ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ލޯޔަރުން މަސައްކަތް ކުރައްވަނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމުގެ ތުހުމަތު ކުރޭ. --ފޮޓޯ/މިހާރު
13 ޑިސެމްބަރ 2020 - 13:06
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން ސަރުކާރުން ހުރަސްއަޅާ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތް ލަސްކޮށް ނުފޫޒު ފޯރުވަން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔާމީންގެ ވަކީލު ބައްދަލުވުންތަކަށް މި ސަރުކާރުން އެކި ހުރަސްތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތު އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ތަކުރާރުކޮށް ކުރައްވަމުންނެވެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ވެސް ޔާމީނާ ބައްދަލުކުރަން ފުރުސަތު ނުދިން ކަމަށާއި ބޭނުމަކީ ކޯޓުގައި ދިފާއުވުމުން މަހްރޫމުކޮށް ހައްގެއް ނިގުޅައިގަތުން ކަމަށް ވަކީލުން ވިދާޅުވެ އެވެ.
މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ ވަކީލުންނަށް މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ ޖެނުއަރީ މަހު ކަމަށް އެ ދުވަހުގެ ޝަރީއަތުގައި އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާއިރު އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު.---ފޮޓޯ: މަޖިލިސް
ޔާމީންގެ ވަކީލުންގެ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ވަކީލުންގެ ބައްދަލުވުންތައް ހަމަޖައްސައިދޭން އޮންނަ އުސޫލުގެ ތެރެއިން ތަފާތުނުކޮށް ޔާމީންގެ ވަކީލުންނަށް އިންތިޒާމު އަބަދުވެސް ހަމަޖައްސައިދޭ ކަމަށެވެ. މިއީ ކޮވިޑް-19ގެ ހާލަތަށް ވުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ޖަލަށް ވަޑައިގަންނަވަން ބޭނުންވިޔަސް އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވެވަޑައިގެން އޮންނަ އުސޫލަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ އެންމެ ފަހުން ބައްދަލު ނުކުރެއްވުނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަނޭޅުއްވުމުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި ޔާމީނަށް އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ފަސޭހައިން ހަމަޖައްސައިދޭން ކަރެކްޝަނަލް ސާވިސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ. ޔާމީން މާލެ ގެންނަވައިގެން ވެސް ބައްދަލުކުރެއްވޭނެ ގޮތް ކަރެކްޝަނަލް ސާވިސް އިން ހަދައިދޭނެ ކަމަށް ވަކީލުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ލޯޔަރުން އެކަމަށް އެއްވެސް އިޖާބައެއް ދީފައެއް ނުވޭ،" ނަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެހެންތަ ހީވަނީ
14 December 2020
އަދީބުގެ ސަރީއަތް ވެސް ކުރިއަށް ގެންދިއައީ ގެއަށް ބަދަލުކޮއްފަ . މިވަރުގެ ކޮވިޑެއް ގައުމުގަ ފެތުރޭހާލަތްގަ މިވަރުގެ ޝަރީއަތެއް ހިންގާ ޖެހުނު އިރު ރައިސްޔާ މީންވެސް ގެއަށް ބަދަލު ކޮއްފަ ދެން ސަރީއަތާކުރި މަތިލާން އި މްރާނެއް ކަ މަކު ބުނެބަލަ ލޯޔަރުން އުޅެނީ ޖަލުން ސަލާމަތް ކުރަން ސަރުކާރުން ހުރަސް ތައް ކުރި މަތި ކުރާނީ ޖެހިލުންވާތީ .
ރަދީފްއޮފިޝިއަލް
14 December 2020
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު - (ފޮތް ފިހާރައެއްގެ ސޭޓެއްގެ މަގާމުން ސްޓޭޓް މިނިސްޓަރެއްގެ މަގާމް ލިބުނީމަ މީހާ ބައެއް ފަހަރު މީހާއަށް ވެސް އޮޅޭނެ). .ވެދުން
ރޯނު
14 December 2020
ޖަމީލު ބޭނުންވާނެ ޝަރީޢަތް ލަސްކުރައްވަން ސަބަބެއް ނެތިއެއްނޫން 2023 ގެ އިންތިޚާބުގައި ވާދަކުރައްވަން ޖަމީލު އާއި، ވަހީދު އެހުންނެވީ ފެންބޮވައިގެންފައި. ހަމަ އެހެންމެ ޢުމަރު ނަސީރުވެސް އެހުންނެވީ އެކަމަށް ދެވި ހިފާފައި 3 މީހުންނަކީވެސް ވެރިން ދައުލަތުން ޔާމީންމައްޗަށްކުރާ ދައުވާ ވަރަށްމަދު މަޤާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދަޢުވާއާއި މިހެންގޮސް ވަރަށްބައިވަރު ދަޢުވާ ކުރެވެންއެބަޖެހޭ.
