އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެ ކޯލިޝަންގެ އެހެން ބައެއް އިސްވެރިން އަރިހުގައި.---ފޮޓޯ: ޕީޕީއެމް
18 ޖުލައި 2020 - 17:07
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުން އަނބުރާ ގެންދަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިއަދު ގޮވައިލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން "ދިވެހި ރައްޔިތުންގެ ގައިގައި އަތްލައިފިކަން ދޭހަކޮށްދޭ" ކަމެއް ކަމަށެވެ. އެ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖެގެ ގައުމިއްޔަތަށް ވަރަށް ނުބައި އަސަރެއް ކުރާނެ ކަމަށާއި ރައްޔިތުންނަށް އޭގެ ގެއްލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިއަދު އަޅުގަނޑު ހަމަ ސީދާ މަޖްލިސްގެ ރައީސަށް ގޮވައިލަން، މި ހުށަހަޅާފައި އޮތް އިސްލާހު މި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ޓަކައި އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާއި އަޅުގަނޑުމެންގެ މި ގައުމުގައި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި އަނބުރާ ގެންދިއުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރެސިޑެންސް ވިސާ ވަރަށް ފަސޭހައިން ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒު ރާއްޖޭގެ ބާޒާރުަގައި ގަދަވެ، ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒު ގަދަވުމުން ލިބޭ ގެއްލުމުގެ މިސާލެއްގެ ގޮތުަގައި އޭނާ ދެއްކެވީ ރާއްޖޭގައި ކުރިން އުޅުނު އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ ސަބަބުން ރާއްޖޭގެ ވިޔަފާރި އަށް ވެެގެން ދިޔަ ގޮތެވެ.
އޭނާ ވިދާޅުވީ ވޯރާ ވިޔަފާރިވެރިންގެ ސަބަބުން އޭރުގައި ރާއްޖޭގެ މިނިވަންކަމަށް ވަރަށް ބޮޑަށް އަަސަރުކުރި ކަމަށާއި އެގޮތުން ރާއްޖޭގެ މުޅި އިގުތިސާދު އޭރުގައި ބޭރުބައެއްގެ އަތްމައްޗަށް ދިޔަ ކަަމަށެވެ.
"މިހާރު މިގޮތަށް ކަންތައް ހިނގައްޖިއްޔާ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަަކަށް ވާނެ ރާއްޖޭގެ ވިޔަފާރިވެރިން. އަދި ވޯރާ ވިޔަފާރިވެރިންގެ ނަމުގައި ބަޔަކު ނައި ކަމުގައި ވިޔަސް ހަމަ އެގޮތަށް މާލެ ހިސޯރުކޮށްފައި ރާއްޖޭގެ ބާޒާރުތަކުގައި އެބައެއްގެ މުޅި ވިޔަފާރި ފެތުރިގެންދާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ގެންނަން އުޅޭ އެ ބަދަލާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިދިކޮޅުން ކުރާނެ ކަމަށެވެ. ގާނޫނަށް އެ ބަދަލު ގެންނަން އުޅެނީ ރާއްްޖެއަށް ތަފާތު އެހެން ދީންތައް ގެންނަން ކުރާ މަސައްކަތެއްގެ ބައެއް ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލަން އަބްދުއްރަހީމް ގޮވައިލެއްވި އެވެ.
"މިއަދު އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ސަމާލު ނުވެއްޖެއްޔާ މާދަމާ އަަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ،" އަދުރޭ ވިދާޅުވި އެވެ.
ނަޝީދު އެދިވަޑައިގެން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރި ކޮމިޓީން ނިންމާފައި ވަނީ ނަޝީދު ބޭނުންފުޅުވި ގޮތާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާ ދެކެވައިގަންނަވާ ގޮތް ވެސް ސާފުކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
19 July 2020
މީއާކަމެއްނޫން މިހާރުވެސް ރެސިޑެންސްވިސާ ހަމަދެވޭ ކޮބާ މައްސަލައަކީ އިތުރައް އެއްވެސް ބަދަލެއް ގެންނާނެކަމެއްނެތް
1234
19 July 2020
ކީއްކުރާ ވިސާއެއް މިހާރުވެސް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އެތަށް ލައްކަ މީހުން އެބައުޅޭ ، މިހުރިހާ މީހުން އެތެރެކުރީ މިބައިގަޑު ދެންކޮންވާހަކައެއްދައްކާކަށް؟
އޮޅުވާނުލާ4
19 July 2020
ޔޫރަޕްއިން މަސައްކަތްތެރިންނަށް ރައްވެހިކަން ދިނީ މަސައްކަތްތެރިންގެ އާބާދީ އިންޓަރގްރޭޓް ވާނޭގޮތަށް ކަންކަންރާވައި ބައްޓަންކޮށްގެން. އެތައްބައިވަރު ބިދޭސީންނެއް އިންޓަރގްރޭޑްކުރަން ދިވެހިން ތައްޔާރެއްނޫން ހޭލުންތެރިއެއްވެސް ނޫން. އިންޓަރގްރޭޑްވާން ބިނޭސީއާބާދީވެސް ތައްޔާރެއްނޫން މީއެއްލައްރުފިޔައަކުން ނުވަތަ 10އހަރުގެކުލިލިބުމަކުން ކުރވޭނެކަމެއްނޫން. މީއެމެރިކާ ދިމާވިފަދަ ނަސްލީހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމއެއް.
