ގެއްލުނު ޓޫރިސްޓް. ފޮޓޯ: ޚަލީޖްޓައިމްސް
24 ފެބުރުއަރީ 2021 - 16:09
ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ގެއްލުނު ޓޫރިސްޓު މޫދަށް ގެއްލޭނެ ސަބަބެއް ނޯންނާނެ ކަމަށާއި ބަޔަކު އޭނާ ވަގަށް ނެގީ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި އެވެ.
ގެއްލުނު މީހާގެ އެކުވެރިންނާ ހަވާލާދީ ޔުނައިޓެޑް އަަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚަލީޖް ޓައިމްސް ނޫހުން ބުނީ މާމުނަގައު ރިސޯޓުން ގެއްލުނީ އެ ގައުމުގައި ދިރިއުޅޭ ޕަރްމާރް ގޫރްޝަރަންޖީތު ސިންގް ނަމަކަށް ކިޔާ މީހެއްގެ އަންހެނުން ގިއެޑްރީ ވަސްކައިޓް، 33، ކަމަށެވެ. ގެއްލުނު އިރު ވަސްކައިޓް އިނީ ބަލިވެ ކަމަށާއި އޭނާގެ ބަނޑަށް އަށް މަސް ކަމަށް ވެސް ފިރިމީހާއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
އެ ނޫހަށް އޭނާ ބުނެފައި އޮތީ އަންހެނުން ގެއްލުނީ އަޖައިބު ގޮތަކަށް ކަމަށެވެ.
"މެންދުރު ފަހު 3:30 ހާއިރު ދެ މީހުން ޕޫލްގައި އަރާމުކޮށްލަން ތިބުމަށް ފަހު ވަސްކައިޓް ބުނީ މޫދުގައި ފަތާލާފައި އެބަ އަންނަމޭ،" މި މަހުގެ 12 ވަނަ ދުވަހު ރިސޯޓަށް ދިޔަ ސިންގް ބުނެފައިވެ އެވެ. "ދެން އަހަރެން ޕޫލް ސައިޑްގައި ހުރި އަހަރެމެން ތިބި ވިލާ އަށް ގޮސް ނިދާލީ. އަހަރެން 6:30 ގައި ހޭލި އިރު ވެސް އަންހެނުން ނާދޭ. ދެން ރިސެޕްޝަނަށް ގުޅައި އެކަން އެންގީ. އޭނާ ފެނުނު އެއްވެސް މީހަކާ ދިމައެއް ނުވި."
އޭނާ ބުނީ އަންހެނުނަށް ވީ ކިހިނެއްކަން ބުނެދިނުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ފެއިލްވެފައިވާ ކަމަށާއި މިހާރު އޭނާ ހޯދުން ވެސް ހުއްޓާލާފައިވާ ކަމަށެވެ. އެކަން ބަލައިނުގަނެވޭނެ ކަމަށް ބޭނުންވަނީ މިކަން ހިނގި ގޮތެއް އެނގެން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާގެ އާއިލާގެ ގާތް ރައްޓެއްސަކާ ހަވާލާދީ އެ ނޫހުގެ އަންޖަނާ ސަންކަރު ނަމަަކަށް ކިޔާ ނޫސްވެރިއަކު ލިއުނު އެ ޚަބަރުގައި ބުނީ ވަސްކައިޓް އަކީ މޮޅު ފެތުންތެރިއެއް ކަމަށާއި ރާއްޖޭގެ ތިލަ ސަރަހައްދަކަށް އޭނާ ގެނބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ އޭނާއާ ބެހޭ މައުލޫމާތެއް ދީ، އޭނާ ހޯދަން އެހީތެެރިވާ މީހަކަށް އެއް ލައްކަ ޑޮލަރު ދޭނެ ކަމަށް ވެސް އުދޭ ސިންގް ނަމަކަށް ކިޔާ އެ މީހާއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
އަންހެންމީހާ ގެނބިގެން މަރުވާނެ ކަމަށް ގަބޫލުނުކޮށް، އުދޭ ދެއްކި ވާހަކައިގައި ރާއްޖެއާ ބެހޭ ގޮތުން ބޮޑު ދޮގެއް ހަދާފައި އޮތް ނަމަވެސް ޚަލީޖް ޓައިމްސް އިން އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ، އޭނާ ކުރި ތުހުމަތު އެގޮތަށް ޚަބަރުގައި ހިމަނާފައި އެބަ އޮތެވެ.
"އަހަރެމެން ގަބޫލުކުރަނީ ކަނޑުފޭރޭ މީހުން އޭނާ ވަގަށް ނެގީކަމަށް، ނުވަތަ އޭނާ ކިޑްނެޕްކުރީ ކަމަށް. އެއީ ދިވެހިރާއްޖޭގައި އާއްމު ކަމެއް. އޭނާއާ ބެހޭ މައުލޫމާތެއް ދޭ މީހަކަށް ނުވަތަ އޭނާ ހޯދަން އެހީތެރިވެދޭ މީހަކަށް އިނާމެއްގެ ގޮތުގައި 100،000 ޑޮލަރު ދޭން އަހަރެމެން މި ހުށަހަޅަނީ،" ޚަލީޖް ޓައިމްސްގެ ޚަބަރުގައި ބުންޏެވެ.
