ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާބްރީފިންއެއްގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާެރުސީއާ ބެހޭ ޓެކްސްޓްތައް އާއްމުކުރައްވާނެ ކަމަށް.
13 އޮކްޓޯބަރ 2020 - 13:37
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ހެކީގެ ގޮތުގައި 70،000 ޓެކްސްޓު މެސެޖު ރައްޔިތުންގެ މަޖިލީހަށް ލިބި، އެ ތަހުގީގު ނުހިންގުނު ކަމަށާއި އެހެންވީމާ އެ ޓެކްސްޓްތައް އާއްމުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތްޕުޅުން ލިބިފައިވާ ފޯނެއްގައި ހުރި އެ ޓެކްސްޓު މެސެޖުތައް މަޖިލީހުގައި ފުރިހަމަ އިންތިޒާމަކުން ރައްކާ ކޮށްފައިވާ ކަމަށެވެ. އެ މެސެޖުތައް މަޖިލީހުން ދިރާސާ ނުކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ބަޔަކު ހިމާޔަތްކުރަން މަޖިލީހުން ވެސް މަސައްކަތް ކުރާ ކަމަށް މެމްބަރަކު ތުހުމަތު ކުރެއްވުމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް ކޯޓުތަކާއި މަޖިލީހާއި ސަރުކާރުން ވެސް ހިމާޔަތްދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭނާ.
"ސިޔާސީ ޕާޓީތަކުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި. ސަރުކާރުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި. މި ރައްޔިތުންގެ މަޖިލީހުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި،" އީސާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވުމުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މަޖިލީހުން އެެއްވެސް ބަަޔަކު ހިމާޔަތް ނުކުރާނެ ކަމަށާއި އެ ވާހަަކަ މަޖިލީހަށް ނިސްބަތް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭގެ ޖަވާބުގައި އީސާ ވިދާޅުވީ އެހެން އެކަން އެގޮތަށް ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު ކަަމަށެވެ.
އޭނާގެ ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމާ ގުޅޭ އެންމެހައި ހެކި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވެއްޖެ ކަމަށެެވެ. އޭގެ އިތުރުން އެ ހުރިހާ މައުލޫމާތެއް، ރިރަފަރެންސް ނަމްބަރު ޖަހާގައި މަޖިލީހުގެ ލައިބްރޭރިއަންގެ އަތުގައި ހުންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަތްދިހަ ހާސް ޓެކްސްޓަށް ރެފަރެންސް ނަމްބަރު ދެވި، މި ތަނުގައި ވާނީ ފައިލް ކުރެވިފައި. އަދި އާއްމުކޮށް، އަޅުގަނޑުމެންނަށް އެ ދިރާސާ މިތަނުން ހިންގަން ދަތިވޭ. އަދި ނުހިންގި މި ވަނީ. ދެން އާއްމުކޮށް، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް މި ދެންނެވި 70،000 ޓެކްސްޓް، އެއީ އަޅުގަނޑުގެ އަތުގައި ހުރި އެއްޗެއް ވީމާ އަޅުގަނޑު އާއްމު ކުރާނަން އެ 70،000 ޓެކްސްޓް،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ކުރީގެ ނައިބު ރައީސާއި އެހެެން އެތައް ބަޔަކު ބައިވެރިވެގެން ނެގި މައްސަލަ އެވެ. އެ ޚިޔާނާތުގެ ގިނަ މައުލޫމާތުތަކެއް އަދީބު މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ދީފަ އެވެ.
އެމްއެމްޕިއާރުސީގެ މައްސަލަ ނުބަލައިގެން އެމްޑީޕީގެ ގިނަ މެމްބަރުން ފާޑުވިދާޅުވީ އޭސީސީއަށެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަަލައިގެ ބަޔަކަށް ހިމާޔަތްދޭން ބޭނުންވާ ކަމަށް ވިދާޅުވީ އީސާ އެކަންޏެވެ.
އޭނާގެ ވާހަކައަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް ރައްްދު ދެއްވި އެވެ. ހަސަން ވިދާޅުވީ މެމްބަރެއްގެ ހިމާޔަތުގައޭ ކިޔާފަައި މަޖިލީހުން ފޮރުވަން ޖެހޭ ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުވަސް ވެސް
14 October 2020
މިމީހަކު ދައްކާ ވަހަކައަށް ރައްޔިތުންގެ ނުރުހުން ހުންނަވަރު މީނަގެ ވާހަކައެއް ލިޔާކޮންމެ ލިއުމަކުން އަންލައިކް ކޮށްފެންނަން އެބަހުރޭ.
