ޚަބަރު / ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ދޭންޖެހޭ ދާއިރާތައް އިތުރުކޮށް، ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެެވަޑައިގަންނަވަނީ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މިއަދު ފާސްކުރި.

މިނިމަމް ވޭޖް ބޯޑުގެ ނަމުގައި އުފައްދާ ބޯޑެއްގެ ލަފަޔާ އެކު، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް އޮންނަ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްކުރީ އެ ބިލް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ބިލު ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މިއަދު ފާސްކުރި އިރު އެ ރިޕޯޓަށް ވެސް މެމްބަރުން ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން ގިނަ އިސްލާހުތަކެއް ވެސް ރިޕޯޓާއި އެކު ފާސްކުރި އެވެ. އިސްލާހުތަކާ އެކު ރިޕޯޓް ފާސްކުރީ މަޖިލީހުގައި މިއަދު ބޭއްވި މިދައުރުގެ އެންމެ ފަހު ޖަލްސާގައި 55 މެމްބަރެއްގެ ވޯޓުންނެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި މިނިމަމް ވޭޖް ކަނޑައަޅަން ހުށަހަޅާފައި އޮތީ ހަތް ދާއިރާއަކުންނެވެ. އޭގެ ތެރެއަށް ކޮމިޓީން ވަނީ ދެ ދާއިރާއެއް އިތުރުކޮށްފަ އެވެ. އެހެންވެ މިއަދު ފާސްކުރި އިސްލާހާ އެކު މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ މައިގަނޑު ނުވަ ދާއިރާއެއް އެބަ އޮތެވެ. އެ ދާއިރާތަކުން މިނިމަމް ވޭޖް ކަނޑަައަޅަން ފާސްކުރި ބިލްގައި އޮތީ އަންނަ އަހަރުން ފެށިގެންނެވެ.

މިނިމަމް ވޭޖް ކަނޑައަޅަަން ސަރުކާރުން ހުށަހެޅި ދާއިރާތައް

1- މަސްވެރިކަމާއި ދަނޑުވެރިކަން

2- ޓޫރިޒަމް

3- ކޮންސްޓްރަކްޝަން

4- ޓްރާންސްޕޯޓް

5- ސިއްހީ ދާއިރާ

6- ތައުލީމީ ދާއިރާ

7- ކުދި އަދި މެދު ފަންތީގެ ވިޔަފާރި

މީގެ އިތުރަށް ހިމަނަން ޖޮއިންޓް ކޮމިޓީން ހުށަހެޅީ އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނުމަށެވެ. މިއަދު ބިލް ފާސްކުރީ އެ ދެ ދާއިރާ ހިމަނައިގެންނެވެ.

މިއަދު ފާސްކުރި ބިލްގައި މިނިމަމް ވޭޖާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށާއި ބޯޑަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އެގޮތުން ކުންފުންޏެއްގެ މުވައްޒަފުންނަށް ދޭ މުސާރައާ ބެހޭ ގޮތުން މިނިސްޓަރު ނުވަތަ ބޯޑުން ހޯދަން އެދޭ މައުލޫމާތެއް ނުދީފި ނަމަ 5،000،ރ އިން ޖޫރިމަނާކުރުމުގެ ބާރު ވެސް ބޯޑަށާއި މިނިސްޓަރަށް އޮންނާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މި ބިލް ހުށަހެޅުއްވި ދުވަހު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމާފައި ވަނީ 4000ރ. އާއިި 8000.ރ އާ ދެމެދުގެ އަދަދުތަކުން ކަމަށެވެ.

15 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 2%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯޓު

10 September 2020

މިސަރުކާރުން ވެސް އުޅެނީ މަހުޖަނުންގެ ދަށުވެގެން މީދެންއަރަތެއް ވެރިކަމަށް އަރުވައިދެނީވެސް ބާލުވަނީ ވެސް ރަށްޔިތުންގެ ވޯޓުން

The name is already taken The name is available. Register?

