ޚަބަރު / ބަންދު އިބްރާހިމް ސަލީމް

ދަރުމަވަންތަ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްގައި ތިބި ބަލިމީހުންނާ ސީއީއޯއާ ގުޅުމެއް ނެތް: އައިޖީއެމްއެޗް

ދަރުމަވަންތަ ހޮސްޕިޓަލްގެ އެތެރޭގެ މަންޒަރެއް. އައިޖީއެމްއެޗުން ބުނީ ދަރުމަަވަންތައިގެ 18 ވަނަ ފްލޯގައި އެޑްމިޓްކޮށްފައި ތިބީ ސަލީމްގެ އާއިލީ ބައެއް ނޫން ކަމަށް.

ޓްރީޓޮޕް ހޮސްޕިޓަލްްގައި އެޑްމިޓްކޮށްފައި ތިބި ބަލި ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށާއި އެ ދެ މީހުންނާ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާ ގުޅުމެއް ނެތް ކަމަށް އަައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައި ދެ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ މީހުން ކަމަށް ވާތީ ކަމަށް ދޭހަވާ ގޮތަކަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ހަބަރަށް ރައްދުދީ އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ ބޭފުޅުން ކަަމަށް ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އެކަމަކު އެއީ ހޮސްޕިޓަލްގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް އެޑްމިޓްކޮށްގެން އުސޫލުތަކާ އެއްގޮތަށް ފަރުވާ ދެމުން އަންނަ ދެ ޕޭޝަންޓުން ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

"... އަދި މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަ ނުކުރާ ޕްްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތައް ކަން ފާހަގަ ކުރަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.

އެ ދެ ބަލިމީހުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ސަބަބެއް ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައި ބުނީ ކޮވިޑް-19 އަށް ފަރުވާ ކުރާ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް ސަރުކާރުގެ ބޭނުމަށް ނެގުމެވެ. އެއީ އައިޖީއެމްއެޗުން ބުނި ގޮތުގައި ޓްރީޓޮޕް ސަރުކާރުގެ ބޭނުމަށް ނެގި އިރު ވެސް އެތަނުގައި އެޑްމިޓްކޮށްފައި ތިބި މީހުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައިވާ ޕްރައިވެޓް ރޫމްތައް އާއްމުކޮށް މީހުން އެޑްމިޓްވާން ދޫކުރާ އުސޫލެއް ހަމަޖެހިފައިވޭތޯ އާއި ވާ ނަމަ އެތަންތަން ދޫކުރަން ފެށީ ކޮން އިރަކުތޯ އައިޖީއެމްއެޗުން އަދި ސާފެއް ނުކޮށްދެ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔާނުގައި ހުރި މައުލޫމާތަށް ވުރެ އިތުރަށް އެކަމުގެ ތަަފްސީލު ހޯދަން އަދި ވަގުތު ނަގާނެ ކަަމަށެވެ.

ބަޔާނުގައި ބުނީ ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ މިވަގުތުގައި ދޮގުވާހަކަ ފެތުރުމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.

32 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 3%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

211111

22 August 2020

ރައީސް ޔާ މީނުގެ ތަރައްގީ ފެނިފަ ހައިރާންވެއްޖެ

The name is already taken The name is available. Register?

އައިއޭ

23 August 2020

ދަރުމަވަންތަ ހޮސްޕިޓަލަކީ ޔާމިން ގެނެސްދިން ތަރައްގީ އެއް ނޫން.. ޔާމިން އަށްވުރެ މާކުރިން، ރައީސް ނަޝީދު ވަނީ ތިތަން ހަދަން ވިސްނާފަ

The name is already taken The name is available. Register?

ސަލާޙް

23 August 2020

އައިއޭ، ބަލަ ތި ނަޝިދު ނުވިސްނާ އެއް ކަމެއްވެސް ނެތްދޯ؟ ހޭބަލިވިޔަސް ތިވަރު ބޮޑު. ނަޝީދު ސިކުޑީގަ ވިސްނާފަ އޮތްކަމެއް ނަކަލުކޮށްގެން ދޯ ޔާމީނު ދަރުމަވަންތަ ހެދީ؟

The name is already taken The name is available. Register?

ހަކީމް

22 August 2020

ސަލީމު އަކީ ކާކު ކަން ނުއެނގޭ މީހުން މަދުވާނެ. މީނަ އަކީ އެއްވެސް ހިންގުންތެރި މީހެއް ނޫން. ބަނޑޮސް ވަހިއްދީނަށް މީނަ ވަރަށް ރަނގަޅަށް އިނގޭނެ. ސޯލިހު ސަރުކާރުގައި ލައްޖެހިފަ ތިބިމީހުން ބައިވަރު އެބަތިބި. މ.ޑ.ޕ އަކި އަބަދުވެސް މިހެން ކަންކުރާ ބަޔެއް. ރަނގަޅު ނެތް އެއްބަޔަކުވެސް.

The name is already taken The name is available. Register?

ނަދާލް

22 August 2020

މައްސަލަ އޭސީސީއަށް ލާ

The name is already taken The name is available. Register?

ވާފިރު

22 August 2020

ތީ ވަރަށް ދެރަކަމެއް..މތާ އެކަކު ވެސް ބަލި މީހާގެ ވާހަކައެއް ނޫން ދައްކަނީކީ..ނާއިންސާފުގެ ވާހަކަ ދޯ..ކީއްވެ ޕްރައިވެޓް ވޯރޑެއްގަ ނުބޭއްވެން ވީ..10 ނަރުހުން ހިސޯރު ކުރާކަށް ނުޖެހޭނެ އޭރުންނެއް ދޯ.ގައިމު މަސައްކަތް ކުރާ އެހެން ނަރުހުން ނަށްވެސް ތަންކޮޅެއް ލުއި ވާނެ ތޯއްޗެއް...

