ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއެއްގައި ބަޔަކަށް ފަރުވާ ދެނީ. ކޮވިޑާ ގުޅޭ ކަންކަމަށް ދައުލަތުން ބޮޑު ހަރަދެއް ކުރޭ.
06 އޮކްޓޯބަރ 2020 - 12:18
ކޮވިޑް-19 ކޮންޓްރޯލްކުރުމާއި ބަލިވާ މީހުންނަށް ފަރުވާ ދިނުން އަދި ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވާން ދައުލަތުން ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް އަރަައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީން މިހައިތަނަށް 778.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެމްޑީއެމްއޭއިން ކުރި ހަރަދަކީ ކޮވިޑްގެ ކަންކަމަށް ކުރި ހަރަދުގެ 88.3 ޕަސެންޓެވެ.
ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 200.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް މިހައިތަނަށް ކުރި ހަރަދުގެ ޖުމްލައަކީ ހިސާބުތަކުން ދައްކާ ގޮތުގައި 1.03 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑުބައެއް ހަރަދުކޮށްފައި ވަނީ ރިކަވަރީ ލޯން ސްކީމަށެވެ. އެ ސްކީމަށް މިހައިތަނަށް ހަރަދުކުރި ފައިސާގެ ޖުމްލައަކީ 900 މިލިޔަން ރުފިޔާ އެވެ. އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާ އަދި ކަރަންޓްބިލުން ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދެބައި އެއްކޮށް މިހައިތަނަށް ހަރަދުވި ފައިސާގެ އަދަދަކީ 2.3 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން މިދިޔަ މަހު ހަރަދުވީ 106 މިލިޔަން ރުފިޔާ އެވެ.
އޮގަސްޓްމަހު މަސް ނިމުނު އިރު ކޮވިޑާ ގުޅޭ ކަންކަމަށް ދައުލަތުން ހަރަދުވެފައި އޮތީ 2.1 ބިލިޔަން ރުފިޔާ އެވެ. އެ މަހު ވެސް ބޮޑު ބައެއް ހަރަދުވެފައި ވަނީ ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށެވެ. އެއީ ފަރުވާ ދިނުމާއި އައިސޮލޭޓް ކުރުމާއި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ސިއްހީ ހިދުމަތްތެރިން ދަތުރުކުރުން ފަދަ އެންމެހާ ހަރަދުތައް ހިމެނޭ ގޮތުންނެވެ. އޮގަސްޓްމަހުގެ ފަހު ހަފްތާއާ ހަމައަށް އެކަންކަމަށް ހަރަދުވީ 1.1 ބިލިޔަން ރުފިޔާ އެވެ. ކޮވިޑާ ގުޅޭ އިގުތިސާދީ ކަންކަމަށް އެހައިތަނަށް ހަރަދުވެފައި އޮތީ 964 މިލިޔަން ރުފިޔާ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ ކަންތައްތައް ހަމަޖައްސަން ދައުލަތުން މިހާ ބޮޑު ހަރަދެއް ހިނގާ އިރު އެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ އިގުުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އައި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީ އިރު ރާއްޖެއަށް ލިބޭ އާމްދަނީ ވަނީ 50 ޕަސެންޓުން ދަށްވެފަ އެވެ. އެހެންވެ ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިންޑިއާއިން 250 މިލިޔަން ޑޮލަރުގެ ލޯނެއް ވެސް މިހާރު ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
07 October 2020
ހަރަދު ކުރީ 2.3 ބިލިއަން ، ދަށުންދަމާ ކުޅެގެން ނެގީ 750 މިލިއަން.ގޯހެއް ނޫން
އަލިދޮންބެ123
07 October 2020
އަދި ކޮބާ ފަރިއްކުޅުވި ބައި ދޯ؟
ކެޔޮނިރު
07 October 2020
ތިހާބޮޑު ޚަރަދެއް ކުރިޔަސް މިބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓް ރާއްޖޭގެ އާބާދީ ބޮޑެތި އަތޮޅުގައި ހެދޭނެގޮތެއް ނެތި އެހެން އަތޮޅުތަކަށް ގެންގޮސް ޓެސްޓް ހަދައިގެން ދަތުރު ޚަރަދު ބޮޑުކުރުމަކީ ދެރަކަމެއް. ކޮންމެ އަތޮޅަކުންވެސް މިބަލީގެ ޓެސްޓް ހެދެން ޖެހޭނެ. ބިލިއަނުން ޚަރަދު ކޮށްގެން ރައްޔިތުންނަށް އަވަސް ޚިދުމަތެއް ނުދެވުމަކީ މައްސަލައެއް. މިހާބާރަށް ފެތުރޭ ބައްޔެއްގެ ޓެސްޓް ކޮންމެ އަތޮޅަކުން ހެދޭނެ މަގު ފަހިކޮށްދެއްވާ.
