ރައީަސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލިސް
09 ނޮވެމްބަރ 2020 - 12:27
ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދަ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާތައް ނަގާތީ އެ ނިޒާމު ދައުލަތަށް ބޮޑު ބުރަޔަކަށް ވެފައިވާ ކަމަށް، އެ ނިޒާމު ތައާރަފް ކުރި އިރު ރައީސްކަމުގައި ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އާސަންދަ ފުރަތަމަ ތައާރަފްކުރީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެ ސްކީމް ހިނގަމުން އަންނަނީ އިންޝުއަރެންސް އުސޫލުން ނޫން ކަމަށެވެ. މިއަދުގެ ޖަލްސާ އިންޓަވަލް އަށް މެދުކަނޑައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، މަސް ދެ މަސް ދުވަހުގެ ބޭސް ލިޔެދިނުމަކީ މިހާރު ޑޮކްޓަރުން އާއްމުކޮށް ކުރާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އިންތިހާ އަށް ގިނަ ޓެސްޓްތައް ވެސް ހައްދުވާ ކަމަށެވެ. އެހެންވެ، އާސަންދަ އިން ދޭ ފަރުވާގެ ބިލު އެތައް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސްް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އާސަންދަ އަށް މިހާރު ދައުލަތުން އަހަރަކު ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.
"އާސަންދަ ފެށިގެން އައީ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ވިސްނުމުގެ ތެރޭގައި. އެހެން ނަމަވެސްް މިހާރު އާސަންދަ ވަކިން ހިނގަމުން އަންނަނީ. އެލައިޑް އިންޝުއަރެންސާ އާސަންދަައާ މިވަނީ ވަކިކުރެވިފައި. ދެން އާސަންދަ ހިނގަމުން ދަނީ އިންޝުއަރެންސްގެ އުސޫލުތަކުން ނޫންކަމަށް ފެންނަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އާސަންދައިގެ ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިސާ ނެގެނީ މަޖިލީހުން އެކަން ނުބަލާތީ އެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން އައީ ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ އިންޝުއަރެންސްގެ ބިލަށެވެ.
"މިހާރު ޑޮކްޓަރުން އެއްމަސް ދުވަސް ދެ މަސް ދުވަހުގެ ބޭސް އެބަ ލިޔެދޭ. އެހެންވީމާ ބޭސް ކާ ކުއްޖާ، މީހާ ހަތަރު ދުވަސް، ތިން ދުވަސް ކާލާފައި އަނެއްބައި އުކާލަނީ. ޓެސްޓު އެބަ އިންތިހާ އަށް ގިނަ ފަހަރު ހައްދުވާ. އަދި ޓެސްޓު ހެދުމާއި ބޭސް ޕްރިސްކްރިޕްޝަން ދިނުމުގެ މަސައްކަތުގެ ތެރޭގައި ގޮސް އާސަންދަގެ ބިލު އެބަދޭ އެތައް ބިލިއަން ރުފިޔާއަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ގިނައިން ބޭސްދޫކުރުމާއި ޓެސްޓުތައް ގިނައިން ހެއްދުން ފަދަ ކަންތައްތަކުން އާސަންދައިގެ ބިލް ބޮޑުވާއިރު، ސަރުކާރުގެ ބޭނުމަކީ ބަލިވާ މީހުންނަށްް އަދި ވަކިން ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ ނިކަމެތި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.
"މި ނިޒާމުގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮންނަ އޮތުން އެއީ މި މަޖިލީހުން މި ކަންކަން ނުބެލޭތީ ވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވިސްނާފައިވާ ގޮތަށް އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގާ ނަމަ ދައުލަތް ނެގެހެއްޓޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކޮންމެ ރައްޔިތަކަށް ވެސް ބޭސްފަރުވާ ކުރެވޭ ހެލްތު އިންޝުއަރެންސްް ނިޒާމެއްގެ ގޮތުގައި އާސަންދަ ފުރަތަމަ ތައާރަފު ކުރެއްވީ ނަޝީދުުގެ ވެރިކަމުގައި 2011 އިގަ އެވެ. ނަމަވެސް އޭރުގައި އޮތީ އެ ނިޒާމުން ފަރުވާ ކުރުމަށް ކޮންމެ މީހަކަށް ވެސް އަހަރަކު ވަކި އަދަދަކަށް ދައުލަތުން ފައިސާ ހަރަދުކުރާ ގޮތަށެވެ. ވަކި އަދަދެއް ކަނޑަނާޅައި ހަރަދުކުރާ ގޮތަށް އާސަންދަ ބަދަލު ކުރައްވައި "ހުސްނުވާ އާސަންދަ"ގެ ނަން ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިފުޓީ ސިކުސް
10 November 2020
ޑޮކްޓަރުންނާއި ނަރުހުން މަޖިލީހުން ބަލާގޮތަށް ހަދަންވީ
Hassan
10 November 2020
ކޮންމެ ދިވެހި ރައްޔިތެއްގެ ހެލްތް ހިސްޓުރީ ބެލޭނި ނޭޝަނަލް ޑޭޓާ ބޭސް އެއް ގާއިމް ކުރޭ މުޅި މައްސަލަ ހައްލުވީ. މީ ބޮޑު ހަރަދެއްދާނެ ކަމެއް އެހެން ނަމަވެސް ލޯންގު ޓާމް ބެނިފިޓް ކުރާނެ ކަމެއް. ގަައުމުގެ ބޮޑެތި ކުލިނިކް ތަކާއި ހޮސްޕިޓަލް ތަކުން މި ޑެޓާ ބޭސް އައް އެކްސެސް ދިނުމުން ބަލިމީހާގެ ހިސްޓުރީ ފެނި ޑޮކްޓަކުންނައް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ.
