ޚިޔާލު

ރައީސް ނަޝީދުގެ ޚިޔާލު: އެއާޕޯޓެއް ނުހެދޭނެ، ބޮޑުވީ ދައުލަތުގެ ދަރަނި

ރާއްޖެ އައި ދެ ޓޫރިސްޓަކު އެއާޕޯޓުން ނުކުންނަން ދަނީ: ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ތަރައްގީއާ މެދު ސިޔާސީ އެކި ވެރިންގެ ހިޔާލު ތަފާތު

މުހައްމަދު ނަޝީދު، ގ. ކެނެރީގެ

10 ނޮވެމްބަރ 2016 - 06:25

51 comments

(އިއްޔެ ޖެހި ބަޔާ ގުޅޭ)

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ އަށް ބޭނުންތެރި އިޖްތިމާޢީ މަޝްރޫޢުތަކަށް ބަހައްޓަންވާ ނަޒަރާއި އަހައްމިއްޔަތުކަން ބޮޑު އެކި ކަންކަން ޤުރުބާންކުރަން ނުޖެހި، އެއާޕޯޓަށް ބޭނުންވާ އިންވެސްޓްމަންޓް ސަރުކާރަށް ލިބެން އޮތީ ކޮންސެޝަން މޮޑެލްގެ ތެރެއިންނެވެ. ދުނިޔޭގެ މަތީ ފެންވަރަށް ތަރައްޤީކޮށްފައިވާ އާ އެއާޕޯޓެއް ދުނިޔޭގެ މަތީ ފެންވަރުގައި ހިންގަން އަދި ފަންނީ ގޮތުން އެންމެ މަތީ ދަރަޖައިގެ ހުނަރުތައް ޤައުމަށް ލިބެވޭނެ ގޮތްތައް ކޮންސެޝަން މޮޑެލްއަކުން ސަރުކާރަށް ކަށަވަރުކުރެވެއެވެ. ކޮންސެޝަން މޮޑެލް އެންމެ މުހިންމުވާ އެއް ސަބަބަކީ އޭގެ ދަށުން އެއާޕޯޓްގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ސަރުކާރުގައި ކަމަށް ވެފައި، އެއާޕޯޓްގެ ކޮންސެޝަން ދޫކުރެވޭ އަމިއްލަ ފަރާތުގެ މަސްޢޫލިއްޔަތަކީ ތަރައްޤީކުރުމާ އެކު ހަމައެކަނި ކޮންސެޝަންގައިވާ މުއްދަތަށް ހިންގުން ކަމަށް ވާތީ އެވެ. ކަނޑައެޅިފައިވާ މި މުއްދަތު ނިމޭއިރު ބޮޑުކޮށްފައި އޮތް، ދުނިޔޭގެ ފެންވަރުގެ އެއާޕޯޓެއް، ސުން ޚަރަދުގައި ދިވެހިރާއްޖެއަށް ލިބިފައި އޮންނާނެ އެވެ. ކޮންސެޝަން މޮޑެލްގައި ބަދަލެއް ނާންނާނެ ހަޤީޤަތަކީ އެއާޕޯޓް އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ މިލްކުވެރިކަމުގައި ކަމެވެ. އެއާޕޯޓް މުއައްޒަފުންގެ 90 ޕަސެންޓަކީ ދިވެހިންނެވެ. އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ދިވެހި ކުންފުނިތަކާ ހަވާލުކުރަމުން ގެންދާނެ އެވެ.

