ޚަބަރު / ގައިން ގަޔަށް ނާރާ ބަލިތައް

ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމާއެކު ކަންބޮޑުވެއްޖެ

ނިއު ނޯމަލްގައި ވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަކީ ޑޮކްޓަރުންގެ އިލްތިމާސެއް.

ކޮވިޑް-19 ފެތުރޭތީ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމަށް ފަހު ދިން ލުޔާއެކު، އަލުން ހުޅުވި އިރު، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނުކުރުމުން ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކޮވިޑް-19އާ ހެދި ބަންދުކުރި ކެފޭ/ރެސްޓޯރަންޓުތައް އަލުން ހުޅުވަން ތައްޔާރުވެ، އެންމެ ފުރަތަމަ ނިންމާފައިވަނީ އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުުރެވޭ ގޮތަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިދިޔަ މަހުގެ 20 ގައި އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ އާއި ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާ ކަމަށެވެ. އެކަމަކު އެ އުސޫލު އިސްލާހުކޮށް މިދިޔަ މަހުގެ 27 ގައި އާންމުކުރީ، ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށެވެ.

އެޗްޕީއޭގެ މި ބަދަލާ ގުޅިގެން ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުންގެ ކަންބޮޑުވުމަކީ، ކޮވިޑް-19އަކީ ފުއްޕާމެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާ ބައްޔަކަށް ވެފައި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ބަލި ބޮޑުވުމުގެ ފުރުސަތު އޮތުމެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭގޮތުން ޗައިނާ އިން ހެދި ދިރާސާތަކުން ދައްކާ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް، ބަލީގެ އަސަރު ބޮޑުވާ ކަމަށެވެ. އެ ބަލީގައި މަރުވާ މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް މަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ އަސަރު، އެ ތަނުގައި ތިބޭ ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ކުރާނެ ކަމަކަށް ވުމުން އޭގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތެވެ.

އެޗްޕީއޭން ބަދަލު ގެނައި އުސޫލުގައިވާ ގޮތުން ކެފޭ/ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބޯން ޖެހޭނީ އެހެން މީހުންނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެގެންނެވެ. އެކަމަކު، ބައެއް ތަންތަނުގައި އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ގިނަ ބަޔަކު އެއްވެ ތިބެ ދުންފަތުގެ އިސްތިއުމާލު ކޮށް އުޅޭތަން ވަރަށް ގިނައިން ފެނެ އެވެ. ބައެއް ތަންތަނުގައި ގޮނޑިތައް އަތުރާފައި ވަނީ ރާއްޖެ އިން ކޮވިޑް-19 ފެނުމުގެ ކުރިން ވެސް ހުރި ގޮތަށް މޭޒުތައް ވަރަށް ކައިރީގަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލުން ހުއްދަ ދިނުމާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން ކޮވިޑް-19 އާ ދެކޮޅު މަސައްކަތުގެ ތަރުޖަމާނު، އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުސޫލު ބަދަލުކުރީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. "ވަރަށް ގިނަ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ހުއްދަ ދޭން ނިންމީ،" ސިއްހަތަށް ގެއްލުން ހުރި ކަމެއް ކުރަން ހުއްދަ ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާބަލިތަކުގަ އެވެ. އޭގެ ތެރެއިން 50 ޕަސެންޓު ހިއްސާ ކުރަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއީ އަވަށްޓެރި އެހެން ގައުމުތަކުގައި މި ބަލިތައް ޖެހޭ ނިސްބަތަށް ވުރެ މަތީ އަދަދެއްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އާއްމުކޮށް ހާޓްއެޓޭކް ޖެހުން ފަދަ ކަންކަން ދިމާވަނީ އުމުރުން 50-60 އަހަރުގެ މީހުން ނަމަވެސް މިހާރު، 27-30 އަހަރުގެ ޒުވާނުންނަށް ވެސް އެކަން ކުރިމަތިވާ ކަމަށެވެ. އަދި 22-23 އަހަރުގެ ޒުވާނުންނަށް އަނގައިގެ ކެންސަރު ޖެހުން އިތުރުވެފައިވާ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ.

