މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިހާރު ޝޫޓިން ފަށާފައިވާ ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" މި އަހަރުގެ އޮކްޓޯބަރު 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ރަޒްނީޝް ރާއީ ގާޒީ ޑައިރެކްޓްކުރާ ފިލްމެކެވެ. "ދާކަޅް" އިން ކަންގަނާއާ އެކު އަރުޖުން ރާމްޕާލް ވެސް ފެންނާނެ އެވެ.

ފިލްމުގެ ޕޯސްޓަރު ޓްވިޓާގައި ހިއްސާކޮށް ކަންގަނާ ބުނީ އޭނާގެ ކެރެކްޓާ އަކީ ވަރަށް ޖެހިލުން ކުޑަ، ބިރު ކުޑަ ވަރުގަދަ ކެރެކްޓާއެއް ކަމަށެވެ. "ދާކަޅް" ގައި ހުނަރުވެރި ބަތަލާ ކުޅެނީ އަގްނީ ކިޔާ އެޖެންޓެއްގެ ރޯލެވެ.

މި ފިލްމަކީ ކަންގަނާގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެންނާނެ ފިލްމެކެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި "ދާކަޅް" އަކީ ބޮލީވުޑްގެ ބަތަލާއަކު ރަސްމީކޮށް އެކްޝަން ރޯލެއް ކުޅޭ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ޝޫޓީން ކަންގަނާ ފެށީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

"ދާކަޅް" އަށް ފަހު ކަންގަނާ ދެން ޝޫޓިން ފަށާނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ "ތޭޖާސް" ގެ ޝޫޓިން އެވެ.

ދެހާސް ނަވާރައިގައި ރިލީޒްކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަށް ފަހު އެ ސީރީޒްގެ ދެވަނަ ފިިލްމު "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" ވެސް މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވެ އެވެ.

"އަދިޕުރުޝް" ގެ ޝޫޓިން އަންނަ މަހު

މިދިޔަ އަހަރު އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތުގެ އާ ފިލްމު "އާދިޕުރުޝް" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ "ބާހްބަލީ" ގެ ބަތަލު ޕްރަބާސް އާއި ސައިފް އަލީ ޚާނާ އެކު ހަދާ ފިލްމެކެވެ. ސައިފް "ތާނާޖީ" ގެ ކާސްޓްގައި ވެސް ހިމެނެ އެވެ. "އާދިޕުރުޝް" ގެ ބަތަލާ އަކީ ކާކު ކަމެއް އަދި އިއުލާނެއްނުކުރެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން މި ފިލްމު މިހާރު އަލަތު ދަރިފުޅު ވިހައިގެން އުޅޭ އަނުޝްކާ ޝަރުމާ އާއި ކްރިތީ ސެނަން އަށް ހުށަހަޅާފައިވެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "އާދިޕުރުޝް" އަކީ މޯޝަން ކެޕްޗާ ބޭނުންކޮށްގެން ހަދާނެ ފިލްމެކެވެ. އަދި މިއީ 3ޑީ ފިލްމެކެވެ.

ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 11 ގަ އެވެ.

"މުމްބައިކާ" ގެ ޝޫޓިން ކުރިއަށް

ޑައިރެކްޓަރު ސަންތޯޝް ސިވަންގެ އާ ފިލްމު "މުމްބައިކާ" ގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށް ގެންދަން ފަށައިފި އެވެ.

މި ފިލްމުގެ ކާސްޓުންނަކީ ވިކްރާންތު މަސީ އާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އާއި ރަންވީރު ޝޯރޭ އާއި ސަންޖޭ މިޝްރާ އާއި ތާނިއާ މަނިކްތަލާ އެވެ.

"މުމްބައިކާ" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ޑައިރެކްޓަރު ސަންތޯޝް އަކީ އިންޑިއާގެ ކުޅަދާނަ ސިނަމަޓޯގްރާފަރެކެވެ. އޭނާ ޑައިރެކްޓްކުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "އަސޯކާ" އާއި "ތަހާން" އަދި "ހާލޯ" ހިމެނެ އެވެ.

ޖެމީގެ ޝޯއެއް ފްލިޕްކާޓް ވީޑިއޯ އަށް

މިހާރު ގިނަ ކޮންޓެންޓްތައް ގެނެސްދެމުން އަންނަ ފްލިކްޕާޓް ވީޑިއޯ އިން އިންޑިއާގެ ހުނަރުވެރި އަންހެން ކޮމީޑިއަން ޖެމީ ލީވާގެ ޝޯއެއް ގެނެސްދޭން ފަށައިފި އެވެ.

މި މަހުގެ 16 ގައި ސްޓްރީމްކުރަން ފެށި ޝޯގެ ނަމަކީ ފޯ ޔޯ އިންފޮމޭޝަން (އެފްވައިއައި) އެވެ. ޝޯގައި ޖެމީގެ ކޮމިކް ހުނަރު ވަރަށް ބޮޑަށް ދައްކައިލާނެ އެވެ. ހާއްސަކޮށް އޭނާ އެކިއެކި ފަންނާނުން ކޮޕީކޮށްގެން މަޖާ ވާހަކަތަކެއް ގެނެސްދޭނެ އެވެ.

ޖެމީ އަކީ ހިންދީ ސިނަމާގެ އެންމެ މޮޅު ކޮމީޑިއަނުންގެ ތެރޭގައި ހިމެނޭ ޖޯނީ ލީވާގެ ދަރިއެކެވެ. ޖެމީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ހައުސްފުލް 4" އާއި "ކިސް ކިސް ކޯ ޕިޔާރު ކަރޫ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454