އެމްޑީޕީ ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ކޮމިޓީ އާއި އައިއެފްސީގެ މަޝްވަރާތަކަށް ފަހު، މާލީ ބައިގައި ބީލަންތައް ވަޒަންކުރަން ބޭނުންކުރާނެ އެކަށައެޅުންތަކެއް ނުވަތަ ފޯމިއުލާއެއް ބީލަން ހުށަހަޅާ ހުރިހާ ފަރާތަކަށް އެންގި އެވެ. މި އެކަށައެޅުންންތައް ނުވަތަ ފޯމިއުލާ ބިނާކޮށްފައިވަނީ ޚަރަދުގެ ނަފާ އަގުމަތިވާ މިންވަރު ނުވަތަ ނެޓް ޕްރެސެންޓް ވެލިޔުގެ ގޮތުގައި އާމްދަނީން ދިވެހި ސަރުކާރަށް ޔޫއެސް ޑޮލަރުން އަދާކުރަންވާނެ މިންވަރު ކަނޑައަޅާ އުޞޫލުގެ މައްޗަށެވެ. އެހެންކަމުން އެއާޕޯޓްގެ ކޮންސެޝަން ކާމިޔާބުކުރީ ޤާނޫނީ އަދި ފަންނީ ގޮތުން ހަރުދަނާކަން ހުރެމެ ސަރުކާރަށް އެންމެ މަތީ އާމްދަނީ ހުށައެޅި ފަރާތުން ކަން މަތީގައި އެވާ އިންތިޒާމުން ކަށަވަރުކޮށްދެ އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް ބައިވެރިވެގެން ބޭނުންކުރުމުގެ ޙައްޤުތައް ނުވަތަ ކޮންސެޝަން ޖީއެމްއާރަށް ދޫކުރުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ 25 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭ އެއާޕޯޓް ތަރައްގީކުރުމާއި، ބޮޑުކުރުމާއި ޒަމާނީކުރުމާއި، ބެލެހެއްޓުމާއި ހިންގުމުގެ އެއްބަސްވުމެއްގައިކަން ސާފުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސަރުކާރަށް ލިބޭ މިފަދަ އާމްދަނީ ދާނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރު ތެރޭ ކޮންސެޝަން ފީގެ ގޮތުގައި 2.1 ބިލިޔަން އެމެރިކާ ޑޮލަރު(32.5 ބިލިޔަން ރުފިޔާ) އަދި 800 މިލިޔަން އެމެރިކާ ޑޮލަރު (12.5 ބިލިޔަން ރުފިޔާ) ޕީއެސްސީގެ ގޮތުގައި ޖީއެމްއާރުން ދިވެހި ސަރުކާރަށް ދައްކާނެ އެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭ ޖުމްލަކޮށް 2.9 ބިލިޔަން އެމެރިކާ ޑޮލަރު، (45 ބިލިޔަން ރުފިޔާ) ނަގުދު ފައިސާ އެއާޕޯޓް ކޮންސެޝަނުން ސަރުކާރަށް ލިބޭނެ އެވެ.

ކޮންސެޝަން އެއްބަސްވުން އެކުލަވާލީ ފައިސާ ހިއްޞާކުރާ ފަރާތް ނުވަތަ އިންވެސްޓަރު ތަމްސީލުކުރަންވާ ޝަރުތުތަކާއި ވާޖިބުތައް ސާފުކޮށް ފާހަގަކުރެވިފައި ވާކަން ގައިމުކުރުމުގެ ފަރުވާތެރިކަމާ އެކުގަ އެވެ. އެއާޕޯޓް ހިންގާނެ ފަރާތެއްގެ އަދި އެއާޕޯޓް ތަރައްޤީކުރާނެ ފަރާތެއްގެ ދެ ހައިޞިއްޔަތު ވެސް ހިމަނައިގެންނެވެ. މި ޝަރުތުތަކަށް އިންވެސްޓަރު ތަބާވާނެކަން ގައިމުކުރަން ކޮންސެޝަން އެއްބަސްވުމާ އެއްގޮތަށް ކަންކަން ހިނގާނުހިނގާ ގޮތްތައް ބަލަން ނުވަތަ މޮނިޓަކުރަން އަބަދުމެ ހިނގާނެ އިންތިޒާމެއް ވެސް އެކުލަވާލި އެވެ.