ޖީން
06 October 2020
އަދަދެއް ދެވިދާނެ.ދިވެހި ރައްޔިތުންތިބީ ބަލަން .ތިޖަހާ ސަކަރާތް.ތިބުނާ ޚަރަދުގެ ތިންބައިކުޅަ އެއްބައިވެސް ނުހުންނާނެ ޚަރަދުވެފަ.ރިކަވަރީ ލޯން ސްކީމާ އަދި އިންކަމް ސަޕޯޓަށޭ ކިޔާފައި ރުޕިޔާ ޕަކަޅޯ ކޮށްލީ.ދެތިން މިލިޔަން ގާތް މީހުންނަށް ޕާޓީ ކުދިންކޮޅަށް ދީފަ ހުރެދާނެ.ކަރަޕްޓް ސަރުކާރެއް.އޮޅުވާލުމާއި މަކަރާއި ހީލަތް އޮންނަނީ.
ސަލީމު އިދުރީސް
06 October 2020
ފައިސްޓާރިސޯޓުގަ މީހުންބައިތިއްބައިގެން ހަރަދުކޮއް މުޅި ގައުމު ކަކޫބިންމަތި ޖައްސައިފި! އެގާރަވަރަކައް ހާސްމީހުނައް ބަލި ޖެހި 30 ކައްމީހުން މަރުވުންވެސް މިކިޔާނީ ނުރައްކަލޭ
ކަނބިލި
06 October 2020
ކޮރަޕްޝަން މިއޮތީ ފަތުއަޑުކިޔާފައި. ބަޔަކު މުއްސަނދި ވެއްޖެ. ބަޔަކަށް ދޫކުރާނެ ބަޔަކު ނެތް. ވެރިކަމަށް އައުމާއެކު ޖެހ ހުނުތާކުން ކައި ހުސްކުރާނެ. ކޮވިޑޭ ކިޔާފައި 2 ބިލިޔަން ރުފިޔާ. އަދީބު 1 ބިލިޔަން ރުފިޔާ. ރައްޔިތުންނަށް ބޭނުންވާނޭ އަސާސީ ކިތައް ކަންތައް މި ފައިސާއިން ކޮށްދެވޭނެ. ރައްޔިތުންގެ ފައިސާއަށް ހިތު ހުރި ގޮތެއް ހަދާފައި ވޯޓް އައިސް ޖެ ހުނީމާ ރައްޔިތުން ގުނބޯ ހައްދަން އަންނާނެ
ޕީއެސްއެމްގެ ސިޔާސީ ރައިވަރު
06 October 2020
ކޮވިޑު ޓޭސްޓަކަށް ކިހާ ވަރެއް ޚަރަދުވޭބާ؟ ޓެސްޓު ކުރުމުގެ ސަބަބުން ބަލިން ކޮމިއުނިޑީ ސްޕްރެޑަކަށް ނުދިއުމުގެ ފުރުޞަތު އޮންނަނީ ކިހާ ވަރަކަށް ބާ؟ ކަރަންޓީުގައި ތިބޭ މީހުންނާ އަލާމާތްތައް ފެންނަމީހުން ފިޔަވައި އެހެނިހެން މީހުންގެ ޓެސްޓުތައް ހަދަންޖެހޭބާ؟ މީ އެޗްއޯސީއާ ސަރުކާރުންވެސް ވިސްނަން ޖެހިފައިވާ ނުކުތާއެއް
ތޫނުފިލި
06 October 2020
އަޅުގަނޑަށް ހީވަނީ ކޮވިޑުގެ ރެންޑަމް ޓެސްޓު ދެން މިހިނދަށް ހުއްޓާލަންވީހެން، ވަރަށް ގިނަ ބަޔަކަށް މިބަލި ޖެހި، މާބޮޑު ކަމެއް ނުވެ އެބަ ރަނގަޅުވޭ، އެކަމަކު ބައެއް މީހުންގެ ކިބައިން އަލާމާތްތައް ފެނި ގޯސްވޭ، އެފަދަ މީހުން ޓެސްޓު ކުރުން ރަނގަޅު، އެކަމަކު މަގުމަތިން ރޭންޑަމްކޮށް (ތަރުތީބެއް ނެތި) ޓެސްޓު ކުރުމަކީ މިކަމަށް ހިނގާ ޚަރަދާއި ނަތީޖާއަށް ބަލާއިރު އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެނޭ
ައަފުރާސިޔާބު
06 October 2020
ތިއިރުން ކިހިނަކުންވާނީ. ވެހޭތާ ފެންނަގާށޭ ބުނާ އުސޫލުން ކޮވިޑުންވެހޭ ފައިސާއިން ބަޔަކުގެ ޖީބު ފުރެމުންދާން ޖެހޭނެ ނޫންތޯ؟
ފަހުދު
06 October 2020
ކިހާވަރެއް ދިރުވާލެވުނު؟
ބޯގަޅި
06 October 2020
އަދި އިތުރު 3 މަސް ރައިއްޔަތުން މާސްކްއަޅުވާފަ އަތްދޮންނަން ގޭބަންދުކުރެއްވިނަމަ ހތިޔަ ހަރަދު 6 ބިލިއަނައް އަރުވާލާކައް ކަމަކައްނުވީސް.