ކޮވިޑް-19 ފެތުރޭރީ މަޖިލީހުގެ ޖަލްސާތައް ހުއްޓައިލި ފަހުން ބޭއްވި ބައްދަލުވުމެއް. ދެން ޖަލްސާތައް ފަށާނި މިގޮތަށް މެމްބަރުން ދުރު ދުރުގައި ތިއްބަވައިގެން.
25 މެއި 2020 - 18:35
ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައިވާ އާ އުސޫލުގައިވާ ގޮތުން، ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވައިގެންނެވެ. އެހެންވެ، އެއް ވަގުތެއްގައި ޗެމްބަރުގައި ތިއްބަވާނީ 42 މެމްބަރުންނެވެ. އެއީ މަޖީލުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. މި ބަދަލާ އެކު، ޗެމްބަރުގެ އެއް މޭޒެއްގައި ދެ މެމްބަރުންނަކަށް ނުތިއްބެވޭނެ އެވެ.
މެމްބަރުން ދުރުދުރުގައި ތިއްބަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި، ވޯޓު ދެއްވުމަށް މެމްބަރުން ޗެމްބަރުން ނުކުމެވަޑައިގަންނަވަން ޖެހެ އެވެ.
މި ހާލަތުގައި ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދަންޖެހެނީ، އެކަމަށް ބޭނުންވާ އެންމެ މަދު އަދަދަކަށް މުވައްޒަފުން ޗެމްބަރުގައި ތިއްބަވާ ގޮތަށެވެ. މެމްބަރުންނާއި މުވައްޒަފުން ވެސް ޗެމްބަރުގައި މާސްކް އަޅަން ޖެހެ އެވެ.
ޚާއްސަ ހާލަތުގައި ޗެމްބަރުގައި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ތަންފީޒު ކުރައްވާނީ އާ އުސޫލުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މާޗް 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވުމުން، އެ މަހުގެ ފަހުކޮޅުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ.
މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައިވާ އާ އުސޫލުގައިވާ ގޮތުން، ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދާނީ އެޗްޕީއޭ އިން އަންގާފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވައިގެންނެވެ. އެހެންވެ، އެއް ވަގުތެއްގައި ޗެމްބަރުގައި ތިއްބަވާނީ 42 މެމްބަރުންނެވެ. އެއީ މަޖީލުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. މި ބަދަލާ އެކު، ޗެމްބަރުގެ އެއް މޭޒެއްގައި ދެ މެމްބަރުންނަކަށް ނުތިއްބެވޭނެ އެވެ.
ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަޖިލީހުގެ ޗެމްބަރުގައި މާދަމާ ބާއްވާ ފުރަތަމަ ޖަލްސާ ފަށާނީ ހެނދުނު 11:00 ގަ އެވެ.
އެ ޖަލްސާގައި ފުރަތަމަ މަސައްކަތަކަށް އޮތީ މި އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހިފައިވާތީ ގާނޫނުއަސާސީ އަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ.
މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހުގެ 15 ން ފެށގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އޮތީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ލޮކްޑައުންގަ އެވެ.
ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވިޔަސް އޭގެ ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ. މި 2-3 ދުވަހުގެ ތެރޭގައި އެ ކަންކަން ހާމަކުރާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. މާލެ ސަރަހައްދު ލޮކްޑައުންގައި އޮތް އިރު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު ވެސް ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
26 May 2020
އަޅުގަނޑަ ވިސްނޭ ގޮތުގާ ނަޝީދުގެ ކިބައިން ރާއްޖެއަކަ ދުވަހަކުވެސް ރަގަޅުގޮތެއްނުވާނެ ބުޅިންވެސް ލިބެނީ ގެއްލުން.
މަންޑޭލާ
26 May 2020
މަޖުލިސް އޮވާލާ ދިވެހިން މޮޔަހައްދައިގެން އޮޅުވަލުމެއްގަ ގެނައި ބަދަލެއްގެ ހިތި ނަތީޖާ ހިތިވާނެ؟
ބޭކާރު ބައެއް
25 May 2020
ތިޔައީ ކަމެއް ކުރާ ބައެއްނޫނޭ. ބޭކާރުބައެއް. ބޭކާރުތަނެއް. ދައުލަތަށް ނުބައްދަލު މުސާރަ އާއި އިނާޔަތްތައް އަމިއްލައަށް ހަމަޖައްސާގެން ކުރަންއޮންނަ ހަމައެކަނި ކަމަކީ ހުސް އަނގަތެޅުން. ރައްޔިތުންނަށް ކަންކަންކޮއްދޭންތިބި މީހުން ކަންކަން ކުރިޔަދީ. ތިޔަ މަޖިލީހުގެ އުނދަގޫ މިއޮއްހާ ދުވަހު އޮތީ ރައްޔިތުންގެ ހަޒާނާއަށް. މިހާރުދެން ރައްޔިތުންގެ ރައްކާތެރިކަމަށް ވެސް ތިތަނުގެ އުނދަގޫ ޖެހެނީ. ތިތަން އުވާލަން ރައީސްއަށް ގޮވާލަން.
