ޕީޕީއެމްގެ ޖަލްސާއެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ: އިންސާފުވެރި އިންތިޚާބެއް ނަމަ އެމްޑީޕީ އަށް މޮޅެއް ނުވެވޭނެ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ/މިހާރު
31 ޖެނުއަރީ 2021 - 15:15
އިންސާފުވެރި، ދެ ފުށް ފެންނަ އިންތިޚާބެއް ބާއްވައިފި ނަމަ ޕީޕީއެމް ބައްޔެއް ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެޕްރީލް 10 ގައި އޮންނަ ލޯކަލް ކައުންސިލްގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ފަށަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ނުކުންނަނީ އިދިކޮޅު ތިން ބަލި ކުރަން ކަމަށެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބެކޭ އެއްގޮތަށް ކައުންސިލް އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ އޮޅުވާނުލައިފި ނަމަ އިންތިޚާބުގައި ފެންނާނީ ނަޝީދު ވިދާޅުވި ނަތީޖާއެއް ނޫން ކަމަށެވެ. ސަބަބަކީ މި ވެރިކަމާ މެދު ރައްޔިތުން މާޔޫސްވެފައި ތިބުން ކަމަށް ވިދާޅުވި އެވެ.
"ޒުވާނުން ތިބީ އުއްމީދު ގެއްލިފައި. ސަރުކާރަށް އިތުބާރެއް ނުކުރޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެންނަން އޮތީ އިންޑިއާ އިން ކޮށްދޭ ކަމެކެވެ. މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވާނީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކަށް ބާރު ދިނުމާއި ދެ އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާތީ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ފާޑުވިދާޅުވަމުންނެވެ.
ސަރުކާރުން އެކި ޕްރޮޖެކްޓްތަކުގެ ނަމުގައި ރަށްރަށަށް ގޮސް ކެމްޕޭން ކުރަމުންދާ ކަމަށާއި އިދިކޮޅަށް ކެމްޕޭންގެ ހަމަހަމަ ފުރުސަތެއް ނުލިބޭ ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. އިންތިޚާބަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިން އޮތީ ޖަލްސާތަކާއި އެއްވުންތައް އަދި ދޮރުންދޮރަށް ހިނގައި ކެމްޕޭން ނުކުރެވޭ ގޮތަށެވެ.
ނަޝީދު މިއަދު ވިދާޅުވީ ކެމްޕޭންގައި ޕީޕީއެމަށް ނުލިބޭ ފުރުސަތެއް އެމްޑީޕީން ބޭނުން ނުކުރާނެ ކަމަށެވެ. އެ ޕާޓީން ކެމްޕޭން ކުރާނީ ރަށްރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީން އުސޫލަށް ތަބާވެ، ގައިދުރުކޮށް ރައްކާތެރިކަމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޑިކުޑަ
31 January 2021
އިންސާފަކީ ތަމެންނަށް ވޯޓުން ވައްކަން ކުރަން ލިބުންތޯ! މިހާރު އެޒަމާން މާޒީވެ ހިނގައްޖެ. ދެން ސޮރީ ސޮރީ ސޮރީ !
އަރުތަ
31 January 2021
ޝަރީފު އެބުނީ ވަރަށް ބުއްދި ވެރި ވާހަކައެއް، މިހާތަނަށް ރާއްޖޭގަ އުފެދުނު އެއްމެ ބިޔަބޮޑު ކޯލިޝަނަށް އިންތިޚާބު ކާމިޔާބުވާނެ، އިންތިޚާބު ކާމިޔާބު ނުވެއްޖެއްޔާ، ހަމަ ޔަޤީން އިލެކްޝަނުން އިންތިޚާބު އޮޅުވާލީ، ދެން އެހެނޭ ކިޔާފަ ތި ދެސަރީފު އަނެއްކާ ހަނގާކުރަން ނުހަދާތި.
އަލީރާޖާ
31 January 2021
ތިއީ ޓްރަންޕު ބާގައިގެ މީހުން. ވޯޓު ކަރުދާހުގައި ޖަހާ ފާހަގަތައް ފުންމަފުންމައިގެން ގޮސް އެހެން ދިމަދިމާލުގައި ޖެހޭނެއެއްނު؟
ފޫޖެހިކޭކު
31 January 2021
ޕީޕީއެމް ކޯލިޝަންއަކީ މިހާރު ރައްޔިތުން ތާއީދުކުރާ ބަޔެއްނޫން..ވީމާ ޕޯޑިއަމްތަކަށް އަރާ ޔޯލަ ޔޯލަ ނުކިޔާ..
ހިޔާދޭ
31 January 2021
އިންސާފަކީ ތިކަހަލަ 2-3 މީހަކު ލައްވައި ހުރިހާ ވޯޓުކަރުދާހުގައި ފާހަނގަލާން ދިނުންތަ؟ އެހެންނަމަ ތިޔަބުނާ އިންސާފެއް ނުލިބޭނެ. އިންތިހާބުން ނިކުންނާނެ ނަތީޖާގެ ސަބަބުން ބޭޒާރުވެ ފަޞީހަތްވެދާނެތީ އިންސާފޭ ކިޔައިގެން މެމްބަރުން ހިތްހަމަޖައްސަދެނީ. ތިކުރާ މުޒާހަރާތަކުންވެސް ސައިޒު ވަރަށް ރަނގަޅަށް އެބަފެނޭ. މަންޒަރު ކިޔާދޭ މީހުން ކިތަންމެ ވަރަކަށް އޮޅުވަން މަސައްކަތް ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ.
ބައިރޯ
31 January 2021
ކުރިން ގޮތެއް ނިއްމީތާ!!