މިނިސްޓަރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
06 އޮކްޓޯބަރ 2020 - 18:54
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަދިވެސް ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ލަފައާ އެއްގޮތަށް ނިންމެވި ނިންމެވުމެއް ކަމަށް، ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
❇️ 12 މާރިޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 5 ނޮވެމްބަރ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާން ކުރުން. (ޤަރާރު ނަންބަރު: 9/2020)
— Health Protection Agency (@HPA_MV) October 6, 2020
އިތުރު މަޢުލޫމާތު:https://t.co/ggoXN3EQzo
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. މިއީ އޭގެ ފަހުން އެ މުއްދަތު އިތުރުކުރި އަށް ވަނަ ފަހަރެވެ.
އެންމެ ފަހުން އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ހާލަތުގެ ވަގުތު ހަމަވާނީ މިރޭ 12:00 އަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ. ކޮވިޑް ފެތުރުން ހުއްޓުވަން އިއުލާންކުރި ލޮކްޑައުންގެ ހާލަތު އުވާލުވުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވި އެވެ. އެއަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، މާލެ ސަރަހައްދުގައި މާސްކު އެޅުން ލާޒިމްކުރުމާއި ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތުތައް މަދު ކުރި އެވެ. އަދި ބަލި ފެތުރޭ މިންވަރު ދަށްވާން ފެށުމުން ފިޔަވަޅުތަކަށް ލުއިދީ، ވެހިކަލް ދުއްވުން މަނާ ވަގުތު ރޭގަނޑުު 10:00 އާއި ފަތިހު 5އާ ދެމެދަށް ބަދަލުކުރި އެވެ.
މިހާތަނަށް ރާއްޖެއިން 10،567 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 9،427 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން 34 މީހުން މަރުވެފައިވާ އިރު މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،106 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑޭރި ޕޯރޓަލް
07 October 2020
ރައީސް މީހާ ރައްޔިތުންގެ ސަމާލުކަމަށް އަހަންމިއްޔަތެއް ނުދޭތީ ވަގުތީ ހެލްތު މިނިސްޓަރަކު ބަހައްޓައި އުޅެނީ ހަމަ ލާނެ އެހެން މީހަކު އަޅައިނުގަތީތޭ
ޔާނު
07 October 2020
ފްލެޓް ވަގުތަ މިކަމާވެސް އުޅެނީ މިހާރު؟
1828
07 October 2020
މަވެސް ހިތަށްއެރި މިފަދަ މައުލޫމާތެެއް ދޭން މިއީ ދެން ކޮން މިނިސްޓަރެއް ހެއްޔޭ. ފަހުން ހަނދާންވީ ވަގުތީ ގޮތުން ހެލްތް މިނިސްޓަރީވެސް ހުރީ ކުރިންވެސް 2008 ން 2012އަށް ފެއިލްވެފައިވާ މިހާރުގެ މިނިސްޓަރުކަން.
އާރީ
06 October 2020
ތި ނިމޭކަމެއް ވެސް ނޫންތަ
ޑރ. ރާމީ ހަސަން ވައިނުޖެހޭގެއާގެ
06 October 2020
އެއް އިންސާނަކަށް ދެ މިނިސްޓްރީ އެއް ހިންގަންވާ ގޮތަށް ހިންގަން ވަރަށް އުނދަގޫވާނެ ކަން ވިސްނާލައިފި ނަމަ އިނގޭނެ. ދެ މިނިސްޓްރީ އެއްގެ ތަފާތު މައްސަލާ ތަކަށް އެއް މިނިސްޓަރ އަކު ވިސްނަން ވެއްޖެނަމަ ވާނީ ދެމީދާ-ފަހާދުވި ބުޅަލަށް ވީހެން. ހެލްތު އިމަރޖަންސީ އެއްގައި ހެލްތު މިނިސްޓަރަކު ނެތް ކަމީ ހިތާމަ ހުރި ކަމެއް.
8 ފެބްރުވަރީގެ ބޮޑުހުޅު
06 October 2020
ނުރައްކަލުގެ ހާލަތު ވެކުސިނެެއް ނުލިބެނީސް އުވާނުލަނީތޯ؟ މާސްކުގެ އުދަގުލުން ސަލާމަތްވެވޭނެ ދުވަހަކަށް އިންތިޒާރުކުރަން.
ގަޓް ބްރޯ
06 October 2020
2023 އާ ހަމަޔަށް މިގޮތަށް ސިއްހީ ކުއްލި ނުރައްކަލެއްގެތެރޭ ތިބެންޖެހިދާނެހެން މިހާރު ހީވާން ފަށައިފި!
