ރޭޕް އާއި ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބައިވެރިވި އަންހެނަކު ޕޯސްޓަރެއް ހިފަހައްޓައިގެން: ހާއްސަ އެހީ ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 40 އަހަރުގެ ފިރިހެނެއް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
27 ޑިސެމްބަރ 2020 - 20:20
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ 7:30 ހާއިރު ރިޕޯޓްކުރި އެ މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ މީހެއް ކަމަށެވެ.
މި މައްސަލައިގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާއްމުވެފައިވާ އިރު ތުހުމަތުކުރެވޭ މީހާއާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ސުވާލުކުރާ އަޑު އިވެ އެވެ. ގެސްޓް ހައުސްއެއްގެ އެނދުމަތީގައި އިން އެ މީހާއާ ސުވާލުކޮށް، އޭނާ އެތަނަށް ގެންދިޔަ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ އަހަ އެވެ. އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
މީގެ އިތުރުން މެދު ރާއްޖެތެރޭގެ ރަށެއްގައި އެކި ދުވަސް މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވެސް ފިރިހެނަކު އިއްޔެ ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން 66 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދާ ގުޅޭ ގޮތުން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ ޖަހައިފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
27 December 2020
މުޑުދާރު ކަންތަކުގެތެރެއިންވެސް އެންމެ ހަޑިހުތުރު ކަންތައް. ހިތާމައިގެ ކޮޅެއްނެތް.
ހުސެން
28 December 2020
އެމީހަކާ އެމީހެއްގެ އަނބިދަރިންގެ ސަލާމަތްހޯދަން މަސައްކަތް ކުރީމަ ނިމުނީ، ހުރިހާވައްތަރެއްގެ މީހުންވެސް އުޅޭނެ، ހިތާމަކޮށްގެނެއް ކަންކަން ހައްލެއްނުވާނެ، އޭރުން ސުޓްރެސްވެ ޑިޕްރެޝަނަށްގޮސް މީހާ އަބަދު ނެގެޓިވުވެ ގައުމު މަތިންފޫހިވާނީ