ގއ. ވިލިނގިލި. އެރަށުގައި ހޯމް ކަރަންޓީނު އުސޫލާ ހިލާފުވި މީހަކު މިއަދު ހައްޔަރުކުރި. ފައިލް ފޮޓޯ
22 އޯގަސްޓް 2020 - 00:01
ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ހުރެފައި ހޯމް ކަރަންޓީނުގައި އަމަލުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ރަށު ތެރެއަށް ނުކުމެ އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހޯމް ކަރަންޓީނުގައި ހުރުމަށް ފަހު ރަށު ތެރެއަށް ނުކުމެ އުޅުނުކަމުގެ ތުހުމަތަށް ހައްުޔަރުކުރީ އުމުރުން 24 އަހަރުގެ ފިރިހެން ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރު ދީފަ އެވެ.
އެޗްޕީއޭގެ އުސޫލުގައި އޮންނަނީ މާލެއިން ރަށްރަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓީނުވާން ޖެހޭ ގޮތަށެވެ. އެގޮތަށް ތިބޭ މީހުންގެ ކަރަންޓީނު ނިމޭނީ 14 ދުވަހަށް ފަހު ޓެސްޓް ކުރާ އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ނަމަ އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ ގޯތި އާދަނު
23 August 2020
ކޮން ހޯމްކަރަންޓީނެއް ؟ ޕޮސިޓިވްވީމަ ބަލާ އަންނަނީ ފެތުރޭނެވަރަކަށް ފެތުރި ސަންދޯކުއަޅާފަހުން
ކިޔުންތެރި
22 August 2020
ރަށްރަށުގައި ހޯމްކަރަންޓީން އާއި ޚިލާފައުޅޭ މީހުން އެނގުނަކަސް މާލެ އާއި ހުޅުމާލެގަ މަގުތައްމަތީ އެމީ ހުން ފޯރިނަގާ ދުވަނީ
ހާމިދުބެ
22 August 2020
ދެން ބުނާނެ މިހެން އުޅުން ބަހައްޓާފައިވެސް ޝަކުވާ ކުރާނީ އެޗްޕީއޭ އައިސޮލޭޝަންއޭ ފަޅޮލޭކިޔާ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ވެކްސިނެއް ލިބެންދެން އެ ގައުމެއްގައި އުޅޭ އެންމެންގެ އެއްބާރުލުން ނުލިބި އެއްވެސް ގައުމަކަށް ބަލީގެ މައްޗަށް ކުރި ނުހޯދޭނެޔޭ. އެހެންވީމަ ވަކި މީހެއް، ވަކި މުއައްސަސާއެއް ކިޔާނެ ކަމެއް ނެތް. އެންމެން އެޗްޕީއޭގެ ގައިޑްލައިނަށް އުޅެވޭތޯ ބަލާ. އެނޫންގޮ ގޮތެއް ނެތް ދުނިޔޭގެ އެއްވެސް ގައުމަކަށް.
ޗޮކްސީ
22 August 2020
ހަމަ އެގޮތައް މިއީ ނުރައްކާތެރި ބައްޔެއްކަމާ މިބަލިފެތުރެނީ ޖަމާއަތްހަދައގެން އުޅުނީމަކަމުގައި ދެކިގެން މީހުން އެއްވާ ޕާކުތައް ވަގުތުން ބަންދުކުރުން ވަރަށްމުހިއްމު.. މިއުޅެނީ ބޮޑުކާރިޡާއަކުން އަރައިނުގަނެވިގެން.. ޕާކުތައް ބަންދުކޮއްދެއްވާ އެޗްޕީއޭ!!!
ކުރުކުރު
22 August 2020
ބަލަ ވެންޓިލޭޓަރު ގަންނަންވާގޮތްވެސް އެބައޮވޭ ގަވައިދުގަ، އެކަމަކު އެހެނެއްނޫން ގަނެފަހުރީ، ދެން ފަރުދީ ޒިންމާއޭކިޔާފަ ލޯމަރައިގެންތަ ތިބެންވީ.