ޚަބަރު / ކޮވިޑް-19

ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް: ނުރައްކަލުގެ އިންޒާރެއް

ކެފޭއެއްގައި ބަޔަކު ކަނީ: ލޮކްޑައުން އުވާލުމާއެކު ގިނަ ބަޔަކު ބޭރުތެރެއިން ފެނޭ

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

މިދިޔަ އޭޕްރީލް 15ގައި މާލެ ތެރެއިން ފުރަތަމަ ކޭސް ފެނުމާ އެކު، މާލެ ސަރަހައްދު އޮތީ ވަރަށް ހަރުކަށި ލޮކްޑައުންއެއްގަ އެވެ. އެކަމަކު ބަލި ފެތުރުން ކޮންޓްރޯލްކުރެވޭ ވަރަކުން އެކި ލުއިތައް ދެމުން ގޮސް، ކެފޭ/ރެސްޓޯރަންޓްތަކާއި މިސްކިތްތަކާއި ޖިމްތަކާއި ސްކޫލުތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް މިހާރު މިވަނީ ހުޅުވައިފަ އެވެ. ޖޫން 15 ގައި ލޮކްޑައުންއަށް އެންމެ ފުރަތަމަ ލުއި ދޭން ފެށި ފަހުން ވީ ތިން ހަފުތާގައި ޕޮޒިޓިވް ކޭސްތައް ފެނުނީ ނިސްބަތުން މަދުންނެވެ. ނަމަވެސް މިދިޔަ ދެ ތިން ދުވަހު އެ ރޮނގު އެ ހުރީ މައްޗަށް ޖަހައިފަ އެވެ.

ނުރައްކާ ބޮޑުވެދާނެކަމުގެ އިންޒާރު ލިބެނީ ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ނިސްބަތުން މަތީގައި އުޅޭތީ އެވެ. މިދިޔަ ބުރާސްފަތި ދުވަހު 33 އަދި އިއްޔެ 44 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ.

މާލެ ތެރެއިން ކޮވިޑް-19 ފެތުރެން ފެށުމާ އެކު ގިނައިން ޕޮޒިޓިވްވަމުން ދިޔައީ ބަންގްލަދޭޝް މީހުންނެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާ އެކު އެ ބައި މިހާރު ވަނީ ކޮންޓްރޯލްކުރެވިފަ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު މި ފެންނަނީ ކޮވިޑް-19ގެ އަސްލު ކޮމިއުނިޓީ ސްޕްރެޑްގެ ފެށުން ކަމަށް ވެސް ވެދާނެ އެވެ. އެއީ މީގެ ކުރިން ބަލި ފެތުރެމުން ދިޔައީ، މާލެ ތެރެ ވަރަށް ބޮޑަށް ބަންދުކޮށްފައި ވަނިކޮށް ކަމަށް ވެފައި، ލޮކްޑައުން ދޫކޮށްލުމުން މީހުންގެ އާދަތައް، ބަލި ކޮންޓްރޯލްކުރެވޭ މިންވަރަށް ނުބެހެއްޓުމުގެ ނަތީޖާ އެވެ.

ހުރިހާ ހިދުމަތްތައް ހުޅުވާލުމުން، ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެދާނެ ކަމަށް ނުވަތަ ސާޖެއް އައިސްދާނެ ކަމަށް، ތަޖުރިބާކާރުން ކުރިން ވެސް ލަފާކުރި އެވެ. އަދި އެކަމަށް ތިބީ ކުރިއްސުރެ ތައްޔާރު ވެސް ވެގެންނެވެ. އެކަމަކު ފަރުވާކުޑަކޮށްފި ނަމަ، އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް އައީ ދެމުންނެވެ.

"މިހާރު މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އޭނާގެ ކޮންޓެކްޓުން ވަރަށް ގިނަވާނެ. އެއީ އާއްމު ތަންތަން ހުޅުވާލާފައިވުމާ އެކު، ގިނަ ތަންތަނަށް ދިއުމުގެ ފުރުސަތު އެބަ އޮތް،" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސިއްހީ ކަންކަމުގައި އާންމުން ހޭލުންތެރިކުރަން ސޯޝަލް މީޑިއާގެ ބޭނުން ކުރައްވާ އަހުމަދު ފައިސަލް ވިދާޅުވި އެވެ.