އަންހެން މީހާ ގެއްލުނު ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން އެ ނޫހަށް ބުނެފައި އޮތީ އޭނާ މޫދަށް ގެނބިގެން ގެއްލުނީ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ނޫން ގޮތަކަށް ވިސްނާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
ގޫރްޝަރަންޖީތު ސިންގަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ޔޫއޭއީގެ ނޫހުގެ ޚަބަރަކުން ނޭނގެ އެވެ. އެ ޚަބަރުގައި ބުނެފައި އޮތީ އެއީ ކެނެޑާ އާއި ޔޫއޭއީގައި ވެސް ވިޔަފާރިކުރާ މީހެއް ކަމަށެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ޓޫރިސްޓް ހޯދަން 54 އަކަނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި ޑައިވްކޮށްގެން ވެސް 138،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ. މި މަސައްކަތުގައި ކޯސްޓް ގާޑުގެ ކަނޑުމަތީ އުޅަނދުތަކާއި މަތިންދާބޯޓު ވެސް ބޭނުންކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަނިން
26 February 2021
ރާއްޖެ އަންހެން ކަނބަލުންނާއި މައްސަލަ ހަވާލުކުރޭ!
ބާރަތު
25 February 2021
އަހަރެންގެ ކަމެއް ނޫން
ސިންގުމޯދި
25 February 2021
ފިރިމީހާ ބަދަލު ހޯދަން މަރާލީ ކަމަށް މިހާރު ބެލެވެން ފަށާފި
ހީހީ
25 February 2021
ކިޔާލީމަ ވައްތަރުވަނީ ބޮޑުރޭވުމަކާ!
ފޫހި
25 February 2021
އަންޖަނާ ސަންކަރު އަދި ގޫރްޝަރަންޖީތު ސިންގަ އަކީ އިންޑިޔާ ދަރިކޮޅުގެ އިންޑިޔާއަށް ނިސްބަތްވާ މީހުންނާ ނަމުން ވައްތަރީ. ތިޔަ ދެ މީހުންވެގެން ބޮޑުކަންތަށްގަޑެއް ހިންގުމަށްފަހު ރާއްޖެބަދުނާމު ކުރުމުގެ ބޭނުމަކީ ރާއްޖޭގެ މުސްލިމު ރައްޔިތުންގެ ބޮލުގައި ބޮޑު ތުހުމަތެއް އެޅުވުމާއި، ރާއްޖޭގެ ޝަރަފުވެރި ފަތުރުވެރިކަން ފުޑާލުން. ގެއްލުނު މީހާއަކީ މީނާގެ އަތްބެއްތޯއާއި ބަނޑުބޮޑުތޯ ވެސް ކަށަވަރުކުރަން އެބަޖެހޭ. މީނާ ގެ އަމަލަކާ ބޮޑަށް ވައްތަރީ
ނަން
25 February 2021
މިހާ އަވަހަށް އަމިއްލަޔަށް ބޮޑު ނޫހެއްގަ ޖަހާ ބޮޑު ދޮގެއް ހެދީމަ ގޯހެއް އޮތްހެން ހަމަ ހީވޭ.
އަހުމަދުރިޜާ
26 February 2021
މުސްލިމުން ޓޫރިޒަމް ހިން ގާތަ.؟ އަނެއްކާ ހަލާލު ޓޫރިޒަމް ބާ
ޝަފީރު
25 February 2021
ގުރޫ ޝަންކަރު މީ އިންޑިއާ ނަމެއް. ވައްތަރީ އަންހެންމީހާ އަކީ ފައިސާ ހުރި މީހަކަށްވާތީ. ލާރިކޮޅުގެ ބޭނުމުގައި ކެއްސެއް ރޭވީކަމަށް.
ވަސްކައިޓު ސިންގު
25 February 2021
އަރޭ ގުރުސަންޖީތޫ ޕިޔާރޭ! މޭރާ ޝޯހަރޫ! ބަޗާއޯ! ބަޗާއޯ! މޭ ޕައިރެޓް އައްޑާމޭ ގައިދު ހޯޗުކީހޫން. ޔަހާން އާ ކަރް ބަޅާ ފައިޓު ޝުރޫ ކަރޯ ! އައުރު ފައިޓުގޭ ބާދު ޕައިރެޓުކާ އައްޑާ ހަވާ މޭ އުޅާދޯ! އައުރު ހަމާރާ ލާޑްލާ ޗޯޓާ ސިންގު ޖޯ މޭރޭ ޕޭޓް މޭ ހޭ ވޯ ބަޗާކަރް އެކް ޕާޓީ ބީ މާރޯ!
ވައިކަޓީ
25 February 2021
ސިންގޫ! މޭރާ ހަސްބަންޑޫ! މޭ ޕައިރެޓް އައްޑާ މޭ ހޫން. އާއޯ! ޑިޝުން ޑިޝުން ކަރުކޭ މުޖޭ ބަޗާއޯ!
ނަސްރު45
25 February 2021
ފިރިމީހާގެ މައްޗަށް ތުހުމަތެއް ނުކުރެވޭބާ؟
ތުނިޔަ
25 February 2021
މިފިރިހެނާގެ ނަން ވައްތަރީ އިންޑިޔަންއަކާ! ޢއިންޑިޔާމީހުންނަކީ ފިސާރި މޮޅަށް ޑްރާމާ ކުޅޭބައެއް...
ކޮންޑެމްޑް
25 February 2021
ތިޔަ އިންޑިޔާ ސިންގު ސޮރާ ދެކޮޅަށް ބަޔާނެއް ނެރުން މުހިންމު.