ރުބެއްލާ ނައްތައިލެވުނުކަމުގެ ސެޓްފިކެޓް އެޗްޕީއޭއާ ހަވާލުކުރުމުގެ ރަސްމިއްޔާތު.
10 ސެޕްޓެމްބަރ 2020 - 14:42
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ތައުރީފުކޮށް ސެޓްފިކެޓެއް މިއަދު ދީފި އެވެ.
ރާއްޖެއިން ރުބެއްްލާ ނައްތައިލެވިފައިވާކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް ވެރިފިކޭޝަން ކޮމިޓީން ނިންމީ މިދިޔަމަހު އެވެ. އެ ބަލި ނައްތައިލެވިފައިވާކަން އޭރު އިއުލާންކޮށް، ރާއްޖޭގެ ކާމިޔާބީ ފާހަގަކޮށް މިއަދު ދިން ލިއުމުގައި ބުނީ އެ ކާމިޔާބީ ހާސިލުކުރެވުނީ ސަރުކާރުގެ ވަރުގަދަ ލީޑަޝިޕާއި މަސައްކަތުން ކަމަށެވެ. އަދި އެއީ ރާއްޖޭން ޑަބްލިއުއެޗްއޯ އާއި އެ ޖަމާއަތުގެ ބައިވެރިންނާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވި އެއްބާރުލުމާއި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތާ އެކު ހާސިލުވި ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.
"ދިވެހި ސަރުކާރުގެ އަދި ވަކިން ހާއްސަކޮށް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މި ކާމީޔާބީ ޑަބްލިއުއެޗްއޯން ބަލައިގަންނަނީ ވަރަށް އިހުތިރާމަކާ އެކުގަ އެވެ. އަދި އާއްމު ސިއްހަތުގެ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ މި ކާމިޔާބީއަށްޓަކައި ރާއްޖެއަށް މަރުހަބާ ކިޔަމަވެ،" ޑަބްލިއުއެޗްއޯއިން ދިން ލިއުމުގައިވެ އެވެ.
WHO recongises Maldives for eliminating endemic rubella virus infection during the 73rd Regional Committee.
— Health Protection Agency (@HPA_MV) September 10, 2020
Maldives is one of the first countries in the region to achieve measles and rubella elimination 3 years ahead of the regional target. pic.twitter.com/zPCVq1dUiG
ރާއްޖެ އިން ރުބެއްލާ ނައްތައިލަން ކުރި މަސައްކަތްތަކުގެ ތެރޭގައި އެ ބަލިން ދިފާއުވާން ދޭ ވެކްސިން 2007 ވަނަ އަހަރުން ފެށިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމާއި އެކަމުގައި ޒުވާނުންނަށް އިސްކަން ދިނުމަކީ ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ބަލި ނައްތައިލެވުނު އެއް ސަބަބެވެ. ގިނަ ގޮންޖެހުންތަކަކާއި އެކުގައި ވެސް އެ ބަލީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ލެބޯޓްރީ ޓެސްޓްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔަ ސަވައިލެންސް މަސަައްކަތްތަކަކީ ވެސް ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
ރުބެއްލާއަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި ޖެހޭ މީހުންގެ 50 ޕަސެންޓު މީހުންނަށް، އެ ބަލި ޖެހިފައިވާ ކަން ވެސް ގިނަ ފަހަރު ނޭނގެ އެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހި ނަގައި ރަތްވާނެ އެވެ. ނަމަވެސް އެ އަލާމާތްތައް އާންމުކޮށް ފެެންނާނީ، މި ބައްޔަށް ހުށަހެޅޭތާ ދެ ހަފުތާ ފަހުންނެވެ.
ރުބެއްލާގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑެވެ. އެގޮތުން ބަނޑުގައި އޮންނަ ކުއްޖާ ބައިގެންދިއުމާއި ދަރިފުޅަށް ކޮންޖެނިޓަލް ރޫބެއްލާ ސިންޑްރޯމް (ސީއާރްއެސް) ޖެހުން އެކަށީގެންވެ އެވެ. އެހެންވެ ބަލި ޖެހޭ ކުދިންްގެ ކިބައިން އުފަންވުމުގައި ހުންނަ އައިބުތައް ފެނެ އެވެ. އޭގެ ތެރޭގައި ލޮލަށް ނުފެނުމާއި އަޑު ނީވުމާއި ހިތަށް އަދި ސިކުނޑިއަށް ދިމާވާ މައްސަލަތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަސްލަމްޓޭ
11 September 2020
ރުބެއްްލާ ނައްތައިލެވިފައިއެއް ނުވޭ......
