ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިދިޔަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު މޯދީ ސޮއިކުރައްވާއިރު އެމަނިކުފާނުގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޑުކޮށްލައްވައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 އޯގަސްޓް 2020 - 11:00
އަމާންކަން ދެމެހެއްޓުމަށް އިންޑިއާއިން ކޮށްފައިވާ މަސައްކަތްތަކަކީ ދުނިޔެއަށް އުއްމީދު ލިބޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރެޓިކް އުސޫލުތަކާއެކު ކޮށްފައިވާ މަސައްކަތަކީ އުއްމީދު ލިބޭ ކަމެއް ކަމަށެވެ.
އެމަނިކުފާނު އެހެން ވިދާޅުވިއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު މިދިޔަ ބުރާސްފަތި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ދޭން ނިންމައިފަ އެވެ. އެހީގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ލޯނެއް ދިނުމާއި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ޕެކޭޖެއް ދޭން ވަނީ ނިންމައިފަ އެވެ.
73 years since India began its tryst with destiny, India remains a beacon of hope the world over for its democratic values and contributions to peace and progress. Our warmest felicitations to Pres.Kovind, PM @narendramodi and the people of India on India’s 74th Independence Day.
— Ibrahim Mohamed Solih (@ibusolih) August 15, 2020
އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.
މި ވެރިކަން ފެށުމާ އެކު ގާތްގުޅުމެއް ބާއްވަމުން އަންނަނީ ވެސް އިންޑިއާއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރް މޯދީ ވަޑައިގަތެވެ. އެއީ މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭގެ ފަހުން ވެސް މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެ ވަޑައިގެން އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އެވެ.
އިންޑިއާއިން ރާއްޖެއަށް ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ދީފަ އެވެ. އެ ޕްކޭޖުގައި ހިމެނޭ އުމްރާނީ ބައެއް މަސައްކަތްތައް މިހާރުވެސް ފަށާފައި ވާއިރު ބައެއް ބޮޑެތި ޕްރޮޖެކްޓްތައް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލު
16 August 2020
ނޭޕާލް އަދި ކަޝްމީރު ގައުމުގެ މީހުންކާރީ އަހާލީމަ އިންގޭނެ
މޮހިތު
16 August 2020
އިންޑިއާ ފިލްމު އޯކޭ، ޓްރެވެންޑްރަމް އޯކޭ، ޑޮކްޓަރު އޯކޭ. ހިންދީ ލަވަ އޯކޭ. އެކަމަކު އިންޑިއާ މީހާ ކަޑަ... މިއީ އަހަރެމެން ދިވެހިންގެ ވިސްނުން!
އިބިރިހިންބެއްޔާ
16 August 2020
އިންޑިޔާ މީހުންވެސް އޯކޭ. ކަޑައީ މ. މޯދީ އާއި އޭނަގެ ޕޮލިސީ.
ގިލާ
16 August 2020
ބްރިޖް އަޅައިދީ ހަދަނީ ހަގީގަތުގަ މިގައުމުގައި ޗައިނާއިން ހަދާފައިވާ ބްރިޖަށް ހިޔަނިއަޅުވައި އިންޑިއާގެ ނުފޫޒު ރާއްޖޭގައި އޮތްވަރު ދުނިޔެއަށް ދައްކައިދޭން ކަމަށް އިންޑިއާގެ މީޑިއާތަކުގައި ލިއުމަކީ ދިވެހިން އުފާކުރަންޖެހޭވަރު ކަމެއް ނޫން. ޒަމާންވީ ރަހްމަތްތެރިކަމޭ ކިޔައި ހެޔޮއެދުމޭ ކިޔައި އެހީދެނީ ހަގީގަތުގަ ތިމާމެންގެ ބާރު މިގައުމުގައި އޮތްވަރު އެހެން ގައުމަކަށް ދައްކަން ކަމަށްވީމަ ރާއްޖޭގެ ނާޖާއިޒް ބޭނުން އެކުރެވެނީ.
