ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

ޔާސިރަށް ކުރި ތުހުމަތުތަކުގައި އަސާސެއް ނެތް، ސުވާލެއް ވެސް ނުކުރޭ: އާއިލާގެ ވަކީލުން

ޔާސިރު ޔަހުޔާ: އޭނާއަށް ސަރުކާރުން ކުރި ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށާއި އެކަމާ ގުޅިގެން އޭނާއާ ސުވާލެއް ވެސް ނުކުރާ ކަމަށް އާއިލާގެ ވަކީލުން ބުނޭ

ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާގެ މައްޗަށް ސަރުކާރުން ކުރި ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށް އޭނާގެ އާއިލާގެ ވަކީލުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް މާޗް، 2017 ގައި ޔާސިރު ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރު ކުރި އެވެ. އޭގެ ފަހުން އެއްވެސް ތަހުގީގެއް އަދި ދައުވާއެއް ކުރުމެއް ނެތި ޔާސިރު ބަންދުކޮށްފައި ވަނިކޮށް، ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހު ޖެހުނު ސްޓްރޯކެއްގައި ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އޭނާ މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ. ޔާސިރު މަރުވީ، ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް ފަހު، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް ޖެހުނު ސްޓްރޯކެއްގަ އެވެ.

އޭނާ ދިވެއްސަކާ ކައިވެނިކޮށް، ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޔާސިރު ހައްޔަރުކުރީ އަލްގައިދާއާ ގުޅުން ކަމަށް ބޭރުގެ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ ކަމަށާއި އޭނާ ރާއްޖެ އިން ފުރުމުގެ ފުރުސަތު ދިނުމުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން، ޔާސިރުގެ އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014 ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ޔާސިރު ޔަހްޔާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން ވެސް އޮޅުން ފިލުވައި ދީފައި ނުވާއިރު އަދި އެ ތުހުމަތާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް،" ވަކީލުންގެ ބަޔާނުގައި ބުންޏެވެ.

ވަކީލުން ބުނިގޮތުގައި، އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ޔާސިރު ފުރައިގެން ދާން ރާއްޖޭގެ އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް އެންގިއިރު، އޭނާގެ އަނބިމީހާ އިނީ ބަލިވެ އެވެ. އަދި އަނބިމީހާ ވިހެއުމަށް ފަހު، ފުރައިގެން ދާނެ ކަމަށް ޔާސިރު އިމިގްރޭޝަނަށް އެންގި ކަމަށް ވަކީލުންގެ ބަޔާނުގައި ވެ އެވެ. އެކަމަކު، ފަހުން ޔާސިރުގެ ވިސާ ކެންސަލްކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަނުން އޭނާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން، ޔާސިރު ރާއްޖެ އިން ފުރުވައިލުމަށް އޭނާ އެއްބާރުލުން ނުލިބުނު ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ވެސް ހަގީގަތާ ޚިލާފް ވާހަކަ އެކެވެ. ޔާސިރު ފުރުވުމަށްޓަކައި ބޭނުންވާ ލިޔުންތައް ހަމަކުރަން އާއިލާ އިން މަސައްކަތްކުރި ކަމަށް ބަޔާނުގައިވެ އެވެ. އަދި އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރީ ގާނޫނާ ޚިލާފަށް ބަންދު ކުރުމުގެ އިތުރަށް، ބަންދުގައި ހުންނައިިރު ލިބެންޖެހޭ ހައްގުތައް ނުދޭތީ ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކާއި އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވަކީލުން ބުނެ އެވެ.

"އެ ހަޅުތާލުތައް ޔާސިރު ފަށާފައިވަނީ ފާއިތުވި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލް ދިނުން ހުއްޓާލުމުންނެވެ. މި ހައްގުތައް ނުލިބޭ ކަމުގެ ޝަކުވާ ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޔާސިރު ޔަހްޔާ އަށް އެ ހައްގުތައް ނުލިބެނީ އޭނާއަކީ ބިދޭސީއަކަށްވުމުން ކަމަށް ކަރެކްޝަނަލް ސާވިސްގެ ލީގަލް އޮފިސަރު ވަނީ ޔާސިރު ޔަހްޔާގެ އާއިލާއަށް އަންގައިފަ އެވެ." ބަޔާނުގައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޔާސިރު މަރުވުމުން އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް އަދި ދިފާއުވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި އެފަދަ ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ޚިލާފު ކަމެއް ކަމަށް ވަކީލުން ބުންޏެވެ. އެކަން ކުރީ އޭގެ ސަބަބުން އޭނާގެ އަންހެނުންނާއި ދަރިފުޅަށް ކުރިމަތިވެދާނެ އަސަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޔާސިރުގެ އާއިލާ އަށް އިންސާފު ހޯދައި ދިނުމަށް ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ހުުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވަކީލުން ބުންޏެވެ.