އެޗުއީއޯސީގެ މީޑިއާ ބްރީފިންއެއްގައި ޑރ. އަލީ ނަޒީމް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"މިހާރު ސިއްހީ ނިޒާމު ރަނގަޅުވުމުގެ ސަބަބުން ފަރުވާ ދީގެން މި ބަލިތަކުން އެބަ ރަނގަޅުވޭ. އެކަމަކު ރަނގަޅުވި ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މި ވަނީ ވަރަށް ވީކް ބަޔަކަށް. ފުއްޕާމެއަށް، ހިތަށް މާބޮޑަށް އަސަރުކުރުމުގެ ސަބަބުން ކަސްރަތުކޮށްލުން ފަދަ ކަންކަން ވެސް ނުކުރެވޭ،" ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިދާނެ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އުޅެނީ 42 ޕަސެންޓުގަ އެވެ. އެހެންވެ، ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަކީ މެޖޯރިޓީއަށް އޭގައި ފައިދާ ކުރާނެ ގޮތެވެ. އަދި މި ފަދަ ދަނޑިވަޅެއްގައި، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދުމަކީ އެ މީހުންގެ އިލްތިމާސެކެވެ.

ކެފޭ/ރެސްޓޯރެންޓތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން އެޗްޕީއޭ އިން ފުރަތަމަ ނިންމުމުން ގިނަ ބަޔަކު އެކަމަށް ތާއީދުކުރި އެވެ. ނަމަވެސް އުސޫލު ބަދަލުކޮށް، އަލުން ހުއްދަ ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް ބޮޑުވެފަ އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ އަސަރު، އެ ތަނުގައި ތިބޭ ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ކުރާނެ ކަމަކަށް ވުމުން އޭގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތެވެ.

"މި ހުންނަނީ ސިއްހަތަށް ވުރެ ސިޔާސީ ނުފޫޒަށް އިސްކަންދޭން ޖެހުމުން ދެން ވާނެ ގޮތް. ރާއްޖެ އަށް އެންމެ ގިނައިން ދުންފަތުގެ ބާވަތްތައް އެތެރެކުރާ އެކަކީ މިހާރު އެންމެ "ބާރުގަދަ" ޕާޓީ އަށް ޚަރަދުކުރާ އެކެއް. ދެން ސިޔާސަތުތައް ކަނޑައަޅާ ގާނޫނުތައް ހަދާއިރު ތިލަފަތް ވަކި އަތަކަށް ބުރަވުމަކީ ނުވެ ނުދާނެ ގޮތެއް،" ނިއު ނޯމަލްގައި ކެފޭ/ރެސްޓޯރަންތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ހުއްދަ ކުރުމުން "މިހާރު" ގައި އިއްޔެ ޖެހި ޚަބަރަށް މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

އެހެން ކޮމެންޓެއްގައި ބުނެފައި ވަނީ އެޗުޕީއޭ އެއްވެސް ގޮތަކަށް އިޚުލާސްތެރި ނޫން ކަމަށާއި ބައެއްގެ ސިޔާސީ ނުފޫޒު އޮތްކަން ވަރަށް ސާފު ކަމަށެވެ.

"މި ދުވަސްވަރު އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަދީގެން ނުވާނެ. ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ޢެޗް.ޕީ.އޭ އަށް އެއްވެސް އިތުބާރެއް ނެތް،" ކޮމެންޓު ކުރި މީހާ ލިޔެފައި ވެ އެވެ.

20 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 4%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Dhaadhey

07 July 2020

ތިޔަކަން ހުއްޓުވޭނެ ހަމައެއްގޮތެއްވެސްނޯންނާނެ ޑިމޮކްރެޓިކް ގައުމުތަކުގައި. އެބަޔަކު އުޅޭނޭގޮތަކަށް އުޅެން ދޫކޮށްލުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސް. ގޭމެރިޖަކީވެސް އޭގެ ދިރިހުރި މިސާލެއް. "ޑިކްޓޭޓަރުން" ތިބޭ ގައުމުތަކުގައި ނޫނީ ރައްޔިތުންނަށް ހަމަޖެހިލައިގެން ނޫޅެވޭނެ. އޭގެ މިސާލަކީ ޗައިނާ، ނިއުޒީލޭންޑް، ސިންގަޕޯރު. މިފަދަ "ޑިކްޓޭޓަރުން" ނަކީ ގާނޫނު އެންމެންގެ މައްޗަށް ހަމަހަމައަށް ތަންފީޒުކުރާ ބައެއް. ވަޒީރަކަށް ވިޔަފާރި ވެރިއަކަށް ނުބަލާނެ

The name is already taken The name is available. Register?

