އިދިކޮޅުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މޫސާ ފަތުހީ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
15 އޮކްޓޯބަރ 2020 - 15:31
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި ޖޭއެސްސީގެ ނުފޫޒުގެ ސަބަބުން މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ ހޯމް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ މި ސަރުކާރުން ނުކުރާނެ ކަމަށް ވައުދުވި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ބޭނުމުގައި ނުފޫޒު ފޯރުވައިގެން ފަނޑިޔާރުން ވަކިކޮށް، އައްޔަންކޮށް ޕްރޮމޯޝަން ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީ ހިނގަމުން ދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށާއި އެ ނުފޫޒުގެ ސަބަބުން އަދުލުއިންސާފު ގާއިމްކުރުމަށް ޖާގަ ނެތް ކަމަށެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަތައް ބަލާފައިވާ ބައެއް ފަނޑިޔާރުން ފާހަގަކުރައްވައި ވިދާޅުވީ އެއީ ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށެވެ. ބިރުދެއްކުމުގެ އިތުރަށް ފަނޑިޔާރުންނާ މެދު ޒާތީ ވެސް ވާ ކަމަށާއިސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ދީދީ މަގާމުން ވަކިކުރީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ފަނޑިޔާރުންނަށް ސުލޫކީ ބިރު ދެއްކުމުގެ ކަންކަމަކީ ބިރުދެއްކުމުގެ އުކުޅެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ކަމެއް. މިކަމަށް ބަލާއިރު ގާޒީ ހައިލަމްއާ ދޭތެރޭ ކަން ހިނގައި ދިޔަގޮތް ތިބޭފުޅުން ވިސްނާލެއްވީމާ އެނގިވަޑައިގަންނަވާނެ" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލަމުން ދަނިކޮށް ސުލޫކީ މައްސަލައެއްގައި ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީއާ ބެހޭ ގޮތުން ވިދާޅުވި އެވެ.
މޫސާ ފަތުހީ ވިދާޅުވީ ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ބާރުގެ ބޭނުންކޮށް ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ވައުދުވީ ނަމަވެސް އެކަން ނުކުރާނެ ކަމަށެވެ. އެކަން ކުރުމަށް މި ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބިއްޖެ ކަމަށާއި އަދިވެސް އެކަން ނުވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
16 October 2020
ފަޑިޔާރޭ ކޯޓޭކިޔަން މި މީހުން ލަދެއްވެސްނުގަނޭ؟
މަރޮށީޕޮޓް
16 October 2020
ފަތުހީއަށް އެނގޭބާ ތިޔަބުނާ ގާޒީ ކުރިކަންތައް.ފަޑިޔާރަކަށް ހުރި މީހަކު ރައީސުލްޖުމްހޫރިއްޔާ ާ މަޖިލިސް ގެ ރައީސްގެ ކަރުގަ ވާޖަހައިގެން ދަމާ ފޮތޯއެއް ރަސްމީ ވައިބަރ ގުރޫޕަށްލީމަ އެއީވެސް ހަމަ އިންސާފުކަމަށްތަ ފަތުހީ ތިބަލަނީ. ކޮބާ އޭނާގެ ނަޒާހަތްތެރިކަން. ބަލަ ފަތުހީ ތިކަމެއް މިހާރަކު ރައްޔިތުން ބަލައެއްނުގަންނާނެ. ފެއިލްވީމަ ފިލާފަ ނުހުރެވިގެން ނިކުތީދޯ؟
ދޮންބެއްޔާ
16 October 2020
ކޮންމެ ބަޔަކުވެސް މިކުރަނީ ހަމަ އެއްކަމެއް. ކުރާގޮތް ތަފާތުވެފަ ސްމާޓީ.
ހާސަރު
15 October 2020
އިންސާފުން ހުކުމް ކުރެވޭތަން ފެންނަންފެށީމަ ބޮޑެތިވެގެންވީ ހުރިހާކުށެއް ކުރާ މީހުން ވަރަށް ބިރުނަގާނެ. ބަލަ ސުލޫކީ މައްސަލައެއް އޮވެއްޖެނަމަ ދެން ނުބަލާތިބެގެން ކިހިނެއް އިންސާފުލިބޭނީ!؟ ޖުޑިސަރީ އިސްލާހުވެ ހައްގަށް ހުކުމްކުރާނަމަ މިހާލުގަ ގައުމުނުއޮތީސް. ބަޔަކު ކިތަންމެ ނުރުހުނަސް މިސްރާބު އެހެރީ އިންސާފާދިމާލަށް. ގާނޫން މުގުރި އެންމެނަށް އަދަބު ހައްގު.