80 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 38%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމީރާ

05 August 2020

މިކަހަލަ ބޮޑެތި ކުއްވެރިން ކުރާކަމެއް މީ! ރާއްޖެ އައިސް 3މަސް ނުވެ މީހަކާ އިނދެގެން އެމީހާއަށް ކުއްޖެހޯދާ މީ ހަމަ މިކަން މިކަހަލަމީހުން ކުރަމުން އަންނަގޮތް. ޕާސްޕޯޓް ފޮރުވާނެތަ ރަނގަޅު މީހެއް؟ ދުނިޔޭގެ ބޮޑެތި ކްރިމިނަލްސް އަށް ރާއްޖޭން ޖާގައެއް ނެތް! އަމިއްލަ އަށް މަރުވާ މިހުންނަށް ޝަހީދުންނޭ ކިޔާތަ؟!

The name is already taken The name is available. Register?

ާަަނަސްރު

05 August 2020

ބިދޭސީއަކަށް ދިވެއްސަކާ ކައިވެނި ކުރެވޭނީ އެމީހެއްގެ ބެކްގްރައުންޑް އެސެސްމެންޓް ހަދާ އިންޓެލިޖެންސް ރިޕޯޓަށްފަހު ކަމަށް އަވަހަށް ހަމަޖައްސާށެވެ. ދަރިފަސްކޮޅުގެ ސަލާމަތަށެވެ.

The name is already taken The name is available. Register?

ޑޮން0

05 August 2020

ޓޫރިސްޓް ވިސާގަ ރާއްޖެއައިސް އެހާ އަވަހަށް ދިވެއްސަކާ ކައިވެނިކޮށް ރާއްޖޭގަ ދިރިއުޅުން ފެށުމުގެ ފަހަތުގަ ނުބައެއް އުޅޭކަމާމެދު ސައްކު ކުރާނީ ކާކި؟

The name is already taken The name is available. Register?

ވަހީދުއްދީން

05 August 2020

އަހަރެންގެ ގެއަށް އައި މެހުމާނެއްގެ ގާތު ގެއިން ނުކުމެގެންދާން އެންގުމުން ގަދަ ދައްކައިގެން ނުގޮސް ހުރެވޭނެތަ. ހަމަ އެފަދަ ކަމެއް ގައުމަކަށް ގޮސް ހުއްޓައި ދާން އެންގުމުން ނުގޮސް ހުރުމަކީ ވެސް.

The name is already taken The name is available. Register?

އާޒިމް ހާދީ

05 August 2020

ގައުމިއްޔަތު އެކަނި ތޯ ވިސްނެނީ. އިންސާނިއްޔަތު ކޮބައިތޯ؟ ހާދަހާ ނަސްލީ އިމްތިޔާޒު ބޮޑު ރޭސިސްޓް ބަޔެކޭ ދޯ މިއީ.

The name is already taken The name is available. Register?

ކުނިއަނގަ

05 August 2020

ސަރުކާރު ތަކަކީ އަމިއްލަ ފައިދާއަށް ބޭރުގައުމުތަކުން ބުނާހާ ކަމެއް ކުރާ ބަޔެއް. ދިވެހި ރައްޔިތުންގެ މަސްލަހަތޭ ނުކިޔާ. ސައޫދީ ރަސްގެފާނު އަންނާތީ މިގައުމުގަ ހުރި ހަަމައެކަނި ޔަމަނު މީހާއަކީ އަލްގަޔެދާ މީހަކަށް ހަދާލީ. އެމެރިކާއިން ބޭނުން ވެގެން ވަހީދު ސަރުކާރުން ރަޝިޔާ ރައްޔިތަކު މި ދިވެހި ފަސްގަނޑަށް އަރައި ވަގަށް ނެގީ. މިތަނުގެ ވެރިން ބޭނުންވީމަ ދިވެހިންގެ މަސްލަހަތޭ ބަނޑޭ ހަންގަޑޭ ކިޔަސް މޮޔައިން އެކަން ގަބޫލުކުރާނީ.

The name is already taken The name is available. Register?

