ކޮވިޑް ޖެހިގެން ރާއްޖޭޭގައި މަރުވިމީހެއްގެ ޖަނާ ކުރިއަށް ގެންދަނީ. ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން އަންނަނީ މަޝްވަރާކުރަމުން.
15 ޑިސެމްބަރ 2020 - 19:47
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލަން ގެންނަން އުޅޭތީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމަށް ޖޯކް ޖެއްސެވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެސް އެ ވާހަކަ އަށް ތާއީދުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ޖަނާޒާގެ ކަންކަން ފުރިހަމަކުރުމަށް އެ ގައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެދި އެ ގައުމުގެ ރައީސް ގޯތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެކަމަށް ޖޯކް ޖައްސަވައި ސޯޝަލް މީޑިއާ ޓްވިޓާގައި މުނައްވަަރު ރާއްޖެ ސިފަކުރެއްވީ "އިސްލާކިކް ރިޕަބްލިކް އޮފް ގަބުރުސްތާން"ގެ ގޮތުގަ އެވެ. އެ ޓްވީޓަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ މުނައްވަރު އެ ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށެވެ.
Well said Dr Munavvar!
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު އާއްމުންގެ އިތުރުން ސިޔާސީ ފަރާތްތައް ވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. ކުރީގެ ރައީސް މައުމޫނު ހުންނެވީ އެކަމާ ދެކޮޅު ފަޅީގަ އެވެ.
ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމާ އެއްކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ހިޔާލުފާޅުކުރެއްވި އެވެ.
Good that Maldives & Sri Lanka trying to address this issue. 🇱🇰 is our most valued friend and our cousin. We stick together in sickness and & health. 🇱🇰 Muslims can be buried in 🇲🇻. There r burial grounds for Maldivians in 🇱🇰- Jawatha mosque has 4 generations of Maldivian leaders https://t.co/g9T8zFZOpW
— Mohamed Nasheed (@MohamedNasheed) December 15, 2020
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ލަންކާގެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދިނުމަކީ ވަރަށް މުހިންމު އަދި ސަވާބާއި ދަރުމަ ހުރި ކަމެކެވެ.
ބުދު ދީނުގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި ނިންމާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އެންދުމަށެވެ. އެކަމާ ދެކޮޅަށް އެ ގައުމުގެ ބައެއް މުސްލިމުން ވެސް އަންނަނީ އަޑު އުފުލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަންކާގަވަޅުލެވެންވާނެ
17 December 2020
ކޮވިޑް ޖެހިގެން މަރުވާ މީހުން އަންދަންޖެހޭ އެއްވެސް މެޑިކަލް އަދި ސައިންސުން ސާބިތުވާ ސަބަބެއް ނެތް. އަދި ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާތަކާ ޞިއްޙީ މާހިރުންވެސް ލަފާދޭ ކަމެއް ނޫން. އެ ޤައުމުގެ އަޤްލަބިއްޔަތު އޮތް މީހުންނަކީ އެމީހުންގެ ދީނުގައި އަބަދުވެސް މަރުވާމީހުން އަންދައިގެން އަޅިކޮޅު ރުނަބަޔަށްލައިގެން އުޅޭބައެއް . އެމީހުންގެ ވިސްނުމާ އެއްގޮތަށް މަކަރުވެރިކަމާއެކު ނިންމި ނިންމުމަކަށް އަހަރެމެން ކީއްވެތަ މި ތާއީދުކުރަނީ
އޮރެންޖްބެރީ
16 December 2020
މަލާމަތްކުރުމަކީ އަހަރުމެން ބަލައިގަންނަ ކަމެއް ނޫން.
ލުބްލާ1234
16 December 2020
އެހާ މަޖަލެއްވެސް ނޫން ދެން ތި "ޖޯކު".
އުނޭސް
16 December 2020
ތި ބުނާ މުނައްވަރަކީ އެއްވެސް މީހެއް ނޫން! މީހުންގެ ތާއީދު ލިބުނު އަދި އޮތް މީހެއްވެސް ނޫން! ފިސާރި ވެރިކަން ކުރާނަމޭ ހިތާ ދަތް އުނގުޅައިގެން ހުންނަ މީހެއް! މުޅިންވެސް ހުޅުމާލޭގަ ހުންނަ އެއް ކޮފީ ސޮޕުން އަނެއް ކޮފީ ސޮޕުން ތެޅި ބާލަމުން ދުވާ މީހެއް! އާރުލާ އެއް ކަމެއްވެސް ކުރަން އެނގޭ މީހެއް ނޫން ތީކީ އެއް!
