އަދުރޭ: އޭނާ ވިދާޅުވަނީ ޕީޕީއެމާއި ޕީއެންސީ އަށް ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް. --ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2020 - 22:45
ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އެ ޕާޓީ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބަދަލުވެވަޑައިގެން އުފެއްދި ޕީއެންސީ އަށް ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ސްކޭމް ހިންގެވީ އެމަނިކުފާނަށް އިރުޝާދުގެ ދަށުން ކަމަށާއި އެ ފައިސާ ދައުލަތުގެ އެކި ފަންތީގެ ބޭފުޅުންގެ އިތުރުން ސިޔާސީ ޕާޓީތަކަށް ވެސް ބެއްސެވި ކަަމަށް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފަ އެވެ.
އެކަމަކު، ޕީޕީއެމާއި ޕީއެންސީން މިއަދު ބޭއްވި ޖަލްސާގައި އަދީބުގެ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.
އަދީބުގެ ބޭނުމަކީ، ވަކި ބައެއްގެ ބޮލުގައި އިލްޒާމް އަޅުވައި، އަދަބަށް ލުޔެއް ހޯއްދެވުން ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ. ހިޔާނާތާ ގުޅިގެން ތައުބާވެވަޑައިގެންފި ކަމަށް އަދީބު ވިދާޅުވި ނަމަވެސް އަމަލުކުރައްވާ ގޮތަކީ ހެޔޮ ނިޔަތުގައި ތައުބާވެ މާފަށް އެދޭ ނަމަ އަމަލުތައް ހުންނާނެ ގޮތެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އަދީބު ވިދާޅުވި ވާހަކަ އިންސާފުވެރިކަމާ އެކު ބަލަން ޖެހެ އެވެ. އެކަމަކު އެ ކޯލިޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ހަމަހަމަަކަމާއި އިންސާފުވެރިކަމާ އެކު ހިޔާނާތުގެ މައްސަލަތައް ނުބެލުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކަށް [ހިޔާނާތުގެ ފައިސާ] ނުލިބޭ. އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށެއް. އެކަމާ ދޭތެރޭގައި ކަންބޮޑުވާ ބޭފުޅުން އެބަ ބަޔާންތައް ނެރުއްވާ،" އަދީބުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ދިފާއުގައި ނުކުތުމަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި އެވެ.
"އަދީބުގެ ވާހަކައަށް ބަލާލީމަ އެބަ އެނގޭ އެމްޑީޕީ އަށް ވެސް ވަނީ މި ކަޅު ފައިސާ ލިބިފައިކަން. އަދާލަތު ޕާޓީއަށް ވެސް ވަނީ ލިބިފައި ކަން. ރާއްޖޭގެ ދެން ހުރި ޕާޓީއަކަށް ވެސް ވަނީ ލިބިފައިކަން. އެމްއާރުއެމް އަށް ވެސް ވަނީ ލިބިފައި ކަން އެބަ އެނގޭ. މިއީ އަޅުގަނޑުމެން މާ ކުރިން އަޑު އަހަމުން އައި ވާހަކައެއް،"
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އަދަބު ދޭން ޖެހެނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކަށް ނޫނެވެ. މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވީ ބޭއިންސާފުން ކަމަށް ވިދާޅުވާ ވާހަކަ އަދުރޭ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެއާއެކު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އިން 37 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމުގެ ތުހުމަތު ކަންމަތީ ފިހާރަތަކާއި ހޮޓާތަކުން ވެސް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.
އަދުރޭ އާއި ޕީޕީއެމުން މީގެ ކުރިން ވެސް މި ތުހުމަތު ކުރުމުން، އޭސީސީން މައްސަލަ ބަލަން ތަހުގީގަށް އަދުރޭ ހާޒިރުކުރި އެވެ. މި ތަހުގީގަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ތަހުގީގުގައި އަބްދުއްރަހީމް ވިދާޅުވީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.
އަލުން އަނެއްކާ ވެސް ރައީސަށް ތުހުމަތު ކުރައްވައި، އެ މައްސަލަ ބަލަން އަދުރޭ ގޮވާލެއްވި އެވެ.
ހިޔާނާތުން މަންފާވި ނަންތައް ޝަރީއަތުގެ މަޖިލީހުގައި، ހާމަކުރައްވާ އިރު އިންސާފުވެރިކަމާ އެކު އެކަން ކޮށްދެއްވަން ވެސް އަދުރޭ އެދިވަޑައިގަތެވެ.
"މާފަށް އެދިވަޑައިގެން ތައުބާވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމޭ. ސަރުކާރާ އެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން ތިމާގެ އަދަބު ލުއިކޮށްދެއްވުމަށްޓަކައި ދޮގު ވާހަކަތައް ދައްކާ ކަމާ ނުބެހޭ މީހުން ބަދުނާމުކޮށް ތިމާގެ ހިތުގައި ހަސަދަވެރިކަން އޮތް މީހުންގެ މައްޗަށް ހަސަދަ ފިލުވާލުމަކީ ތައުބާވުމެއް ނޫނޭ،" އަދުރޭ ވިދާޅުވި އެވެ.
