޅެ ތި ރުފިޔާއަށް ރާއްޖެތެރޭ ސިންހީނިޒާމް ރަގަޅު ކުރިނަމަ. މިއުޅެނި ދަތެއްގަ ރިންސާލިޔަސް ފެނަޑޯލުގުޅައެއް ކައިލައިގެން ފުންދާލައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454