އަކީނޯ
14 October 2020
ނަޝީދުވެސް ދެން އުޅޭ ފާޑެއް. ތިޔަ ހާމަކުރަންޖެހޭ އެއްޗެއް ނިކަން ކުރާނަމޭ ކުރާނަމޭ ނުކިޔާ ހާމަ ކޮށްބަލަ. ހެޔޮކޮށް ރަގަޅަށް ކުރެވޭ ކަންކަމަކީ ދަންމަދަންމަ ނުހުރެ ކުރާ ކަންކަން. ތިޔަވަރަށް ތިޔަ ކަމެއް ތި ދަންމަނީ ކޮންމެވެސް ތަންކޮޅެއް ފޮރުވަން.
ޝޮކްތެރަޕީ
14 October 2020
ކަލޭމެން ޗަރުކޭސް ބަލާކައްނުން ދިވެހިން ތިބީ. އިންޑިޔާ ސިފައިން ބާލަން ދިވެހިން ބޭނުން ވަނީ
ހަނު ހުންނަ މީހާ
13 October 2020
ހިޔާނާތުގެ ފައިސާލިބުނު މީހުންނާއި އެމީހުން ހިމާޔަށްކުރަން އުޅޭމީހުން މެސްޖް އާންމު ކުރާވާހަކަ ބުނުމުން ތުރުތުރު އަޅާނެ. އެމީހުނަށް ވާގިދޭ މީހުންގެ ކޮމެޓްތަކުންވެސް އެކަންއެނގޭނެ
ވަރަށް ސަލާމް
13 October 2020
70 ހާސް މެސެޖް ކޮށްފަ އޮތީ އެކަކަށްތަ؟ ނޫނީ 70 ހާސް މީހުންނަށްތަ؟ ކޮންމެ މެސެޖެއްގައިވަނީ ހިޔާނާތުގެ ފައިސާ ދިންވާހަކަތަ؟ 70 ހާސް މީހުންނަށް ކަމަށްވާނަމަ ތިކަން ޔާމީނާ އަދީބާ ހަމައިން ނިމޭނޭ ވަރަށް ސަލާމް
ފޫހި
13 October 2020
މީނާ އެމްއެމްޕީއާރުސީގެ ވާހަކަދައްކަނީ އިންޑިޔާއާއެކު ހަދާ ޑީލްތަކުގެ އަޑުކަނޑުވާލަން. ޢިސްތިއުފާ
ޯއޭކު ސަވާލް
13 October 2020
މަޖުލީހުގައި އެފަދަ ކަމެއް ކުރެވޭ ފަދަ ލިޔާޤަތެއް ނެތް ދެއްތޯ؟
ބާބާ
13 October 2020
ނުކެރޭނެ އާންމު ކުރާކަށް. އޭރު 13 އަހަރަށް ޖަލަށްލާފައި އޮތް މީހަކު ސަލާމަތްކުރަން ތިފައިސާ ބޭނުންކުރި ވާހަކަ އެންމެން ދަނޭ.
Ali Gasim
13 October 2020
ތި މެސެޖްތައް އަންބޮޑިއަށް ލައިގެން ހުންނަވާ ފެނުމެކޭ ނުފެނުމެކޭ ހަމަހަމަ މެސެޖްތަކެއް ތީ 3.4 ބިލިއަން ރުފިޔާގެ ވައްކަން ކުރިމީހާ މިސަރުކާރުން ބެހެއްޓީ ފުރިހަމަ އިއްޒަތުގައި ގޭގައި މިހާރު ކޮންމެވެސް އެމްޕީ އަކު ބުނާތީ އިވޭ އެއީ ގައުމީޖިހާދެކޯވެސް އެެހެންވީމާ ކުރަންވީ ކަމަކީ ދެލޯފުޅާ 'ވައްކަން'
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
13 October 2020
އަދީބްގެ މެސެޖް ފަދައިން ގަދަ 7 ގެ މެސެޖްތަށް ހާމަ ކޮށްލެއްވީމާ ނޫންތޯ ބޮޑު މަންޒަރު ފެންނާނީ.