އެގްރީމަންޓާ އެއްގޮތަށް ބިނާކުރާ އާ ޓާމިނަލަކީ އަކަމިނުގައި ކުޑަވެގެން 45،000 އަކަމީޓަރު ހުންނާނެ، މަދުވެގެން އަހަރަކު 5.2 މިލިޔަން ފަސިންޖަރުން ބެލެހެއްޓި ހިދުމަތް ދެވޭވަރުގެ "އެލްއީއީޑީ ސިލްވަ ސެޓްފިކެޓް" އާއި އަޔާޓާގެ ދަށްވެގެން "ސީ" ފެންވަރުގެ ޚިދްމަތްތައް ފަހިކޮށްދެވޭނެ ފެންވަރަށް ތަރައްޤީ ކުރެވޭނެ ޓާމިނަލެކެވެ. އޭޕްރަން ބޮޑުކުރުން ވަނީ ކޮންސެޝަން އެއްބަސްވުމުގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ އިތުރުން ވަރަށް ސާފުކޮށް ކަނޑައަޅާފަ އެވެ. މިހުރިހާ ކަމެއް 2014 ނިމޭއިރު ހުންނަން ޖެހެނީ ފުރިހަމަކުރެވިފަ އެވެ.

ހިންގާ ފަރާތުން ޝަރުތަކާ ޚިލާފްވެއްޖެ ނަމަ ކޮންސެޝަން ދޫކުރާ ފަރާތުން އެއްބަސްވުން ބާތިލްކުރުމަށް ޖާގަދޭ ތަފާތު 11 ކަމެއް ކޮންސެޝަން އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މިއާ ޚިލާފަށް އެއްބަސްވުން ބާތިލްކުރަން ހިންގާ ފަރާތަށް ޖާގަދެނީ ތިން ކަމަކުންނެވެ.

އޭޑީސީ ނެގުން

ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 18.50 އެމެރިކާ ޑޮލަރުގެ އަދި ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ޕެސެންޖަ ސާވިސް ޗާޖް (ޕީއެސްސީ) އެއް އާމްދަނީއެއްގެ ގޮތުގައި އެމްއޭސީއެލުން ނަގަމުން ގެންދިޔަކަން ފާހަގަކުރުން ވަރަށް މުހިންމެވެ. ނަމަވެސް ކޮންސެޝަން އެއްބަސްވުން އެކުލަވާލި އިރު އިންވެސްޓަރަށް އާމްދަނީ ލިބެވޭނެ މަގެއްގެ ގޮތުގައި އެކަން ނުބާއްވައި ޕެސެންޖަ ސާވިސް ޗާޖް ނުވަތަ ޕީއެސްސީ އަކީ ސަރުކާރަށް އާމްދަނީ ލިބޭނެ ވަޞީލަތެއްގެ ގޮތުގައި ކަނޑައެޅި އެވެ. އެހެންކަމުން މީގެ ކުރީގައި އެމްއޭސީއެލްއަށް އެގޮތުން ލިބުނު އާމްދަނީ ލިބެމުން ދިޔައީ ސަރުކާރަށެވެ. ޕީއެސްސީގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު އެކަނި ވެސް 324 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ލިބިފައިވެ އެވެ.

ޕީއެސްސީ އެއީ އިންވެސްޓަރަށް އާމްދަނީ ލިބެވޭނެ މަގެއްގެ ގޮތުގައި ނުބާއްވަން ކަނޑައެޅުމާ އެކު ޕީއެސްސީގެ ބަދަލުގައި އާމްދަނީ ލިބެވޭނެ އާ މަގެއްގެ ގޮތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ސަރުކާރުން ތަޢާރަފްކުރި އެވެ. އެއާޕޯޓްގެ ތަރައްޤީއަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވެފައި ވާތީއާ އެކު ފުރާ ބައިނަލްއަގުވާމީ ކޮންމެ ޕަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު، އޭޑީސީގެ ގޮތުގައި، ނެގުމުގެ އިޚްތިޔާރު އިންވެސްޓަރަށް ދޫކުރަން ނިންމި އެވެ. މި ވާހަކަތައް ވަނީ ބީލަމުގެ އިންތިޒާމް ހިންގިއިރު ބައިވެރިވި ހުރިހާ ފަރާތްތަކާ އެކު ހިއްޞާކޮށްފަ އެވެ. އެހެންކަމުން، އެފަރާތްތަކަށް ލިބޭ އާމްދަނީިން ކޮންސެޝަން ފީގެ ގޮތުގައި ސަރުކާރަށް އަދާކުރާ މިންވަރުތައް ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތަކުން ވެސް ކަނޑައަޅާފައި ވަނީ އެފަރާތްތަކުގެ ވިޔަފާރީގެ މޮޑެލްގައި މިދެންނެވި އާމްދަނީ ހިމަނައިގެންނެވެ.

