ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ވޮއިސް އޮފް ޗިލްރަންއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ވޮއިސް އޮފް ޗިލްރަން
05 ޖުލައި 2020 - 17:07
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ވޮއިސް އޮފް ޗިލްރަން (ވީއޯސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ވީއޯސީން ބުނީ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ އެކު ބޭއްވި ބައްދަލުވުމުގައި، ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތަކާ ރައީސް ވަރަށް ގާތުން އަޑުއެއްސެވި ކަމަށެވެ. އެ މައްސަލަތަކަށް ހައްލެއް ހޯދަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ވީއޯސީ އިން ބުންޏެވެ.
VOC had an extremely fruitful meeting with HEP @ibusolih regarding child rights as well as the recent increase in rape cases. Our concerns were heard and assured the support and collaborative efforts among all stakeholders.@presidencymv @aishamdidi pic.twitter.com/5L8LRgBM3K
— Voice of Children (@VocMaldives) July 5, 2020
ވީއޯސީ އިން މިއަދު ކުރި ޓްވީޓެއް
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއަހާ، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ކަށަވަރުކަން ރައީސް ދެއްވި،" ޓްވިޓާ މެދުވެރިކޮށް ވީއޯސީ އިން ބުންޏެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބޭ މައްސަލައިގައި ވީއޯސީން އަންނަނީ މުޒާހަރާކުރަމުންނެވެ. ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާތީ ވެސް އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އިންސާފު ނުލިބޭ ކަމުގެ ޝަކުވާތަކާ އެކު މިފަދަ މައްސަލަތައް ރިޕޯޓްކުރުން ވެސް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި އެ ކުއްޖާގެ ޅިޔަނު މިދިޔަ ހަފްތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި ވެސް މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށް، ރޭޕްކުރި މައްސަލައެއްގައި 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަން ވެސް ފުލުހުން މިއަދު އާންމުކުރި އެވެ. އެ އެންމެން ވެސް، އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
05 July 2020
ދާންވީ މަޖިލީހުގަ އިންނަ ރައީސް ކައިރިއަށް.
ައޮހެއި
05 July 2020
ބޮނޑުން ކުރާކަމެއް ކުޑައަކަ ނުފެންނާނެ ތިބެންޖެހޭނީ ލޯމަތިން ރަންނަމާރީތަ އުތިރިއަރަނީ...
މީޒާން
05 July 2020
މިހާރު ކޮންމެދުވަހަކު ނޫސްތައް ބަލާއިރު ރޭޕްކޭސްއެއްގެ ވާހަކައޮވޭ..ނުވިތާކަށް ނޫސްތަކުގައި ރިޕޯޓްތައް އެވަރަށް ލިޔާއިރު ރައީސްއަށް ނޭންގެނީތަ ނޫނީ ނުފެންނަނީތަ..ތިހާވަރު ކުރީމަ ރައީސްއަށް ކަންކަން އެނގޭނެނަމަ ތީ ގޯހެއް..ރޭޕްކޭހެއް ވިޔަސް އެހެން ކަމެއްވިޔަސް ބައިމީހެއްނަމަ އެމައްސަލަ ބަލަނީި މަޖިލީހުން..އެއީ ރައީސް އެންގެވިގޮތްބާ؟
ޝޮކްތެރަޕީ
05 July 2020
ރާއްޖެ ދެކެ ލޯބިވާނަމަ އިބްރާހިމް މޮހޮމްމަދު ސޯލިހު އިންޑިޔާސިފައިން ފޮނުވާލަން އުޅޭނެ. ރައިސް ޔާމިން އިންޑިޔާ ސިފައިން ފޮނުވާލަން މަސައްކައް ކުރި އެމީހުން ގަދަކޮއްފަ ތިބީ. އެމީހުންނަ ބަޔަތުހިފީ އެމްޑީޕީ ނަޝީދު. އަޅުގަނޑު ގަބޫލެ ނުކުރަން މިސަރުކާރަ ޤައުމު ތަރައްގީ ކުރެވޭނެކަމަކަ އިސްލާހެއްވެސް ނުކުރެވޭނެ މި ބައިގަނޑަ. ޖިންސީ ގޯނާ ކިހިނެއްތަ އިސްލާހު ވަނީ ބިރަކާ ނުލާ މަޖާ ކުރާ ބަޔަކައް.؟
އަންޑާޕޫލްމާ
05 July 2020
ސިދާތާ ބޭރުވީމާ މަހީކުރީ ހުރިހާކަމެއް އެހިސާބުން އެ ނިމުނިއްޔޭ.