ސަން އައިލެންޑް ރިސޯޓް. ކަރަންޓީނަށް ބޭނުންކުުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި.
23 ޖޫން 2020 - 00:43
ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއް ރިސޯޓްތައް ސަރުކާރުން ދޫކޮށްލައިފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ފަހު ދޫކޮށްލި ރިސޯޓްތަކުގެ ވިޔަފާރި އަލުން ފަށަން މަސައްކަތް ފަށާފައިވާ ކަަމަށެވެ. އެގޮތުން ދޫކޮށްލީ 13 ރިސޯޓެކެވެ.
ބިޔާދޫ، ފަން އައިލެންޑް ރިސޯޓް، ފުރަވެރި، ހޮލިޑޭ އައިލެންޑް ރިސޯޓް، މަޑިވަރު، ރޯޔަލް އައިލެންޑް ރިސޯޓް، އިރުފުށި، ވިލުރީފް، އިރުވެލި، އަތުރުގާ، ހެރަތެރެ، މެދުފުށި، ފުށިފަރު
މަބްރޫކް ވިދާޅުވީ އެ ރިސޯޓްތައް ދޫކޮށްލުމުން ކަރަންޓީނު ފެސިލިޓީތަކުގެ އަދަދަކީ މިހާރު 1،420 ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިިލިޓީތަކުގައި މިހާރު ތިބީ 217 މީހުންނެވެ. އެއީ ރަށްރަށަށް ދަތުރުކުރުމަށް ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 77 މީހަކާއި ކަރަންޓީނު ފެސލިޓީތަކުގައި ތިބި 140 މީހެކެވެ. ކަރަންޓީނު ފެސިލިޓީތަކުން މިއަދު 27 މީހަކު ދޫކޮށްލި އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ މިހާރު 2,217 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 1،816 މީހަކު ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލައިފަ އެވެ. އެހެންވެ ބަލިމީހުންގެ އަދަދު މިހާރު ހުރީ 391 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
23 June 2020
މިވަގުތައް އަންނާނެ ޓޫރިސްޓަކުވެއްޖިއްޔާ އެތިބީއައިސް ޒިކުރާ މިސްކިތްކައިތީގަ މަގުމައްޗައް ކުޅުޖަހަން. ސެޕްޓެމްބަރު ކުރިން އިތުރު ޓޫރިސްޓުންނެއް ނާންނާނެ.
ފުނާ
23 June 2020
އަސްލުވެސް ވަރަށް ބޮޑު ތެދެއް ، މިގައުމުގައި އެއުޅެނީ ގާނޫނު އާއި ހިލާފު ބޭރު މީހުން ފާޅުގަ މަގުމަތީގަ ، އިއްޔެގަވެސް ހުސް ބޮންދުން އެތާގަ ، މިހަކު ބަލާލާ އިރަށް ބޯތަޅުވާލާފަ ދިމާލަށް އަންނާނީ
ބޮޑުމީހާ
23 June 2020
ތިހެން ކަމަކު ނުދާނެ. ޓޫރިސްޓުން އަންނަންދެން ދައުލަތުގެ ބަޖެޓުން މަހުޖަނުންނަށް ކޮންމެވެސް އެއްޗެއް ލިބެންވާނެ. ހެޔޮނުވާނެ އެމީހުން ފަގީރު ވެދާނެ
ކުޑަމީހާ
23 June 2020
ޓޫރިސްޓުން އަންނަންވާއިރަށް ރިސޯޓްތައް ރެޑީވާނީ މިހާރު ދޫކޮށްލައިގެންނޫންތަ.
މުދިމު ކަތީބު
23 June 2020
ކަރަންޓީނު ފެސިިލިޓީތަކުގައި މިހާރު ތިބީ 217 މީހުން ކަމުގައި ވިޔަަސް ކަރަންޓީނު ފެސިލިޓީތަކުގެ އަދަދަކީ މިހާރު 1،420 ކޮޓަރި އެއްވެސް މީހަކުނެތަސް 1200 އަށް ވުރެ ގިނަ ކޮޓަރިއަށް އަދިވެސް ފައިސާދައްކަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ
ހިޔަޅު
23 June 2020
އިންޑިޔާގަ ހުރެފަ އެންގިން ގޭގަ ކަރަންޓީނު ނުވެވޭނެކަން. އެކަމް މާލެއާއިސް އެއާރފޯޓްގަ 5 ގަޑީއިރު ބަހަށްޓާފަ ބުނީ ގެއަށްދާށޭ ކަރަށްޓީނުވާން. ސަރުކާރުން ރިސޯޓްތައް ދޫކޮށްލިޔަސް ކަރަށްޓީނު ވެ ވޭނެ އިންތިޒާމް ހަމަޖަންސަން ޖެހޭނެ. އެމެންނަކަށް ގޭގެ ކަރަށްޓީނު ނުވެވޭނެ.
ޓަކިބެ
23 June 2020
ބަޖެޓް ތެއްޔަކު ފުލެއް ނެތް. ދެން ގޭގަ ނޫން ކޮންތާކު ކަރަންޓީނު ކުރާނީ؟