މާލޭގެ މިސްކިތެއްގައި ބަޔަކު ރޭ ނަމާދު ކުރަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
02 ޖުލައި 2020 - 14:50
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސާކިއުލާގައި ވެ އެވެ.
މާލެ ސަރަހައްދަށް ކޮވިޑް-19 ފެތުރިފައިވާއިރު، މިދިޔަ މާޗު 18 ން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މެދުކަނޑާލައިފަ އެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އިއްޔެގެ މަޣުރިބް ނަމާދުން ފެށިގެންނެވެ. ނަމަވެސް ހުކުރު ނަމާދު ކުރުމަށް އަދި ހުއްދައެއް ނެތެވެ.
މި މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށައިފަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއްތަނަކަށް އެއް ވަގުތެއްގައި ޖަމާވުމެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އިއްޔެ އިން ފެށިގެން ހުޅުވައިލިޔަސް މިސްކިތަށް ދާން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި ގެ އިން މުސައްލައެއް ގެންދިއުމާއި ވުލޫއު ކޮށްގެން މިސްކިތަށް ދިއުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން މި ދުވަސްކޮޅު މިސްކިތްތަކުގައި ކާޕެޓު ނޭޅުމާއި ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމު ފަދަ ކަންކަން މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސާކިއުލާގައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނީ، އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި، އިންސާނުންގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭ ކަމަށެވެ.
"ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިން ޖުލައި 3، 2020 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމި ކަމުގައި ވިއަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ގާއިމްކުރުމުގެ ނިއުމަތް ﷲ ތައާލާގެ ހެޔޮ ރަހުމަތުން ފަހިވެފައިވާތީ، އެކަމަށް ޝުކުރުކޮށް، މި ދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ހެޔޮ އަމަލުތައް ގިނަކޮށް މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެވުން އެދި މާތްﷲގެ ހަޟްރަތަށް ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ،" ސާކިއުލާގައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީ، މުޅި ރާއްޖޭގެ ސްކޫލުތަކުގެ އިތުރުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރެންޓުތައް ވެސް އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވަން މީގެ ކުރިން ނިންމިއަސް، އިއްޔެ އާއި މިއަދު އެ ތަންތަން ހުޅުވާފައިވަނީ މިދިޔަ މަހެއްހާ ދުވަހު ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި ވަގުތުގަ އެވެ. އެއީ ހެނދުނު 9 އިން މެންދުރުފަހު 1 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔު123
03 July 2020
ކެފޭ ތަކާއި ،ފުޓްސަލް ދަނޑުތަކާއި އަދި މާލެ މަގު މައްޗަށް ބަލާލުމުން ހުކުރު ނުކުރަން ނިންމި ސަބަބެއް ނުވިސްނޭ.
ބައްޔު
03 July 2020
އެއްވެސް ތަނެއްގައި ޖަމާއަތް ހަދާކަށް ސަރުކާރުން ހުއްދައެއް ނުދޭ. ތަނެއްގަ މީހަކު ގަވައިދާ ޚިލާފަށް ކަމެއް ކުރުމަކީ އެކަން ދެން ތިބި މީހުން ކުރަންވީ ކަމެއް ނޫން.
99.9
03 July 2020
އުޚުދު ހަގުރާމައި އެތައް ސަޚާބީން ޝަހީދުވެ ވަރައް ބިރުވެރި ހާލަތެއްގައި ވަނިކޮށް އަސްރު ވަގުތު ލަސްވެދިޔައީ ހަދާން ވުމުން އަވަހަށް އެއްބަޔަކު ޖަމާއަތުގައި ނަމާދު ކުރީ އެބައި ނިމުމުން އަނެއް ބަޔެއް އެވަގުތަކީ ހަނގުރާމަ އެންމެ ހޫނުވެ ސަޚާބީން ޝަހީދު ވަމުންދިޔަ ވަގުތު.މިބަލީގަ ފުންނާބު އުސް ސިއްޙީ މާހިރުން ޖެހި އެއްވެސް ހިސާބެ ދިމައެއް ނުވޭ ﷲ ތަނަވަސް ރަޚްމަތުން މީހުން ރަނގަޅުވީ ޝުކުރު ނުކުރާބަޔަކު ހިިތާމަ ކުރަންޖެހިދާނެ.