އެމްއޭސީއެލުން އާ ޓާމިނަލް އެޅުން ރައީސް އަބްދުﷲ ޔާމީން (ކ) ފައްޓަވާ ދެއްވަނީ: ކުރީގެ ރައީސް ނަޝީދު ވިދާޅުވަނީ އެއާޕޯޓް ތަރައްގީކުރާނެ ފައިސާ ސަރުކާރަށް ނުލިބޭނެ ކަމަށް

އޭޑީސީ ނެގުމަކީ އެއާޕޯޓް ތަރައްޤީކުރުމާ ގުޅިފައިވާ ދުނިޔޭގައި މަޤުބޫލު އިންތިޒާމެކެވެ. މިފަދަ ޗާޖްތައް ނެގުން ވަނީ އެވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ބޭންކް މެދުވެރިކޮށް ހިންގަން ބޭނުންތެރިވެފަ އެވެ. މާލޭ އެއާޕޯޓްގެ އޭޑީސީ ވަނީ ޓޮރޮންޓޯ (24.6 އެމެރިކާ ޑޮލަރު/ ޑީޕެކްސް) އެތެންސް (29.6 އެމެރިކާ ޑޮލަރު/ޑީޕެކްސް) އަދި މާލީ (55.3 އެމެރިކާ ޑޮލަރު) ފަދަ އެހެން ވެސް ޒަމާނީ އެއާޕޯޓްތަކެކޭ އެއް ހަމައިގަ އެވެ.

ބައިނަލްއަގުވާމީ ފެންވަރަށް އެއާޕޯޓް ތަރައްޤީކޮށް ހިންގޭނެ ގޮތްތައް ކޮންސެޝަން އެއްބަސްވުމުގައި ހިމެނިފައިވާ ހަރުދަނާ މާއްދާތަކުން ކަށަވަރުކުރެވިގެން އިންވެސްޓަރު ހޮވާފައި ވަނީ މާލީ ހުށައެޅުންތަކަށް ބަލައިގެންކަމުން، އެއާޕޯޓުން ލިބެވޭނެ އެންމެ މަތީ އަދަދަކަށް ސަރުކާރަށް ނަގުދު ފައިސާ ލިބެވޭނެ ގޮތް ވަނީ ކަށަވަރުކޮށްފަ އެވެ.

ކުރިއަށް ދައްކާ ފީއެއްގެ ގޮތުގައި 78 މިލިޔަން އެމެރިކާ ޑޮލަރު، ނުވަތަ 1.2 ބިލިއަން ރުފިޔާ ޖީއެމްއާރުން ވަނީ ދިވެހި ސަރުކާރަށް އަދާކޮށްފަ އެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ކޮންސެޝަން ފީގެ ގޮތުގައި (33 މިލިޔަން އެމެރިކާ ޑޮލަރު) ނުވަތަ 500 މިލިޔަން ރުފިޔާ ވަނީ ޖީއެމްއާރުން ސަރުކާރަށް ދައްކާފަ އެވެ. އަދި އެމްއޭސީއެލް އަށް ކުރީގައި އާމްދަނީގެ ގޮތުގައި ލިބެމުން ދިޔަ ޕެސެންޖަ ސާވިސް ޗާޖް ޖީއެމްއާރުން ދެއްކީ ސީދާ ސަރުކާރަށެވެ. ޕީއެސްސީގެ ގޮތުގައި (21 މިލިޔަން އެމެރިކާ ޑޮލަރު) ނުވަތަ 324 މިލިޔަން ރުފިޔާ 2011 ގައި ޖީއެމްއާރުން ވަނީ ސަރުކާރަށް ދައްކާފަ އެވެ.