ހައްލަކީ އަލުން ލޮކްޑައުންއަށް ދިއުމެއް ނޫން!

ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވާން ފެށުމާ އެކު ހައްލެއްގެ ގޮތުގައި ބައެއް މީހުން ބުނަނީ މާ ލަސް ނުވަނީސް އަނެއްކާވެސް މާލެ ލޮކްޑައުން ކުރުމަށެވެ. ނޫނީ ދީފައިވާ ލުއިތައް ނަގައި، އަނެއްކާވެސް ހަރުކަށިކުރުމެވެ. އެކަމަކު ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހައްލެއް ނޫނެވެ.

އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ އިތުރު ލޮކްޑައުންއަކަށް ދާން ވިސްނަންވީ ވަގުތެއް ނޫން ކަމަށެވެ. ލޮކްޑައުންގެ ސަބަބުން ބޮޑެތި އެހެން ދަތިތަކާ ވެސް ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބަލިމަޑުކަމުން ފަސޭހައިން ރައްކާތެރިވުމަށް، އާއްމުންނަށް އޮތީ އަމަލުތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން ފަދަ ކަންކަން ކުރުމެވެ.

އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ބައެއް މީހުންގެ އަމަލުތަކަށް ބަލާއިރު ބޮޑު ބަލިމަޑުކަމެއްގައި އުޅޭހެން ހީނުވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ މުޒާހަރާކުރުމާއި ތަންތަނަށް މީހުން އެއްވުން ފަދަ ކަންކަމެވެ.

"ހައްގު ހޯދުމަށް މުޒާހަރާ ކުރުން ރަނގަޅު. އެކަމަކު މިވަގުތު އެގޮތަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަނީ ބަލި ނުފެތުރޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެންތޯ ސުވާލު އުފެދޭ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ކުރެވޭނީ އެންމެން ވެސް އެއްބާރުލުން ލައިގެންނެވެ. އެހެން ނޫނީ، އަތް ނުފޯރާ ފަށަށް ބަލިމަޑުކަން ހިނގައިދާނެކަމުގެ ބިރު އޮތްކަން އޭނާ ވެސް ހަނދާންކޮށްދެއްވި އެވެ.

މިހާރު އޮތް އެއް ބިރަކީ އުމުރުން ދުވަސްވީ މީހުންނާ ހަމަޔަަށް ބަލި ދިއުމުގެ ފުރުސަތު ބޮޑުވުމެވެ. ތޮއްޖެހުން ބޮޑު މާލޭގައި އުމުރުން ދުވަސްވީ މީހުން ވެސް އުޅެނީ، އެހާ ބޮޑަށް އެކަހެރި މާހައުލެއްގައެއް ނޫނެވެ. ދަރިންނާއި ތިމާގެ މީހުން ކައިރީގައި، ކުދިކުދި ތަންތަންކޮޅުގަ އެވެ.

ލޮކްޑައުންއަށް ފަހު ގިނަ މީހުން ބޭރަށް ނުކުންނަން ފެށުމުން، ގޭތެރެއަށް ކޮރޯނާވައިރަސް ވަނުމުގެ ފުރުސަތު، ލޮކްޑައުންގެ ދުވަސް ވުރެ މާ ބޮޑަށް މި އޮތީ ހުޅުވިފަ އެވެ. ބަލީގެ ނުރައްކާ ބޮޑީ ވެސް އުމުރުން ދުވަސް ވީ މީހުންނަށް ކަމަށް ވާތީ، ޕޮޒިޓިވް މީހުންގެ އަދަދު ގިނަވާ ވަރަކަށް، އުމުރުން ދުވަސް މީހުންނަށް އޮތް ނުރައްކާ ވެސް ބޮޑުވާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. އަދި މިހާރު މި ފެންނަނީ އޭގެ އަލާމާތްތަކެވެ.

