ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމަށް އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް ހަލީލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 ނޮވެމްބަރ 2016 - 17:56
ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
މައުމޫން ވަނީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަށް ފަހު، ގާސިމާ ބައްދަލުކުރައްވައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ރާއްޖެ އަށް އިތުރު ކުރިއެރުމާ ތަރައްގީ ހޯދައި ދޭން ޖުމްހޫރީ ޕާޓީއާ އެކު ދާދި ފަހުން މަޝްވަރާ ކުރައްވައިފަ އެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމަށް ރައީސް ޔާމީންގެ ފެކްޝަނުން އައްޔަން ކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މައުމޫނާއި ގާސިމް މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ގައުމު ހަމަނުޖެހުމަކަށް ގެންދަން ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމަށް ކަނޑައަޅާފައިވާ ތަރުޖަމާން އާރިފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ހަމަޖެހުން ނަގާލަން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް އޭނާ ގޮވާލެއްވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަލީލް ވިދާޅުވި ގޮތުގައި މައުމޫން މަސައްކަތްޕުޅު ކުރައްވަން ޖެހޭނީ ގައުމުގެ ހަމަޖެހުމާ އެއްގޮތަށެވެ. އަދި ތަރައްގީއަށް ކުރެވޭ މަސައްކަތުގައި މައުމޫން އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް ކޮން މަޝްރޫއެއްތޯ ނުހިނގަނީ؟ ކީއްވެތޯ ގައުމު ހަމަނުޖެހުމަކާ ހިސާބަށް ގެންދަންވީ؟ މިއީ ކުރަން ޖެހޭ ސުވާލުތަކެއް،" ހަލީލް ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތް ކުރަން އުޅެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާތީ އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމަކީ ސަރުކާރާއި ރައީސް ޔާމީނާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް މައުމޫނާއި ގާސިމް ވެސް އުޅެނީ ގައުމަށް ހެޔޮ އެދިގެނެއް ނޫން. މިއުޅެނީ ރާއްޖޭގައި އޮތް ހަމަޖެހުމާއި މަސްލަހަތު ނަގާލަން،" އާރިފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން: ބައެއް މެމްބަރުން ވަނީ އެމަނިކުފާނަށް އުޅުއްވަނީ ގައުމުގެ މަސްލަހަތު ނަގާލަން ކަމަށް ވިދާޅުވެފައި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖެ ހަލަބޮލިކުރަން މައުމޫނާއި ގާސިމް އިސްކޮށް ހުންނަވައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ކުރާ އެއްވެސް މަސައްކަތެއްގައި އެކަކު ވެސް ބައިވެރިނުވަން އާރިފް ގޮވާލެއްވި އެވެ.
ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކުރެއްވި މަސައްކަތާ ބަލާއިރު ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތްތައް މާ ގިނަ ކަމަށެވެ. އެހެންކަމުން ގައުމު ހަލަބޮލިކަމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރު ފުނޑުފުނޑުކޮށްލުމަށެވެ. ނަމަވެސް ޕީޕީއެމް އޮތީ ވަރަށް ބަދަހިކަމާ އެކު ކަމަށާއި އަތޮޅު ތެރޭގެ ރައްޔިތުން ސަރުކާރު ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮކްޓެއިލް ކޯލިޝަނެއްގެ ތެރެއިން އެއްވެސް ފޯމިއުލާއެއް ނުފެނޭ. މަޖިލިސް ތެރެއިން އެއްވެސް ކަމެއްގައި ކާމިޔާބެއް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބޭބެ
09 November 2016
މި ޤައުމަކީ އިދިކޮޅު މީހުންވެސް އުޅޭ ގައުމެއްކަމާއި އެމީހުންގެ ފަރާތުން ފިއްތުން ކުރިމަތި ވާނެކަން ނޭނގެންޏާ، އެ ކަންކަމާއެކު ކުރިޔަށް ދާން ނޭނގެންޏާ އަވަހަށް އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވާ.
