ރިޕޯޓް / ކޮވިޑް-19

ދިރިއުޅުން ބޮޑު ވެއްޓުމަކަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

ލޯކަލް މާރުކޭޓް ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު މީހުން މިހާރު ސަމާލުކަންދޭ ވަރު އަންނަނީ ކުޑަވަމުން

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޭރު ކޮންމެ ރެއަކު ބާއްވަމުން އައި މީޑިއާ ބްރީފިންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް އެފަދަ ގިނަ ސުވާލުތަކެއް، އެކި މީހުންގެ ފަރާތުން އޭރު ލިބެމުން އަ އެވެ. ރައްކާތެރިކަމާ މެދުގައި ހުރި ކަންބޮޑުންތަކުގެ ސުވާލުތައް ގިނަކަމުން ގިނަ ސުވާލުތައް ނުވެސް ކުރެވެ އެވެ. އެކަމަކު އޭރު އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާއި އެޗްޕީއޭގެ މާހިރުން ދެއްވި ގިނަ މައުލޫމާތުން ސުވާލުތަކުގެ ޖަވާބުތައް އައީ ލިބެމުން މެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެންމެން ވެސް އޭރު އެހާ ބޮޑު އިސްކަމެއް ދިނެވެ. ލޮކްޑައުންއާ ހެދި ވަމުން އައި ގެއްލުންތަކާ މެދު ވިސްނޭ ވަރަށް ވުރެ ވެސް ބޮޑަަށް ސަމާލުކަން އޮތީ ރައްކާތެރިކަމަށެވެ.

އެކަމަކު މިހާރު ކުރަނީ މުޅިން އެެހެން ސުވާލެކެވެ: "ކިހިނެއް ވާނެހެން ހީވަނީ؟ ލޮކްޑައުން ކޮށްފާނެތަ؟" އާންމު މީހަކު ސުވާލުކުރި އެވެ. "އަދި ހިއެއްނުވެއޭ" ބުނީމާ އޭނާގެ ޖަވާބަކަށް ވީ މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށެވެ.

ބަލި ޖެހިދާނެ ކަމުގެ ކަންބޮޑުވުމަށް ވުރެ ބޮޑަށް ގިނަ ބަޔަކު މިހާރު ކަންބޮޑުވަނީ އިތުރު ފިޔަވަޅެއް އަޅާފާނެތީ އެވެ. ސަބަބުތައް ބައިވަރެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، މާލެ ލޮކްޑައުންކޮށްފައި އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެނަށް ވަރަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. އެތައް ބައެއްގެ މަސައްކަތާއި އާމްދަނީ ހުއްޓި، ހާލުގައި ޖެހުމަކީ އެންމެ ބޮޑު ސަބަބެވެ.

"ދެން ލޮކްޑައުން ކުރަން ޖެހޭނީ އަހަރެމެންގެ އަތުގައި ބިޑި އަޅުވާފައި،" ނަަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެކަކު ބުންޏެވެ. އޭނާ ބުނީ ފިޔަވަޅުތައް އެޅުމުން ވީ ގެއްލުމުގައި ސަރުކާރުން މީހުންގެ ހާލު ބަލަންވާ ވަރަށް ބަލާފައި ނުވާ ކަމަށެެވެ.

ކިތައްމެހާ ވެސް ދަތި، ސަރުކާރުން އެކަން ވެސް ގަބޫލުކުރަން ޖެހޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިޒަމް އިންޑަސްޓްރީ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އެއާ އެކު އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، ކުރާނެ ކަމެއް ނެތިގެން ތިބެން ޖެހުނީ އެވެ. މާލޭގައި ވަޒީފާކުރަމުން އައި އެތައް ބަޔަކު ރަށަށް މިސްރާބު ޖަހައިފި އެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތްތަކެއް ދޭން ސަރުކާރުން ނިންމައި، ބައެއް މީހުންނަށް އިނާޔަތް އަންނަނީ ދެމުންނެވެ. އެކަމަކު މިހާތަނަށް އިނާޔަތް ލިބުނީ ވަޒީފާ ގެއްލުނު މިންވަރާ އަޅާ ބަލާއިރު މަދު ބަޔަަކަށެވެ. އެކަމުގައި ޕްރޮސެސް ކުރިއަށްދާލެއް ލަސްކަމުން އެއް ބަޔަކު އަދިވެސް ތިބީ ފޯމް ފުރައިގެން ޖަވާބެއް ނުލިބި އެވެ.

