ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓާފައި: އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރަން ވަނީ ލާޒިމްކޮށްފައި -- ފޮޓޯ/މިހާރު
04 ސެޕްޓެމްބަރ 2020 - 13:47
ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮޮށް، ރަޖިސްޓަރީ ނުކުރާ އެފަދަ ވިޔަފާރިތައް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ސަރުކާރުން މިއަދު ގަވައިދެއް އެކުލަވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް އަދި އަންނަ މަހުން ފެށިގެން އަމަލުކުރާ، އެ ގަވައިދު ބުނާގޮތުން، ތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. މިހާރު ހިންގާ އެފަދަ ވިޔަފާރިތައް ވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވެ އެވެ. އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް އާ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ގަވާއިދު ބުނާގޮތުން، ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ގަވާއިދު ބުނާގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ. އެ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އެފަދަ ގަވާއިދެއް ހެދީ މާލެތެރޭގައި ބިދޭސީންނާއި އަމިއްލަ ބައެއް ފަރާތްތަކުން ތަކުރާރީ އާއި މޭވާ ވިއްކަން ޚާއްސަ މާރުކޭޓްތައް ހަދައި، އެފަދަ ތަކެތި ވިއްކަމުން ދަނިކޮށެވެ. އެއީ މާލެ ސަރަހައްދުގައި ބިދޭސީންގެ ފަރާތުން ފެންނަ އެންމެ ބޮޑު އެއް މައްސަލަ އަކަށް މިހާރު ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒާނާ
05 September 2020
ސޭޓުން ނަށް އެތިބެނީ ގަވާއިދާ ހިލާފް ބިދޭސީން ނެވެ. އެކަން ވަގުތުން ހުއްޓުވަ ބަލާށެވެ.
ގީސް
05 September 2020
ބޭރުފައިސާ ގަނެވިއްކާ ތަންތާގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭގޮތްހަދާ. ކޮންގައުމެއްގަތަ ބިދޭސީން މިފަދަ މަސައްކަތުގައި އުޅެނީ. މިފަދަ މަސައްކަތް ކުރާނެ ދިވެހި ކޭޝިއަރުން ލިބޭނެ. ދެންބުނޭ ދިވެހިންނޭ އަޑީގަތިބެނީ. ޢެގޮތަށް އަޑީގަތިބެވެނީ ބިދޭސީންނަށް މި މަސައްކަތުގައި އުޅެވޭނެގޮތަށް އުސޫލު އޮންނާތީ.
ފިނޑިކަން
05 September 2020
މިހާރުހުރި އިކޮނޮމިކް މިނިސްޓަރުގެ ބޮޑުވަރިހަމަ ކަމުގެ ސަބަބުން ކަންކަމެއް ނުހިންގޭނެ އޭނަޔަށް ހެވޯ ބޭރު ކޭޝިޔަރުން ތިއްބަސް
ގަޓް ބްރޯ
05 September 2020
ރާއްޖޭގަ ގާނޫނާ ގަވައިދު ހަދައިގެން ކަމެއް ވާނެނަމަ ނުވާނެ އެއްކަމެއްވެސް ނެތް. އެކަމަކު ދެރަކަމަކީ ކަންކަން ބަލާ ފިޔަވަޅުއަޅަން ތިބޭ ބައެއްގެ ކޮރަޕްޓް ކަމުން ރައްޔިތުންނާ ގައުމަށް ފައިދާއެއް ވާގޮތަށް އެއްކަމެއްވެސް ނުވާކަން. ހުރިހާ ފައިދާއެއްވަނީ ގާނޫނާ ގަވައިދު މުގުރާމީހުންނަށާ ކަންކަން ބެލުމުގެ ނަމުގަ އުޅޭ ބަޔަކަށް. ގަބޫލުކުރަން ދައްޗަސް ހަގީގަތަކީ މިއީ!
ޙަސަންދީ
05 September 2020
ތިހެއްދެވި ޤަވާޢިދު ފަދަ ދެވަނަ ޤަވާޢިދެއް ވަރަށް އަވަހައް ބޭނުންވާ ދެވަނަ ކަމަކެއްވެސް އެބައޮތް، އެއީ ބޭރުފައިސާ ގަނެ ވިއްކުން މިހާރު ރާއްޖޭގެ ބޭރުފައިސާގެ މާކެޓް އޮތީ ބަގުލަދޭޝް މީހުންގެ އަތްމަތީގައި މިއީ އަވަސް ފިޔަވަޅެއް އަޅަން ޖެހިފައިވާ ބޮޑު މައްސަލައެއް.
ޙަސަންދީ
05 September 2020
ލޯކަލްމާރުކޭޓް ސިޓީކައުންސިލުން މިހާރު ރެގިއުލޭޓްކޮށް ބަލަހައްޓަމުންދާ އުސޫލުން، ބޭރުމީހުން މާލެތެރޭގައި ޤަވާޢިދާ ޚިލާފަށް ހިންގަމުންގެންދާ މާރުކޭޓްތައްވެސް ތިހެއްދެވި ޤަޢިދާ އެއްގޮތައް ބެލެހެއްޓިއްޖެނަމަ ޢިންޝާﷲ ދިވެހީންނަށް އިތުރު ނަފާ ލިބި އިގުތިސާދުގެ ތެރެއިން ބޭރުވެގެންދާ ފައިސާ މަދު ވާނެ ..
ނޫނޭ ނޫނޭ
05 September 2020
ތިޔަހެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ. ރަޖިސްޓްރީ ކުރަން ޖެހޭނީ ހަމައެކަނި ގޭގައި ކާތަކެތި ހަދައިގެން ވިއްކާ މީހުންގެ އެކަނި. މީ ގައިމު އަރަތެއްނު!! ނިކަން ބަލާބަލަ މާލޭގެ އެތަން މިތާގަ އެތިބެނީ ކުދި ކުދި ގޮޅި ގޮޅި ހަދައިގެން މާރުކޭޓް ހަދައިގެން. މޮނިޓަރ ކުރުމުގަ އެޗް.ޕީ.އޭ ފެއިލް ވެފައި ބޮޑު ތަނުން.
ދެތަ
04 September 2020
ބަންގާޅީން ބޯޓުތަކުން ގެންނަ ހުރިހާއެއްޗެއް މިކޮޅުގަ ހުންނަ އެޖެންޓްނަގާފަ ބޮޑުއަގިގައި ވިއްކަނީ ދިވެހިންނަށް.
ދެރަ
04 September 2020
ތަންފީޒު ނުޖުރެވޭ ގާނޫނު ހެދުމުން ގެއްލުންލިބެނީ އެގަނޫނަށް ތަބާވާމީހުންނަށް. ޢެހެންމީހުންނަށް އެއީ އޮތްގާނޫނެއްނޫން.
ތުންބިބީ
04 September 2020
ޖޫރިމަނާ ކުރާނެ ކަމެއްހޯދީތާ ޕިސް ޕިސް ޕިސް