ހުޅުލެ: ޖުލައި 15، 2020: ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
27 ޖުލައި 2020 - 15:01
ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
މިއީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށް ފަހު، މި މަހުގެ 15 ގައި އަލުން ހުޅުވި ފަހުން އައި ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ، ރާއްޖެ އައި އެމެރިކާގެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫން ކަމަށާއި އެ މީހާ ޕޮޒިޓިވް ކަން އެނގުނީ ވެސް ރިސޯޓުގައި ހުއްޓާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އެއީ ރަންދެލި ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓެކެވެ.
ތަސްލީމާ ވިދާޅުވިގޮތުގައި، އެ ޓޫރިސްޓު ކޮވިޑް-19 އަށް ޓެސްޓު ކުރީ އެޗްޕީއޭގެ އެންގުމަކަށް ނޫނެވެ.
ޓޫރިސްޓު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އައިސޮލޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ސީދާ ދާން ޖެހެނީ އެ މީހަކު ބުކިން ހައްދާ ރިސޯޓަކަށެވެ. މީހުން ދިރިއުޅޭ ރަށްރަށާއި، ސަފާރީތަކަށް ދިއުމުގެ ހުއްދައެއް ނޯވެ އެވެ. ރާއްޖެ އަންނަ އިރު ބަލީގެ އަލާމާތްތައް ނެތް ނަމަ ސީދާ ރިސޯޓަށް ދެވުނަސް ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު، ދިން ލުއިތަކާ އެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން ފާޅުކޮށްފައިވާއިރު، މިހާރު ކޮވިޑް-19 ބޮޑަށް ފެތުރެނީ ބިދޭސީންގެ ބަދަލުގައި ދިވެހިންގެ ތެރޭގަ އެވެ. އިއްޔެ ހަވީރު ހަޔަކާ ހަމައަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 1،488 ދިވެއްސަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އެންމެ ގިނައިން ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ. މިހާރު އެ ބަލި ޖެހިފައިވާ ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 1،458 އެވެ.
ރާއްޖެ އިން މިހާތަނަށް 3،302 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 2،528 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާ ހޯދަމުން އަންނަނީ 744 އެވެ. މިހާތަނަށް ރާއްޖެ އިން އެ ބަލީގައި މަރުވީ 15 މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުވަޒީރު
28 July 2020
އެމެރިކާ ރައްޔިތެއް، އަންހެނެއްތަ ފިރިހެނެއްތަ؟ އެމީހާ އައީ ސީދާ އެމެރިކާއިންތަ ނޫނީ “ސެކެންޑް ހޯމް” މެދުއިރުމަތީ ގައުމަކުންތަ؟ ޚަބަރުލިޔާއިރު ވީހާވެސް ބޮޑަށް ޑީޓޭލް އަތުލައިގެން ލިޔާނަމަ ދޯ!
ނަމަނަމަ
27 July 2020
އެމެރިކާ ޓޫރިސްޓުން އެހެން ޤައުމު ތަކަށް އެތަރަވިޔަ ވެސް ނުދެއެވެ.
ބޮލް ރޮދި
27 July 2020
އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާރު، އެންމެ ބޮޑު އިގްތިސާދު. އިގްތިސާދު ބިނާވެފައި އޮތީ ފައިނެންޝިއަލް ސެކްޓާގެ މައްޗަށް، ރާއްޖެ ގޮތަށް ޓޫރިޒަމަކަށް ނޫން. އަޅާކިޔާއިރުވެސް ކޮންމެވެސް ހަމައެއް ގެންގުޅޭ ނަމަ
މޮޔަވެދާނެ ދޯ
27 July 2020
ގައިޑްލައިން ؟ ހެހެ
އެފްޕީ
27 July 2020
ތިޔައީ ދެން ތިކަން ވާން އޮތް ގޮތް. ގައުމަށް އަންނަ ޓޫރިސްޓުންގެ ތެރޭ ބަލި ހިފައިގެން އަންނަ މީހުން ޔަގީނުންވެސް ތިބޭނެ. ކިތަންމެ ފިޔަވަޅުތަކެއް އަޅާފައި އޮތްކަމަށް ބުންޏަސް އެންމެ ފުރަތަމަ މިގައުމަށް ބަލި އައީވެސް ރާއްޖޭން ބޭރުން. ބަލި ވަނުން ނުހުއްޓުވޭނެ މީހުން ދަތުރުފަތުރުކުރަން ހުއްދަ ދީފަ ބާއްވައިގެންނެއް. އަދި މިހާރު ކޮންޓްރޯލްކުރަން އުޅުނަސް ނުކުރެވޭނެ ލޮކްގަ އޮތްއިރު ކޮންޓްރޯލް ނުވިއެއްޗެއް.
