މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ތެލެގޫ އެކްޓަރު ޕްރަބާސް އަނެއްކާ ވެސް ވަރުގަދަ ބޮޑު ފިލްމަކަށް ސޮއިކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި، އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތެވެ. "އަދިޕުރުޝް" ގެ ނަން ދީފައިވާ އާ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އޯމްގެ ފިލްމަކަށް ޕްރަބާސް ސޮއިކޮށްފައި ވަނީ އޭނާ އާއި ރިތިކާ އެކު ހުނަރުވެރި ޑައިރެކްޓަރު ފިލްމެއް ހަދަން އުޅޭ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"އަދިޕުރުޝް" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ސިނަމާތަކަށް ގެންނާނީ 2022 ގަ އެވެ.

މިދިޔަ އަހަރު "ސާހޯ" އިން ފެނިގެން ދިޔަ ޕްރަބާސްގެ އަތުގައި މިހާރު ވެސް ޓީ ސީރީޒްގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއޯ ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލުން ފެނިގެންދާ "ރާދޭ ޝާމް" އެވެ.

މީގެ އިތުރުން ދާދި ފަހުން އޭނާ ބަތަލާ ދީޕިކާ ޕަދްކޯނާ އެކު ކުޅޭ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.

"ކާލީ ޕީލީ" ޒީ5 އަށް ވިއްކާލައިފި؟

ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރު ލީޑް ރޯލުން ފެނިގެންދާ ރޮމޭންޓިކް އެކްޝަން ފިލްމު "ކާލީ ޕީލީ" ގެ ޑިޖިޓަލް ރައިޓްސް ޒީ5 އަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު "ބާރަތު" ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، މަގްބޫލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ކާލީ ޕީލީ" އަކީ ކުރިން ޖޫން މަހުގެ 12 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. އެކަމަކު އިންޑިއާގެ ލޮކްޑައުންއާ ހެދި ޝޫޓިން ލަސްވެ، ސިނަމާތައް ވެސް ބަންދުކުރުމުން ފިލްމު ބެލުންތެރިންނާ ހަމައަށް ނުގެނެވުނީ އެވެ. ޒީ5 އަށް ފިލްމުގެ ރައިޓްސް ވިއްކައިލި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ބޭނުން ވަނީ ސީދާ ސިނަމާގައި ކަމަށް އަލީ ކުރިން ބުނެފައި ވަނިކޮށެވެ. އަދި އެކަމަށް މަގުފަހިނުވާ ނަމަ ޑިޖިޓަލް ޕްރިމިއާއަކަށް ދާން ވިސްނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ކާލީ ޕީލީ" ޒީ5 އަށް ވިއްކައިލީ ނެޓްފްލިކްސް އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

އެކަމަކު އެ ޕްލެޓްފޯމަށް ވުރެ މަގުބޫލުކަން ކުޑަ އާދައިގެ ބަޔަކަށް ފިލްމު ވިއްކައިލި ސަބަބެއް ސާފުނުވާ ކަމަށް ބުންޏެވެ. މިކަމާ ބެހޭ ގޮތުން އަލީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ދަ ބިގް ބުލް" ގެ އާ ޕޯސްޓަރެއް

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މި އަހަރު ޕްރިމިއާކުރަން އިއުލާންކުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ބިގް ބުލް" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، އަބީޝެކް ބައްޗަނާއި އިލިއާނާ ޑި ކްރޫޒް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. ކޫކީ ގްލާޓީ ޑައިރެކްޓްކޮށްފައިވާ "ދަ ބިގް ބުލް" އަކީ ބައޮގްރަފިކަލް ކްރައިމް ފިލްމެކެވެ.

ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނިކިތާ ދައްތާ، ރާމް ކަޕޫރް، ސޯހަމް ޝާހް، ސުމިތު ވަތުސްގެ އިތުރުން އަޖޭގެ ހާއްސަ ފެނިލުމެއް ހިމެނޭނެ އެވެ.

"ދަ ބިގް ބުލް" ވެގެންދާނީ އަބީޝެކާއި އިލިއާނާ އެކީގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.

"ބިގް ބޮސް 14" ގެ އާ ޕްރޮމޯއެއް

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ފުރަތަމަ ޕްރޮމޯ ސަލްމާން ދަނޑުވެރިކަން ކުރާ މަންޒަރުތަކާ އެކު ގެނެސްދިން ދިނުމަށް ފަހު، ދެވަނަ ޕްރޮމޯ ދައްކައިލީ ސިނަމާއެއްގެ ތެރޭގައި ސަލްމާން ޕޮޕްކޯން ކާން އިންދަ އެވެ. ޕްރޮމޯގައި އޭނާ ބުނަނީ ކޮވިޑް-19އާ އެކު މުޅި ދުނިޔެ ބޮޑު ބަލިމަޑުމަކަށް ގެންދިޔަ 2020 އަށް ޖަވާބުދޭނީ "ބިގް ބޮސް 14" އިން ކަމަށެވެ.

އަންނަ މަހުގެ ފަހުކޮޅު ޝޯ ފަށާނެ ކަމަށް ބެލެވޭ އިރު، މި ފަހަރުގެ ސީޒަނުން ފެންނާނެ ބައިވެރިންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. މީޑިއާތަކުން ބުނީ ކަލާޒުން ވަރަށް އަވަހަށް "ބޮިގް ބޮސް 14" ރަސްމީކޮށް ލޯންޗްކުރާނެ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454