ސަރުކާރަށް ލިބޭ މިފަދަ އާމްދަނީ ދާނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރު ތެރޭ ކޮންސެޝަން ފީގެ ގޮތުގައި 2.1 ބިލިޔަން އެމެރިކާ ޑޮލަރު(32.5 ބިލިޔަން ރުފިޔާ) އަދި 800 މިލިޔަން އެމެރިކާ ޑޮލަރު (12.5 ބިލިޔަން ރުފިޔާ) ޕީއެސްސީގެ ގޮތުގައި ޖީއެމްއާރުން ދިވެހި ސަރުކާރަށް ދައްކާނެ އެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭ ޖުމްލަކޮށް 2.9 ބިލިޔަން އެމެރިކާ ޑޮލަރު، (45 ބިލިޔަން ރުފިޔާ) ނަގުދު ފައިސާ އެއާޕޯޓް ކޮންސެޝަނުން ސަރުކާރަށް ލިބޭނެ އެވެ.

ސައިޒުން މިވަރުގެ ބޮޑު ފޮރިން އިންވެސްޓްމަންޓަކުން ޤައުމަށް އެތެރެވެފައި ހުރި އެހެން ފޮރިން އިންވެސްޓްމަންޓްތަކަށް އެދެވޭ ފަހި އަސަރުތަކެއް ކުރާނެ އެވެ. މިކަމާ ހެދި ގައުމާ މެދު އިންވެސްޓަރުން ކުރާ އިތުބާރު ވަނީ ބޮޑުވެފަ އެވެ. ތަރައްޤީކުރަމުން ދިޔަ އަދި ފައިސާގެ ދަތިކަން މެދުވެރިވެގެން މަސައްކަތް މެދުކެނޑިފައި ހުރި ބައެއް ރިސޯޓްތަކުން، އެއާޕޯޓް ކޮންސެޝަން އެމްޑީޕީގެ ސަރުކާރުން ދޫކުރުމާ އެކު ފާހަގަކުރެވޭ ކުރިއެރުން ހޯދި އެވެ.

އެއާޕޯޓް ހިމެނޭ ހުޅުލެއަށް ގެންނަ ތަރައްޤީތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ހުޅުވިގެންދާނެ އެވެ. ވިޔަފާރީގެ ފުރުޞަތުތައް ދިވެހިންނަށް ހުޅުވާލަން ހުޅުލޭގެ ހުޅަނގު ފަރާތް ތަރައްޤީކުރަން ޖީއެމްއާރުން އޮތީ ފަރުމާ ހުށައަޅާފަ އެވެ.

ޖީއެމްއާރަށް 2035 ވަނަ އަހަރާ ހަމައަށް އެއާޕޯޓް ދޫކުރި ހާލަތްތަކާ އެކު އެމްއޭސީއެލް އިން އެއާޕޯޓް ހިންގާ ނަމަ 60 ބިލިޔަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ލިބޭނެ ކަމަށާއި އަދި އެއާޕޯޓް ޖީއެމްއާރުން ހިންގުމުން އެމްއޭސީއެލްއަށް ލިބޭނީ ހަމައެކަނި 21 ބިލިޔަން ރުފިޔާ ކަމަށް ބައެއް ފަރާތްތަކުން ވަކާލަތުކުރެ އެވެ. ހަޤީޤަތުގައި މި ދިރާސާ ފުރާލާފައި އެވަނީ ފޫނުބެދޭ ޒުވާބުތަކަކާއި ބުހުތާނު އިތުރުފުޅުތަކަކުންނެވެ. މި އަދަދުތަކަށް ވާޞިލްވާން ކޮށްފައިވާ ހިސާބުތައް ވަނީ އާންމުންނަށް އޮޅުވާލަން ގަޞްދުގައި އަނބުރާލައިފަ އެވެ. އެމްއޭސީއެލް އިން ހިންގުމަށް ވުރެ ޖީއެމްއާރުން އެއާޕޯޓް ހިންގުމުން ސަރުކާރަށް ލިބޭ ފައިދާ މާ ގިނަވާކަން، ވާދަވެރިން ކޮށްފައިވާ ދިރާސާތަކުގައިވާ ނަތީޖާ ނުބައިކުރުންތައް ރަނގަޅަށް ހިސާބުކުރުމުން ފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