30 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 82%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އތނ

12 July 2020

ޕޮޒިޓިވް ވާ ކޭސް ތައް މިހާ ގިނަވާއިރު މާސްކް އެޅުން މަޖުބޫރު ނުކުރަނީ ކީއްވެ؟ ދުނިޔޭގެ އެހެން ބައިވަރު ގައުމް ތަކުގަ ވެސް މަޖުބޫރު.... އެންމެ ފަހުން ޓްރަމްޕް ވެސް މާސްކް އަޅައިގެން ހުރީ... މާސްކް އަޅަން މަޖުބޫރު ނުކުރަތީ މާސްކް ނާޅާ ފިހާރަޔަށް، ރެސްޓޯރަންޓް، ހޮސްޕިޓަލަށް ވެސް ވަންނަނީ... ސިންގަޕޯރ ގަ މާސްކް އަޅަން މެންޑެޓަރީ، ވަރަށް ބޮޑަށް ފައިން ވެސް ކުރޭ ނާޅަންޔާ... ދިވެހި ރާއްޖޭގަ ވެސް މާސްކް އެޅުން މަޖުބޫރު ކުރަން ޖެހޭ

The name is already taken The name is available. Register?

ބާބާ

12 July 2020

ދުވާރު މަތިން ހިގައިފައިދާއިރު ދިވެހީންނާއި ޚާއްސަކޮށް ބަންގާޅީން ތިބެނީ މާސްކް ދަތްދޮޅީގައި އަޅައިގެން ފޯނުން ވާހަކަ ދައްކަން. ބަންގާޅީންނަކީ ޝ މިބަސް ނުހަނު ގިނައިން ކިޔާ ބަޔަކަށް ވެފައި ޚާއްސަކޮށް ވާހަކަދައްކާއިރު ކުޅުބުރުވާ ބަޔަކަށް ވު މުން ވެފައިވަނީ ވަރަށް ބޮޑު ނުރައްކަލަކަށް. ހަ މަގައި މުވެސް ހިތްވަރަށްބޮޑަށް ނުތަނަވަސްވާކަ މެއް މިިއީ. ދިވެހިން ފޯނުން ވާހަކަދެއްކު މަށްވުރެން ގިނައިން ކުރާކަ މަކީ މާސްކްނަގައިގެން ތިބެ ސިނގިރޭޓްބުއިން.

The name is already taken The name is available. Register?

ޟބކހކބކ

11 July 2020

މިއަދު ޕޮޒިޓިވްވި އޮފީސްތައް ކިޔާދީބަލަ

The name is already taken The name is available. Register?

ނަޝީދު.

11 July 2020

މަހުޖަނުންނަށް ލާރިހޯދައިދެނީއެއްނު ނިކަމެތިން ގުރުބާންކޮށްގެން.

The name is already taken The name is available. Register?

ޒިންމާ ނަގާށޭ އެންމެން

11 July 2020

ކޮންމެ ކަމެއް އެޗްޕީއޭ ބޮލަށް ކެނޑީމަ ނިމުނީތަ؟ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކިޔަވައިދިނުމުގެ ކަންތަށް ހަމަޖެއްސުމަކީ އެޑިއުކޭޝަން މިނިސްޓަރުގެ ކަމެއް، ވިޔަފާރި އަދި ބިދޭސީ މީހުންގެ ކަންތަށް ހަމަޖެއްސުމަކީ އިކޮނޮމިކް މިނިސްޓަރުގެ ކަމެއް، އިޖުތިމާއީ ކަންކަން ހަމަޖެއްސުމަކީ ޖެންޑަރ މިނިސްޓަރުގެ ކަމެއް. އަދި އެކަންކަން ހަމަޖައްސާ ގޮތަށް އުޅުން ބެހެއްޓުމަކީ އާންމު ފަރުދުންގެ ކަމެއް. ކޮންމެ މީހަކުވެސް އެމީހެއްގެ ދައުރު ފުރިހަމަ އަދާކުރާނަމަ މިހެންނުވާނެ!

The name is already taken The name is available. Register?

Namaސe

11 July 2020

ފިޔަވަޅު ވަރުގަދަ ކުރަން މާލޭގަ ސަރުކާރު ސްކޫލްތައް ހުޅުވައިގެން އުޅެނީ. ބޮޑުންގެ ދަރިން ކިޔަވަންދާ އިންޓަނޭޝަނަލް ސްކޫލްތައް (ބިލަބޮންގ، ޣިޔާސުއްދީން) ބަންދު. ނިކަމެތިންގެ ދަރިންނާއި މެދުފަންތީގެ އާއިލާތަކަށް ނިސްބަތްވާތީ ޓީޗަރުންނަށް ބަލި އެރިޔަސް އޯކޭ ވާނެ

The name is already taken The name is available. Register?