އިސްލާހު
09 November 2016
ހަމަޖުހުން ނަގާލެވޭނީ ހަަމަޖެހުމެއް އޮތްނަމަ ތާއެވެ. މިތާ އޮތީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟؟؟؟؟
އިސްލާހު
09 November 2016
އެއީ ތެދެކެވެ. އެޅިހާ ބަތަކަށް ރިހަ ނުކިޔައި ނަގޫ ނުފިތި ހުންނާނީ މަސްލަހަތު ނަގާލާ މީހުންނެވެ. މިވެރިންނަނީ މަސްލަހަތު ހިފަހައްޓަން އުޅޭމީހުންނެވެ. މިމީހުން ގެ މަސައްކަތަކީ ރައްޔިތަކަށް އަނގަ ނުުހުޅުވޭވަރަށް އޮބަހައްޓާާފައި ބެހެއްޓުމެވެ.
އަލީ
09 November 2016
ޚާލީލް މީކީ ހަމަޖެހުމެއްނޫން. ރައްޔިތުން ކަސްތޮޅު އަޅުވީމާ ކޮންހަމަޖެހުމެއް.
ހަސަނު
09 November 2016
ޑިކްޓޭޓަޝިޕު ގާ ވާ ގޮތަކީ ޑިކް ޓޭޓަރު ބުނާ ގޮތް ނޫން ގޮތަކަށް މީހަކު ވާހަކަ އެއްދެއްކުމަކީ ވެސް ހަމަޖެހުން ނަގާލުން، އެވެދާނެ ޓެރަރިޒަމަށްވެސް ބައެއް ހާލަތުގަ... ހަލީލު ކީއްވެތޯ ޓެރަރިޒަމޭ ނުބުނީ.... ދައުލަތް ހިންގުމުގެ ނަމުގާ މުޅިތަން ހަފުސް ކުރަމުން ދާއިރު މީހަކަށް އެއޗްެކެ ބުނެވޭނެ ދޯ.. ކުޑަމިނުން ތިޔަހެން ނަހައްދަވާށޭ، ތިޔަ ހަލާކު ކުރަމީ މުޅި ގައުމުގެ މުސްތަގް ބަލޭ ބނެވިދާނެތާ...
މނ
09 November 2016
މާތް ކަލާކޯ މީ ޔާމީންފެކްސަނުގެ އެކަނިގައުމެއްނޫން ތިވާހަކަތިދައްކަނީ ކޮނަކަމެއް ކުރެވިފައޮތީމަތޯ ތިޔަ 3 4 މީހުންނަކީތޯ ދިވެންނަކީ
އަހުމަދު
09 November 2016
ހަމަޖެހުމެއް އެބޮއޮތްތަ!
މަހާޗޯރު
09 November 2016
އަބްދުﷲ ޚަލީލް ތިބުނަނީ ދެން ސަރުކާރާ ދެކޮޅު އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ ހަމަޖެހުން ނަގާލުމޭތަ ހަލީލުމެން ތިއުޅުއްވަނީ ނާއްޓެއްގެ ތެރޭގަތަ މިއޮއްހުރިހާ ދުވަހު. މިކަހަލަ ހަމަޖެހުން ބޭނުމެއްނުވޭ ހުރިހާކަމެއް ތިކޮންޓްރޯލްކުރަނީ ބްލެކްމެއިލްްކޮށް ބޮރުދައްކައިގެން
ހަަސަނު
09 November 2016
މިތާގަ ހަމަޖެހޭ އެއްކަމެއްވެސް ނެތް.. އެހެންވީމާ ނަގާލާނެ އެއްޗެއް ނޯންނާނެއެންނު...
އިބިރިހިން ތައްކާނު
09 November 2016
"ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކުރެއްވި މަސައްކަތާ ބަލާއިރު ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތްތައް މާ ގިނަ ކަމަށެވެ" މަބުނާނީ އެ 30 އަހަރު ދައުލަތުން ގެއްލުނުކަމަށް ޖެހިގެން އައި ސަރުކާރުން ބުނި އަދަދުގެ 1،000،000 ގުނަ، މިދައުރުގެ 3 އަހަރުތެޜޭ ގެއްލުނުކަން ސާބިތު ކަމަށް.