04 ޖުލައި 2020 - 14:52
ފުލުހުންގެ ލީޑަޝިޕް، އެކްޓްވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް ވިދާޅުވެ، ފުލުހުން މިހާރު އަމަލުކުރާ ގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާ މިދިޔަ ޖޫން 25 ގައި އަލުން ގުޅިވަޑައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަކަށް ހުންނެވި ޖަމީލް ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތަށް ފާޑު ވިދާޅުވެފަ އެވެ. އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރެއްގެ ފިރިމީހާ އެވެ.
Thee dhaaimah fuluhunge muassasaaga jehunu huthuru lahgandeh. Ghairu qaanoonee amurah thabaavaa Fuluhun ves insaafu ge kurimahchah haaziru kurevumun noonee qaanoon ge hukum mi qaum ga dhuvahakuves nuhingaane. Fuluhun ge leadership activistun ge dharaja ah vehttigen nuvaane. 2/3 pic.twitter.com/7oRqeMwbvs
— Mohamed Jameel Ahmed (@MJameelAhmed) July 4, 2020
ފުލުހުންނަށް ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓް
ޖަމީލް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތުން، ފުލުހުންގެ ލީޑަޝިޕަށް އިތުބާރު ކުރި މަދު ބައެއްގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުން ތިބީ މަސްތުވެގެންތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ނުހަދައި އެ މީހުން ތިބީ މަސްތުވެގެން ނޫން ކަމަށް ފުލުހުން ނިންމީ ގާނޫނީ ކޮން ހަމައަކުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.
"ގޭންގް ރޭޕާ ގުޅިގެން ފުލުހުން ވަނީ ނުފޫޒުގައި ޖެހި ވާޖިބުން އެއްކިބާވެފައި ކަން ހާމަ ވެއްޖެ... ތިއީ ދާއިމަށް ފުލުހުންގެ މުއައްސަސާގައި ޖެހުނު ހުތުރު ލައްގަނޑެއް،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
Mifaharuves MDP MP akah vumun mi massala @PoliceMv ah minivankoh beleyneba? Musaara nudhee ethah dhuvahaku gengulhun, verifaraathah libunu gellun, makaraa heelaiyhedhun. Dhivehin raheenkoh jareema hingan medhuverivi sababu. Zinma ufulaane meehaku hoadheyne kama medhu shakku. 3/3 pic.twitter.com/zpB599ShMB
— Mohamed Jameel Ahmed (@MJameelAhmed) July 4, 2020
ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓް
އޭނާ ވިދާޅުވި ގޮތުގައި، ގައިރު ގާނޫނީ އަމުރަށް ތަބާވާ ފުލުހުން، އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކު ވެސް ނުހިނގާނެ ކަމަށެވެ.
"ފުލުހުންގެ ލީޑާޝިޕް އެކްޓްވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުގެ ފޮޓޯ ޓްވީޓް ކުރައްވައި ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތައް ރަނގަޅަށް ތަހުގީގު ކުރެވޭނެތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.
"މުސާރަ ނުދީ އެތައް ދުވަހަކު ގެންގުޅުން. ވެރިފަރާތައް ލިބުނު ގެއްލުން. މަކަރާ ހީލަތް ހެދުން. ދިވެހިން ރަހީނުކޮށް ޖަރީމާ ހިންގަން މެދުވެރިވި ސަބަބު. ޒިންމާ އުފުލާނެ މީހަކު ހޯދޭނެ ކަމާ މެދު ޝައްކު،" ޖަމީލް ވިދާޅުވި އެވެ.
މި ދެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު އެތައް ބަޔަކު އަންނަނީ ފާޑުކިޔައި، އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.
ސަފާރީގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކޯޓަށް ވެސް ގެންދިއުމެއް ނެތި ފުލުހުން ދޫކޮށްލައިފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އެކަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީންނާއި އިންޓެގްރިޓީ ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުޔާސިރ
05 July 2020
ޖަމީލު މީކާކުތަ ފާޑުކިޔަން.ރައްޔިތުންގެ އެއްވެސް ތާއީދެއްނެތް މީހެއް. މިމީހުން ދައްކާ ވާހަކައަށްވުރެ ޔޫސޭ ވެސް މާރަނގަޅު.
ފަހުދު
05 July 2020
ޖަމީލު ފުލުހުންގެ މުޝްތަޝާރަކީ ޖަމީލެއް ނޫނެވެ. ޖަމިލަކީ ޕީޕީގެ މުޝްތަޝާރެވެ. އެތަނަށް މަޝްވަރާއަކަށް ނާހަންޏާ އަހަންދެން މަޑުކޮށްލާށެެވެ.
ސިޓިޒަންސް އޮފް މާލެ
05 July 2020
މުނާފިގުންނާ ދުރުވެ ތިބެން ދީނުގައި އޮވޭ!
އާންސީ
05 July 2020
ފުލުހުން ސިޔާސީ ކޮއްފަ ދެން ކޮން ވާހަކައެއް ތި ދައްކަނީ.
ބޮނޑިބަތްޕާރުސަލް
05 July 2020
ޖަމީލޫ ކަލޭ ހަނދާން އެބަހުރިތަ ހުސެއިން އާދަމް ބިލްޑިންގ ތެރޭގަ އެކަކު އަނެކަކު ގައިގަ ބައްދަބައްދާފަ ތަކުބީރުގޮވާފަ އުޅުނު ދުވަހެއް އެއީ ފުލުހުން ސިޔާސީކޮށް އެކްޓިވިސްޓުންވީ ދުވަސް
ހަސަނު
04 July 2020
ކީއްވެތޯ ޖަމީލް ކުރާ ޓުއީޓް ހަބަރަކަށް ވަނީ...!!
އަމީރާ
04 July 2020
އެސޮރު ކައިރީ ބުނެބަލަ ވަރަށް ގިނަ ސްޓައިލްތަކަށް އަތް ގުދުކޮށްފައި ފޮޓޯ ނެގިއްޖެޔޭ، ދެން ނޭފަތް ކޮޅަށް ޖަހާފަ ފޮޓޯއެއް ނަގާށޭ. އޭރުން ވަރަށް މަޝްހޫރު ވާނޭ
ޝޮކްތެރަޕީ
04 July 2020
ޤައުމީޔަތައްވެސް ހުރި ނުރައްކަލެ އެމްޑީޕީ.
usmaan
04 July 2020
އަގައޮތީމަ އެއްޗެކޭ ކިޔަންވެގެން ކިޔަނީ.
މީމަގޭ ހިޔާލު
04 July 2020
ފުލުހުންގެ ވެރިން އެކްޓިވިސްޓުންނަށް ވެގެން ނުވާނެ އެކަމަކު ސިޔާމީހުންނަށް ފުލުހުންގެ ވެރިން ބަދަލުކުރެވޭ