ޚަބަރު / ޕަބްލިކް ހެލްތު

ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

އެޗްޕިއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީޑިއާ ބްރީފިން އެއްގައި މައުލޫމާތު ދެއްވަނީ. އޭނާ ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް އޮތް ވަރު ބަލަން ކޮންމެ 14 ދުވަހަކުން ސާމްޕަލްތައްް ނަގާނެ ކަމަށް.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރީ މިދިޔަ އެޕްރީލް 15 ގަ އެވެ. އެކަމަކު ބައެއް ފިޔަވަޅުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ލުއިކޮށްފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ލުއި ދިނުމަށް ފަހު ކޮމިއުނިޓީ ސްޕްރެޑް އޮތީ ކިހިނެތްތޯ ބަލަން އަންނަ ހަފްތާގައި ސާމްޕަލްތައް ނަގަން ފަށާނެ ކަމަށެވެ. މި ސާމްޕަލްތައް ނަގާނީ ފަސް ކެޓަގަރީއެއްގެ މީހުންގެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސާމްޕަލްތަކުން ޕީސީއާރް ޓެސްޓް ހަދައި ޕޮޒިޓިވް ވާ މީހުންނާ މެދު އަމަލުކުރާނީ މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ގޮތަށެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އައިސޮލޭޓްކޮށްގެން ބެލެެހެއްޓުމާއި ބޮޑަށް އަލާމާތްތައް ފެންނަ، އަދި ހައި ރިސްކް މީހުން އިތުރަށް ގާތުން ބެލެހެއްޓުމެވެ.

"އޭގެ ތެރެއިން ވެސް ހަމަ ޕޮޒިޓިވް ވާ ސާމްޕަލެއް ވެއްޖެއްޔާ ހަމަ އެހެން ވެސް ހަަމަ ޕޮޒިޓިވް ވާ ކޭސްތަކާ މެދު ކަންތައް ކުރެވޭ ފަދައިން ހަމަ އަޅުގަނޑުމެން ހަމަ އެބައި ކުރިއަށް ގެންދާނަން. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ހަމަ އެއާ ވިދިގެން ކުރަން ޖެހިއްޖެއްޔާ އެކަން ވެސް ކުރިއަށް ގެންދާނެ،" އަފްޒަލް ވިދާޅުވި އެވެ.

ބަލިފެތުރުނު މިންވަރު ބަލަން ސާމްޕަލް ނަގާ ކެޓަގަރީތައް

- ފްރޮންޓްލައިން ގައި މަސައްކަތް ކުރާ މީހުން

- ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

- 65 އަހަރުން މަތީގެ މީހުން

- ތޮއްޖެހިގެން ދިރިއުޅޭ މީހުން

- 20 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން (ޒުވާނުން)

އަފްޒަލް ވިދާޅުވީ އެ މަސައްކަތުގައި ފާހަގަ ކުރާ ކްލަސްޓާތަކެއްގެ އިތުުރުން ރެންޑަމް ކޮށް ވެސް ސާމްޕަލް ނަގާނެ ކަމަށެވެ. އެކަމުގައި އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ލުއި ދިނުމުގެ ޕްލޭނާ އެކު ކުރިއަށް ދެވޭނީ އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

"ދެން މި ސާމްޕަލް ނެގުމަކީ ހަމަ ޕީރިއަޑިކްކޮށް ރިޕީޓް ކުރަމުން ކޮންމެ 14 ދުވަހަކުން ކުރާނެ ކަމެއް. އެހެންވީމާ ކޮންމެ 14 ދުވަހެއްގެ ތެރޭގައި އަންނަ ބަދަލުތައް އަޅުގަނޑުމެންނަށް އެނގެމުންދާނެ" އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދަކީ 1942 އެކެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 1010 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެހެންވެ މިހާރު އެކްޓިވް ކޭސްްތަކުގެ އަދަދަކީ 922 އެވެ.

12 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 4%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

10 June 2020

ތިޔައީ އާދައިގެ ރޯގާއެކޭ. މާކަންތައްގަޑު ބޮޑު ނުކުރޭ. އެންމެ 3 މުސްކުޅިން މަރުވީ.

The name is already taken The name is available. Register?

ވިސްނަވާ

10 June 2020

ވަރަށް ހިތްވަރު އެބަކޮށްލާ. މެންދުރު 2 ޖަހާއިރު މިގޭދޮށުގައި ތިބި ކުދީން ރޭނގަނޑު 9 ޖެހިއިރުވެސްތިބީ ޓެސްޓު ނަގާލާނަގާލަ. ތިޔަކުރާ ހިތްވަރަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ައަހުމަދު

10 June 2020

ތިމީހުންކުރާކަމެއް ނޭގ ކޮންމެރެއަކު ތިދޭމައުލޫމާތު އެހެންވިއްޔާ ރަނގަޅުނޫންތާ ދޯ ތިކިޔާނީ ކޮންމެދުވަހަކު މިވެނިވަރަކަށް ބަލިޖެހުނޭ ، މިވެނިވަރަކާށް ރަނގަޅުވެއްޖޭ . އެއިން ނޭގެނީބާ ލުއިދިނަސް ނުދިނަސް ކޮންމެ ދުވަހަކު އަދަދުތަކެއް އެބަކިޔާ ދެން ނޭގެ، މަށަށް ހީވަނީ ތިމީހުން ތިދޭމައުލޫމާތުގައި އުޅޭހެން މައްސަލަތަކެއް އެނޫންނަމަ ކޮންމެދުވަހަކު ތިއެއްކުރާ މައުލޫމާތުން އެނގެންޖެހޭނެ ނޫންނަމަ ތިދެނީ ސައްހަ މައުލޫމާތެއްނޫން.