ފިފުޓީ ސިކުސް

07 July 2020

ސިގިރޭޓު ބިއިން މަނާކޮށްފިޔާ ގައުމު ބަންޑަށް ޖެހޭނެކަމަށް އެކޮނޮމިކު މިނިސްޓަރ ކަމުގައި މިހާރު ހުރި ބޯގަންވިލާ ފައްޔާޒުބުނަނީ މިކޮވިޑުގެ މަސައްކަތުގައި ވަރަށް ގާތުން ކުޑަކޮށް މަސައްކަތްކުރެވުނު މިނިސްޓަރުންގެ ތެރެއިން ގައުމާއިދޭތެރޭގައި ނުވިސްނާ އަދި ނާގާބިލުކަމުގެވެސް ބޮދުވަރު މިނިސްޓަރުންނަކީ އަސްލަމާއި ފައްޔާޒާއި އަލީވަހީދު

The name is already taken The name is available. Register?

ޙަސަން އަޙްމަދު

06 July 2020

ސިގިރެޓަކީ އެ ބޯމީހުން ކޮންމެހެން ވެސް ބޯނެ އެއްޗެއްކަން އެނގޭތީ އިންތިހާއަށް އަގުބޮޑުވެސް ކުރަނީ، ދެން މިހާވަރަށް ނުފިއްތާ އެތެރެ ކުރުން މަނާ ކުރަންވީނުން؟

The name is already taken The name is available. Register?

ައަހުމަދު

06 July 2020

ކެފޭތަކުގައި ސިގަރެޓްބޯން ވަކިތަނެއް ހުއްދަދީފައި ދެން އެތާގައި ނޮބޮއެ މަގުމަތީގައި ބުއީމައި މިވަނީ ކޯއްޗެއް، އެހެންގައުމުތަކުގައި މަގުމަތީގައި ނޮބޮވޭގޮތަށް ބޯން ވަކިތަންތަނެއް ކަނޑައަޅާފއި ހުންނަނީ އެކަމަކު މިޤައުމުގައި އާންމުންއެއްވެ އުޅޭ މަގުމަތީގައި ބޮއިފައި ކެފޭގައި ހުއްދަދީފައި އިންނަ އެރިއާގއި ނުބޮވެންޏާ ބޮދުޖޯކެއް ، މިޤައުމުގައި ކޮންމެ ޤަވައިދެއް ހެދިޔަސް ހަދަނީ އެކޮޅުކޮޅުން މިއޯތީވާޤައުމެއް .

The name is already taken The name is available. Register?

އަދާރަން

06 July 2020

އެ ކޮންމެހެންވެސް ބޯން ޖެހޭ ތަ؟ އެހެން މީހުންނަށް ދުއްތުރާ ނުކޮށް ގޭގަ އޮވެ ބޯންވީނު.

The name is already taken The name is available. Register?

މިހާފީ

06 July 2020

ކެފޭއަަށް ދިއުމާ ނުދިއުން އިހުތިޔާރެވެ. ދާން ބޭނުން މީހަކު ދާނީއެވެ. ސާނަވީ މަގުން ސިގިރޭޓުގެ ދުން ބޮވޭނެއެވެ. އެހެންކަމަކު ގޭ ދޮރުމަތީ، ފިހާރަ ދޮރުމަތީ، ދަރިން ސުކޫލަށްލާން، ބަލާދާއިރު އެތާނގައި، އޮފީހަށް ދާއިރު އެތާ ދޮރުމަތީ ދުން ބުރުވާން ތިބޭ މީހުންގެ ދުމުގެ ހަމަލާތަކުން އަހަރެމެން ރައްކާތެރި ކުރުމަށް ގާނޫނެއް އެބަ އޮތެވެ. އެގާނޫނު ފުލުހުން ތަންފީޛު ނުކުރަނީއެވެ.މައްސަލައަކީ މިއީއެވެ. މިނިވަންކަމެވެ. ވޯޓު ހޯދަނީ މިއަނިޔާވެރިންގެ ފަރާތުންނެވެ.

