ޚަބަރު / ކޮވިޑް-19

ސްކޫލުގެ ތެރެއިން ކޮވިޑް-19 އެއް ނުފެތުރޭ: އެޗްޕީއޭ

ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިން ލުޔާއެކު، މި މަހުގެ 1 ގައި ސްކޫލްތަކުގެ ކިޔެވުން ފެށުމުން އަމީނިއްޔާގެ ކުއްޖަކު ސްކޫލަށް ދިއުމުން ހުން ހުރިތޯ ބަލަނީ.---ފޮޓޯ: މިހާރު

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ އާއި މިއަދު ވެސް ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި ސްކޫލްތަކުގެ ބައެއް މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ސްކޫލަށް ދާ ކުއްޖަކު ނުހިމެނޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ސްޓާފުންގެ ތެރޭގައި ވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި އިތުރު ސްޓާފުން ތިބީ ސްކޫލުން ބޭރުގައި، އެ މީހުން އެއްކޮށް މާސްކް ނާޅައި ކައިރީގައި ގިނަ ވަގުތު ހޭދަ ކޮށްފައި ތިބީމައި. އަދިވެސް ސްކޫލް މާހައުލުގެ ތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން ރަނގަޅަށް އެކަންކަން ބެލެހެއްޓޭތީ ސްކޫލް މާހައުލުގައި ކޮންޓެކްޓުން ގާތްގަނޑަކަށް އެއްވެސް ގޮތަކަށް ނުފެނޭ، ކޭސް އެއް ފެނުނު ކަމުގައި ވިޔަސް،" ނަޒްލާ ވިދާޅުވި އެވެ.

"މި ކޭސްތައް ވެސް ފެނިފައި ވަނީ އެހެން ކޭސްތަކާ ގުޅިގެން. ސްކޫލް ތެރެއިންނެއް ނޫން އެކްސްޕޯޝާ އައިސްސައި މިއޮތީކީ."

ނަޒްލާ ވިދާޅުވީ މިހާރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެހެން ކަމުން ސްކޫލްތަކުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. މި މަހުން ފެށިގެން ސްކޫލްތައް ހުޅުވިއިރު މިހާތަނަށް ސްކޫލް ތެރެއިން ބަލި ފެތުރިފައި ނުވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

"ޕޮޒިޓިވް ކޭސްތައް ފެންނާނެ ދެއްތޯ ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭ ކަމަށް ވަންޏާ. އެހެން ނަމަވެސް އެހާ ރަނގަޅަށް ސްކޫލް މާހައުލުގައި ފިޔަވަޅުތައް އެޅިފައި ހުރީމައި ކޮންޓެކްޓުން ސްކޫލް ތެރެއިން ނަގަން ޖެހޭ މީހުން ވަރަށް މަދު. އޭގެ މާނައަކީ ސްކޫލްތެރޭގައި އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައޭ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ކުދިން ގިނަ ކަމަށެވެ. ނަމަވެސް އެ ކުދިންނަށް އެ ބަލި ޖެހިފައިވަނީ ސްކޫލަށް ގޮސްގެން ނޫން ކަމަށް ވިދާޅުވި އެވެ.

"އެ ކުދިންނަށް ބަލި މިޖެހެނީ ގޭތެރެއިން. އޭގެ މާނައަކީ ގޭތެރެއަށް ބަލި އަންނަނީއޭ. ކުދިން ހަމައެކަނި ވަކި ތާކަށް ގޮސްގެން ނޫން ކުދިންނަށް ބަލި މި ޖެހެނީއެއް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ލޮކްޑައުންގެ ހާލަތަށް ގެނައި ލުޔާ އެކު، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވި ނަމަވެސް، އެ ފިޔަވަޅު ކާމިޔާބުނުވެ، ދަރިވަރުންގެ އެޓެންޑެންސް ވަރަށް ބޮޑަށް ދަށްވާން ވަނީ ފަށައިފަ އެވެ.

