09 ޖޫން 2020 - 21:34
މައިނޯރިޓީ ޕާޓީތަކުގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް މިގޮތަށް ވިދާޅުވީ މަހާތުމާ ގާންދީގެ ބަސްކޮޅަކާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ. އޭގައި ވަނީ، މައިނޯރިޓީގައި ހުރެ ބުނާ ބަހަކަސް ތެދުވާނީ ތެދަށް ކަމަށެވެ.
Minority ge adu nethi @mvpeoplesmajlis hingavan Majlis Raees @MohamedNasheed ulhuvvumakee varah bodu kanboduvumeh.
— Col(rtd)Mohamed Nazim MP (@nazim7878) June 9, 2020
"Even if I you in a minority of one, the truth is still the truth." — Mahatma Gandhi
ނާޒިމް މިހެން ވިދާޅުވި އިރު އިދިކޮޅު މެމްބަރުން މަޖިލީހުގައި ނެތުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މަޖިލިސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ޖަލްސާ ފައްޓަވަމުން ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ދެތިން މެމްބަރަކު ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ އާންމުކޮށް އެގޮތަށް އުޅުއްވާ މެމްބަރުން ކަމަށާއި އެހެންވީމަ އެކަން މާބޮޑަށް ފާހަގަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ވ. ފުލިދޫ ގިރަމުންދާ ދާތީ އެކަމުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، އިދިކޮޅު ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރެއްވުމެވެ. ފަޒުލް ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާތީ އެކަން ކުރިއަކަށް ނުގެންދެވުނެވެ.
ޕީޕީއެމާއި ޕީއެންސީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރީ، މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެރޭގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މެމްބަރު ޝިޔާމްއަށް އެކި ވަރުގެ އަނިޔާ ލިބި ފަރުވާ ހޯދަމުންދާއިރު، ޝިޔާމަށް އަނިޔާވީ ނަޝީދު އެންގެވި ގޮތަށް އެމްޑީޕީގެ މެމްބަރުން އަމަލު ކުރެއްވުމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެރޭގެ ޖަލްސާއިން މެމްބަރު ޝިޔާމް ނެރުމަށް މެމްބަރުންނަށް އަންގަވާފައި ވަނީ މަޖިލީހުގެ ރައީސެވެ.
ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
11 June 2020
ބާގީންނެތި މަޖިލިސް ހިންގާތީ އަހަރުމެން ވަނީ އުފާ
ޝޮކްތެރަޕީ
10 June 2020
ރައްއިތުންނަ އޯޅުވާލީ ޖޭޕީޔާ އަދާލަތު. އެހެންވެ އެމްޑީޕީ މިހާ ބޯޑުކާމިޔާބެއް މި ލިބުނީ. އެހެންނުންނަމަ ނުލިބޭނެ.
މަ ހީހީ ޝަހާދެތް
10 June 2020
ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައްޔިތުން ތާއެވެ އިނދި ކޮޅު ކެންޑިޑޭޓުން ނުހޮވުމަކީ ރައްޔިތުންގެ ކުރި ކަމެކެވެ.
ކިޔާލާ
10 June 2020
ނާޒިމް ތިވިދާޅުވީ ތެދުވާހަކައެއް! އެކަމު އެބަޔަކުވެސް އެބަ ވިސްނަންޖެހޭތާ ހޮވާފަތިބި މީހުންގެ އަޑުއިއްވަން މަޖިލީހަށްދާން! ޓެކްނޮލޮޖީގެ އެހީގައި ހުރިހާބިލަކަށް ހުރިހާ ރައްޔިތުންނަށް ވޯޓު ލެވޭގޮތް ހަދަންވީ! އެންސީ އައިޓީގެ އީ-ފާސް އެވަރަށް ދިވެލޮޕް ކުރެވިދާނެ!
އެމްސް
10 June 2020
ސިޔާސީޑްރާމާތައް މިހާރުދެން މާގިނަވެއްޖެ!
3081
10 June 2020
ތިޔަބުނާ ހިއްތިރިބެއިފުޅުން ވެރިކަމުގައި ތިއްބެވިއިރު މުސާރަނެންގެވީ% 100 ހާޒިވެ ޒިއްމާ ފުރިހަމަޔަށް ނަންގަވައިގެންބާ!!! އެކަކުވެސް ގުދޯގުދޯ ގޮވާނެކަމެއްނެތް . ލަނޑަޔާވާނީ ހަމަ ލަނދަޔާ . ހުސްއެކައްޗެ
ގދސސ77
10 June 2020
މަޖިލިސް ބާއްވާނެކަމެއް ނެތް. ބޭކާރު ތަނެއް. މި އިގްނޮރެންޓް އަދި ނާޤާބިލް މީހުނަށް ބޮޑު ހޭދައެއް ކުރުމުގެ ބޭނުމެއް ނުވިސްނޭ. މިސަރުކާރުންވެސް ވަރަށް ބޮޑަށް ޑިސަޕޮއިންޓް ކޮށްފި. ކިޔަނީ ވަކިއެއްޗެއް....
ކަނބިލި
10 June 2020
ފެހި ގާނޫނު އަސާސީ ވުޖޫދުވުމުން ބަދަލުވީ ދެލިގަނޑާ ކަންކުރަން ތިބި މީހުންނާއި ނަން ބޯޑުތައް. ކަން ހިނގާ ގޮތް ބަދަލެއް ނުވޭ. ކަންކުރާ ބޭނުމާއި މަގުސަދުވެސް ބަދަލެއް ނުވޭ. ދައުލަތުން ކުރާ ޚަރަދުތައް ބޮޑުވެ ރައްޔިތުންގެ ތެރޭގައި ފިތުނައާއި ފަސާދަ ބޮޑުވެ، ރައްޔިތުންގެ ހަމަޖެހުމާއި އުފާފާގަތިކަމަށް ހެޔޮ ބަދަލެެއް އައުމުގެ ބަދަލުގައި އަޚުލާގީ ގޮތުން ދަށު ދަރަޖައަކަށް މުޖުތަމަޢު ވެއްޓި ފައިސާގެ ދަހިވެތިކަން އަށަގަތީ.
ރަބަރޭސް
10 June 2020
އެއްވެސް ޝަރުތަކާ ނުލާ މައިނޯރިޓީ ލީޑަރު މަޖިލީހައް ދާންޖެހޭ.
އުސްތާޛްޒަކީ
10 June 2020
ކާނަލް ނާޒިމް ތިޔަހެން ވިދާޅުވީމާ އަޖައިބެއް ނުވޭ! ދެރަކަމަކީ މީގެ ކޮންމެ މީހެއްވެސް ރައްޔިތުން ނިކަން އިތުބާރު ކުރާކަމަށް ހީވެގެން އުޅުއްވާތީއެވެ. ނާޒިމްއަށް ވާނެނަމަ ނަޝީދު ފެންފޮދަކާއިނުލާ ކާލަން ވެސް ފަހަކަށް ނުޖެހޭނެއެވެ. ނާޒިމް އަކީ ވެސް ރައީސް އެކޯ!