އެހެން ތިބި އެތައް ބަޔަކު އެނބުރެން އޮތް މަސައްކަތަކީ މަސްވެރިކަން ފަދަ އިންޑަސްޓްރީތަކަށް ސަރުކާރުން ސަމާލުކަން ދެނީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ. މަސްވެރިންގެ ފަރާތުން އަދިވެސް އިވޭ ޝަކުވާ އަކީ ބާނާ މަސްކޮޅު ކިރުވާލާފައި ފައިސާގެ އިންތިޒާރުގައި ތިބެން ޖެހޭ މުއްދަތު ދިގުވުމެވެ.

ރާއްްޖެއަށް މުދާ އެތެރެކޮށް ވިޔަފާރިކުރާ މީހުންގެ ޝަކުވާ އަކީ ޑޮލަރު ލިބުން ދަތިވާން ފެށުމެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ ކަމަށް ވިޔަސް ކަޅު ބާޒާރުގައި 17ރ.-18ރ. އާ ދެމެދުގެ އަގެއްގައި ޑޮލަރު މިހާރު އެބަ ގަނެ އެވެ.

ބައެއް ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ބައެއް ތަކެތީގެ އަގުތައް މައްޗަށް ދިއުން އެކަށީގެންވެ އެވެ. މިއީ ވެސް ދަތީގައި ތިބި ރައްޔިތުންނަށް ކުރިމަތިވާނެ ހާސްކަމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގައި ބައެއް މީހުންގެ ފަރާތުން މިހާރު ފެންނަ ފަރުވާކުޑަކަމުގެ އެއް ސަބަބަކީ، އާމްދަނީ ހޯދަން ބޭރަށް ނުކުންނަ ޖެހުން ކަމަށް ވެސް ވެދާނެ އެވެ. އެހެން ނުކުންނަ އިރު، އިތުރު ކަމަކަށް ފަރުވާ ނުބަހައްޓައި، އޭރަކު އެ ހުރި ތަނެއްގައި، ބޭނުން ކޮންމެ ގޮތަކަށް އުޅެ ގަންނަނީ އެވެ. އެކަމަކު ބައެއް މީހުން މިހާރު ވެސް ވަރަށް ބޮޑަށް ފަރުވާ ކުޑަވެއްޖެ ކަަން ސިއްހީ މާހިރުންނަށް ފާހަގަކުރެވިއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިނުމުން މަގުތަކުންނާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަގުތަކުގައި ވެސް ހަރަކާތްތެރިވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ފުރަތަމަ ކޮޅުގައި އަޅުގަނޑުމެންނަށް ފެނުނު އިނގޭތޯ ވަރަށް ގިނަ ބޭފުޅުން މާސްކް އަޅުއްވައިގެން އުޅުއްވި ތަން. އެެހެން ނަމަވެސް މިހާރު އެބަ ފެނޭ މާސްކް ނާޅާ އުޅޭތަން. އަދި މާސްކު އެޅިކަމުގައި ވިޔަސް މާސްކް އަަޅަންވާ ގޮތަށް ނާޅާތަން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ވަޒީފާ ގެއްލުނަސް، އަދި އާމްދަނީ ދަށަށް ދިޔަސް، ފުރަތަމަ ވިސްނުމަކަށް ވާން ޖެހޭނީ ތިމާގެ އަމިއްލަ ރައްކާތެރިކަމެވެ. އެ ރައްކާތެރިކަމަކީ، ކޮވިޑް-19 އިން ސަލާމަތްވުމެވެ. އެކަން ނުވެ، ކުރީގެ ހާލަތަކަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އެހެންކަމުން ކޮންމެ ހާލެއްގައި ނަމަވެސް ފުރަތަމަ ޒިންމާއަކަށް މި އޮތީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމެވެ. އަދި އާންމު ރައްޔިތުން މިހާރު ތިބި ހާލަތުގައި، ދައުލަތަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ލިބުނު އަވަސްކުރުމަކީ، މާޔޫސްކަމުން އަރައިގަތުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް، ސަރުކާރުން އެބަ ދަންނަން ޖެހެ އެވެ.

40 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 92%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުގައިދޯ

12 July 2020

ރައީސް އޮފީހުގައި އޮންނަ ޕޮލިސީ ޑިޕާރޓްމެންޓަކީ އެއީ ޕްލޭން ކޮށްގެން ޝޯރޓް ޓާރމް ޕޮލިސީސް ތަކާއި އަދި ލޯންގް ޓާރމް ޕޮލިސީސް ތައް އުފައްދައިގެން ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރެވޭނެ އުސޫލުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޕޮލިސީސް ތައް އެކުލަވާލާ އެއުސޫލުގެ ދަށުން މަސައްކަތް ކޮށް ދައުލަތުގެ ބަޖެޓަށް މަހަކު 1000 ބިލިއަން ޑޮލަރު ވަންނާނެ ގޮތްތައް ހޯދާ މާލެ ސަރަހައްދުގެ ފަޅު ތައް ކުއްޔަށް ދޭން ރާވަން ޖެހޭނެ ފަރާތޭ އެކަމަކު އެމެން މަޖާކުރަނީ ރިސޯރޓް

The name is already taken The name is available. Register?

