ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

އަބްދުއްރަހީމް 9 މިލިއަނަށް ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އަލުން ބަލަނީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަދުރޭ ވާހަކަދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބަލަން ނިންމައިފި އެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރި ރެހެންދި-6 އިން އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާގަ އެވެ.

ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ އޭރު އާއްމުވި އެވެ. އެ ސިޓީގައިވާ ގޮތުން ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ވިއްކާފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ.

އަބްދުއްރަހީމް ވަނީ ދެ ފްލެޓު ބައްލަވައިގެންނެވި ކަމަށް މީޑިއާގައި އޭރު އެއްބަސްވެވަޑައިގެންފަ އެވެ.

މި މައްސަލައަކީ ކުރީގެ ސަރުކާރުގައި އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން ތަހުގީގުކޮށް ކޮރަޕްޝަން ނެތް ކަމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލައެކެވެ. އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރި ރެހެންދިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި އަގު ބޮޑު ފްލެޓެއް ބައްލަވައިގެންފައި ވަނީ ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.

އޭރު ނިންމީ މިކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ.

މި މައްސަލަ އަލުން ބަލަން ނިންމީ، އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅަށް ތަހުގީގު ގެންގޮސްފައި އޮތް ކަމަށް ނުބެލޭވޭތީ އަލުން ބަލަން ޖެހޭ ކަމަށް ކޮމިޝަނަށް ފެނިގެންނެވެ. މައްސަލަ އަލުން ބަލަން ތަހުގީގު ޓީމަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އޭސީސީން އަންނަނީ ކުރިން ބަލައި ކޮރަޕްޝަން ނެތް ކަމަށް ފައިލްކޮށްފައިވާ ބައެއް މައްސަލަތައް އަލުން ބަލަމުންނެވެ. އެއީ، ކޮމިޝަނުން ބުނެފައިވާ ގޮތުގައި ބޮޑެތި މައްސަލަތަކެއްގައި ކޮރަޕްޝަން ނެތް ކަމަށް ކަނޑައަޅާފައި ވަނީ އެންމެ އެކަށީގެންވާ ވަރަށް ބެލުމަށް ފަހުގައި ނޫން ކަަމަށް ބެލެވޭތީ އެވެ.

އަބްދުއްރަހީމް ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި ކުރިން އޭނާ އަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ނުވަ މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ދެ ފުލެޓް ބައްލަވައިގަތީ ކިހިނެއް ހޯއްދެވި ފައިސާއަކުންތޯ ބަލަން ޖެހޭ ކަމަށާއި ދެ ދައުރު މަޖިލީހުގައި އުޅުއްވި ބޭފުޅަކަށް އެ އަދަދު ހަމަނުކުރެއްވޭނެ ކަމަށް ވެސް ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަބްދުއްރަހީމް ވަނީ ފްލެޓް ބައްލަވައިގެންނެވި ގޮތް ހާމަކުރައްވަން މީޑިއާގައި ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ މެމްބަރުކަމުގެ އިތުރުން އާމްދަނީ ހޯދަން އިތުރު ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

"ގެޔަށް ވަންނަ ވަރުގެ އެއްޗެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އަށް ތުހުމަތު ކުރަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވާތީ ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

35 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 2%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސްޓަރ ޓިނޭ

28 January 2022

ބާޓިނު ވިއްކައިގެން ގަތް ފުލެޓް އެއް ތޯއްޗެކެވެ

The name is already taken The name is available. Register?

ހަރީރާފުޅު

09 September 2020

ލާމުއަތަޅުގައި ތެލުގެ ވިޔަފާރީގެ 85% ކޮންޓްރޯލް ކުރައްވަނީ ޓިއަދުރޭ ކަމަށް އަތޮޅު ރައްޔިތުން ބުނެއުޅޭ.

The name is already taken The name is available. Register?

ކޮސްގޮވާ

08 September 2020

ލަސްނުކުރައްވާ އަހަރެމެން އާސަރުކާރެއް ގެނެއީ ހިންގާފައިވާ ކަރަޕްޝަން ބަލާ ފިޔަވަޅުއަޅަން.

The name is already taken The name is available. Register?

1828

09 September 2020

އަޅުގަނޑުވެސް ވޯޓް ދީގެން ގެނައި ސަރުކާރު އޮތީ ކޯމާއެއް ގައެވެ.

The name is already taken The name is available. Register?

ސާދިޔާ

08 September 2020

ވައިގަދަވާ ކޮންމެ ފަހަރަކު މައްސަލަ ބަލާކަމަށް އޭސީސީން ބުނޭ.. ވާކަމެއް ނޯވޭ. ރައްޔިތުން މިހާރު ތިއިން އެއްވެސް މުއައްސަސާއަކަށް އިތުބާރެއް ނުކުރޭ

The name is already taken The name is available. Register?

ޝުކުރިއްޔާ

08 September 2020

އޭސީސީ. މި ފަހަރު ތި މިނިވަން މުއައްސަސާއިން ވާނެ ޕީޕީއެމް އިނދަޖައްސާލަން

The name is already taken The name is available. Register?

ލޭބޯ

08 September 2020

ޕޮލިޓިސް ޑާޓީ ގެ ތެރެއަށް ދުވަހަކު ނުވަންނާނަ މެވެ.

The name is already taken The name is available. Register?

ހަލާލު ފައިސާ

08 September 2020

ނުހައްގު މުއްސަދި ކަމުގެ ޤާނޫނުގެ ބާރު އެންމަން ހަމަހަށް ހިންގަވާދެއްވާ.

The name is already taken The name is available. Register?

ތެޔޮ ވިއްކާ

08 September 2020

ބެދެން ޖެހޭނެ އެވެ.

The name is already taken The name is available. Register?

ފިރާސް

08 September 2020

އޭސީސީ ވެރިންނަށް ޔަގީންވަނީ ކުރީސަރުކާރު އިސްމީހުންގެ މައްސަލަތައް އަލުން ބަލައި ހެދުމުން މަގާމް ޔަގީން ކަށަވަރު ވާނެކަން.. މިސަރުކާރު ކަންކަން ފޮރުވަނީ. މިސަރުކާރަށް ނިސްބަތްވާ މައްސަލަތައް ވެއްދިޔަސް ބަލަނީކީނޫން..ސަރުކާރު ވެރިންގެ ރުހުން ހޯދަން ކުރާކަންކަންތީ..

The name is already taken The name is available. Register?

ޑޖދބ

08 September 2020

ކުރީގެ އޭ ސީސ ސ ސީ މައްސަލް ނެތް. ޟި އޭސީސީ މައސަލަ.ދެން އަންނަ ވެރި ކަމެއްގަ އަނެތްކާ ނޭގެ ކޮން ގޮތަކަޢް ކަމެއް ބަދަލހ މިވަނީ ކޖނިވަނޭ ކިޔާފަ ލާ ޕާޓީ ފިކިރުގެ މެންބަރހން އެކަނޖ މައްްސަލަ ބަލާ މީހުން ހަމަ އެއްބައެއް. ޟިވާ ގޮތެއް ނޭންގުނު. މިހެންވީމަ ނިންމާ ނިމއނުމަށް އެއްވެސް އިތުބާރެއް ނެތް.މައްސަލައެއް އަލުން ރިވިއު ކުރެވޭނެ ގޮތެއް އޮންނަން ވާނެ.އެކަމަކު އެއީ މެންބަރުން އަތްމަތީ އޮންނަ ގޮތެއކަމް ވެގެން ނުވާނެ.ހެޔޮ ކޯޓް ގޮތް ކަނޑަ އެޅއަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454