ޢަޒްރާ

05 August 2020

ޝަހިދު މރަކުން މަރުވެގެން ދިޔައީ އިސްލާމީ ވަޙްދަތު ނަގހައްޓާ ދަމަހައްޓަން މަސައްކަތްކުރި މުސްލިމެއް ޔާސިރުއަށް ސުވަރުގޭގެ ދާއިމީ ނިޢމަތް މިންވަރު ކުރައްވާށީ އާމީން

The name is already taken The name is available. Register?

އިބްރާހީމްސ

05 August 2020

ގާނޫނީ ވަކީލުން ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރުމަކީ އެބައެއްގެ ސުލޫކާމެދު ސުވާލު އުފެދޭކަމެއް. ސަރުކާރުންވެސް ބުނެފައޮތީ ޔާސިރު ބަންދުގައި ބަހައްޓަނީ ކުށެއްގެ ތުހުމަތުގައެއްނޫނޭ. އިމިގްރޭޝަންގެ ގާނޫނާ ޚިލާފުވުމުން ޑީޕޯޓުވެސް ކުރެވޭނެ، އަދި ޑީޕޯޓްކުރެވެންދެން ބަންދުކޮށްފައިވެސް ބެހެއްޓޭނެ. ބޭނުން އިރަކު ފުރައިގެން ދިއުމަކީ ތަހުމަތުކުރެވޭ ފަރާތުގެ އިޙްތިޔާރުގައި އޮންނަކަމެއްނޫން.

The name is already taken The name is available. Register?

ހަސަނު1

05 August 2020

މި ކޭސްގައި ބޭނުން އިރަކު ފުރައިގެން ދިޔުމުގެ ފުރުސަތު އޮތް. ޑިޕޯޓް ނުކުރެވުނީ އޭނަ ލިޔެކުންތައް ފޮރުވައި އާ ލިޔެކުޔުން ހަދަން ދެކޮޅު ހެދުމުން.

The name is already taken The name is available. Register?

ނެގުނުކަތީބު

05 August 2020

ވީމާ މިހާރުން މިހާރަށް ސަމާލުކަންދޭންވީ އެއްކަމަކީ ކާކުކަންނޭންގި ތަންތަނުން އައިސް އުޅޭ މީހުންނާއި ދިވެހިންނާއި ކައިވެނި ނުކުރެވޭނެގޮތް! އަނެއްކާ މިހެން ބުނާއިރަށްވެސް އެނގޭ ދެކޮޅު ހައްދަވާނެ ބޭފުޅުން އުޅުއްވާނެކަން. ކައިވެނި ކުރުމުގެ ކުރިން އޭނާގެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ކްރިމިނަލް ރެކޯޑާއި އެއްޗެތި ހޯދަންޖެހޭގޮތްވެސް ހަދަންވީ.

The name is already taken The name is available. Register?

ާއަލިމޯޑު

05 August 2020

ތިޔަ ބުނާގޮތަށް ހެދީމަ ވާނެ ގޮތަކީ ދިވެހި އަންހެނުން/އަންހެން ކުދިން ތިބެން ޖެހޭނީ މީހުންނާ ނީނދެ.ހަމައެކަނި ދިވެހި ފިރިހެނުންގެ ތެރެއިން ބޮޑުބައެއް ތިބޭނީ ކޮންމެވެސް ބޮނޑިއެއް ބޮއެފަ ތިބޭ މީހުން.... އަސްލު ވީގޮތަކީ ރައީސް ޔާމީންގެ ސަރުކާރު ވެސް މަރްހޫމްޔާސިރުއަށް އަނިޔާވެރިވެއިންސާފު ނުދިނީ. އޭގެ ފަހުން އިންސާފު ހޯދަދޭން އައި ރައީސް ސޯލިހްގެ ސަރުކާރުވެސް އެމަރުހޫމަށް އިންސާފު ހޯދަނުދިނީ. އިންސާފު ހޯދަދޭން ޖެހެނީ ޕާޓީ މީހުންނަށް އެކަންޏެއް ނޫން

The name is already taken The name is available. Register?

ހގދ

05 August 2020

މިވެސް ލާދީނީ މީހަކު ހުރި ހައްޔަރެއް ނަމަ ގައުމު ފެނާ ހިއްލީސް. އެބޭ ފަކީރު ނިކަމެތި ވީމަ ވީ ގޮތް. އާނގަދަ ކުރުމުގެ ބޭނުމެއް ނެތް. ތުހުމަތެއް އޮތިއްޔާ ތަހުގީގު ކުރަން ޖެހޭނެ. ދަޢުވާ އުފުލަން ޖެހޭނެ. ކަމަކާ ނުލާ ހައްޔަރުގައި ބަހައްޓައިގެން މަރާނީކީ ނޫން. އިގިއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454