ސުއޫދު ކުރެއްވި ޓްވީޓަކާ ގުޅިގެން ހައި ކޯޓުގެ އަމުރަކަށް މިދިއަ ހަފުތާގައި ކޯޓަށް ހާޒިރުވަނީ: އޭނާ ކޯޓުތަކުގައި ވަކާލާތު ކުރެއްވުން މިވަނީ ވަގުތީ ގޮތުން މަނާކޮށްފައި.
31 އޮކްޓޯބަރ 2016 - 20:25
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މިރޭ މަނާކޮށްފި އެވެ.
ޖުޑިޝަރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސުއޫދާއި އަލީ ހުސައިން ވަކާލާތު ކުރުން މަނާ ކުރީ އެ ދެ ވަކީލުންނާ ގުޅޭ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލަ ނިމެންދެން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް މި ދެ ބޭފުޅުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ބަޔާނުގައި ނެތެވެ.
މެމްބަރު އަލީ ހުސައިން (ވ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އޭނާ ވަކާލާތު ކުރުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައި. - ފޮޓޯ: މިހާރު
ސުއޫދާއި އަލީ ހުސައިން ވަކާލާތު ކުރުން މަނާ ކުރި އިރު، އެކި މަގްސަދުތައް ހާސިލްކުރަން ކޯޓުތަކުގެ ހުކުމްތައް މާނަ ކުރަމުންދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިރޭ ވަނީ ބަޔާނެއް ނެރެފެ އެވެ. އެ ބަޔާނުގައި ބުނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ވަކާލާތު ކުރުން މަނާ ކުރުމާއި ހުއްދަ ބާތިލް ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.
ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ސުއޫދަކީ މިހާރު ޕީޕީއެމްގައި އުފެދިގެން އުޅޭ މައްސަލާގައި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލެވެ. މައުމޫންގެ ހައްގު ގެއްލޭ ގޮތަށް، ޝަރީއަތްތަކުގައި ކަން ހިނގާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހުރަޔާ
22 March 2017
ނިމުން ކައިރި ވީވީހެން އަޅާނީ ޅައިހަލުން
މާމުއި
01 November 2016
" މާދަމާ ނައިހެއްނުދާނޭ އަޑުއަހާ ކަތުނޭ މިތާ ވާނުވާ ރަގަޅަށްބެލީމާ މާދަމާ ފެންނާނެތާ "
ފފ
01 November 2016
އެންމެ އަދުލުވެރި އުމަރުގެ ފާނުގެ ދަރުބާރުގައިވެސް ރައްޔިތުން ބަސްބުނި، އަދުލު އިންސާފުން އެއްކިބާވާކަން ރައްޔިތުންނަށް އިހުސާސު ވާނަމަ ރައްޔިތުން ބަސްބުނުމަކީ ދީނީ އަދި ޤާނޫނީ ވާޖިބެއް، ބާރުގަދައީ ރައްޔިތުންގެ ފަޅި!
އަލީ
01 November 2016
އަޅުގަޑަށް ހީވާގޮތުން ގާނޫނުގެ ބެލެނިވެރިފަރާތަކީ ރަށްޔިތުންމަޖިލިސް އެއީ ރަށްޔިތުން. ސ.ކޯޓޭ ވިދާޅުވާތީ ................؟
ސަހަރޯ
01 November 2016
ސަހަރޯ މިއޮށްކަމެއްވާދޯ
Maldives
01 November 2016
އަލީހަމީދު ގެ މައްސަލައެއް ބަލަމުން ދިޔައިރު އޭނާހުރީ ފަނޑިޔާރުކަމުގައެވެ، ކޮބާ އިންސާފު..؟
އުއްތަމަ
31 October 2016
"ގާނޫނި ސަރުކާރު ދަމަހައްޓާނަން" ކޯޓްތަކުން ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ފާޑުކިޔާ މީހުނާމެދު ފިޔަވަޅުއަޅާނަން.
ގަޅިބެ
31 October 2016
ހުރިހާ ބާރެއް ފެށިގެން އަންނަނީ، އަދި އެބާރުތަށް ދެމި އޮންނާނީވެސް ރައްޔިތުންގެ އަތުގާކަން ނުދަންނަ ރައްޔިތެއް ތިބޭ ތަނެއްގަ, ރައްޔިތުން ތިބެންޖެހޭނީ ފިތިފަ. ރައްޔިތުންނަށް އެކަން ވިސްނޭ ދުވަހަކުން ތި ހުރިހާތަނެއްގެވެސް ބާރުތައް ކެނޑޭނެ.
އުމަރު
31 October 2016
މަނާކުރިޔަސް ޑިމޮކްރަސީ ނުހުއްޓުވޭނެ،
ޏ އައިކު
31 October 2016
2018ގެ ވޯޓާއި ދޭތެރޭ ރައްޔިތުން ސަމާލުވާންވީ މިފަދަ ކަންތައް ސަރުކާރުން ކުރާތީ ދޯ؟