The name is already taken The name is available. Register?

ައަހުމަދު

06 July 2020

ކެފޭތަކުގައި ސިގަރެޓްބޯން ވަކިތަނެއް ހުއްދަދީފައި ދެން އެތާގައި ނޮބޮއެ މަގުމަތީގައި ބުއީމައި މިވަނީ ކޯއްޗެއް، އެހެންގައުމުތަކުގައި މަގުމަތީގައި ނޮބޮވޭގޮތަށް ބޯން ވަކިތަންތަނެއް ކަނޑައަޅާފއި ހުންނަނީ އެކަމަކު މިޤައުމުގައި އާންމުންއެއްވެ އުޅޭ މަގުމަތީގައި ބޮއިފައި ކެފޭގައި ހުއްދަދީފައި އިންނަ އެރިއާގއި ނުބޮވެންޏާ ބޮދުޖޯކެއް ، މިޤައުމުގައި ކޮންމެ ޤަވައިދެއް ހެދިޔަސް ހަދަނީ އެކޮޅުކޮޅުން މިއޯތީވާޤައުމެއް .

The name is already taken The name is available. Register?

ދޮން މަނިިކު

06 July 2020

ކޮބާތަ ؟؟؟؟ގަ މު ދާއިރާގެ މެ މްބަރ ވިޝާ މް ދުންފަތުގެ ޤާނޫނައް ހުށަހަޅާއިސްލާހު އާދޭސް ކޮއްފަބުނަން ސިގެރޭޓު ފޮއްޓެއް 200 ދުސައްތަ ރުފިޔާއައް ލިބޭގޮތައް ޤާނުނައް ބަދަލު އަންނައިރު އޮންނާނެ ކަ މައް އުން މީދުކުރަން ...

The name is already taken The name is available. Register?

ތުރިޕުލްއެލް

06 July 2020

އެއްވެސްވަރަކައް ރައްޔިތުންނާ ދޭތެރޭ މިސަރުކާރުން ނުވިސްނާ ކަމުގެ ހެއްކެއް މީ ރިސޯޓު އޯނަރ + ވިޔަފާރިވެރިންގެ ގައުމެއް މީ

The name is already taken The name is available. Register?

ޙެހެޣެބެނިނަބފބ

06 July 2020

ދިއުމާ ނުދިއުމުގެ އިހްތިޔާރު އެބައޮތް. ބޯތަންތަނަށް ހަމަ ދާންޖެހޭތަ؟ މަށައްމާ ރަންގަޅު މަގުމަތީ ނުބޮވޭގޮތްހަދާ ހަރުކަށި އަދަބު ދިނީމަ.

The name is already taken The name is available. Register?

މީމަގޭ ހިޔާލު

06 July 2020

ދިވެހި ރާއްޖެއަށް ސިނގެރޭޓު އެތެރެކުރުން މަނާކުރުމަށް ގޮވާލަން އަދި ސިނގެރޭޓު ބޯއެންމެންނަށް އާސަންދައިން ހިލޭ ބޭސްނުކުރޭވޭގޮތްވެސް ހަދަންވީ

The name is already taken The name is available. Register?

ކޮރަލް

06 July 2020

ކެފޭ ތަކުގަ ސިނގިރޭޓް ބޮވެނީ އެމްޑީޕީ އިން އެކަމަށް ހިއްވަރު ދީ ތާއިދު ކުރާ ތި އެވެ. ރައިސް އަކީ އެމްޑީޕީ މީހެކެވެ. މަޖްލީހުގަ ގާނޫން ފާސްކުރެވޭ ވަރަށް އެމްޑީޕީ މީހުން ނައް ގޮނޑި އެބަ ހުއްޓެވެ. މަޖްލިސް ދޮރުމަތީ ހުންނަ ގިނަ ވަގުތު ރާއްޖެޓީވީ އަޅުވާފަ އޮންނަ ހޮޓަލުން ފެންނަނީ ވެސް ހިތް ހަމަ ޖެހޭ މަންޒަރެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454