ރަށްޔިތު މީހާ

10 September 2020

ރަށްޔިތުންގެ ވޯޓުން ވެރިކަމަށް އައީ ރަށްޔިތުންނާ ދެކޮޅަށް ހުރިހާ ކަމެއް ނިންމަންތޯ މިރާޖޭގަ ކޮބާތޯ މިނިމަމް. ވޭޖުގެ ގޮތުގަ ކަނޑައަޅާނެ ކަމައް ވައުދުވީ 10000ރުފިޔާާ މަހުޖަނުން ދެކެ ބިރުން ތޯ އެކަންނުވެ ގެން ތިއުޅެނީ މިރާއްޖޭގަ ވެރިކަން ބަދަލުކުރުމުގެ ބާރު އޮތީ އަދި އޮންނާނީ ވެސް އެންމެ ނިކަމެތި މީހާވެސް ހިމެނޭގޮތަށް ރަށްޔިތުންގެ އަތްމަތީގަ ކަން މިހާ އަވަހަށް ހަނދާން ނެރުނީ ތޯ

The name is already taken The name is available. Register?

ރަދުން

07 September 2020

ގަމާރުންގެ މަޖިލިސްއެއް.

The name is already taken The name is available. Register?

ނަންރީތި ައލީ

07 September 2020

2އަހަރު ނިމިއްޖެ ހަމަ އެކަނި އިވެނީ މިނިމަން ވޭޖް ކިޔާ އަޑު. ފުރަތަމަ ތި ކިޔާ މިނިމަން ވޭޖެއް ފާސްކޮށްފަ އޭގެ ފަހަށް ޖޫރީމަނާ ކޮށްބަލަ.

The name is already taken The name is available. Register?

އިކްލީން

07 September 2020

އެގާނޫނު ނުކިޔާތި ނޭނގުނަސް

The name is already taken The name is available. Register?

ދިޔަވަތް

06 September 2020

ކޮންތާކު ހުރި ފައިސާއަކުންތޯ ދޭނީ ނެތޭ އިނގޭތޯ

The name is already taken The name is available. Register?

ގައުމީދޫ001

06 September 2020

މާލީ ދާއިރާ ، މެރިޓައިމް ދާއިރާ ފެތެނީ ކޮން ގިންތިއަކަށް؟

The name is already taken The name is available. Register?

ކަރުކެހި

06 September 2020

ކީއްވެގެންތޯ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެވާހަ ޖަހަންނޭގުނީ އެބޭފުޅުންނަކީ އުޖޫރަހައްގުވާބައެއް ނޫންދޯ ދޯހަޅިބަޔަކު ތިބެގެން މުޅިގައުމު ހަލާކުކުރަމުން މިދަނީ ދައުލަތެއް ހިންގަންނޭގުނު ބަޔަކައް ދެވޭނީ ކޮންއުޖޫރައެއްތޯ؟؟؟

The name is already taken The name is available. Register?

ބޭނުމަކީ

06 September 2020

ބޭނުންވަނީ އަވަހަށް މިކުރި ކަންތައް ކުމުނުދާކަމަށްދައްކަން، އޮތްއެއްޗެއްކިޔާނެކަމެއްވެސް ނެތް ނެގެޓިވް ކޮމެންޓެއްކުރެވޭތޯ ބަލާ؟

The name is already taken The name is available. Register?

އާރީ

06 September 2020

65 މެންބަރުން އަގުލަބިންޔަތު އޮތީމަ ކުރިން ސެޓްފިކަޓަކާއި ނުލާއި ނެގެން އޮތް 30 ދުވަސް 15 ދުވަހަށް ބަދަލު ކުރީ. މީ ރަށްއިތުން ނަށް ހެޔޮއެދޭ ސަރުކާރުން ކަންތައް ކުރާނެ ގޮތެއް ނޫން.

The name is already taken The name is available. Register?

ރަބަރު

06 September 2020

ކަމެއް ކުރަން ކުރީ. ތިއަކަށް އެންމެދަށް އުޖޫރަ ކަނޑައެޅުމޭ ނުބުނާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454