ވަންޓުޓޫ

11 July 2020

ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދާން އަންގާނަމަ ކީއްކުރަން ހުޅުވާ ކެފޭ ރެސްޓޯރަންޓްތަކެއްތަ؟ އެތަންތަނުން ޑެލިވަރީއާ ޓޭކްއަވޭ އެކަނި ދެވޭނެ ބަޔަކު ބޭނުންވާނަމަ. ޖިމަކީ ކޮންމެހެން ދާންޖެހޭ ތަނެއްތަ؟ ޒަރޫރީ ބޭނުމުގެ މާނަ ކުރަންވީ ކޮން ގޮތަކަށްތަ؟ ޕާކްތައް ހުޅުވާލަނީ ކީއްކުރަންތަ؟ ކަސްރަތުކުރަން ބޭރަށް ދާއިރު މާސްކް ނާޅަން ބުނާއިރު އެއީ ވައިރަސް އެރުމަށް ކިހާ މަގުފަހިވާ ކަމެއްތަ؟

The name is already taken The name is available. Register?

ބާބްރެ

11 July 2020

ކަސްރަތުކުރަން ދާއިރު މާސްކް އެޅީމަ ވެދާނެގޮތެއް އެނގޭތަ. އެތެތެއަށް ދާނީ ނޭވާ ބޭރަށް ލަމުން ބޭރުކުރާ ވިހަގޭސް. ދެން މައްސަލަ އުޅޭމީހެއް ނަމަ ހިތްހުއްޓުންފަދަ ކަމެއް މެދުވެރިވެދާނެ. ލޮކްޑައުން ދޫކޮށްލިތަނާ ބޭރުގައުމެއްގައި އެހެން ދިމާވެ މީހަކު މަރުވި.

The name is already taken The name is available. Register?

ގާގާ

11 July 2020

ކޮންމެންޓު ކުރާ މީހުނާ ޓުވިޓަރުގަ އުޅޭ މީހުނައް ސަރުކާ ހިންގިދާނެ. އެއްފަހަރާ 3-4 ސަރުކާރުވެސް ހިންގިދާނެ

The name is already taken The name is available. Register?

ނެތެއްނުން ސަލާ މަތެއް

11 July 2020

ވަރަށް ރަގަޅު ހިޔާލު ދީފަ ހުރޭ

The name is already taken The name is available. Register?

އަލި

11 July 2020

ކޭސްތައް މައްޗަށް ދިޔަކަމުގައި ވިއަސް އަހަރެންގެ ދަރިފުޅު ކިޔަވާ ސްކޫލަށް އެޑިއުކޭޝަނުން އަންގާފައިވަނީ މާލެއޭރިއާގެ ހާލަތު ރަނގަޅު ކަމަށެވެ. މިވާގޮތެއް ދެން އެޗް.ޕީޢޭ އިން ބުނެދީބަލަ؟

The name is already taken The name is available. Register?

ގަޓް ބްރޯ

11 July 2020

ވާނުވާ މިނިސްޓަރުން ގިނައީ. ދެން އެޗްޕީއޭއިން އަނެއްކާ އެމީހުން ހޭލުންތެރި ކުރުވަން އިތުރު ޕްރޮގްރާމް ހިންގަންވީ. ހުރިހާ ކަމެއް އެޗްޕީއޭ ބޮލަށް ޖަހައިގެން އަހަރުމެން މިތިބީ ފަސޭހަވެގެން. ވައްލާހު އައުލަމް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

11 July 2020

ޕޮސިޓިވްވާ މީހުންގެ އަދަދު އަދި މަދޭ ދެންނެވޭނީ. ފިނިބުރު ޖަހަން ދޭ، މުޒާހަރާ ކުރޭ، ސައިހޮޓާތަކާއި ކެފޭތަކުގައި ސިގިރެޓް ބޮއެ އުޅޭ. މިދާވަރުން ދާނަމަ ދުވާލަކު 500 ވަރަކަށް މީހުން ޕޮސިޓިވްވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454