ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި

މިނިސްޓަރު ނަސީމްއާ ބައްދަލުނުވުމުން ދަރުބާރުގޭ ކުރިމަތީ މުޒާހަރާކުރަނިކޮށް އިއްޔެ ހައްޔަރު ކުރި ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ދޫނިދޫ ޖަލަށް ރޭ ވަނީ ބަދަލުކޮށްފައި. ކޯލިޝަން ލީޑަރުން ހައްޔަރުކުރި ނަމަވެސް މަސައްކަތް ނުހުއްޓޭނެ ކަމަށް އިދިކޮޅުން ބުނި.

އަބްދުއްރަހީމް އިއްޔެ ހައްޔަރުކުރަނިކޮށް: އޭނާ އާއި ޝުޖާއު ދޫކޮށްލަން އިދިކޮޅުން ވަނީ ގޮވާލާފައި -- ފޮޓޯ: އަހުމަދު ޝިޔާމް ގެ ޓްވިޓާ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހަން ރާއްޖެ ގެނެސްފައިވާ ވެކްސިންއާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުނުވުމުން ދަރުބާރުގެ ކުރިމަތީގައި ޕީޕީއެމް/ޕީއެންސީން އެއްވެ، އަޑުއުފުލަނިކޮށް އިއްޔެ ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫގައި ރޭ ބަންދުކޮށްފި އެވެ.

އިދިކޮޅުން އިއްޔެ އަޑު އުފުލީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ބުނެ އެވެ. މި ވެކްސިންގެ މައުލޫމާތު އޮކްސްފޯޑް-އެސްޓްރާޒެނެކާ ކުންފުނިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ވެކްސިންގެ ރައްކާތެރިކަން އަންނަ މަހުގެ މެދުތެރޭގެ ހިސާބެއްގައި ނުވަތަ އޭގެ ކުރިން ކަނޑައަޅާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އަބްދުއްރަހީމާއި ޝުޖާއު ދޫނިދު އަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ޓްވީޓް ކުރައްވާފައި

އިދިކޮޅުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިޔާސީ މަގުސަދުތަކުގައި އެ ކޯލިޝަނުގެ ލީޑަރުން ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ އުސޫލުތަކާ ދެކޮޅަށް ހިޔާލުފާޅުކުރާ އާންމުންގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އަބްދުއްރަހީމާއި ޝުޖާއު ވީހާ ވެސް އަވަހަށް ދޫކޮށްލަން އިދިކޮޅުން އަންނަނީ ގޮވައިލަމުންނެވެ.

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލި ކަމަށް އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރައިގައި ވެސް އަބްދުއްރަހީމާއި ޝުޖާއުގެ އިތުރުން އެ ކޯލިޝަނުގައި ހިމެނޭ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ހައްޔަރުނުކޮށް ދޫކޮށްލި އެވެ. ހޯމަ ދުވަހު އިދިކޮޅުން މުޒާހަރާ ކުރަމުން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރަން ގޮވާލަމުންނެވެ.

18 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 5%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

28 January 2021

އަނދުރޭ މެންވެސްް މިހާރު ދެން އެފާޑަށް އުޅުން ހުއްޓަން ވެއްޖެނު! ކީކޭ ދެން ބުނާނީ!

The name is already taken The name is available. Register?

ސައިޚް

28 January 2021

ދޫނުކުރާތި، ކޯރޓަށް ގެނގޮސް ހުކުމް ވެސް ކުރޭ

The name is already taken The name is available. Register?

ބޯގޤސް އަދުރޭ

28 January 2021

ތިމީހުންތައް ހައްޔަރުގަ އަބަދުވެސް ބައިތިއްބަންވީ

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

28 January 2021

ވޭތުވެދިޔަ ދައުރުތަކުގައި ކުރި މުޒާހަރާތައް ( ޕީޕީއެމް އިންވެސް އަދި އެމްޑީޕީންވެސް ) އެއީ ކުރަންޖެހޭ މުޒާހަރާތަކެއްކަމަށް ގިނަބަޔަކު ގަބޫލުކުރި އެކަމަކު މިހާރު މިކުރާ މުޒާހަރާތަކަކީ ކުރަންޖެހޭ މުޒާހަރާތަކެއްކަމަށް ރައްޔިތުންގެ 90 އިންސައްތަ ( އަންދާސީ އަދަދެއް ) ގަބޫލެއް ނުކުރޭ

The name is already taken The name is available. Register?