The name is already taken The name is available. Register?

އަނާންން

10 June 2020

ބްރޯ، ލުއިދީފަ 14 ދުވަސް ވީމަ ނޫންތަ އޭގެ އިމްޕެކްޓް ފެންނާނީ؟

The name is already taken The name is available. Register?

ހަސަދު

10 June 2020

މިބޭފުޅުން މާތެކްނިކަލް ކޮށް މަސއްކަތް ކުރާ ކަންދައްކަން ވެގެން ކުރާ ކޮންމެ ކަމަކުން ދޭހަވަނީ ކަމެއްނުވާ ކަން. ލުއިދީ ދިން މުއްދަތު ނިމެން ކައިރިވީމަ މިބަލީ ބަލި ފެތުރުނީ ކިހާވަރަކަށް ބަވައޭ. ރިއަލް ޓައިމް ގައި ނެގޭ މައޫލޫމާތު ބެލެންޖެހޭނެ. އެކެޕަބޮލިޓީ ނެތިއްޔާ އެކަން ކުރެވޭވަރުގެ މީހުން ހޯއްދަވާ

The name is already taken The name is available. Register?

ހަސަބު

10 June 2020

ސީރިއަސް ވެދާނެ ބަލިތައް ބެލޭނެ ފަސޭހަ ނިޒާމެއް އޮންނަން އެބަޖެހެއެއްނުން. ކޮންމެ ބައްޔަކީވެސް އަޅާލާންޖެހޭ ވަގުތު އަޅާނުލެވިއްޖެއްޔާ ފުރާނައަށް ނުރައްކާވެދާނެ ބައްޔެއް. މިހާރު ކޮންމެވެސް ވަރަކަށް ބިރުވެސް ގަނޭ. ކިރިޔާ ހަށިގަނޑު ހޫނުވިއަސް ކެއްސާލިއަސް ކިނބިއްސެއް އެޅުނަސް.

The name is already taken The name is available. Register?

ޞަގފފ66

10 June 2020

ދެވުނު ލުޔާއެކު މިހާރު ވަޒީފާއަށް ނިކުންނަ މީހުންގެ ސާމްޕަލް ނަގަން ފެނޭ. އޭރަށް މީގެ ރަނގަޅު ޕިކްޗަރއެއް ފެންނާނީ. އަދި މަޖިލިސް މެމްބަރުންވެސް.

The name is already taken The name is available. Register?

ނައްސި

10 June 2020

ބަލި ޖެހުނު ފޭސްގައި ކަންތަށް ދިޔައީ ވަރަށް ރަނގަޅަށް. އެތަށް ހާސް ބަޔަކު ބަލިވެ އެނދުމަތިކޮށް ސިސްޓަމަށް ނުކަތާވަރަށް ގައުމުގެ ހާލަތު ވެއްޓިގެން ނުދިޔައީތީ ﷲއަށް ހަމްދުކުރަން. ދެން އޮތީ ބަލިން ރަނގަޅުވެ ދޫކޮށްލާ ފޭސް. އެ ފޭސްވެެސް ރަނގަޅަށް ދާނެ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

މިވަރެއްނެތް

10 June 2020

ހާދަހާވާ ސްލޯ ސްޕީޑެއްގެ ތިބޭފުޅުން ތިއޮޕަރޭޓްކުރަނީ؟ އަހަރެމެން ހީކުރީ އެހެން ގަމުތަކުގައިވެސް ކަންކަން ކުރާ އުސޫލުން ދުވަހުން ދުވަހަށް ލިބޭ ޑޭޓާ ބަލާ އެނައިޒްކޮށް ސްޓްރެޓެޖައިޒްކުރާކަމަށް! އެކަމަކު މިހާރު ތިކިޔާ އެއްޗަކުން އަނެއްކާވެސް އޮޅިއްޖެ! ތިހެންވާތީއޭ އަބަދު މިކިޔަނީ އެޗްޕީއޭ އާއި ހެލްތް މިނިސްޓްރީގައި އުޅޭ ތަޖްރިބާއެއް ނެތް ޅަކުދިންނޭ!

The name is already taken The name is available. Register?

އެނގޭ ނޭނގޭ

10 June 2020

ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ލިބެން ނަގާ 6 ގަޑިއިރު. އެތަށް ހާސް ސާމްޕަލް ނަގައިގެން ޓެސްޓު ކުރާއިރު ނަތީޖާ ލިބުމުގައި އެފަދަ ލަސްކަމެއް އައިސްދާނެ. އެމެރިކާފަދަ ކުރިއަރާފައިވާ ގައުމުތަކުގެ އެތަށް ބަޔަކު މަރުވެގެން ގޮއްސި ޓެސްޓު ނުކުރެވިގެން. ﷲއަށް ހަމްދުކުރަން ރާއްޖެ އެފަދަ ހާލަތަކަށް ނުދިޔައީތީ. ދެން ޓެސްޓުކުރުމުގެ ކަންތަށް މައިގަނޑު ގޮތެއްގައި މި ހިންގަނީވެސް ހެލްތު މިނިސްޓްރީ ކުދިންނެއް ނޫން. އެއީ އައިޖީއެމްއެޗްގެ ލެބުންކުރާ ކަމެއް.

The name is already taken The name is available. Register?

މުނާޒް

09 June 2020

ރެންޑަމްކޮށް ސާމްޕަލް ނަގާ ބަލި އޮތްމިންވަރު ކަށަވަރު ކުރުމަކީ ރަނގަޅު ކަމެއް

The name is already taken The name is available. Register?

ޙެހެ1

10 June 2020

މިހާރުވެސް ހަބޭހަށް ރެންޑަމް ނަގާ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454