އެބަތިއްބޭ

12 July 2020

ރައީސް އިބޫގެ ސަރުކާރުން ނެތޭ ރޯޑް މެޕެއް ނަމަވެސް އެކުލަވާލާފައި ރާއްޖޭގެ އިގްތިސާދު ރިކަވަރ ވާނެ ގޮތެއް ބަދަލުގައި ރައީސް އިބޫ ޕޯރޑިއަމް އަށް އަރުއްވާ ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހު ބަނޑަށް ޖެހޭނެއޭ އެގޮތަށް ރައީސް އިބޫ ވިދާޅުވުމުން ޑޮލަރު ހުރި މީހުން ޑޮލަރު ހިފެހެއްޓީ ދެން ރިސޯރޓްސް ތަކުން އިތުރަށް ދިވެހިން ކަނޑަން ފެށީއޭ މިހާރުވެސް ޔުނިވަރސަލް ހުރިހާ ރިސޯރޓްސް ތަކުގައި ލަންކާ އަދި އިންޑިއާ މީހުން ވަޒީފާ ގައި ފުލް މުސާރަ ދީފައި އެބަތިއްބޭ

The name is already taken The name is available. Register?

ާއުނިމާ

12 July 2020

އެންމެ ފުރަތަމަ ރައްޔިތުންގެ ފުރާނަ! އެންމެ ރައްޔިތަކު ބަލީގަ މަރުވިޔަސް އެއީ ހިތާމާގެ ކޮޅެއްވެސް ނެތްކަމެއް! ދެން މުޅި ގައުމަށް މިފެތުރިއްޖެއްޔާ މަރުވާ ރޭޓްވެސް މަތިވާނެ ތަފާސް ހިސާބުންދައްކާ ގޮތުގައި! ދުނިޔޭގެ ގައުމުތަކުން ގޮތްހުސްވެ މީހުންތައް މަރުވުން އިތުރުވެގެން އެދަނީ ލުއިތައް ދިނީމާ! އަޅުގަނޑުމެންގެ ކެތްތެރިކަން ކުޑައީ! މިބަލި އެއްމެ ފަހުމީހާ ރަނގަޅުވަނދެން މަޑުކޮށްލިނަމަ މިކަން ކޮންޓްރޯލް ކޮށް ސާފުކޮށްލެވުނީސް!

The name is already taken The name is available. Register?

ކޮލަޕްސްވީދޯ

12 July 2020

ކޮވިޑް ވަބާ ރާއްޖެ އަށް އައީ ސުނާމީ ރާއްޖެ އަށް އެރި ގޮތަށް ކުއްލި އަކަށް ނޫނޭ އެއީ ސިސްޓަމެޓިކް ކޮށް ދުރުން ރޭވިގެން ރާއްޖެ އަށް އައި ވަބާ އެކޭ މިވަބާ ރާއްޖެ އަށް އައިސް ރާއްޖެ ލޮކް ޑައުން ކުރުމުގެ ކުރިން ސަރުކާރުން ޖެހޭނެއޭ ރާއްޖޭގެ އިގްތިސާދު އިނދަ ނުޖެހޭނެެ އުސޫލުން ވިސްނާ އެގޮތަށް އެކަން ކުރުމަށް ޓަކައި ވަރުގަދަ އިގްތިސާދީ ޕެކޭޖްސް ތަކެއް ނެރެން މިދިޔަ ޑިސެމްބަރު އަދި ޖެނުއަރީ މަހު އެކަން ނުކޮށް ސަރުކާރުން އުޅުނީ ކައުންސިލް ކެމްޕެއިންގައޭ

The name is already taken The name is available. Register?

މައުސޫމާ

12 July 2020

އަހަރެން ވިސްނާލީމާ އެގެނީ ހަބަރު ފެތުރުމުގައި މީހުން ބިރު ދެއްކުމާއި ނޭގޭކަންކަން ވާނެއޭ ކިޔައިގެން ބަޔެއްގެ ރޭވުމުން ދަށުން ގައުމުތަކުގެ އިގްތިސާދުތައް ހަލާކު ކޮއްލީ. ބަލި ވެސް އެބައުޅޭ. މިކަމުން ސަލާމަތް ވާން އޮތީ ގައިދުރު ކުރުމާއި މާސްކް އެޅުން އަތްދޮވުން. ގޭގައި ތިބެގެން ވާކަށް ނެތް. އަހަރެމެންގެ ގައުމުން ވެސް 1 ބިލިޔަން ހަރަދު ކުރިއިރު ކޮންކަމެއް އެޗީވްވީ އާހިރަތުގައި.