ހުދޭ
02 July 2020
ޖަަްމާއަތުގައި ދުރުގައި ހުރެގެން އަދި އެކަނި ސަފު ހަދާގެން ނަމާދު ރަގަޅެއް ނުވާނެ، ރަސޫލާ ސ.އ.ވ.ލ ވިދާޅުވެފައިވަނީ ސަފު ހަދާއިރު ވީހާވެސް ކައިރީގައި ތިބުމަށެވެ. ވުލޫއިން ތާޙިރު ކޮށްދެއެވެ. ބަލި ްްހުރިކަން އިގެންޔާމުން ނޫނީ ނޭގެންޔާމުން ގޭގައި އަދި މިސްކިތުގައި ނަމަ މާސްކް އަޅައިގެން ނަމާދު ކުރެވޭނެ ސަފު ރަށްގަޅަށް ހަދައިގެންވެސް.
ފިޔަވަޅު
02 July 2020
މިއުޅޭ ބަނގްލަދޭޝް ބޭފުޅުން ބަންދުނުކޮށް ދެންނެއް މި ގައުމުގާ އުޅެވޭކައް . މިސކިތައްވެސް އެރިޔަ ނުދޭންވީ މާސްކް ނާޅަ. އެމީހުން މި ގައިމުގާ އުޅެނީ ބޭނުން ގޮތަކަށް. ،
ވާނުވާ
02 July 2020
ހާދަ ރޭސިސްޓް ކޮ މެންޓެ ކޭ...އެ މީހުން ނުލާ ދިވެހިން ނައް އުޅުވޭނެ ބާ؟
އަހުމަދުއަލޯ
02 July 2020
ކަލޯ އަހަރެމްން ދިވެހިންގެ ލަދުކުޑަ ކަމުން އެމީހުން އެހެން އެއުޅެނީ. އަހަރެމެން މަގުމައްޗަށް ކުޅުޖަހާތީ އެމީހުންނަށް ކުޅުޖެހުން އޮކޭވީ. އަހަރެމެން މަގުމައްޗަށް ކުނިއަޅާތީ އެމީހުން ކުނިއަޅަނި. އަހަރެމެން އެމީހުން އަލިފާން ފޮށިތަކަކަށްލާ ގައިންތާހިރު ވެވޭނެ މަގުނުދައްކާތީ އެމީހުން މުޑުދާރުކޮށް ތިބެނީ...
ބަކުރ
02 July 2020
ހާދަ ބިރަކުން މިއުޅެނީ... ހަމަ ނަމާދު ކުރެވޭނެ ދޯ ދުރުދުރުގަ ހުރެގެންވެސް
ހުދޭ
02 July 2020
ޖަމާއަތުގައި އެކަކު އަނެކަކު ދުރުގައި ހުރެގެން އަދި އެކަނި ސަފު ހަދައިގެން ނަމާދެއް ނުކުރެވޭނެ، ހާލަތަށް ރިޢާއަށްކޮށް ބުނާނަމަށް، ހަގުރާމައިގެވެސް އަހަރަމެންގެ ނަބިއްޔާ ސ.އ.ވ.ލ އާއި ސަހާބީބޭކަލުން ޖަމާއަތް ހަދައިގެން ނަމާދު ކުރެއްވިއެވެ. އެއީ ކޮވިޑް އަށް ވުރެއް މާބިރުވެރި އަދި ކޮންމެ ވަގުތަކުގައިވެސް މަރުވެދާނެ ކަމެކެވެ.
02 July 2020
އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ހުކުރު ނަމާދު ކުރެވޭނެ. މަގުމަތީގަ ގްރޫޕް ހަދައިގެން އެކުގަ މާސްކް ނާޅާ ތިބުމާ އަދި ކެފޭ ބޭކަރީގަ މާސްކް ނާޅާ ތިބުން ހުއްޓުވަން ޖެހޭ...