އެމްޑީޕީ ސަރުކާރުން ޖީއެމްއާރާ އެކުގައި އުފެއްދި އެއްބަސްވުން ރޫޅާލުމުގެ ސަބަބުން އެއާޕޯޓު ތަރައްގީ ނުކުރެވުނީ އެކަންޏެއް ނޫނެވެ. ރާއްޖެ އިންތިހާއަށް ދެރީ ވެސް މެއެވެ. ކަތިވަޅި ގެއްލި މަރިޔަބު ގެއްލި އަދި ކޮށި ދަނޑު ވެސް ގެއްލުނީ އެވެ.

51 ކޮމެންޓް, 151 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 6%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަމް

12 February 2017

މިލަދެއް އަގަލެއްވެސް ނެތް މީހެއްތަ؟ މީނަގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި

The name is already taken The name is available. Register?

ލޮލް

12 November 2016

ބުރިޖުވެސް ނޭޅޭނޭ ބުނީ ތިމަނިކުފާނު

The name is already taken The name is available. Register?

މޮހޯ

12 November 2016

އެއަރޕޯޓްގެ ވާހަކަ މަނިއްޕުޅު ނުދައްކަވާ. މަނިއްޕުޅު ދިންވަރު ލަނޑެއް ދިވެހިންނަށް ދިން އާދަމުގެ ދަރިއަކު މި ދިވެހި އުޑުދަށަށް އުފަން ނުވޭ. ލަދެއްވެސް ނަހައްދަވާ ތޯއްޗެ.

The name is already taken The name is available. Register?

މިތާ އުޅެން ލަދު

12 November 2016

މި ލިއުމަށް ބައެއް ފަރާތްތަކުން ކޮށްފަ ހުރި ކޮމެންޓް ކިޔާލީމަ މީ އަދިވެސް ދިވެހިންގެ ފެންވަރުވާއޭ ހިތައްއަރަ. އަހަރެންގެ ރައްޓެހި ޖަރުމަނު މީހަކު ރާއްޖެއައިސް ކެއުމަކަށް އިންސާފުކުރަމުން ބުނި އެބޮރޮޖިން އުޅޭ ބައެއް ރައްރައް ވަރަށް ރީތިވާހަކަ. އަހަރެން ބުނިން ރާއްޖޭގަ އެބޮރޮޖިން ނޫޅެއޭ. ދެން އޭނަބުނި އެކަމް އެ ރައްރަށުގަ އުޅެއޭ. އަހަރެން އަދިވެސް ވިސްނަން އަސްލު އޭނައަށް އެހެން ހީވި ސަބަބާ މެދު. މި ލިއުމަށް ކޮށްފަ ހުރި ބައެއް ކޮމެންޓްތަކުން ވެސް އެކަންކަން ސާފުވަނީ. މިސާލަކަށް ތަހުޒީބު ގިނަ ގައުމުތަކުގައި ވެރިން އިސްތިއުފާ ދިނުމަކީ މޮޅުކަމެއް. ގަޓު ހުރިކަމެއް. ކެރޭކަން ދައްކައިދޭ ކަމެއްް. އެކަމް ރާއްޖޭގަ އެއީ ފިޑިކަން.

The name is already taken The name is available. Register?