School hulhuvun kaamiyaabeh nuvi, attendance dhah

School hulhuvun kaamiyaabeh nuvi, attendance dhah

The most trusted news source in the Maldives

Mihaaru

ކުދިންގެ އެޓެންޑެންސް ދަށްވާން ފެށުން

ނަޒްލާ ވިދާޅުވީ ބައެއް އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެންޓިބޮޑީ ޓެސްޓް ކުރުމަށް އެދޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ވަކިވަކި މީހުންގެ ބަލި ހުރިތޯ ބެލުމަށް މި ވަގުތު އެންޓިބޮޑީ ޓެސްޓް ކުރުން އިތުރު ކުރުން ރަނގަޅު ނޫން ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"މިއަދު ހަދާ އެންޓިބޮޑީ ޓެސްޓަކުން ނޭނގި ދާނެ ނެގެޓިވް ވިޔަސް، ޕޮޒިޓިވް ވިޔަސް އޭނާގެ ބަލީގެ ހާލަތު އެހުރީ ކިހިނެއް ކަމެއް. އަޅުގަނޑުމެން އެންޓިބޮޑީ ޓެސްޓް ބޮޑަށް މި ބޭނުން ކުރަނީ ޕޮޕިއުލޭޝަން ލެވަލްއެއްގައި، ނޫނީ މުޅި މުޖުތަމައުގައި ބަލި ޖެހިފައި ހުރީ ކިތައް ޕަސެންޓް މީހުންނަށްތޯ ކިހާ ވަރަކަށްތޯ ބަލި ފެތުރުފައި ހުރީ، އެ މިންވަރު ދެނެގަތުމަށް ޓަކައި،" ނަޒްލާ ވިދާޅުވި އެވެ.

އޮފީސް މާހައުލުގައި ކުރަންވީ ކަމަކީ މި ވަގުތު ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުން ނޫން ކަމަށާއި އިސްކަން ދޭންވީ އަލާމާތެއް ހުރެއްޖެ ނަމަ އޮފީހަށް ނުދިއުން ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި އަލާމާތްތައް ނުފެންނަ މީހުން ވެސް އޮފީހުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅައިގެން އުޅުމަށް ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

"ބަލި ކޮންޓްރޯލެއް ނުކުރެވޭނެ ހަމައެކަނި ޓެސްޓް ހަދައިގެނެއް. ހާއްސަކޮށް އެންޓިބޮޑީ ޓެސްޓް ކަހަލަ އެއްޗެހި ހަދައިގެންނެއް. އެއީ މި ވަގުތަށް އެހާ ފައިދާ ހުރިކަމެއް ނޫން،" ނަޒްލާ ވިދާޅުވި އެވެ.

Antibody test muhinmee mihaalathun araigathumah fahu: Af'aal

Antibody test muhinmee mihaalathun araigathumah fahu: Af'aal

The most trusted news source in the Maldives

Mihaaru

އެންޓިބޮޑީ ޓެސްޓް މިހާލަތުގައި މުހިންމު ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުން ލަސްވެފައިވާ ކަމަށް ބުނެ ކުރަމުން އަންނަ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ މި ވަގުތު ގިނައިން ނުގެންދެވި ތިބީ އިއްޔެ އާއި މިއަދު ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުން އަވަސް ވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތަފްސީލް ދެއްވައިފަ އެވެ. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ މި މަހުގެ މިހާތަނަށް މަނާ ގަޑީގައި ވިޔަފާރިކޮށްގެން 101 ތަނަކަށް ނަސޭހަތް ދީ 23 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ގަވައިދާ ހިލާފުވި 110 ވިޔަފާރިއަކަށް ނަސޭހަތްދީ 14 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރޭގަނޑު 11 ގެ ފަހުން މަގުމަތީގައި އުޅެގެން 2،075 މީހަކަށް ނަސޭހަތް ދީ އޭގެ ތެރެއިން 40 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ ހައްޔަރުނުކޮށް މީގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑުމެންނަށް އެއްބާރުލުން ދެމުންދާތީ އެކަންކަން ކުރިއަށް ގެންދިއުން،" ޝަރީފް ވިދާޅުވި އެވެ.

22 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިވައި

23 July 2020

އިމްތިހާނެއް ހެދުން ފަދަ ކޮންމެހެން ސްކޫލުގައި ތިބެގެން ކުރާކަމެއް ކުރަންނޫނީ ކުދިން ސްކޫލަށް ނެރެން އެވަރުން އުޅެނީ ކީއްކުރަންބާ؟ އޮންލައިންކޮށް ނަގާދޭ ގިނަ ފިލާވަޅުތައް ބަރާބަރަށް ހެދެމުން އެބަދޭ. ޕްރެކްޓިކަލީ ކޮންމެހެން ސްކޫލްގައި ކުރަންޖެހޭ ކަމެއް ކުރަންނޫނީ، ގޭގައި ކުދިން ކްލާސް ނަގައި ފިލާވަޅު ހަދާ ނިންމާނަމަ ކޮބާ މައްސަލައަކީ؟ ސްކޫލްގެ ބޭނުމަކީ ކިޔެވުން. އެކަން ގޭގަ ތިބެ ރައްކާތެރިގޮތުގަ ކުރެވޭނަމަ ބޭރަށް ކޮންމެހެން ދާންޖެހޭތަ؟

The name is already taken The name is available. Register?