މަރީން
15 October 2020
މިގައުމުގައި އަދުލުއިންސާފަށް އެއްމެ ބޮޑަށް ހުރަސް އެޅީ ޔާމީން ސަރުކާރުން. މިހާރު އިންސާފް ގެނައުމައްޓަކައި ޖޭއެސްސީ އިން ކުރައްވާ މައްސައްކަތައް ޝުކުރުދައްނަވަން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
އުޅެއް ވުރެއްބޮޑަށް އުކުޅު ވަޅެކޭ ވިދާޅުނުވީ ކީއްވެބާ. އޭރުން އަދި މާ ރަގަޅަށް އަސްލު މަސްދަރާ ދުރަށް ނައްޓާލެވޭނެ ނޫންތޯ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
އުކުޅެއް (ރަގަޅުގޮތް)
ޑަކުޓަރު
15 October 2020
ކޮރަޕްޓް ފަޑިޔާރު ގެޔެއް ރައްޔިތުން ބޭނުމެއް ނޫން. ޕީޕީއެމް ކުދިންވެސް ގަބޫލު ކުރޭ މި ސަރުކާރުން އައްޔަން ކުރަނީ ހައްގަށް ހުކުމްކުރާ ފަނޑިޔާރުންކަން.
ނާއިންސާފު
15 October 2020
ކަލޯ ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކޮށް ފަނޑިޔާރުން ވަކިކޮށް ހަވާ އަރުވާ އެފަހުން އެކޯޓުގެ ޓިނުކޮޅުނަގާ ބޮޑުތަޅު އަޅުވާ ސިފައިން ބައިތިއްބާ އެވަރުނުވެގެން ޤާނޫނުއަސާސީ ބަދަލުކޮށް އެތަކެއް ޙައްޤަކަށް އަރައިގަނެ ގައުމުގަ އޮތިއްޔާ އޮތް ރަަސެއް ފަޅެއް ވިއްކާލީ ވެސް ހަމަތިޔަ ވިދާޅުވާ ޖުޑީޝަރީ މިނިވަންކުރަން ދެއްތޯ ފުދިއްޖެ ފުދިއްޖެ
ބޯވަ
15 October 2020
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ސަސްޕެންޑު ކުރީ ކޮން މައްސަލައެއްގައިކަން އާންމު ރައްޔިތުންނަށް ސާފުކޮށް އެނގެއެވެ. އެއީ ފަޑިޔާރަކު ކުރުން އެކަށީގެން ނުވާ އަމަލެއްކަން ގަބޫލު ނުކުރާނީ ކާކު ހެއްޔެވެ. އެކަމަކު ކުރިމިނަލް ކޯޓްގެ އިސް ގާޒީ ރައީސް ޔާމީނުގެ ގެއަށްގެންގޮސްގެން ނިންމީ ކޮންކަމެއްކަން ނޭންގެއެވެ. ޗީފް އޮފް ސްޓާފް ސްޕްރީމް ކޯޓަށް ދަންވަރުގޮސް ނިންމީ ކޮންކަމެއްކަމެއްވެސް ނޭންގެއެވެ.
ކޮވެލި
15 October 2020
ސްލޫކީ މައްސަލަ ބަލާއިރު ކޮންކަމަކާ ގުޅިގެންބަލާ މައްސަލައެއްކަން އާންމުކޮށް އެނގޭތާއެވެ. އެކަމަކު ސްޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ ފަރާތުން މައްސަލައެއް ވައްދާފައި ވަނިކޮށް ދަންވަރު ރަސްމީ ޔުނިފޯމްގައި ސިފައިންގެ ޗީފް އޮފް ސްޓާފް ބަންޑާރަ ނައިބު ގޮވައިގެން ސްޕްރީމްކޯޓްގައި އުޅެންޖެހޭ ސަބަބެއް އާންމުންނަށް ނޭންގެއެވެ.