ބާތިލްކުރާނެއޭ
27 July 2020
ރާއްޖެ އަށް އަންނަ ގެސްޓުން ތިބޭ ރިސޯރޓާއި އަދި އެމެންނަށް ކޮވިޑް ބަލި ޖެހުނުތޯ ނުވަތަ ނޫންތޭ ނުޖެހޭނެ މީޑިއާ އަށް ހާމަ ކުރަން މަޖްލީހުގެ ހުއްދަ ނުހޯދާ ސަބަބަކީ މިހާރު މިރާއްޖެ އިގްތިސާދު މިދަނީ ނޭވާ ހޮޅި އަށް އެޅެމުންނޭ ރާއްޖެ އަށް އަންނަ ގެސްޓުންނާއި މެދު ކަންކުރަން ޖެހޭނީ ވަރަށް ރަނގަޅަށް ވަރަށް ފަރުވާތެރި ކޮށް އަދި އެ ގެސްޓުން އަންނަ ރިސޯރޓްސް ތަކުގެ ނަންތައް މީޑިއާ އަށް ހާމަކޮށްދީގެން ވެސް ނުވާނެއޭ ސަބަބަކީ އޭގެ ސަބަބުން ގެސްޓުން ބުކިންގްސްތައް
ސުޕް
27 July 2020
ތިކަހަލަ މީހުން ބުނާނީ މިހާރު ރިސޯޓުގެ ނަންވެސް ނުޖެހިއޭ، އަޖައިބެއް ހަމަ.، ރަނގަޅު އެއްގޮތެެއްވެސް ނެތީއޭ
ގައިޑްބބުލްބުލް
27 July 2020
ވަރަށް ރަނގަޅު ވާހަކައެއް….
ރަށްއިތުމީހާ
27 July 2020
މާލޭމަގުތަކުގައި މުޒާހަރާ ކުރުން ޤާނޫނަކުން މަނާކޮއްފަ އޮތްއިރު އަދި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅުގައި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ޑޮކްޓަރުން އިންޒާރު ދެމުންދާއިރު މަގުމަތީ މުޒާހަރާ ކުރަން ފުރުސަތު ދިން ސަބަބު އޮޅުން ފިލުވާދިނުމަށް އިމްރާން އާއި ހަމީދު ކިބައިން އެދެން
ބަދަލުކުރާށޭ
27 July 2020
ކޮވިޑާއި ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން މީޑިއާ އަށް މައުލޫމާތު ދިނުން ހުއްޓާލާ ދެން ތިޔާ ކަން ކުރާނީ ރައްޔިތުން ހޮވާފައިވާ މެމްބަރުން ތިބި މަޖްލީހުންނޭ މަޖްލީހުގެ ރައީސް ދެން މިކަން މީޑިއާ އަށް ހާމަ ކުރާނީ އެއިރުން ދެން ރާއްޖެ އަށް ހުރިހާ ގޮތަކުން ތިޔާ އިން ފައިދާ ކުރާނެ ކަމަށް މަމެންނަށް ފެންނަނީއޭ ސަރުކާރަށް މިކަން ނުވިއެއް ނޫންތޭ ރާއްޖޭގެ އިގްތިސާދު ފުނޑި މީހުންތައް ހަނާވަނީއޭ ބަނޑަށް މަރުވަނީއޭ އެތައް ހާސް ބަޔަކު އިނގޭތޭ...
ދެން ލަ ލާ
27 July 2020
ކިތަންމެ ޖިހާދެއް ކުރިއަސް މި ރާއްޖޭ ވެރިކަމުގެ ވަސް ޖެހޭ ހިސާބަށްވެސް ދެން ކެނެރީގެ ނަޝީދަކަށް ނާދެވޭނެ
ޑޮން ހަސަނު
27 July 2020
މަބުރޫކު އިޒް ބެސްޓް
ޚޮބާ ހީވޭ
27 July 2020
ޔޫރަޕް ޤައުމިތަކަށްވެސް އެމެރިކާ މީހުންނަށް ނުދެވޭ، އެޤަޢުމުގެ ބަލި ކޮންޓްރޯލް ނުކުރެވޭތީ...
ބޮލުގައި ކިރުފެލި ހުނި
27 July 2020
ޔޫރަޕް ގައުމުތަކާ ޓުރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖެތަ؟ އަޅާ ކިޔާއިރު ގަބުޅިއާއި އާފަލާ އަޅާ ނުކިޔަބަލަ
ކުރާށޭކުރާށޭ
27 July 2020
ބޯޑަރުއަލުންހުޅުވި ފަހުން ފުރަތަމަ ފަހަަރަށް ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ މިކަމަކީ އެއީ ޓޫރިޒަމް މިނިސްޓްރީން ވެސް މިކަމަށް ޓަކައި ފުރިހަމަ އަށް ތައްޔާރުވެފައި ނެތް ކަން ހާމަ ކޮށްދޭ ދަލީލު ތަކޭ ކަން މިހެން ހުރުމުން މިހާރުން މިހާރަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އަތުން ޓޫރިޒަމް މިނިސްޓްރީ ވަކި ކޮށް އެތަނަށް ވަކިން މިނިސްޓަރަކު ލައިގެން އެކަން ކުރަން މަމެން ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އޮނަރަބުލް އިބޫ އަށް ދަންނަވަމޭ
މުޖުރިމްު
27 July 2020
މީގައި ފައްޔާޒު ކުރާނެ ކަމެއްވެސް ނެތް. ބަލީގެ އަލާމާތެއް ނުފެންނަ މީހަކު ހިފާ ހައްޔަރުކޮށް ކޮށްޓަކަށް ލާނެ ގޮތެއް ނޯންނާނެ
ޝަހީރު
27 July 2020
އެސިމްޕްޓޮމެޓިކް މީހަކު ދަނެގަންނާނެ ގޮތެއް ނޯންނާނެ. ދުއާ އަކީ ގަދަކީރިވަންތަ ﷲ އަޅަމެން އެންމެން މި ބަލިން ސަލާމަތް ކުރެއްވުން.