ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެގައުމުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާއާ ބައްދަލުކުރައްްވަނީ. އެމަނިކުފާނު މިއަދު ވަނީ މާލެ ވަޑައިގެންފައި.
22 ސެޕްޓެމްބަރ 2020 - 13:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު މިއަދު ހެނދުނު މާލެއަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ކޮވިޑް-19 ފެތުރޭ މި ހާލަތުގައި، ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭތީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންގައި އޮންނަ ގޮތުގެ މަތިން ނަޝީދު މިހާރު ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.
Hon. President Mohamed Nasheed, MP Speaker of the People’s Majlis calls on Sir @LindsayHoyle_MP Speaker of the House of Commons. During the meeting, they discussed parliamentary issues and highlighted close ties between the two countries, especially in relation to climate change. pic.twitter.com/60OkGQ8w9s
— People's Majlis (@mvpeoplesmajlis) September 16, 2020
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޕާލިމެންޓްގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ސްޕީކަރު ލިންޑްސޭ ހޮއިލްއާ ނަޝީދު ބައްދަލުކުރެއްވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބޭއްވި އީޔޫ- ޑިމޮކްރަސީ ވީކްގެ ހައިލެވެލް ސެޝަންގައި އެ މަނިކުފާނު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިއުމުންނެވެ. މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ ދެ ފަހަރެއްގެ މަތިން ޗުއްޓީ ފަސްކުރުމަށް ފަހުގަ އެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ މިއަހަރުގެ ދެވަނަ ދައުރުގައި ރެކޯޑް އަދަދަކަށް ޖަލްސާތައް ބާއްވައި، 68 ޕަސެންޓް މަސައްކަތް ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭފާނު
24 September 2020
މިސޮރު ނެތޯމަ ހާދަ ދިވެހި ގައުމު ބޮލަށްފަސޭހައޭ
ދެރަ
23 September 2020
އެހެންވިޔާ އަވަސްވާނެ ތިސޮރު ފިލާލެއް.ވަރަށް ބަލާތި.
ގެރިބޯ
23 September 2020
ރައްޓެހިން ކައިރިން އިތުރަށް ޤައުމު ހަލާކު ކުރަންވީ ގޮތް އޮޅުންފިލުވައިގެން އެއައީ.
ނަޖްވާ
23 September 2020
ހަާދަ ހިފި ނުހުރެވިގެން އުޅޭ މީހެކޭ މި ނަސީދަކީ އިނގޭ! ތިމާ ވަރު މީހަކު ނެތިގެން އުޅޭ މީހެއްހެން ހީވަނީ! ކީކޭ ދެން ބުނާނީ!
އަދުންމިޔަ
23 September 2020
ކޮބާ ކިހިނެއް މިވަނީ މަންޑޭލާ ތާކިހަލެއް އަޅައިގެން ވެރިކަމައް އަރާ ފޭބީ އަންސަންސޫކީޔަކައްވެގެން މިފަހަރުކިހާވަރެއްދައކާލާނެބާ އަނެއްކާ އިނގިރޭސީންނައް ގަންދޭން ނުނުންމާނެބާ ހައްތާވެސް ސުވާލ
ނައްޓު
22 September 2020
ކުރިޔަށް އޮތީ ކިހާވަރެއްގެ ރާޅެއް. ކުޑަވެދާނެހެން ހިނުވޭ
މުބީނު މާރނީ
22 September 2020
ފައްޔާޒު ގޭ ބޮޑުއަށިދޮށަށް ވަދެފިލައިފި ކަމަށް ގްރޭޕްޕވައިން ޙަބަރުތައް ކިޔާއުޅޭ ފަހުލަވާނުން ބުނެއުޅޭ. އަނދުން ހުސެން ތުރުތުރުލާ ކަމަށާއި "މާކުން" މައެހެންބުނި ވާހަކަތަކެއް ނޫނޭ މީހުން ދޮގުހަދަނީއޭ ބުނާއަޑު ކާޅުކޮވާހެން ރަށުތެރޭގައި އެބަކިޔައެވެ !
ހެހެ
22 September 2020
މަޝްހޫރުވާން އަބަދުވެސް އުޅެނީ.
ްއަދުރޭ
23 September 2020
ކަޑަވޭދޯ؟!
ދރަ
22 September 2020
ހާދަ ބޮލަށް ފަސޭހަ ދުވަސްކޮޅެއް ނިމި ދިޔައީއޭ. ކީއްކުރަންތަ ތިޔައައީ ދޮންމީހުންގާތު މަޑުކޮށްލިނަމަ.
ހޯރަބޭ
22 September 2020
ރައީސް ނަސީދުއަކީ ދިވެހިން ގެ މަންޑޭލާ. އެމަނިކުފާނު ވަގުތު ހޭދަކުރަށްވަނީ ދިވެހި ރަށްއިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަބަދު ވެސް. އެމަނިކުފާނު އިސްލާހީ މަސައްކަތާއިގެން ނުނުކުތް ނަމަ އަދިވެސް ދިވެހި ރަށްއިތުން ތިބޭނި ހުދުމުހުތާރު ވެރިކަމެއް ތެރޭ ދުވަސްތައް ގުނަ ގުނާ. ސުކުރިއްޔާ ރައީސް ނަސީދު.
ތުނިޔަ
22 September 2020
އޭރުއޮތް ޚުދު މުޚުތާރުކަން މިހާރުގެ ޑި މޮކްރަސީއަށްވުރެ ހާސްބައި ތާހިރުވެފައި ބޮލަށް ފަސޭހަ.
އަބޫބަކުރުބެ
22 September 2020
ހަމައެކަނި ބަދަލުވީ ސީޓު. ކުރީގާ ހުރީ މައުމޫނު ކިޔާ މީހެއް. މިހާރު ހުރީ ނަޝީދުކިޔާމީހެއް. އާނ! ދެން ހިތުހުރި ނުބައިއެއްޗެއް މިހާރު ނުގޮވެއެކޭނޫން މިބުނީކީ. އެކަންކުރުމުގެ މިނިވަންކަން ވަރަށް ފުރިހަމައަށް އެބައޮތް. އެކަމަކު ބަޖެޓަށްދޭ އުދުވާނީ ހަމަލާތައް މިހާރު މާގިނަ.