The name is already taken The name is available. Register?

ފްރަސްޓްރޭޓަޑް ނަރުސް

22 August 2020

އަޅުގަނޑުމެން އީ.އާރު ނަރުހުން މތިބެނީ ވަރުބަލި ވެގެން ގޮސް ހަލާކުވެފަ...މޮޔަވެފަ..ތިތަނުން އެއްބައި ނަރުހުންމިތަނަށް ފޮނުވަ ދެއްވާ މުނާ ސިސްޓަރ ޕްލީޒް. ތީވަރަށް ބޭއިންސާފު އިނގޭތޯ ބުރަކޮށް އުޅޭ ނަރުހުން ނަށް..ވެރިކަން ލިބުނީމަ ކަންތައް ތިކުރީ ހީކުރި ގޮތަކަށް ނޫން. މައިމޫނާ ސިސްޓަރ އެކޭ ތިވީ ހަމަ އެއްވަރު...މާފް ކުރައްވާ..ހިތުގަ އޮތް އެތިނުބުނެ ނުހުރެވުނީ

The name is already taken The name is available. Register?

އެޑްމިން

22 August 2020

ޕްރައިވެޓް ވޯޑަކަށް ލިނަމަވެސް ހަމަ ރަނގަޅުވީސް ކަންނޭނގެ..މީ ޕްރައިވެޓް ހޮސްޕިޓަލެއް ނޫން ޕްރައިވެޓް 10 ނަރުުން ގެންގުޅޭކަށް. އަޅުގަޑުމީ ތިތާ މަސައްކަތް ކުރާތާ 20 އަހަރު ވީ މުވައްޒަފެއް. އަޅުގަނޑު ގެ ގާތް ތިމާގެ މީހުން ތިބުނާ 18 ވަނަ ބުރީގަ އެޑްމިޓް ކުރެވޭނެތޯ..އެފަދަ އުސޫލެއް އިނދޭތޯ؟

The name is already taken The name is available. Register?

ނަޝީދީ ހައްޤު

22 August 2020

ވަރަށް ރަގަޅު ޥާހަކއެއް

The name is already taken The name is available. Register?

ދުނިކަމަނަ

22 August 2020

10 ނަރުހުން ވެގެންބޮޑު ފެސިލިޓީ އެއް ހިންގާ ބެލެހެހްޓޭނެ. މިކަމަކާ ހެދި އަޅގަނޑުމެންގެ އެނުއަލްލީވް ހިފަހައްޓައިފި. އަދި ލީވްގަ ތިބި ނަރުހުންޑިއުޓީ އަށް ނެރުވައިފި.ސަބަބކަށް ބުނީ ފެސިލިޓީ ތަކަށް ނަރުހުން ފޮނުވަން ޖެހެގެން ވޯރޑަށް ަނަރުހުންމަދީ އޭ..ނުވި ތާކަށް ތަންކޮޅެއް ނަރުހުންވގިނަ ވޯޑެއް އިނިއްޔާ އެތާގެ ނަރުހުން އެހެން ވޯޑު ތަކަށް ގެން ގޮއްސި. އެކަމްވެސް މިބުނާ 10 ނަރުހުން ތިބީ ނަރސްމެއިޑްސް ހައްދާފަ ދަރުމަވަންތަ ނަރސިންގ ހޯމްއަކަށް ހަދާފަ

The name is already taken The name is available. Register?

ހަފްސާ

21 August 2020

10 ނަރުހުން ވެގެން އެންމެ 2 ބަލިމީހުން އެބަލަނީ..ވާއޮ....ނޯމަލް ޕްރައިވެޓް ވޯރޑް ތަކުގައި 10 ބަލިމީހުން ބަލަން ޝިފްޓެއްގެ މައްޗަށް ތިބެނީ ދެ ނަރުހުން..މިއޮށް ނަރުހުން މަދު ވެގެން އުޅޭ އިރު..ފެސިލިޓީ ތަކަށް އެހާ ބައިވަރު ނަރުހުން ގެން ގޮސްގެން އުޅޭ އިރު ވޯޑުގަ މަސައްކަތް ކުރާ ނަރުހުން ހަމަ ގަނަ ތެޅެނީ...ކޮން އުސޫލެއްގެ ދަށުންތޯ ނަރސިންގ ޑިރެކްޓަރ މުނާ ތިިހާ ބައިވަރު ނަރުހުން ދީގެން ތިއުޅެނީ..މި ސުވާލު ނަރސިންގ ޑިޕަރޓްގައި ކޮށްށް ދެއްވާ މި ނޫހުން

The name is already taken The name is available. Register?

މައިމޫނާ

21 August 2020

އެމްމެ ދެ ބަލި މީހުނަށް 10 ނަރުހުން ތިބި ވާހަކަ ދޮގު ނުކުރީ ކީއްވެ ބާ..

The name is already taken The name is available. Register?

ރާއްޖެ

21 August 2020

ބަންދު ސަލީމަކީ ޖީ އެމް އާރ އެގްރީމަންޓް އެންމެ ރެޔަކުން ކިޔާލާފަ އަނެއް ދުވަހު ހެދުނު އޭގަ ސޮއި ކުރި މީހާ. އެ ފެންވަރު މީހުން ނަޒާހަތްތެރި ވާނެ ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454