ކަލޯގަޔާ

28 January 2021

މިއީ އަދުރޭ އަތުން ހިސާބުޖަހަން ދަސްކުރި ސޮރެއްދޯ. ހީހީ ހަލާކު

The name is already taken The name is available. Register?

އުމަރުބެ

28 January 2021

ދޫނުކުރާތި ތީ މިގައުމުގެ ހަލާކު

The name is already taken The name is available. Register?

1234

28 January 2021

ރައްޔިތުންނޭ ކިޔާފަ ނިކުންނަނީ 20 މީހުން އެއީތަ މިގައުމުގެ އާބާދީގެ ބޮޑުބަޔަކީ ؟

The name is already taken The name is available. Register?

4321

28 January 2021

އެވަރަށް ނިކުމެގެންވިއްޔަ ކޮވިޑް ގިނަވަނީއޭވެސް އެއްބަޔަކު ކިޔަނީ. ދެން މިހާރު ކޮވިޑްގެ އަދަދުތައް ތިރިވާން ފަށާނެ ތިޔަ މީހުންތައް ބަންދުކުރީމަ. ވަގުތުން ކޮވިޑް ފެތުރުން ހުއްޓި ވެކްސިންގެ ބޭނުންވެސް ދެން ނުޖެހޭނެ.

The name is already taken The name is available. Register?

ހޮޅިމީހާ

28 January 2021

ރަގަޅު ބާއްވާ ހަފްތާ އަކަށް. މީހުނަށް މުސީބާތަކަށް ވެގެންނުވާނެ

The name is already taken The name is available. Register?

އައިއެފް

28 January 2021

އެޕޮއިންޓުމަންޓަކަށްއެދި އެއެޕޮއިންޓުމަންޓު ނުލިބުނީމަ ކުރަންޖެހެނީ މުޒާހަރާތޯ! ތަންދޮރު ނުއެނގުނަސް މިވަރުފުކެއްބޮޑު!

The name is already taken The name is available. Register?

ޓިނު

28 January 2021

ކޮވިޑްގެ ކަންތަށް ނިމެންދެކަށް ބައިތިއްބަ؟

The name is already taken The name is available. Register?

ބިނު

28 January 2021

ހަމަ މިހާރުން ފެށިގެން ކޮވިޑްގެ އަދަދުތައް ދަށަށްދާން އެފެށީ. ދެން ވެކްސިން ހޯދަންވެސް އުޅޭނެ ކަމެއް ނެތް. އެންމެ ފަތުރުވެރިއެއްގެ ފަރާތުންވެސް މިގައުމަށް ކޮވިޑް އެތެރެނުވޭވިއްޔަ. ރިޒޯޓްތަކުގަ ފެތުރެނީވެސް ހަމަ ޕީޕީމީހުން މާލޭގަ މުޒާހަރާކޮށްގެން. ކީކޭ ބުނާނީ.

The name is already taken The name is available. Register?

ފާތޭ ..

28 January 2021

ކޮވިޑް ކަންތައް މި ގައުމަށް ގެނައީ އަދުރޭ އާއި ސުޖާ؟އެހެންވީމަ ކަލޭ ދޯ ތި ގެންގުޅެނީ ކޮވިޑް.. ދާނެދުވަހެއް އެނގިގެން ދޯ ތި ބުނަނީ!

The name is already taken The name is available. Register?

ޖެކް

28 January 2021

އަދުރޭ ފަތިސް ނަމާދު ގުނޫތު ކިޔަން ހުއްޓައި ތޯ ހއްޔަރު ކުރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454