ޢިބޫ
25 May 2020
މިހާރުވެސް ފިހާރަތަކަށްދާން ހުއްދަދޭ އުސޫލުން މަޖިލާހަށް ދާންވެސް ހުއްދަދެވިދާނެ މިއޮތީކީ ކާފިއު ހިންގާފައެއްނޫން.
އައްޑޫ މީހާ
25 May 2020
ރައީސް ސޯލިހު އަށް ދަންވަން އޮތީ ޤާނޫނާއި ޤަވާއިދާ ޚިލާފު ކަމެެއް މަނިކުފާންނު ނުކުރައްވާ ށެވެ. އަދި ބޭނުންހާގޮތެއް އެއްވެސްމީހަކަށް ހެދިޔަނުދެއްވާށޭ. ވަކިމީހަކަށް ނުބަލާ ސައިޒް ކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާށޭ، އަދި ރައީސް ސޯލިހް އަށް ދަންނަވަން އޮތީ ހިއްވަރު ފުޅު ގަދަ ކުރައްވާށެވެ. ކެއްތެރިވެ ވަޑާގަންނަވާށެވެ.ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅު ވާނެއެވެ. މަޖިލީސް އުވާލަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާށޭ.
އެސްކޮބާރ
25 May 2020
އާދައިގެ މީހާ ޖޫރިމަނާކޮށްފައި ގާނޫނީ ފިޔަވަޅުއަޅާފައި މެންބަރުންނާއި ދޭތެރޭ ފިޔަވަޅު ނާޅައިފިނަމަ އެންމެން މަގުމައްޗަށް ނިކުންނަން ފަށާފާނެ. ކެނޯތަކުގައި ރަށްރަށަށް އެރިމީހުންވެސް ވަނީ ހައްޔަރުކޮށްފައި. ވީމާ މޫނަށް ކަދުރާއަށް ބެލުމެއްނެތި އެއީ ގައުމުގެ ރައީސްކަން ކޮށްފައި ހުރި މީހެއްކަމަށް ވިޔަސް އެމީހަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ. ކިތަންމެ ގިނަ މެންބަރުންނެއްގެ ގޮނޑި ގެއްލިގެން ދާން ޖެހުނަސް ފިޔަވަޅު އަޅަންޖެހޭނެ.
އައްޑޫ މީހާ
25 May 2020
ރައީސް ސޯލިހް އަށް ދަންވަން އޮތީ ޤާނޫނާއި ޤަވާއިދާ ޚިލާފު ކަމެެއް މަނިކުފާންނު ނުކުރައްވާ ށެވެ. އަދި ބޭނުންހާގެއް ހެދިޔަނުދޭށޭ. ވަކިމީހަކަށް ނުބަލާ ސައިޒް ކުރްނޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާށޭ، އަދި ރައީސް ސޯލިހް އަށް ދަންނަވަން އޮތީ ހިއްވަރު ފުޅު ގަދަ ކުރައްވާށެވެ. ކެއްތެރިވެ ވަޑާގަންނަވާށެވެ.ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅު ވާނެއެވެ.
ނަސީމާ
25 May 2020
ބޮޑުވަޒީރު ބޭނުންފުޅުވި އެއްވެސްކަމެއް ނުވީމަ އެކަމާ ރުޅިއައިސްގެން މޮޔަފުޅުވަނީ. ކައުންސިލް އިންތިހާބަށްފަހު ބޮޑުވަޒީރު ކަމުގެ ކެމްޕެއިން ފަށާ 2 ބައި އަހަރު ވާއިރަށް އާދެވޭގޮތަށް ކުރި ޕްލޭން ބޭކާރުވި. ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނެއް ފާސްކޮށްގެން ނަގަންއުޅުނު ކައުންސިލް އިންތިހާބުގެ ކޮންޓްރޯވެސް ނުލިބުނު. އަދި އިންޑިއާ ފަސްޓް ދޫކޮށްފަ ސަރުކާރުން ޗައިނާ އާއި ގުޅުންގާއިމް ކުރަން ފެށުމުން އެކަން ހުއްޓުވަން ބޮޑުވަޒީރު ކުރިމަސައްކަތްވީ ބޭކާރު.
ކާފަ1
25 May 2020
މީނަ އަަސްލު އެޖެންޑާއަކީ ގާނޫން އަސީސީ އިސްލާހް ކުރަން ބޭނުންވާ އަދަދަށް މެންބަރުންނަށް ހާޒިރު ނުވެވޭނެކަން އެގޭތީ އެގޮތަށް އެކަންކޮށް ބޭނުންވާ އަދަދަށް ކޯރަމް ހަމަނުވޭބުނެ ގާނޫން އަަސާސީ އިސްލާހްނުކުރަން އުޒުރުދެއްކުން.
ބަބުރުލް ސަލީމް
25 May 2020
މިކަން ހުއްޓުވާނަން.