ލޮކްޑައުންއަށް ފަހު މާލެ ސަރަހައްދުގެ މިސްކިތެއްގައި ނަމާދުކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
30 ޖޫން 2020 - 11:39
ތިން މަހަށް ފަހު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މާދަމާ ފަށާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް މާދަމާ ނަމާދު ކުރަން ފަށާނީ ކޮން ނަމާދަކުން ކަމެއް އިސްލާމިކް މިނިސްޓްރީއަކުން އަދި ނުނިންމަ އެވެ. އެކަމާ މެދު އަދި އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ފަހު ފަށާ އާ މަރުހަލާގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18 ގަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން އޭރު ހުއްދަ ދިން ނަމަވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް އޭރު ނުދެ އެވެ. އެކަމަކު މި މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށައިފަ އެވެ.
އާ މަރުހަލާގައި، ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކެފޭ/ރެސްޓޯރެންޓުތައް ވެސް މާދަމާ ހުޅުވާނެކަމަށް ރައީސް މީގެ ކުރިން ކުރެއްވި ޓްވީޓުގައި ވެ އެވެ. އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ވޮލެންޓިއަރުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އެންމެ ނުރައްކާ ހާލަތަށް ދިޔަ ނުދީ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކުރީ ސަފުގައި، އެމީހުންގެ އާއްމު ޑިއުޓީގެ ބޭރުން މަސައްކަތްކުރި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންނާއި ސަރުކާރުގެ އެކި އިދާރާތަކަށް ޝުކުރުވެރިވަމެވެ." ރައީސްގެ ޓްވީޓްގައިވެ އެވެ.
ކޮވިޑް-19 އާ އެކު އޭޕްރީލް 15 ގައި އަޅަން ފެށި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަންނަ މަހުގެ 14 އާ ހަމައަށް ދަންމާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޭގައިމަޑުކޮށްލާ
30 June 2020
މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވުމުން ފުރަތަމަ ވެސް ރައީސް އިބޫ ވެސް އަދި ކެބިނެޓް މިނިސްޓަރުން ވެސް ނަމޫނާ ދައްކަން ޖެހޭނެއޭ ޖަމާއަތުގައި ނަމާދަށް ދާން އަދި ޖަމާއަތުގައި ކުރާ ކޮންމެ ނަމާދެއް ނިމުމަށް ފަހު ސޫރަތް އިޚްލާސް އަދި ފަލަޤި ނާސި ސޫރަތް 100 ފަހަރު ކިޔުމަށް ފަހު ދުއާ ކުރަންވީއޭ ކޮވިޑްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރޭތޯ މީއޭ ކުރަންވީ ކަމަކީ އެޗްޕީއޭ ބެންޗަށް ދެން ބަދަލުވާންވީއޭ އެމެން ކިޔާ އެކަތިވެސް ދިމާނުވެއޭ އެމެން
ހާސަރު
30 June 2020
ކޮވިޑް ފެތުރޭކަމަށް މިއޮށްހުރިހާ ދުވަހު ކިޔަމުން އައި ސަބަބު ނެތި ނުދަނީސް ކުރިއެކޭ އެއްގޮތަށް މިސްކިތްތައް ހުޅުވުމުން ކޭސްތައް އިތުރުވެ އަނެއްކާ ލޮކްޑައުންއަށް ދާން ނުޖެހޭނެބާ؟
ބޮޑުމީހާ
30 June 2020
އޮފީސް ހުޅުވާނެ- ގަޑިއެއް ނޭގެ މިސްކިތް ހުޅުވާނެ- ކޮން ނަމާދަކުންކަން ނޭގެ ރޭޕިސްޓު ސަރުކާރަށްވާ ވަރު
ބަބްސް23
30 June 2020
ހެޔޮނުވާނެ.
ބުރޮ9
30 June 2020
ރޭޕް ކޭސް އޮއްބާނުލާތި އެކަަމަކު ރޯޔަލްސް.
ދޮންމީހަ
30 June 2020
الحمد الله
ދުންމާރި
30 June 2020
ފަތިސް ނަމާދު ފުރަތަމަ ނަމާދަކަށް ވާނީ. ލަސްކުރުމުގެ މާނައެއް ނެތް. ގާދިރުމިން ބަހައްޓާކަށް ނޖެހޭ
ކަރުސަރީ
30 June 2020
އަދިވެސް އަމިއްލަ މުސައްލައާއި ގެއިން ވުޞޫ ކޮށގެން އައުން މުހިއްމު ކަމަށް ދެކެން. ސައުދީގައި 3 ފޫޓު ބަހައްޓައިގެން ސަފު ހެދުން ބުއްދިވެރި.
ދަންމަރު
30 June 2020
މިސްލިމުން ބަލާގޮތުންނަމަ އިރުއޮއްސުމުން އަނެއް ދުވަސް ފެށުނީ ދުވާލު ނިމި ރޭގަނޑުވީ ފަތިސް ވުމުން އަލި ވިލުނީ
ލަގްޖާގަލޭ
30 June 2020
އެހެން އިސްލާމީ ގައުމުތަކުގައިވެސް 3 ފޫޓުގެ ދުރުމިނުގައި ޖަމާއަތް ހަދަނީ. ރާއްޖޭގައިވެސް އެގޮތަށް ކަންތައް ކުރުން ވަރަށް މުހިއްމު. އެހެން ނޫނީ ބަލި ޖެހިފައި ހުރި އެންމެ މީހެއްގެ ސަބަބުން އެތައް ބައެއްގެ ތެރެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު.