ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، އެ މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ. ޕޭމަންޓް ހިދުމަތާ ބެހޭ ބިލަށް އެމަނިކުފާނު ފާޑުވިދާޅުވި.
19 އޮކްޓޯބަރ 2020 - 12:28
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ފޮނުވި ބިލްގައި ޓެކްނިކަލް ވާހަކަތައް ގިނަކަމުން އެ ބިލްގައި އޮތް އެއްޗެއް އޮޅުން ނުފިލާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ އިބްތިދާއީ ބަހުސް ފެއްޓެވުމަށް، ފަހު، ބިލްގައި ބުނާ ވާހަކަތައް ތަފްސީލް ކޮށްދެއްވުމަށް ނަޝީދު އެކި ފަހަރު މަތިން އެދިވަޑައިގަތެވެ. ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އެ ބިލް ތަފްސީލުކޮށްދެއްވުމަށް ނަޝީދު ފުރަތަމަ އެދިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް އަރިހުންނެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ބޭފުޅުން މަޖިލީހުގެ ޖަލްސާ އަޑު އައްސަވާނެ ކަމަށާއި މިހާރު ބަހުސް އެކުރަނީ ކޮންކަމަކާ ބާއޭ ހިތަށް އަރާނެ ކަމަށެވެ.
ޕޭމަންޓް ހިދުމަތާ ބެހޭ ބިލް ދެތިން ފަހަރު ވިދާޅުވެގެން ވެސް އޭގައި ބުނާ ވާހަކައެއް މާ ބޮޑަށް އޮޅުން ފިލާގޮތް ނުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ކީކީހެން ވެސް ހަމަ ހައްތާ ވެސް ފަރަންސޭސި ބަހުން ލިޔެފައި އޮތް ހެެން ހީވުމާއި، އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ގޮތް އަޅުގަނޑަށް ވަމުން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ބިލްގައިވާ މަފްހޫމްތައް މެމްބަރުންނަށް ވިދާޅުވެ ދެއްވަަން ކަމާ ބެހޭ މާހިރަކު މާދަމާ މަޖިލީހަށް ގެނައުމުގެ އިންތިޒާމް ހަމަޖައްސަން މަޖިލީހުގެ ސްކްރެޓޭރިއަޓަށް އެމަނިކުފާނު އެންގެވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ޕޭމަންޓް ހިދުުމަތާ ބެހޭ ބިލްގެ ތަފްސީލު ދެއްވަން މަސައްކަތް ކުރެއްވި.
ބިލްގައި ބުނާ އެއްޗެއް ކުރު އިބާރާތުން ވިދާޅުވެދެއްވަން އިލްޔާސް ލަބީބު އަރިހުން ނަޝީދު އެދިވަޑައިގެންނެވުމުން އިލްޔާސް ދެއްކެވީ ޕޭމަންޓް ހިދުމަތާ ބެހޭ ބިލެއް ނެތުމުން ކުރިމަތިވާ ދަތިތަކުގެ ބައެއް މިސާލުތަކެވެ. އެގޮތުން އެކި ބޭންކްތަކުގެ ތެރެއިން ލާފައި ކުރާ ފައިސާގެ މުއާމަލާތްތަކަށް، ބޭންކްތައް ތަފާތުވުމުން ހޭދަވާ ވަގުތު ދިގުވުމުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކާޑް ބޭނުންކޮށްގެން ހަދާ ޕޭމަންޓްތައް ކްލިއާ ނުވެ ލަސްްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ގާނޫނު އައުމުން އެފަދަ ދަތިތައް ފިލައިގެންދާ ފަދަ ޕޭމަންޓް ގޭޓްވޭއެއް ރާއްޖޭގައި ގާއިމްކުރެވޭނެ ކަަމަށެވެ. އެ ބިލްގެ ސަބަބުން ލިބޭނެ ބައެއް ފައިދާތަކާ ބެހޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކައާ މެދު މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ސުވާލު އުފެއްދެވިި އެވެ.
ބިލް ގާނޫނަކަށް ވުމުން ރައްޔިތުންނަށް ވާނެ ފައިދާތަކާ ބެހޭ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަ އަށް ވެސް ޝަރީފް އެގޮތަށްް ސުވާލު އުފައްދަވައި ނުރުހުން ފާޅުކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ބޮންޑޭ ވިދާޅުވީ އެ ބިލަކީ މަރުކަޒީ ބޭންކް އެމްއެމްއޭއިން މިހާރު ތަރައްގީކުރަމުން އަންނަ ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ އާ ގުޅިގެން އަންނަން ޖެހޭ ގާނޫނެއް ކަމަަށާއި ޕޭމަންޓް ގޭޓްވޭގެ މަސައްކަތް އެމްއެމްއޭއިން ކުރަމުން އަންނަ ކަަމަށެވެ. އެފަދަ ޕޭމަންޓް ގޭޓްވޭއެއް ތައާރަފްވުމުން، ފައިސާގެ މުއާމަލާތްތައް އަވަސްވެފައި ވިޔަފާރިކުރަން ފަސޭހަވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލީ ހިދުމަތްތައް ދޭ ފަރާތްތައް ރެގިއުލޭޓްކުރާނެ ގޮތާއި ޝަރުއީ މަރުހަލާގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވެ ބިލަށް އޭނާ ތައުރީފު ކުރެއްވި އެވެ.
އެކި ބޭފުޅުން ބިލާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ފަހު ނަޝީދު ވިދާޅުވީ އެ ބިލަކީ "ރަނެއް މަލެއް ފަދަ" ބިލެއް ކަމަށެވެ.
ޕޭމަންޓް ސިސްޓަމް އަދި ޕޭމަންޓް ހިދުމަތާ ބެހޭ ބިލް ހުށަހެޅި ސަބަބެއް ކަމަށް ސަރުކާރުން އެ ބިލްގައި ބުނެފައި އޮތީ ބިލްގެ ބޭނުމަކީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމްކުރުން ކަމަށެވެ. އެ ސިސްޓަމް ގާއިމްކުރާއިރު އެ ސިސްޓަމްގެ ތެރެއިިން ހިންގާ މުއަމާލާތްތައް ރެގިއުލޭޓްކުރާނެ ގޮތްތައް ބިލްގައި ވެ އެވެ. އެކަަމަށް ޓަކައި ހާއްސަ ކައުންސިލެއް އުފައްދަން ވެސް އެ ބިލްގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
21 October 2020
ގަމާރުންނަށް ތަކެތި ފަހުމުވާން ގިނައިރު ނަގާނެ!
ކަންނާޑި
19 October 2020
މި ބިލް ލަސްނުކޮށް ގާނޫނަކަށް ހަދަންޖެހޭ !
އަހުމަދުބޭ
19 October 2020
ތިޔަބިލްގައި އޮތްޗެއް ނޭގެންޏާ އެގޭނެ ބަޔަކުގެނެސްގެންވެސް ތިޔަބިލް ފާސްކޮއްދީބަލަ، މިހާހިސާބަށް އައިއިރުވެސް އޮންލައިން ޕޭމެންޓެއްް ގައުމަށް ރިސީވް ނުކުރެވޭ، ޕޭޕާލް، ގޫގުލްޕޭ، އެޕަލްޕޭ ފަދަ އެއްވެސް ޕޭމަންޓް ގޭޓްވޭއެއް ބޭނުންކޮއްލެވޭ ގޮތްމިވަނީ ނުވެފައި
ހަނީފު5
19 October 2020
ތީގައި އޮތް އެއްޗެއް އެމްއެމްއޭއަށްވެސް އެނގޭނެހެނެއް ހިޔެއް ނުވޭ. ކޮންމެވެސް ގައުމެއްގެ ގާނޫނެއް ކޮޕީކޮށްލިޔަސް އަދި އެބުނޭ އެއްޗެއް ނޭނގޭނެތާ. މިހެން މިދެންނެވީ މީގެ އަހަރުތަކެއް ކުރިންވެސް 'ޕޭމަންޓް ސިސްޓަމް' ގާއިމްކުރަން ވިއްސަކަށް މިލިއަން ރުފިޔާ ޚަރަދުކޮށްފައި ދެން ވީ ގޮތެއް ނޭނގުނު. ފެނުނީ އަލުން އަނެއްކާވސް ހަމަ އެ 'ޕޭމަންޓް ސިސްޓަމް' ގެ މަސައްކަތް ފެށިތަން. ދެން މިފަހަރު ވާގޮތެއް އެނގިދާނެތާ.
ސިކުނޑި
19 October 2020
ދެން އެހެންވިޔާ ރަނގަޅުވާނީ، ފޮތް ލިޔުއްވަން ގޭގަ މަޑުކޮށްލެއްވިޔާ! ސަރުކާރަށް ޖެއްސުން ކުރިޔަސް ބޮޑުވަރުމީ! ދެފަހަރު ކިޔައިގެން އޮޅުން އަރާގޮތްވީމާ އެޖެންޑާ ނުކޮށް ކީއްވެތޯ ފަންނީ މީހެއް ގެންނަވައިގެން މައުލޫމާތު ސާފު ނުކުރެއްވީ؟
ތިރަށުއައްމަޑޭ1257
19 October 2020
ބަރުލަމާނީ ގެންނަންޔާ ގޯޓުތަކަށް ވާނުވާ އިނގޭނެ
އައްޔައައްޔަ
19 October 2020
ނުކިޔަވާ މީހުންގެ މަޖިލިސް
ޢިތުބާރުކުރޭ67
19 October 2020
މިބިލް ނެތުމުގެ ސަބަބަުން ދުނިޔޭގެ ބޮޑެތި ކުންފުނިތައް ގޫގަލް ނުވަތަ އެޕަލް ތަންތަނުން ސީދާ ރާއްޖޭގެ ޕޭމަންޓް ހަދަން އުޒުރުވެރިވޭ...ޕޭޕަލް ފަދަ..
އިސްމާލި
19 October 2020
ނާ. ތިޔަހެން ނުބުނޭ! ތިޔަތާ ތިބި އިއްޒަތްތެރިންނަކީ ހުރިހައި ދާއިރާއަކުން އެނގި ތިބި ރޯނު އެދުރުންނެކޭ ނުބުނާނަން. އެކަމަކުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ އެއްޗެއް ވާނެއެކޭ ނުދަންނަވާނަން. ދެން އަވަހަށް ތިޔަ ބިލަށް ގޭދޮށު މަސް ފެކްޓަރީއާއި، އޯފްޝޯރ ޕްލެޓްފޯމް، މާލެއިން ގޯތި ދިނުމާއި ކުރީ ސަރުކާރުގެ ކޮރަޕްޝަނޭކިޔައި ލާފައި ފާސްކޮށްލާ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
19 October 2020
ވަރަށް އާއްމު ކިމެއް ( ޕޭމަންޓް ) ވިޔަފާރީގައިވެސް އެއީ ގިނަފަހަރު ސާފްްވިއަސް ސާފްނުވެގެން ޑިލޭޓެކްޓިކްސް ފިސާރި އަވަލާ އެއްޗެއް.