ޚަބަރު / ޖުޑީޝަރީ

އަޅުގަނޑުގެ ކުށެއް، ފިޔަވަޅު އެޅީ ކޮންކަމާ ކަން ވެސް ނޭނގެ: އަލީ ހުސެއިން

މަޖިލީހުގެ ކޮމެޓީއެއްގައި އަލީ ހުސެން ވާހަކަ ދައްކަވަނީ: ވަކި މުއްދަތެއް ނެތް ގޮތަށް، ވަކާލާތުކުރުން އޭނާ އަށް ވަނީ މަނާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މަނާކުރިއިރު އޭނާގެ ކުށެއް އަދި ފިޔަވަޅު އެޅި މައްސަލައެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަލީ ހުސެއިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އަލީީ ހުސެއިން ވިދާޅުވީ ވަކާލާތު ކުރުމުގެ ހުއްދަ ބާތިލްކުރިކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ. ފިޔަވަޅު އެޅި ސަބަބެއް ތުހުމަތުކުރާ ކުށެއް ވެސް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުއްދަ ބާތިލްކުރިކަން އަންގައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ވެސް ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. ހުއްދަ ބާތިލްކުރީ، ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދެ ވަކީލުންނާ ގުޅޭ މައްސަލައެއް ބަލަމުން އަންނާތީ، އެ މައްސަލަ ނިމެންދެންނެވެ. އަދި އެ ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަސްޕެންޑްކުރުމުން ހިތްހަމަޖެހިވަޑައިނުގެން އަލީ ހުސެއިން ވިދާޅުވީ "ކޯޓުތަކުން، ޖޭއެސްސީގެ ބާރުކަނޑުވާލައި ފަނޑިޔާރުން ރެގިއުލޭޓްކޮށް ވަކީލުންގެ ލީގަލް ޕްރޮފެޝަން ރެގިއުލޭޓްކުރާއިރު ޕްރޮސިކިއުޓާ ޖެނެރަލާއި އެޓާނީ ޖެެނެރަލް ނިދާފައި" ކަމަށެވެ.

އަލީ ހުސައިނާއި ސުއޫދު ވަކާލާތު ކުރުން މަނާ ކުރި އިރު، އެކި މަގްސަދުތައް ހާސިލްކުރަން ކޯޓުތަކުގެ ހުކުމްތައް މާނަ ކުރަމުންދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގައި ސުޕްރީމް ކޯޓުން ވަނީ ބަޔާނެއް ނެރެފެ އެވެ. އެ ބަޔާނުގައި ބުނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ވަކާލާތު ކުރުން މަނާ ކުރުމާއި ހުއްދަ ބާތިލް ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.

8 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 18%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންމަނިކުބޭބެ

13 September 2017

މިގައުމުގަ އިންސާފު ލިބޭނެކަމަށް މިހާރު ގަބޫލުކުރެވޭ. ބޭނުންހާގޮތަކަށް ނޫޅެވޭނެކަން މިހާރު ގަބޫލުކުރެވޭ. ތިމާ ހުންނަންވާނީ ޤާނޫނަށްވުރެ ފަހަތުގައިކަން މިހާރު ގަބޫލުކުރެވޭ. ވަކާލާތުކުރުން މަނާކުި ސަބަބު ވަރަށް ސާފު. ދެ ލޯޔަރުންނަށް އެސަބަބު ނޭގޭނަމަ އެއީ ލޯޔަރުންގެ ޓެގު އަޅުވައިގެން އުޅޭ ދެ އެކްޓިވިސްޓުން.

The name is already taken The name is available. Register?

ާއައްބެ

22 March 2017

ދުވަހަކުވެސް މީނައަށް އިނގޭ އެއްއޮވޯތަ!

The name is already taken The name is available. Register?

ާދިވެހި ދަރިއެއް

22 March 2017

ތިމާޔަކަށް ދުވަހަކުވެސް ނޭގޭނެ ބަލަގަ ރެޔާދުވާލު ތިމާގެ އަނގައިން އަދުގެސަރުކާރްށް ކިޔަނީ މަދަހަސަނާޔާ ދުއާތޯ ނޫނީ ފަރިހިތޯ އަމިއްލަ ނަފުސާ ނިކަން ސުވާލުކޮށްލަ ބަލަ އޭރުން ވީގޮތް އެނގޭނެ ހެހެހެހޭ

The name is already taken The name is available. Register?

ައަލީ

02 November 2016

މަޑު މަޑުން މި ދަނީ ނޯތްކޮރެއާ އާ ދިމާ އަށް.

The name is already taken The name is available. Register?

ރަދީފް

02 November 2016

ހުދުމުހްތާރު ވެރިކަން ހިނގާ ގައުމުތަކުގަ ނޭގިހުއްޓާ ކުށްވެރިވާނެ. ނޭނގިހުއްޓަ ހައްޔަރުކޮށްފާނެ.

The name is already taken The name is available. Register?

ނޭގެނީދޯ

02 November 2016

ފިޔަވަޅު އެޅީ ކީއްވެކަން ވެސް ތަމެންނަށް ނޭގުނު ދޯ. ތީ ދެން ކިހާ ދެރަ ކަމެއް ނޫންތޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތި މީސްމީހުންނަށް ސިވިލައިޒްޑް ސޮސައިޓީ އަކު ނޫޅެވޭނެ ކަމަށް ފެންނާތީވެ މަމެން ތިކުދިންނަށް ފިލާވަޅު ނަގާދޭން މިއުޅެނީ އިނގޭ. ތިކުދިން އާދެ ބަލަ ސޯސަން މަގުގައި ހުންނަ ޕިންކް ފޯރމް ސިގްނޭޗަރ އޮފީހަށް ކޮންމެ ރެއަކު ގަނޑު ކަނޑާ ފޮތެއް ހިފައިގެން.

The name is already taken The name is available. Register?

ޖައިސަމް

02 November 2016

މިގައުމުގަ އިންސާފު ލިބޭނެކަމަށް ގަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

ކޯޓު

02 November 2016

މިއީވެސް އިންސާފު. ހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454