ކެންގަރޫކިޑްސްގެ ދައިވަރުންތަކެއް ލައިންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު
02 ފެބުރުއަރީ 2021 - 18:35
ކޮވިޑު ކޭސްތައް އާދަޔާ ޚިލާފަށް އަނެއްކާވެސް އިތުރުވާން ފެށުމާއެކު، މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކާއި ޔުނިވާސިޓީ/ކޮލެޖުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.
އެ އެޖެންސީން އެގޮތަށް އެންގީ މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅެއްގެ ގޮތުންނެވެ.
އެގޮތުން ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭކެއާގެ ހިދުމަތްދޭ ތަންތަން މާދަމާ އިން ފެށިގެން ބަންދުކޮށް، ޔުނިވާސިޓީ/ކޮލެޖުފަދަ ތަންތަނުގައި ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރަން އެޗުޕީއޭ އިން ވަނީ އަންގައިފަ އެވެ. ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގައި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި ވެ އެވެ.
މާލެ ސަރަހައްދުގައި ޕްރީ ސްކޫލު ދަރިވަރުންނަށް އަލުން ކިޔަވައިދޭން ފެށީ ގާތްގަނޑަކަށް އަހަރެއް ފަހުން މިދިޔަ މަހުގެ 10 ގަ އެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހުޅުވައި އެ ތަނުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
އެޗްޕީއޭގެ ލަފާ އެބަ ހޯދަން، މި ވަގުތު ސްކޫލް ބަންދުކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު https://t.co/wvDJw6348M
— Mihaaru (@Mihaarunews) February 2, 2021
ޕްރީ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކުރި ނަމަވެސް ސްކޫލުތައް ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ ވިދާޅުވެފަ އެވެ. އޭނާ "މިހާރު" އަށް ވިދާޅުވީ ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ހޯދަމުން އަންނަ ކަމަށެވެ.
"މި ގޮތަށް އަމަލުކުރަނީ ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލައިފި ނަމަ، އެ ކަމުގެ ނޭދެވޭ އަސަރުތައް ދަރިވަރުގެ މުޅި އުމުރަށް ކުރާނެތީ. ދަރިވަރުންގެ ސަލާމަތްތެރިކަމަކީ މި ވުޒާރާއިން އެންމެ އިސްކަންދޭ ކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި މިނިސްޓްރީން ދެން އެންމެ ބޮޑަށް އިސްކަންދެނީ އެ ކުދިންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކިޔަވައިދޭ ވަގުތު ހިމާޔަތްކުރަން ކަމަށެވެ. މިހާތަނަށް ސްކޫލުތަކުން އެއްވެސް ގޮތަކަށް ބަލި ފެތުރިފައި ނުވިއަސް ސްކޫލުތަކުން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ކައިރިން މޮނީޓާ ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޠާ
03 February 2021
ސަރުކާރުގައި ކެޕޭސިޓީ ނެތީތޯ އޮން ލައިންކޮށް ކިޔަވައިދޭން؟؟ ލަދުވެތިކަމެއްތީ. ދެން ޓެލެކްލާސްއޯ ކިޔާފައި ޓީވީ ޕްރޮގްރާމް އެއްދައްކާފައި ކިޔަވައިދެނީއޯ.
ޗެކީ
03 February 2021
ބައްޔެއް ގަައުމުގައި ގަދައަށް ފެތުރެމުންދާއިރު އެކަމަށް ކުދިން ހުށަހެޅިގެން ތިބެ ސްކޫލަށް ދިއުމަކީ މާ ރަގަޅު ގޮތެއްކަމަށް އެޑިއުކޭޝަނަށް ފެނުނަސް ކުދިންނަށް ހެޔޮވާނެގޮތް އެނގޭނީ ބޮޑަށް މައިންބަފައިންނަށް. ސްކޫލަށް ފޮނުވަން ހިތްހަމަނުޖެހޭނަމަ ނުފޮނުވޭނެ. ސްކޫލް ރައްކާތެރިއޭ ބުންޏަސް ކުދިންގެ ހުރިހާ މޫވްމަންޓެއް ޓީޗަރުންނަކަށް ކޮންމެ ސިކުންތަކު ނުބެލޭނެ. ބައެއް ޓީޗަރުންނާ ކުދިންނަށް ބަލިޖެހިގެން އުޅޭކަން ސްކޫލުން ސިއްރުކުރުމަކީ ގޯހެއް.
ހެޔޯ
03 February 2021
މި ދެން ކިހާ ދެރަކަމެއް. ސުކޫލް ތަށް ބަންދު ނުކޮށް ކޮލެޖް ބަންދުކުރުން މީ ދެން ކިހާ ބޮޑު ޖޯކެއް. މިނިސްޓަރް ގަދަ ހަދާލާފަ ގިޔާސުއްދީން ސުކޫލް ހުޅުވީމަ ގޮތްދޫނުކުރާކަށްނު ތިހުންނަނީ.