The name is already taken The name is available. Register?

ޙާލިދު

12 July 2020

ސަންފުލަވަރ ކޭސް ހުރީ 320 ރުފިޔާއަށް.ތަކެތީގެ އަގުދަނީ އުފުލެ މުން

The name is already taken The name is available. Register?

ޔަގީނޭޔަގީނޭ

12 July 2020

ރާއްޖެ މިހާރު މިއޮތް ހާލަތުން ވެސް ރާއްޖެ އަށް ހިންދެމިލެވޭނީ މާލެ އިން ފެށިގެން 5 ކިލޯ މީޓަރުގެ ރޭޑިއަސް އެއްގައި ރާއްޖޭގެ %95 މީހުން ދިރިއުޅެގެންނޭ އެކަން ނުކޮށް ރާއްޖެ ތަރައްގީ ނުވާނެއޭ ސިޔާސީ އިސް މީހުން ޖަޒީރާ ރާއްޖެއޭ ތަސްބީހަ ފައްޗެއް ކިޔާ ގޮތަށް ކީ ނަމަވެސް މާލެ ސަރަހައްދު ފުށި ދިއްގަރު ފަޅު ހިއްކާ އެތަނުން ރައްޔިތުންނަށް ހިލޭ ކޮންމެ މީޙަކަށް 40 ހާސް އަކަފޫޓް ގޯތި ދިނަަސް މިހާރު ރާއްޖެތެރެއަށް ކުރާ ބޭކާރު ޚަރަދަށް ވުރެން ރަނގަޅުވާނެ ކަން

The name is already taken The name is available. Register?

ބަދަލުކުރާށޭ

12 July 2020

ރައީސް އިބޫގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރަން އުޅެނީ އެކޮޅު ކޮޅުންނޭ ބާ އަތޮޅު ފެހެންދޫގައި 50 މީހުން ހަމަ ނުވާއިރު އެރަށުގައި ދައުލަތުން ޚަރަދު ކޮށް ގެން މީހުން ތިބެން ޖެހޭނެއޭ ބުނާ ސިޔާސީ މީހުންނަކީ އެއީ އިގްތިސާދީ ގޮތުން ގަމާރު މީހުން ކަމަށޭ ބެލެވޭނީ ސަަބަބަކީ 50 މީހުންނަށް މަހަކު 2 މިލިއަނ ރުފިޔާ ދައުލަތުގެ ބަޖެޓުން އެތަނުގެ ރިކަރަންޓް ކޮސްޓަށް ދުއްވާލާނީ އެއީ ދެން ކަނޑުކޮހުންގެ ވެސް ސަރުދާރުންނަށްވީމައޭ އެމެން ހުޅުމާލެ އަށް

The name is already taken The name is available. Register?

ތަކެކޭ

12 July 2020

ދިރިއުޅުން ބޮޑު ވެއްޓުމަކަށް ދާއިރު ދެން ވެސް އޮތީ ރައްކާތެރި ވުމޭ ކިޔާ އެޗްޕީއޭ އިން ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ދިމާ ނުވެއޭ މުޅި މާލެ ލޮކް ޑައުން ކޮށްގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތޭ ފެންނާން ޑޮކްޓަރުން ބުނާ ގޮތަށް ހޮސްޕިޓާ ވެސް ނުފުރޭނެއޭ އަދި އެޗްޕީއޭ އިން ކޮވިޑް އަށް ކޮންމެ ދުވަހަކު ޕޮޒިޓިވް ވިއޭ ބުނެ ހާމަ ކުރާ އަދަދު ތަކަކީ އެއީ ވެސް މަމެން ގަބޫލުކުރާ އަދަދު ތަކެއް ނޫނޭ އެއީ އެމެންކީ އެތި ދިމާނުވާތީވެ މިހާރު އެމެން ޖައްސާ ގޭމްސް

The name is already taken The name is available. Register?

ބޯހަރޭ

12 July 2020

ހާލަތުން އަރައިގަންނަން ވަޒީފާގެއްލުނު މީހުން ބޭނުންކޮށްގެން އެގްރިބިޒްނަސް ޖައްސަންވީ އެކަމަށް ރަނގަޅު ބިންތައް އޮތް ސަރަހައްދުތަކުގައި..ސަރުކާރުގަ ޕްލޭނެއްނެތް ފައިނޭންސް މިނިސްޓަރ އިކޮނޮމިކް މިނިސްޓަރގެ ލަފާ ނުލިބޭ ރައީސަކަށް...ބޯހަލާކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454