ޢަޒްރާ އަލީ
16 August 2020
އިންދިއާ އަކީ ދުނިޔެއަށް އުންމީދެކޭ ބުނި މީހަކާ އެމީހެއްގެ ބައިވެރންނަކީ ހަމަ ވ ޖާހިލު ބައެްްއް
ގޯސް
16 August 2020
އިންޑިޔާ ދެކެނީ އެމެރިކާ ދުނިޔެ ދެކޭގޮތަށް. ޢެއީ ސާކްގެ ހުރިހާ ގަރުމެއް އެއީ އިންޑިޔާގެދަށުގައި ތިބެންޖެހޭނެ ކަމަށް ދެކޭދެކުން. އެމެރިކާ ދެކެނީ ދުނިޔެ އޮންނަންޖެހޭނީ އެމީހުންގެ ދަށުގައޭ. ޢިންޑިޔާ ފަހާ ދުވެގެން ދުވަހަކުވެސް ތަރައްގީއެއް ރާއްޖެއަށް ނުލިބޭނެ. ޢިންޑިޔާ ގެ ނުފޫޒުން ލަންކާ ސަލާމަތްވެެއްޖެ. ޢަދި ނޭޕާލްވެސް. ޢިބޫ އިންޑިޔާ ނޫންގޮތެއް.
ރީތި މޫސަ
16 August 2020
ރާއްޖެއިން އިންޑިޔާއަށް ދީގެންތިއުޅޭ އެހީބަލައިރު ތިދިންވާހަކަ ތިބުނަނީކޯޗެއް ދުނިޔޭގެ އެސްވެސްޤައުމަކުން އެއްވެސް އަދަދެއްގެފައިސާޔަކަށް ނުދޭ އެހެންޤައުމެއް އަސްކަރީ ހަރަކާތްހިންގުމަށް ކުޑަބިންކޮޅެއްވެސް ސަބަބަކީ އެބަޔަކު ވެރިވެގަންނާނެތީ މިހާރުވެސް އެދަނީ އިންޑިޔާ ބަޔެއް މިލްޓަރީ އޮފިސަރުން ގޮވަމުން ދިވެހިރާއްޖެއަކީ އެމީހުންގެ ސްޓޭޓެއްކަމަށް އިންޑިޔާއަކީ ހަންފަތުރަން އުޅޭބަޔެއް
ކަނބިލި
15 August 2020
އިންޑިއާއަކީ މިސަރަހައްދުގެ ގައު މު ތަކުގެ މިނިވަންކަ މަށް އޮތް ބިރެއް
ތުންތުންމަތިން
15 August 2020
ހެލޯ ރައީސް .. ދިވެހިންގެ ވާހަކަ ދައްކަބަލަ.. އިރު އިރު ކޮޅަށް މާ އިންޑިޔާވެގެން ތިއުޅޭނީ ކީވެގެން ހޭ މީ ދިވެހިން މިހާރު ކުރާ ސުވާލު... ބޭރުގައުމެއްގެ އެހީގައި ވެރިކަމަށް އައުން. ދެމި ހުރުން.. ދިވެހިން ސީރިޔަސްކޮށް ނަގާނެ..
އެމެރިކާ
15 August 2020
ބަބްރީ މިސްކިއް ތަޅާލި މީހާ ރައްޖެ ގެނެސް އެޅުވީ ރާއްޖޭގެ އެމްމެ މަތީ ޝަރަފް ދެރަ ވަރުގެ ކަންތައް މިހުންނަނީ.
ހައްގުބަސް
15 August 2020
ރައިސް ޔާމިން ދިޔަ ޖަޕާނަ. ރައިސް ޔާމިން ދިޔަ ލަންކާޔަ. ރައިސް ޔާމިން ދިޔަ އިންޑިޔާއަ. ރައިސް ޔާމިން ދިޔަ ދުބާއީޔަ. ރައިސް ޔާމިން ދިޔަ ސައުދީޔަ. ރައިސް ޔާމިން ދިޔަ މެލޭޝިޔާއަ. ދުނިއެއާ ގުޅުން ކަޑާލީ އެމްޑީޕީ މި ސަރުކާރުން އިންޑިޔާގެ އަޅުވެތިކަމުގަ އޮތްބައެއްމީ.