ކޮމެންޓޭ1
10 September 2020
ކޮންމެ ކަމެއްގަ ހެލްތު މިނިސްޓަރީގެ ޕީއެސް ފޮޓޯ އަށް އަރާ ހުންނަން ޖެހެނީ ކީއްވެބާ. މަހީކުރީ ޕީއެސް އަކީ ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ މީހާކަމަށް ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލަށް ތިޔާ ހަވާލު ނުވެވުނީ ކީއްވެބާ
ސާމި
11 September 2020
ހާދަ ޖޭ ތިވަނީ....މިނިސްޓުރީގައި އުޅޭ ކުދިންދޯ... ބަލަ މަމިއީ މިހާރު މިނިސްޓުރީގެ އެންމެ މަތީ މަގާމުގައި ހުރިމީހާ....ހަމަ ވަޒީރެއް
ޖުވޭ
10 September 2020
ސާބަސް ޓީމް ހެލްތު
ޒާއީމްް
10 September 2020
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހިމެނޭ ފުރިހަމަ ދަފްތަރެއް އެކުލަވާލާ، އެކުދިންނަށް ވެކްސިންގެ ދިނުމުގެ ގައުމީ ޕްރޮގްރާމެއް ފަށާފައިވަނީ މިދިޔަ އަހަރު ފަހު ކޮޅު ހެލްތު މިނިސްޓަރު އަމީން. ކުރީގައި ކަރުދާސް ގަނޑެއްގައި ނޯޓު ކޮށްފައި ވެކްސިން ޖަހާ ފޮނުވާލީމަ އެ ކަރުދާސް ގެއްލިއްޖިއްޔާ ވެކްސިން ޖެހި މީހެއް ނުޖެހި މީހެއް ނޭނގެ. މިހާރު ދަފްތަރެއް ގާއިމުވެގެން ދިޔައިމަ މިކަންވެސް އިތުރަށް ހަރުދަނާވާނެ ކަމަށް ގަބޫލުކުރަން.
ނޫސްބަލާމީހާ
10 September 2020
މަ ބުނީމެއްނު މިހާރަކަށް އައިސް ކޮންމެ ދުވަހަކު ނޫސް ހުޅުވާލިއަސް ފެންނަނީ ހެލްތު ދާއިރާއިން ހާސިލު ކުރަމުންދާ ކުރި އެރުންތަކުގެ ވާހަކައޭ. ސާބަސް ހެލްތު މިނިސްޓަރު އަމީން، ސާބަސް ރައީސް އިބޫ، ސާބަސް އެންމެހައި ސިއްހީ ހިދުމަތްތެރިން. އިރާދަކުރެއްވިއްޔާ ހެލްތު ދާއިރާގެ މިސްރާބު ހިފާފަ ހުރީ އިންގިލާބީ ބަދަލަކާ ދިމާއަށް.
ޒިޔަތު ބުރާންޗު
10 September 2020
ޑަބްލިއުއެޗްއޯ ފަރާތުން ޑރ.އަރްވިންދު ވާހަކަ ދެއްކީމަ ތި ވާހަކަ ވާނެތޯ އަނެއްކާ ‘ރަސްމީ’ ވާހަކައަކަށް؟ އެހެން މި ބުނީ ވެންޓިލޭޓަރު މައްސަލައިގައި ޑަބްލިއުއެޗްއޯ ފަރާތުން އަރްވިންދު ދެއްކި ވާހަކައަކީ ނުރަސްމީ ވާހަކައެއް ކަމަށް ބުނާތީ.. ހެހެހެ
ޖާހިލިއްޔަތު
10 September 2020
ތި ކަހަލަ ކްރިޓިކަލް ސުވާލު ކުރަން އެނގޭނީ ކްރިޓިކަލް ތިންކިންގ އަށް މޮޅު މީހުން.، ވިސްނަން ނޭނގޭ ބައެއްގެ ތެރޭގައި ދައުރުވާނީ ޖާހިލުންގެ ބަސް
ޒިޔަތު
10 September 2020
ބުނަންތަ ވާހަކައެއް. ޑަބްލިޔު އެޗް އޯ އަކީ ވިޔަފާރި ކުންފުންޏެއް ނޫން. ޑަބްލިޔުއެޗް އޯ އެއް ނުބުނާނެ ވަކި ބުރޭންޑެއްގެ ވެންޓިލޭޓާއެއްގެ ވާހަކައެއް. ޑަބްލިޔު އެޗް އޯ އެއް ނުބުނާނެ ވަކި ބުރޭންޑެއްގެ ބޭސް ބޭނުން ކުރާށޭ. ވަކި ބުރޭންޑެއް ޕްރޮމޯޓުކުރުމަކީ މެޑިކަލް އެތިކްސްއާއި ޚިލާފު ކަމެއް.
ޑަބްލިއުއެޗްއަ އައި
11 September 2020
އަރްވިންދު ހާޒިރު ކުރަންވީ ފުލުސް އޮފީހަށް....