އޮޅުވާނުލާ3
19 July 2020
ބައެއްވިޔަފާރިވެރިން ބިދޭސީންގެ ވަލްނަރަބިލިޓީ ބޭނުންކޮށް އެކަށީގެންވާމުސާރަނުދީ ވިޔަފާރިފުޅާކޮށ މުއްސަނދިކަން އިތުރުކުރާތާ ދުވަސްތަކެއްވެއްޖެ. މީސިޔާސީ ފަރާތްތަކުން ދަންނަ އެމީހުން ވާކިވެރިވާކަމެއް. ރެސިޑެންޓްވިސާ އަކުން މިކަން ހައްލެއްނުވާނެ. އިންސާނީ ހައްޤެއްވެސް ރައްކާތެރި ނުކުރެވޭނެ. މުސްތަޤްބަލުގއި މައްސަލައިތުރަށް ގޯސްވާނީ މަސައްކަތުމީހާ ނިސްބަތްވާ ޤައުމަށާ ނަސްލައް ނުބަލައި ކުރާމަސައްކަތާ އެކަށީގެންވާ މުސާރަދީ.
އާދަމުގެދަރި
19 July 2020
އަވަހަށް އަނބުރާ ތިޔަ ބިލު ގެންދޭ. ރައްޔިތުންގެ ކަރަށް ފައިން އަރަން ނޫޅޭ.
ރައްޔިތު ސޮރު
19 July 2020
ނަޝީދަށް ކިތަންމެވަރަކަށްވެސް އާޓިކަލް ލިޔެވިދާނެ އެކަމަކު ހަޤީޤަތެއް އޮޅުވައެއްނުލެވޭނެ. މައްސަލައަކީ ނަޝީދުގެވިސްނުން ނޭފަތުކުރިއާ ހަމާގަ ހުންނާތީ، އެހެންނޫންނަމަ އެދުވަހު އިންޑިއާ އެމްބަސީއަކަށް ނުވަނީސް އަދިމިޤަޢުމުގެ ދާޚިލީ މައްސަލައެއް ހައްލުކުރަން ބޭރުޤަޢުމަކުން ސިފައިން ފޮނުވާކަށް ނޭދުނިސް، މިއީ ބިންނެތް ޤަޢުމަކަށްވާއިރު ދުރުރާސްތާ ވިސްނުމަކުން އެކި ޤަޢުމުތަކުގެ މީހުން އާބާދުކުރުންނޫން ވިސްނުމެއް މިޤަޢުމުގެ ސިޔާސީމީހުންގެ ހުންނަންވާނެ.
ނެގުނުކަތީބު
19 July 2020
މިވަރުވެގެންދާއިރު އެކިޔާއުޅޭ ޖޭޕީގެ ލީޑަރާއި، އެމް އާރު އެމްގެ ލީޑަރާއި، ޢަދާލަތުގެ ރައީސް ވެސް ގެއްލުނީބާ! ކަމެއްޖެހެން އުޅޭތާގައި އެވެރިންވެސް ގެއްލެނީ! އެކަމަކު ވޯޓަކާއި ކުރިމަތިވާއިރު ދޮން ބަފަޔަށްވެގެން އެންމެ ކައިރީގަ ތިބޭނެ! މިވަރު ދެންބޮޑު؟
ޢަލީ އަކްބަރު
19 July 2020
ޢަހަރެމެން ދިވެހިން މީ އެއްވެސް ބައެއް ނޫން ތަ، މާލޭގަ 10 އަހަރު އުޅުނީމަ މާލެއިން ފުލެޓާ ބިމާ ދިނުން މާ އައުލާކަން ބޮޑު ތިކަމަށްވުރެ
އަލި
19 July 2020
މިހުރިހާ ކަމެއް މިހެން ހުއްޓަސް ވޯޓެއް ލައިފިނަމަ ނަޝީދު އެ ކާމިޔާބުކުރޭ. އޭގެ މާނައަކީ ނަޝީދު ކޮންމެ ފާޑަކަށް އުޅުނަސް ދިވެހިންގެ ބަޔަކު އަދިވެސް ނަޝީދަށް ތާއީދު ކުރޭ. ނަމަވެސް އަޅުގަނޑުގެ އިލްތިމާސްއަކީ ނަޝީދަށް ކުރާ ތާއީދު އަނބުރާ ގެންދަވާށޭ. ރަނގަޅު އެހެން ބޭފުޅެއްގެ ފަހަތަށް ޖެހިލައްވާށޭ.
ސަރަފަކައްދަ
19 July 2020
އަމީން ދީދީގެ ވެރިކަމުގެ މަތިން ހަދާންވަނީ!