ދޮގެއްތަ؟

12 November 2016

އިސްތިޢުފާ ދޭ ވެރިިމީހާ އަށް ގަޓް ހުރެގެން އިސްތިއުފާ ދިން ކަމަށް އެއްފަހަރުވެސް ބުނަން ނުކެރި، ބޮލުގަ ބަޑި ޖެއްސީ، ބަޣާވާތް ކުރީ، ބިރު ދެއްކީ އަނެއް ކަމެއްވީ ކިޔައިގެން ނަފްސު ދިފާއު ކުރަން އުޅެނީ އެމީހާ ކޮންކަހަލަ މީހަކަށް ވާތީބާ؟ ކެކެކެކެ

The name is already taken The name is available. Register?

އަލިފުބާގަ

12 November 2016

ކަންވެގެން ދިޔައީ ތި ޚިޔާލީ ފޮލާއާއި އިދިކޮޅަށް. މަޒުމޫނެއްލިޔެވިދާނެ، އެކަމކު ޙަޤީޤަތަކީ ަަަަތިކަމުގަ އަސްލެއްނެތުން. ޏުއަތުން ޕާޓީކުދިން ލާރިގަނދެއް ދިރުވާލުން.

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

11 November 2016

ކެނެރީގޭ ރައީސް ނަޝީދު މިފަދަ އެއްޗެތި ލިޔުއްވީމާ އަންނަނީ ހިނި.

The name is already taken The name is available. Register?

ދިވެހިމޭސްތިރި

11 November 2016

ލިޔުމުން ވަަށް ފުރިހަމަވާނެ. ކަންނިމިދަނީ ދިމާއިދިކޮޅަށް. ބޭފުޅާގެ ހަޔާތުގައި ކުރިމަތިލެއްވި ކޮންމެކަމެއް ނިމިދިޔައީ އެގޮތަށް.

The name is already taken The name is available. Register?

ފދފދ

10 November 2016

މިތާ ކޮެމެންޓު ކިޔާލީމާ ހީވަނީ ބްރިޖާއި އެއަރޕޯޓު ޕީޕީއެމުން އަޅަން އުޅެނީ ނަޝީދަށް ދައްކަންހެން...އެހެންވެ އެއްނު އެއްވެސް ގޮތެއްނެތި ކުރިއަށްދަނީ. ދާގޮތެއްވެސް ނޭގޭ ބަޔަކަށް.

The name is already taken The name is available. Register?

އަހަންމަދޭ

12 November 2016

ނޭގޭނެ ނޭގޭނެ އިސްތިއުފާ ދިނީ ކީއްވެކަންވެސް އަދިއަދަށްވެސް ނޭގިގެނެއްނު ތިއުޅެނީ. އެކި ފަހަރު އެކި އެއްޗެތި ކިޔަނީ އެހެންވީމައެއްނު. ހހހހހ

The name is already taken The name is available. Register?

1234

10 November 2016

ވެރިކަން ކުރުން ފެއިލް- ވިޔަފާރިއެއް ކުރަން ނޭންގޭ އެކްޓިވިސްޓުންނަށް އަހަރެން ބުނާނީ --- ނޯ ސަރ އޭ

The name is already taken The name is available. Register?

އެމްޑީޕީ

10 November 2016

ހުމް.. ދެން މަޒުމޫނު ލިޔަން ހުރޭ ތިތާގަ. ވެރިކަމެއްނުކުރެވުނެއްނު މަނިކުފާނަކަށް. މިހާރު އެއާޕޯޓް އެޅޭނެކަން ވަރަށް ޔަޤީންވެއްޖެ. މަނިކުފާނު ރަގަޅު ވާނީ ނޫސްވެރިކަން ކުރަން އުޅުނިއްޔާ. އެމްޑީޕީން ވެސް ވެއްޖެ ތަންކޮޅެއް ހޭޖެހޭ މީހަކު ވެރިކަމައް ނެރެން. ނަސީދު ގޮވައިގެން މިކަމެއްނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454