ފަހީމާއިބުރޭ
16 December 2020
ލަންކާއިން ތިޔަ އެދުނީ އެހީއަކަށެވެ. ކިފާޔަތުގެ ފަރުޟެއް އަދާކުރުމުގައި އެހީތެރިކަމަކަށެވެ. ތިޔަ ކަމުގައި ރައީސް އިބޫ އިސްތިހާރާ ނަމާދެއް ކުރައްވާށެވެ. ޖެހިޖެހިގެން 3 ދުވަހު ނމަވެސް ކުރައްވާށެވެ. ޢަމަލް ކުރަންވީ ގޮތް ހިތަށްވައްދަވާ ދެއްވާނެއެވެ. އެޔަށް ފަހުގައި ދެކަފިވެފައިވާ މި މައްސަލައާމެދު ގޮތެއް ނިންމަވާށެވެ. ރަނގަޅު ފަޅުރަށެއް ތިޔަކަމަށް އިޚްތިޔާރު ކުރައްވާށެވެ. ލަންކާ ސަރުކާރުން ޤަބުރު އެރަށާހިސާބަށް ފޯރުކޮށްދެންޏާ ވަރަށް ރަނގަޅެވެ ނޫންތަ
ޢަފްލާ
16 December 2020
ކީއްވެ ހަމަ އެހެން ގައުމު ތަކުންވެސް ގެންނަން ވީ ގެނެސްސަ ފަޅުރައްރަށުގަ ވަޅުލާނީ ދެން އެރަށްތަކުގެ ނަން ބަދަލުކޮށް ލަންކާގެ މިލްކިއްޔާތެއް ކަމަޢް ހަދާނީ
ޚިޔާލެއް
16 December 2020
ގައުމެއްގެ ކުރީގެ މިނިސްޓަރަކު އެގައުމުގެ ނަމަށް ހުތުރުވާ ގޮތަށް ޖޯކުޖެހުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. އަދި އެކަމަށް އެއަށްވުރެ އަބުރުވެރި ބޭފުޅަކު ތާއީދުކުރުމަކީ ވަރަށް ހިތާމަހުރިކަމެއް. ތިފެންވަރުގެ ބޭފުޅުން ކަންކަމާއިމެދު ޚިޔާލު ފާޅުކުރުން މިއަށްވުރެ ތަހުޒީބުގޮތަކަށް ކުރެވެން އޮންނާނެ. އަދި ކޮންމެ ވެރިކަމެއް އޮތަސް އެފުރުޞަތުވެސް އޮންނާނެކަމީ ޔަގީންކަމެއް
ައަހުމަދު
16 December 2020
ތިޔަށްވުރެމަރަގަޅު ލަންކާގެ ސަރުކަރާއި ވާހަކަދައްކައިގެން އެޤައުމުގައި އެޤައުމުގެ މުސްލިމު ރައްޔިތުން ވަޅުލެވޭނެގޮތްހެދުމަށް ވާހަކަ ދެއްކިއްޔާމުން ޔަޤީނުންވެސް އެއީ މިޤައުމަށްވުރެ ބޮޑު ބިމުގެ ތަނަވަސްކަންވެސް ބޮޑުްައުމެއް.މިޤައުމުގައި މިއުޅެނީ މިޤައުމުން މަރުވާމިހުން ވަޅުލަނެ ޖާގައެއް ސަހަރަތަކުން ނުލިބިގެން. ދެން ކިހިނެއް އެހެން ޤައުމަކުން މަރުވާމީހުން މިޤައުމުގައި ވަޅުލެވޭނި.
މޯޑް ވަން
16 December 2020
ލަންކާގެ ރައީސް އަށް އެޤައުމުގެ ރައްޔިތުން ވަޅުލަން ހުރި ދަތިތަށް ފިލުވާނުލެވުމަކީ ޖޯކެއް. ރާއްޖެ ފަދަ ދެދުވަހުން އެއް ދުވަހު ސަހަރާއަށް ވެލި އަޅަން ޖެހޭ ޤައުމެއްގައި އެހެން ޤައުމެއްގެ މީހުން ވަޅުލުމަކީ އެދެވިގެންވާ ކަމެއް ނޫން. އެހެން ނަމަވެސް އެކަން މިފަހަރު ކުރާނެ.
ައަހުމަދުއަލޯ
16 December 2020
ޓްވީޓުން ޚަބަރު ހެދުމަކީވެެސް ފަންނެކެވެ.