އެމްޑީޕީގެ މަޖިލިސް މެމްބަރު(ކ-ވ) އިބޫ، އީވާ އަދި ފައިސަލް.-- ފައިލް ފޮޓޯ
26 އޮކްޓޯބަރ 2016 - 15:14
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ޕާޓީތަކުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެމްބަރަކު ޕާޓީތަކުގެ ދަފްތަރުން ވަކިކުރިކަން މަޖިލީހަށް އެންގީ، އިނގިލީގެ ނިޝާން ހަމަކުރަން ދިން އެއް މަސް ދުވަހުގެ މުއްދަތުގައި އެކަން ކުރައްވާފައި ނުވާތީ ކަމަށެވެ.
އިބޫ އާއި އީވާ އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ދެ މެމްބަރުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ ރައީސް އަހްމަދު ސުލެއިމާން ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އިބޫ އާއި އީވާ އަދި ފައިސަލް ޕާޓީތަކުގެ ދަފްތަރުން އުނިކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް، ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.
މި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ.
މި އިސްލާހާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލައިފަ އެވެ. މި ބަދަލާއެކު އެންމެ ބޮޑު އެމްޑީޕީގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ވަކިވެ، މެމްބަރުންގެ އަދަދު ވަނީ 27،000 އަށް ދަށްވެފަ އެވެ. އެ ޕާޓީގައި ކުރިން 46،000 މެމްބަރުން ތިބެ އެވެ.
މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި، އޮތީ 37،000 މެމްބަރުންނާ އެކު ޕީޕީއެމް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
27 October 2016
އަޅުގަނޑު ވަރައް އެދެން މިނިވަން މުއައްސަސާ ތަކުން އެއްވެސް ބޭފުޅަކު ތަކުލީފު އުފުލަން ޖެހޭގޮތްގޮތައް ކަންކަން ނުކުރުން ތިގޮތައް ކަންކުރާއިރު ތިމާކުރާ ކަންކަން ފޮތުގަ ލިޔެވޭކަން ހަނދާންބެހެއްޓުން އޭރުން ދުނިޔެއާ އާހިރަތް ބާއއޖަވެރިވެ ތިބާމެންގެ ދަރިންގެ ކިބައިގަ ރީތި އަހުލާގު ހުންނާނީ ކާކުތޯ ބޭނުންވާނީ އެމީހެއްގެ ދަރިން ކިޔަވާ ބޮޑެތިވެ މަކަރާ ހީތަތުގެ ތެރެއިން ނިމިހޮސް ﷲ ގެ ދަރުބާރާ ކުރިމަތިލާން ވީމާ މިފަދަ ނާތަހުޒީބު ކަންކަން ނުކުރާތި
އައްދު
26 October 2016
އަޗާ... އަޖޭ ޕިޝުން ކިޔާފަ ޕަންޗޯޅީ މަރާލީ... ފިލްމެއް ދޯ މިއީ؟ ޅަކުދިންނަށް ވުރެ މި ސަރުކާރުގެ ކަން ނުބައި!!!
އަޑީބް އެންޑް ބަދީއް
26 October 2016
ހައިކޯޓަށް އަވަހަށް މައްސަލަ ހުށައަޅާ.
ވިލި
26 October 2016
الحمدالله
މައުލާނާ
26 October 2016
މިތިން މީހުން ވޯޓް ދޭނީ ކާކަށްބާ !
ވެރިމީހާ
26 October 2016
ރާވާލައިެގން ކުރާކަމެއް ދެއްތޯ!!!
އަވައްޓެހި
26 October 2016
ގޯތި ކުދިންގެ ނަންވެސް ނެތީ؟ އެކަމަކު އިލެކްޝަންސް ތީ ތަންކޮޅެއް ބޮޑުވަރު
modaf
26 October 2016
ތިވަރުންވެސް ރީކޯ މޫސަ އެމްޑީޕީއިން ވަކިނުވޭތަ. ގައިމު އިބޫމެންގެ ނެތް އެއްޗެއްވިއްޔާ އޭނގެވެސް ނޯންނާނެ. އެއްދުވަސްވަރެއްގަ ސޮއިކުރި މީހުންވިއްޔާ. ސުލޭ މެންގެ ކަންތައް މިހާރު މިދަނީ މާމައްޗަށް. ޜީތިގޮތަކަށް ނިމިގެންދާނެ ބައެއް މިއީ.
އައްޑޫ ރަދުން
26 October 2016
ޓަސްލާފަ މި މައަސަލަތައް ކްރިއޭޓް ކޮއްގެން މިއުޅެނީ ޕާޓީތަކަށް ދޭލާރިގަނޑުގެ ބޮޑުބައެއް ވަކިބަޔަކަށް ދޭންހެން ވަރަށް ހީވޭ...
ރ.މޫސަ
26 October 2016
ޅިޔަން ބެއާ އެންޑީޕީ ހަވާލު ކުރަނީ ކޮން ދުވަހަކުން