ލައިވްކުރި ޝަރީއަތުގެ މަޖިލީހުގައި، އަދީބު ވަނީ ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ކިޔައި ދެއްވައިފަ އެވެ. ޝަރީއތުގައި އިއްޔެ ނަންތައް އާއްމު ނުކުރެއްވި ނަމަވެސް ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.
އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ޚިޔާނާތުގައި އެ ޕާޓީތަކުގެ ދައުރެއް ނެތް ކަން ސާބިތުކޮށްދޭން ދިފާއުގައި ވާހަކަތަކެއް ދައްކަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
05 October 2020
މިއަދުރޭ ހިފާހައްޔަރު ކުރާނީ ކޮން ދުވަހަކުންބާ؟ ނޯނީ މީނަގެ އަނގައިގައި ޓޭޕް އަޅާފަ ބައްވާންވީނު. ވަރަށް އުދަގޫވޭ މީނަ މިކަހަލަ އަނގަގަޅާތީ.
އިބްރ
04 October 2020
އެމްއެމް ޕީއާރސީގެ ޑިރެކްޓަރުންގެ ބޯޑު އެއީ ކީއްކުރާ ބައެއްތޯ؟ އެބޯޑުން ފާސްކޮށްގެން ނޫންގޮތަކަށް އެއްކަމެއްވެސް ރައީސް ވިދާޅުވިޔަސް ނުކުރެވޭނެ. ތިޔަހެން އަދީބު ބުނީމާ ކިހިނެތްތޯ ގަބޫލުކުރާނީ؟ ކޮވިޑް ސްޓިއަރިން ކޮމިޓީގެ ޗެއަރއަކީ އިބޫ ކަމަށްވާނަމަ ވެންޓިލޭޓަރ މައްސަލާގައި އިބޫއަށް ދައުވާ ނުކުރެވޭނެތޯ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
03 October 2020
ކަޅާހުދު ކަޅު ކާލު ނޭގެ. ކަޅު ފައިސާ ދޮން ފައިސާ ނޭގޭނެ.
ޕަބޭ
03 October 2020
އާނ. ކަލޭމެނަށް ލިބުނީ ޕިންކު ފައިސާ
ޑޮކްޓާރ. ބަނާނާ
03 October 2020
އެމް. އެން .ޕީ. އާރ. ސީ ޖަރީމާ އަކީ ރާވައިގެން މިގައުމުގެ ރައްޔިތުން ބަނޑަށްޖެއްސުމަށް ހިންގި ބޮޑު ހީޔާނާތެއް! ތިބޭޅުން ލަދެއްހަޔާތެއް ނެތި ޕޯޑިއަމް ތަކަށް އަރާ ވާހަކަ ނުދައްކަވާ! ސޯލިހު ވެރިޔާ އަށް ދަންނަވާލަން މިޖަރީމާ ހިންގި ހުރިހާ މީހުން ތޭރި ފުރަގަހަށް ލާން! ޑރ ، ބަނާނާ
ލަދުނުގަންނަ އަދުރޭ
03 October 2020
ލަދެއް ޙަޔާތެއް ނެތީ މަ ތިވައްތަރަށްއަރާ ސަރަނގެއްހެން ދުފައިގެންހުރެ ވަހަކަ ދައްކަން ކެރެނީ...ބަލަ ތީގެ އެން މެ ބޮޑު ނާޖާއިޒް ފައިދާނެކީ ކަލޭކަން ނޭގޭ އެކަކުވެސް ނެތް. ރެހެންދި 2 ފްލެޓް ގަންނަން 10 މިލިޔަން ރުފިޔާ އެއްފަހަރާ ހޯދި ލާރިގަނޑު ނެރުނީ ކޮންތާކުންބާ؟ މެލޭޝިޔާއިން ފްލެޓް ގަތީ ކޮންތާކުންހޯދި ލާރިންބާ؟ ދެބޯޓް ގަތީ ކޮންތާުކުން ހޯދި ލާރިންބާ؟ ހުޅު މާލެއިން ފްލެޓް ގަތީ ކޮންތާކުން ހޯދި ލާރިންބާ؟ އެތައްކާރަކާއި ސައިކަލެއްހޯދީ ކޮންތާކުންބާ؟ ލަދު.......؟
މައިސޮރ
03 October 2020
ލަދު ޙަޔާތއ ނެތް މީޙަކު ހޯދާނަމަ އެމީހަކީ ފޮނަދޫ ކުޑަކަތީބު އައްދުއްރޙީމަށް ވާނީ
އޭކޭސީޖީ
03 October 2020
ޕާޓީއަކަށް ނުދޭ . އަދުރޭއަށާއި އަދުރޭގެ ގުރޫޕަށް ދޫ ލިބުނީ؟؟؟
ޢެސްފިޔަ
03 October 2020
ޢެސްފިޔަ ވެސް ޖަހާނުލާ ވަރުގެ ބޮޑޭތި ތޮގު ހެދޭނީ އެކަނި ވަރައަ ސައިކޯމީހުނައް. މިއީއޭގެ މިސާލެއް
Happy
03 October 2020
ޢާން ތެދެއް ޕާޓީއަކަށްނުލިބޭ ކަލޯމެން އެންމެންގެ އަތައްއެރީ ލާރިގަނޑު!?