ޒަރީފު
02 July 2020
ސަރުކާރު އޮފީސްތައް ހުޅުވައިގެން 6 ގަޑިއިރު ވަންދެން ވައި ދައުރުވާ ތަނެއްގެ މުވައްޒަފުން ބައިތިއްބައިގެން މަސައްކަތްކުރުން އޯކޭ. އެކަމު 30 މިނިޓުން ޚުތުބާއާއިއެކު ނިމޭ ހުކުރު ނަމާދު ވައި ދައުރުވާ ވެންޓިލޭޓެޑް މިސްކިތެއްގައި ނުކުރެވޭ ބަލި ފެތުރިދާނެތީ. މިއީ ކިހިނެތް ވިސްނާ ބައެއް.
އަހުމަދުއަލޯ
02 July 2020
ހުކުރުފަދަ ބޮޑެތި ޖަމާއަތްތަކުން އެބަހުރި ބަލިޖެހުނު ގޮތް ހޯދަން ވަރަށް ދަތިގޮތްގޮތަށް ބަލިފެތުރިފައި. ކުޑަކޮށް ބޭރުދުނިޔޭގެ ޚަބަރުތައްވެސް ކިޔާލަބަލަ. އޮފީސްތަކުގެ ހާޒިރީ އޮންނާނެ. ސުކޫލުގެވެސް ހާޒިރީ އޮވޭ. ހުންބަލާފަ އެތަންތަނަށް ވައްދަނީ. އެކަމަކު ހުކުރަށް ހުންބަލާފަ މީހުންވައްދަންޏާ އެދުވަހު ފަތިސްނަމާދަށްފަހުން އެކަން ފަށަންވާނެ.
ސިމާދުދ
02 July 2020
މިބަލި ޖެހި ކާމިޔާބު ހޯދައިފަައިވާ ގައުމުތަކުގެ ތަޖުރިބާ ބޭނުން ކުރޭ. ގަބޫލު ކުރާ ކުރުމަކަށް ވައިރަސް ބަލައެއް ނުލާ.
ވަރަބިދުނު ކޮތަރު
02 July 2020
މިސްކިތުގަ ނަ މާދު ކުރެވޭނީ 7 މިނިޓަށް . ދުޢާކޮއްލަން މަޑުކޮއްލާނެ ފުރުސަތުވެސް ނުދީ ތިބެ ތިހުރިހާހާސަރެއް ދަ މަނީ . ފިހާރަތަކަށް ބަގްލަދޭސް މީހުންތައް ވަދެ ތިބޭއިރު މާސްކުވެސް ނާލާ . އެން މެން ބޮޑުވެގެންތިބެނީ .މިހެން ކަންތައް ހުންނައިރު މިސްކިތުގަ ގިނައިރު ވީ މަ ބަލި ޖެހެނީ ކަ މަކަށް ނުވާނެ އެހެން ގައު މުތަކުން މިބަލި މަޑުކަ މުން އަރައިގަތްއިރު މމިގައުގަ އެތައް ދުވަހެއް ހޭދަވުން މީކިހާބޮޑު މުސީބާތެއް .
ބަލިބެރީ
02 July 2020
މިބަލިން އަރައިގަތް ގައުމަކީ ޗައިނާ، މިސްކިތެއް ފައްޅިއަކަށް ނުބަލައި ގަވާއިދު ހިންގާލަނީ.
02 July 2020
ޗައިނާގަ އަދި ވެސް އެބަލި އެބަ އުޅޭ ވަރަށް ބޮޑަށް... ޗައިނާއިން އެބަލި ކޮންޓްރޯލް ވިނަމަ މުޅި ދުނިޔެ އަށް ނުފެތުރުނީސް...
ޑޖދޖ×
02 July 2020
7 މިނެޓް އެއީ ޖަމާތް ކުރަން. ޢޭގެ ފަހުން ދުރުގަ ތިބެ ދުވާ ވެސް ކުރަންވީ.އޮޅުވާ ނުލައްވާ
ކަކުނިބޯ
02 July 2020
ހުކުރުދެކެ ހާދަ ބިރުގަނެއޭދޯ