ކަޑަބައި
10 November 2020
ޑޮކްޓަރު ލިޔެދެންޖެހޭ ބޭހުގެ ބާވަތާ މިންވަރު އެހެންމީހުން ބުނެދެން ޖެހޭ ނަމަ ޑޮކްޓަރު ޖަވާބުދާރީ ކުރުވަން ވަރަށް އުދަގޫވާނެއެވެ.
ޝޮކްތެރަޕީ
10 November 2020
މި ރައްޖެ ހަލާކޮއްލީ ނަޝީދު. އެހެންނުންނަމަ ރާއްޖެ މިސަރަހައްދުގެ ބޭސް ފަރުވާ އެމްމެ ކުރީގަ އޮންނާނީ ސިންގަޕްރުގެ ކޮލެޓީގަ
ހަޑިގިއްލާ
10 November 2020
ބޭސްސިޓީއަށް ސަލާމްޖެހުމުގެ ކިއޫދިގުވެ، މަހުޖަނުންގެ އަޅުންނަށް ދިވެހިރައްޔެތުން ވެތިއްބާ ރައްޔިތުން މިނިވަަންކޮށް މިނިޒާމު އުފެއްދިމިހާ ރައީސް ނަޝީދަކީ....
އާސަންދަބ
10 November 2020
ބަލަ އާސަންދަޔައްވެސް ހުރިހާ އެއްޗަކައްވެސް ރުފިޔާ ނަގަނީ ރައްޔިތުންގެ ނުރުހުމުގައި ނަގާ ޖިޒީގެ ފައިސާން ހެހެ ތިމާ މީހުންގެ މުސާރަ ތިކައްދަންދެން ހެހެހެ
ދިއްދޫ މާލާ
09 November 2020
މައުމޫނު އާއި މުޖުތަބާ މަގާމުން ވަކިކުރީ ޕްރައިވެޓް ކްލިނިކްތަކާއި އޭޑީކޭއިން ވަގުހަދާތީ، އެތަންތަނުން އާސަންދަ ސްކީމުން ބޭރުކުރުމުން.
ޜަސްގެފާނު
09 November 2020
ޢާސަންދަ އިން ނާޖާ އިޒު ފަ އިދާ ހޯދަނީ ތި ބޭފުޅަގެ ރަ އްޓެހި މޯދީ ގެ ޤަ އުމުން
ހުސެން
09 November 2020
މިހާތަނަށް ނަޝީދުަ ދެއްކިއެންމެ ހަމަޖެހޭ އަދި މުހިންމު ވާހަކައަކީ މިއެވެ. އޭޑީކޭހޮސްޕިޓަލަކީ ގިނަ ޓެސްޓުތައް ހެއްދުވުމާ އަދި އާސަންދަ އައިފަހުން އަގުތައް އެތައްގުނައަކަށް ބޮޑުކޮށްގެން ބޮޑުފައިދާ ނެގުމުގައި ފާހަގަކޮށްލެވޭ ތަނެއް..
އާސަންދަ
09 November 2020
އަނގައޮތީމަ ވާހަކަ ދެއްކޭދޯ.
މޫސަ123
09 November 2020
އަބަދުވެސް މޮޅުވާހަކަ ދެއްކޭތޯބަލާ މި އައި ޖީ އެމް ހޮސްޕިޓަލަށް ދައްކަން އުޅެންޖެހޭ ހާލު ނޭގެނީތޯ މިހާރު ޖާގައޮގެ ދަތިކަން ވާހެން ހީއެއްނުވޭ އާސަންދަ ދޭންޖެހޭތީ ހަމަ ގަސްތު މީހުނަށް އުދަގޫކުރަނީ ޑޮކްޓަކަށް ދައްކަން މަސް ދެމަސްދުވަހު އުޅެން އެބަޖެހޭ ކޮރޯނާގެ ސަބަބުން އަތޮޅުތެރޭން އެކަކުވެސް މާލެ ނާދޭ އެކަމަކު އައިޖީ އެމް ހޮސްޕިޓަލުން ޑޮކްޓަރަކަށް ދައްކަން މިހާ އުދަގޫ މިވަނީ ކީއްވެތޯ ބަލާލާ މީހަކުވެސް މިގައުމަކު ނޫޅޭ .
ކަޑަބައި
10 November 2020
އައިޖީއެމްއެޗްގަ ސްލީޕް ސްޓަޑީ ޓެސްޓަކަށް އެދިގެން އުޅޭތާ މި ޑިސެމްބަރު މަހަށް ދެއަހަރުވާނެ. މަ ބޯހަލާކު.