ކަލޭފާނޫ

23 July 2020

އެންމެނަށްވެސް އެނގޭ މި ބައްޔަށް ވެކްސިނެއް ލިބެންދެން މީގައި ބޮޑު ޒިންމާއެއް އޮތީ ފަރުދުންގެ މައްޗަށްކަން. އެކަމަކު އަދިވެސް މި ބަލަނީ ކޮންމެވެސް އެހެން މީހެއްގެ ބޮލަށް ޖެހޭތޯ. މިއީ ވާ ބައެއް ބުނަން

The name is already taken The name is available. Register?

ލ.އަތޮޅު

23 July 2020

ބިރުން ވާހަކަ ދެއްކުމުގެ ބަދަލުގައި ތެދު ހާމަކުރައްވާ

The name is already taken The name is available. Register?

ާަަަްއަހުމަދުބުސްރިި

23 July 2020

ޢަދި ނުފެނެވެ

The name is already taken The name is available. Register?

އިރުއަލި

23 July 2020

އަލާމާތްތައް ހުރެގެން ޓެސްޓު ހަދައިދިނުމަށް އާދޭސް ކޮއްކޮށް، ގެއިންނުނިކުމެ އެޕާޓްމަންޓުގެ ދޮރުނުހުޅުވާ އޮންނަތާ ހަފްތާއެއްވީ، ގުޅާލާއިރަށް "މިފޮނުވަނީ" ބުނެފަ ޚަބަރެއްނުވޭ، މިކަމުގަ ފަރުދީ ޒިން އަދާކޮށްކޮށް ފަރުދީ ޒިންމާ އަކީ ގޯހެކޭ އެބަ ހިތައްއަރާ. އަލާމާތް ހުއްޓާ ބޭރައްގޮސް ދެރަގޮތެއް ވެއްޖެނަމަ ކުއްވެރި ކުރާނީ އަލާމާތް ހުއްޓާ ބެރަށް ދިޔަމީހާ،.

The name is already taken The name is available. Register?

ސިމްބބ

23 July 2020

ދަރިވަރުން ބަލައި ސްކޫލް ދޮށަށް އަންނަ ބެލެނެވެރިންގެ ރެންޑަމް ސާމްޕަލް ކޮންމެ ދުވަހަކުވެސް ނެގުން ރަގަޅު ކަމަށް ފެނޭ.

The name is already taken The name is available. Register?

ސަލީމް

23 July 2020

ހިސާބަށް ވުރެއް ފަރުވާ ކުޑައީ

The name is already taken The name is available. Register?

ޙިނި

23 July 2020

ސުކުލް ކުދިންގެ މެޑިކަލް ހިސްޓުރީ މުހިމްމު ވާތަން މިއޮތީ ޖެހިފަ. ޢެކިޔާ އަންޑަލައިން ކޮންޑިޝަ އެއް ހުރެއްޖެޔާ ބަލިގެ ނުރައްކާ ބޮޑު، ހިރިހާ އެނމެނައް މެޑިކަލް އެއް ހެއްފުން ބުއްދިވެރި

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީރައިވަރު

23 July 2020

ސްކޫލަކުން ނުކުތް އެއްވެސް ކުއްޖެއްގެ ސާމްޕަލެއް ނެންގެވިންތޯ، ސުކޫލުތަކުގެ ތެރޭގައި ބަލި ނުފެތުރޭކަމަށް ވިދާޅުވާނަމަ، ފުރަތަމަ ސާމްޕަލްތަކެއް ނަންގަވައިގެން ޓެސްޓުތަކެއް ކުރައްވާންވާނެ ކަމަށް ފެނޭ

The name is already taken The name is available. Register?

މުޑޭށި

23 July 2020

މިހާރު ވެސް މަސް ދަތުރާއި ކޮފީ އަށް ދިޔުމާއި ރައްޓެހިންނާ ދިމާވުމުގެ އާދަތައް ވަރަށް ގިނަކަން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވޭތީ އެޗްޕީއޭއިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް ބައެއް މީހުން އުޅެނީ އެމީހަކު ހިތަށް އެރި ގޮތަކަށް. މި މީހުންގެ ސަބަބުން ރަނގަޅަށް އެޗްޕީއޭ ގައިޑްލައިން ފޮލޯ ކުރާ މީހުންވެސް މިދަނީ ނުރައްކަލަށް ހުށަހެޅިގެން. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454