ސަންފުލާވަރ ފުޅު
14 December 2020
މިއީ ރޔ ވުރެ އަނިޔާވެރިި ކެހިވެރި ހިޔަޅު ސަރުކާރެއް
އިއްޒަތު
14 December 2020
ޔާމީނަށް ގިނަ ދަޢުވާ ކުރެވެން ޖެހޭ އިރުވެސް މަދު ދަޢުވާ ކުރައްވާތީ ހިތާމަކުރަން ވެރިކަމަށް އައުމާއިއެކު ނުހައްޤް މުއްސަދިކަން ލިބި އެކައުންޓްތަކަށް ގޮތްނޭގޭ އެތައް ފައިސާއެއްވަދެ ގޯއްޗެއް ބައްލަވައިގަނެ އެތަނުގައި 17 ބުރީގެ ޢިމާރާތެއް އަޅައި އެކި އެކައުންޓްތަކުގައި 100 މިލިޔަނަށްވުރެ ގިނަ ފައިސާ އާއި ޑޮލަރު ވޭތުވެދިޔަ 05 އަހަރުގެ ވެރިކަމުގައި ލިބުމަކީ ބަލަންޖެހޭ ކަންކަން. ވިދާޅުވަނީ ހަދިޔާއަކަށް ތިމަންމަނިކުފާނަށް ލިބި ލެއްވި ފައިސާކަމަށް.
އިބްރާހިމް އަހުމަދު
13 December 2020
ޖަމީލު ތިޓީމުގައި ބައިވެރިވިހިސާބުން އެނގިއްޖެ ރަނގަޅަކަށްނުދާނެކަން. ޖަމީލު ބޭނުންވަނީ ބަދަލުހިފަން. ފިސާރި ރަނގަޅަށް ބަދަލުހިފާލާނެ. ދާއިމަށް ގޮޅީގައިބާއްވާފައި ޖަމީލު މިފަހަރު ތިޕާރޓީގެފަރާތުން އިންތިޚާބުގަ ނުކުންނާނީ. ބަލަންތިބޭތި.
ތެދުވެރިޔާ
13 December 2020
ރާއްޖޭގަ އިންޑީޔާ މީހުން ވަޒަންވެރިކުރުވަން އަންނަ އަހަރު ސަރުކާރުން ވަނީ ނިމްމާފަ. މީ ވަރައް ދެރަވަރުގެ ކަމެއް. ސެކަންޑް ކޯމްގެ ނަމުގަ
ބުރޯތީ
13 December 2020
ތީ އާކަމެއް ނޫން. ތީތި ތިހެން އޮންނަތާ ލައްކަ ދުވަސް ވެއްޖެ.
ނާސިރު ބޭނުމީ މިނިވަންކަން.
13 December 2020
ރައިސް ޔާމިންގެ ތަރައްގީ ހަބޭސް ދައުލައް އޮތީ ވަރައް ތަނަވަސް ކޮއްދިީފަ. ވިސްނާފިކުރު ކުރާބަޔަކައް މިކަން އިހުސާސްވާނީ. ޖޭޕީ އަދާލަތު ޕާޓީ މިވަނީ ބިރިޔާނި ކޮތަޅަކައް ވިކިފަ.
ބަސް
13 December 2020
ޔާމީނުގެ ވަކީލުން އެކަންޏެއް ނޫން. ޝަރީޢަތް ލަސްވުމުން ކޮންމެވެސްކަހަލަ ރަނގަޅެއް އޮތްކަމަށް ފެންނަ ކޮޅާއި އެކޮޅުގެ ވަކީލުން އުޅޭނީ ލަސްކުރަން. އަނެއްކޮޅުން އުޅޭނީ އަވަސްކުރަން.
ިއިބްރާހިމް
13 December 2020
ދޮގު ހަދާ ސަރުކާރު، އަނިޔާވެރި ސަރުކާރު. ޕީސީއާރު އޮތީ އިދިކޮޅާއި ރައްޔިތުންނަށް. ސަރުކާރު ބޭފުޅުން ކޮވިޑް ފްރީ. ނޯޓެސްޓް