އަސްލުވެސްސް
03 February 2021
ވަރަށްބޮޑު ޖޯކެއް. ޕްރީސްކޫލާ ކޮލެޖް/ޔުނިވަރސިޓީތަކުގެ ދެމެދު އުމުރުފުރާގައި އުޅޭ ކުދިންނަށް ކޮވިޑް ޖެހުން މަދުކަން ހިސާބުތަކުން ދައްކާނަމަވެސް އެހެން ހަދަން އެންމެ ރަގަޅު. އެގޮތަށް ނިންމީ ކޮން ސަބަބަކާ ހުރެތޯ ބަލަން ޑަބްލިއޫއެޗްއޯއަށް ކަންނޭނގެ ދެން ގުޅަންޖެހޭނީ. މިގައުމުގައި ކުދިންނަށް ކޮވިޑްޖެހޭ އަދަދުތައްވެސް ނޭނގޭ.
އުދުހޭ
02 February 2021
ފުރަތަމާ ޓާރމް ނިމުނީ. ދެވަނަ ޓާމްއޮތީ 2022 ގަތަ؟
ސަމާޔާ
02 February 2021
ބަލަ ކޮލެޖުގެ ބޮޑެތިކުދިންނަށް ވުރެ ސްކޫލުތަކުގަ އުޅޭ ކުޑަކުދިން.މާ ހައިރިސްކު ވާނެ ދޯ. ހެޔޮނުވާނެ ސުކޫލުތައް ބަންދުކުރޭ. މަގޭ ކުޑަ 2 ދަރިންނަކީ ވެސް ގަދަޔަށް ނޭވާ ހިއްލާ ދެކުދިން. ހާލަތު ހުރިގޮތުން ވިލިމާލެ ބަދަލުވެގެން މި އުޅެނީ. މާލޭ ސްކޫލަށް ގެންދަންޖެހެނީ ފެރީގަ.ކަރަންޓީނުގަ ތިބޭ މީހުން ވެސް ފެރީގަ ދާކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރު. ކުޑަ ރަށެއް ވީމަ އެންެނަށް އިނގޭ. މައްސަލަ ޖެއްސީމަ ފުލުހުން ނަސޭހަތް ދީފަ އެނބުރިލާއިރު ތިބޭނީ މަގުމަތީ
އަބްދުﷲ 1
02 February 2021
އެޑިއުކޭޝަން މިނިސްޓަރ ކީއްކުރަންތޯ ތި ބަންދުކުރީ އެހާ ރައްކާތެރި ތަނެއް. އަމިއްލަ ސްކޫލެއް ބަންދުކުރީމަ ހީވީ ބަޔަކު އާ ކަމެއް ކުރިހެން.
އަލްޖިބްރާ
02 February 2021
ފާގަތިމުސްތަޤްބަލް ހޯދެނީ ހަމައެކަނި ސްކޫލް ތަށް ހުޅުވާފަ ބަހައްޓައިގެނެއް ނޫން ! ތިބުނާ ކަމެއް ހޯދޭނީ ފުރިހަމަ ސިއްހަތެއް ގައި ތިބެގެން ! އެޑިއުކޭޝަން މިނިސްޓަރަކީ ގަމާރެއްތަ ؟
ޔެސް
03 February 2021
ހީވަނީ ހަމަ އެހެން. ކުދިންނަށް ލިބިދާނެ ނަފްސާނީ އަނިޔާއަކުން ސަލާމަތްކުރަން އެ ހުށަހަޅަނީ މިގަރުނުގައި ދުނިޔެއަށް ލައިގަތް އެންމެ ބޮޑު ޖިސްމާނީ ގެއްލުން ލިބެން އޮތް ކަންތަކަށް.
އާރީ
02 February 2021
ސުކޫލުތައް ބައްދު ނުކުރަށްވީ ކީއްވެ?
ޗދސޗސ
02 February 2021
ތަންތަން ބަންދު ކޮށްގެން ރަނގަޅެއް ނުވާނެ. ސިއްޚީ ނިޒާމް ރަނގަޅުކުރޭ. އެ ނިޒާމުގެ ކެޕޭސިޓީ މަތި ކުރޭ. ކޮލެޖް ޔުނިވަރސިޓީއެއް ނޫން ބަންދު ކުރަންވީ
ޙައްވާމަނިކެ
02 February 2021
ކުދިންގެ ކިޔެވުމަށް ބުރުއަރާ ކަންތަތައް ދިމާވާތީ ބެލެނިވެރި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްގެ ހައިސިއަޔަތުން ވ ހިތާމަކުރަން. ކަންތައްތައް ހަރުކަށިކޮއްގެން ނަމަވެސް ކުދިންގެ އުގެނުމައް ލިބޭ ދުވަސްތަކުން ބައެއް ގެއްލިގެން ނުވާނެ.