އަހުމަދުއަލޯ
06 October 2020
2023ގަ މާބޮޑު ކަމެއް ވަނީބާ؟
ބާބާ
06 October 2020
ކޮންމެހެންވެސް ކުރިޔަށް އޮތް 3 އަ ހަރު ތިގޮތަށް ހިފަ ހައްޓާލާތި. އޭރުން އެރިތުމެޓިކް އަދުރޭ މެނަށް ބޭރަށް ނުކުންނާކަށް ލާ ހިކެއްނޫން.
ދަރަނި ދަންތުރަ
06 October 2020
ސަރުކާރަށް ފާޑުކިޔާ މުޒާހަރާ ކޮށްފާނެތީވެ ބިރުން ކުރިޔަށްއޮތް 6 މަސްދުވަސްދާނީ ދާނީ މިކަހަލަ ގޮތަކަށް...
ކޮސްއެބަގޮވާ
06 October 2020
ސަރުކާރު ސިއްސުވާލާނެފަދަ އުރައްޕަތެއްހުރި އަދި ދެއުޅިއެއްވާ ސިޔާސީ ލީޑަރެއް އިދިކޮޅަކުނެތް
1828
07 October 2020
ކޮސްއެބަގޮވާއެވެ. އިދިކޮޅުގައި ކޮންމެހެން އިދިކޮޅުގައި ސަރުކާރު ސިއްލުވާލާ ފަދަ ސިޔާސީ ލީޑަރެއް މިވަގުތު ހުންނާކަށް ނުޖެހޭ. ސަރުކާރުގެ ކަންކަން ހުރި ގޮތުން ގިނަ ދިވެހިން ތިބީ ސަރުކާރާއި ދެކޮޅަށް. ކޮވިޑް 19ގެ ބަލިމަޑުކަމުގައި ދައުލަތުގެ ރިޒާވް 'ހުސްކޮށްލައިފި'. އިންޑިއާ ސިފައިން މިޤައުމުގައި ދާއިމަށް ތިބެވޭނެ ގޮތަށް މިސަރުކާރުން ހުރިހާކަމެއް ކުރަމުން މިދަނީ. އެއީ ގިނަ ރައްޔިތުން ސަރުކާރު ދެކެ އިންތިހާއަށް ރުޅި އަންނަން ކަންކަން.
ދަރަނި ދަންތުރަ
06 October 2020
ލަނޑަޔާ ވާނީ ލަނޑަޔާ ގައުމު ކާލައިފި...
އަހުމަދުއަލޯ
06 October 2020
ތެދެކެވެ. ކެޔޮކޭވަރު ދަނީ ރީއްޗަށް ފެންނަމުންނެވެ. ޖަލުތަކުގައި 20 އަހަރު ހޭދަކުރަން އަޒުމް ކަނޑައެޅި މީހުނަށް ކާމިޔާބު ލިބިއްޖެއެވެ.
1828
07 October 2020
ފެން ފޮދަކާ ނުލައި ޤައުމު ދިރުވާލައިފި އަދި ދަރުވާލައިފި.
އޮނަރަބްލް އަފީފު ދީދީ
06 October 2020
ޤާނޫނުއަސަސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކުރާން އަމުރުކޮށްފައިވާ ކަންކަން އެހެން ގޮތަކަށް މާނަކޮށް މުޅި ޤާނޫނު އެފުށްމިފުށަށް ޖެހޭގޮތަށް ސަރުކާރުން އަމަލު ކޮށްގެން ނުވަނެ. # ވަޒީރުގެ ވާހަކައަށް ބަލާއިރު މިކަމުގައި "އިސްވެ ގޮތް ނިންމާފައިވަނީ ސީދާ މިނިސްޓްރީން" ކަމުގައި ބެލެވިދާނެ. އަދި މިގޮތަށް ކަންކުރުމުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ގެ ކިބައިން މިޖިސްޓްރީން އެދިވަޑައިގަތީ "ލަފައެއް" ކަމަށް ވަޒީރު އެބަވިދާޅުވޭ. މިއީ ޤާނޫނުގައި މިކަންއޮތްގޮތެއްނޫން.
ސީނު.
06 October 2020
ބަރާބަރު ވާހަކައެއް ލިއުމުގައި ހުރި ވާހަކަތަކުން ރީއްޗަށް ހާމަވޭ މައިމޫނާގެ މައްޗަށް ވަޒީރު ވެރިވެގެންފިކަން މިއީ ޤާނޫނީ ކުށެއް ވަޒީރަކަށް މިއަމުރު ނުނެރެވޭނެ ގޯސް ނަހައްދަވާ